ވިލާގެ ޗެއާމަން ގާސިމް އޭނާގެ ސަން އައިލެންޑް ރިސޯޓުގައި ފޯނުން މީހަކާ ވާހަކަ ދައްކަވަނީ: އޭނާގެ ދެ ކުންފުންޏަކާ ދެކޮޅަށް ދައުވާ ކުރަނީ ރަށްތަކާއި ފަޅުތަކެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާތަކެއް ހޯދަން.---މިހާރު ފޮޓޯ: ނިޝާން އަލީ
02 މެއި 2017 - 16:06
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދެ ކުންފުންޏަކުން 37.5 މިލިއަން ޑޮލަރު (578 މިލިއަން ރުފިޔާ) ދައުލަތަށް ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
ގާސިމްގެ ދެ ކުންފުންޏެއް ކަމަށްވާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނިން 18.9 މިލިއަން ޑޮލަރު އަދިި ވިލާ ހޮޓެލްސް އެންޑް ރިސޯޓް ކުންފުނިން 18.6 މިލިއަން ޑޮލަރު، އެކު ޖުމްލަ 37.5 މިލިއަން ޑޮލަރު ހޯދަން ދައުވާކުރީ އެ ދެ ކުންފުންޏަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގަ އެވެ.
ވިލާ ޝިޕިންއާ ދެކޮޅަށް ދައުވާކުރަނީ އެ ކުންފުންޏަށް ރިސޯޓް ހެދުމަށް ދޫކުރި ތ. އެލާގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެ ފައިސާ ލިބެންޖެހޭ ކަމަށް ބުނެ އެވެ. ވިލާ ހޮޓެލްސްއާ ދެކޮޅަށް ދައުވާކުރަނީ އެ ކުންފުންޏަށް ދޫކުރި ކ. ބޮލިދުއްފަރު ފަރާއި ކ. ވާވެއްދިފަޅުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ. ވަކިވަކިން އެ ދެ މައްސަލަ ހުށަހެޅީ މިދިޔަ މަހު އެވެ.
ފައިސާ ހޯދަން ދައުވާ ކުރުމުގެ ކުރިން މީރާ އިން ވަނީ އެ އިދާރާގައި އޮންނަ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ.
އެއްބަސްވުމާ ޚިލާފްވި ކަމަށް ބުނެ އެލާ އާއި ބޮލިދުއްފަރު ފަރާއި ވާވެއްދިފަޅު 2015 ގައި ސަރުކާރުން ވަނީ އަތުލައިފަ އެވެ. އެ ތަންތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ ތިން ތަނުގެ އިތުރުން އިތުރު ރަށްތަކާއި ފަޅުތަކެއް ވެސް ސަރުކާރުން އޭރު އަތުލި އެވެ. އެ މައްސަލަތައް ވެސް ހައި ކޯޓުން ނިންމީ ވިލާއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސިމް ގާސިމް
27 March 2023
އެކަހަލަ ދަޅަ ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންނަށް ދައްކާފައިވާ ކަން ރައްޔިތުންނަށް އެނގޭ
ސުންކު
27 March 2023
ސިޔާސީ ދައުވާ.ގާސިމް އަނބުރާލަން ކުރާ ދައުވާ.މިކަހަލަ ކިތެންމެ ދައުވާއެއް ވޯޓުގެ ކުރިން ތިލަވާނެ.މި ތަންތަނުގެ ތިބި ވެރިންނަށް ނާއިންސާފުން މިކުރާ ސިޔާސީ ދައުވާއަށްތަކާމެދު ސުވާލު ކުރެވި ފިޔަވަޅު އަޅަންވާނެ.
ކަމަނަރިފް
03 May 2017
މިއީ ރާއްޖޭގެ ތާރީހުގައި މާތް ﷲ ގެ ވާގީފުޅާ އެކު އުފަންވި އެންމެ ދީލަތި އަދި އެނާގެ މުދަލުން އެންމެ ގަދަޔަށް ސަދަގާތް ކުރާ މީހާ އަށް މި ސަރުކާރުން ހަދާ އިހާނެތި ގޮތެއް. މާތް ﷲ ގާސިމް ހިމާޔަތް ކުރައްވާ އެނާ މި އަނިޔާވެރިކަމުން ސަލާމަތް ކުރައްވާންދޭވެ. މިއީ ހަގީގަތުގައި ދިވެހިން ވިސްނަންޖެހޭ ކަމެއް މިއަދު ގާސިމް މާދަމާ ކާކުބާ؟
ޢިން
27 March 2023
ދައުލަތަ ދައޮކަންޖެހޭ ފައިސާދަކަންވާނެ
މެންޓަލް ކޭސް
03 May 2017
ބަގާވާތުގެ ހިތި ރަހަ ފެންނަނީ
އުމަރު
03 May 2017
ބަލަ ފަޅުންވެސް މިހާރު ކުލިނަގަންފެށީތޯ؟ ކަނޑުވިއްކަން އެގްރީމެންޓެއް ހަދާފައި ދެން ކޯޓަށްގޮސް މިބުނަނީ 18 މިލިއަން ޑޮލަރުދޭށޭ، ކޮންކަހަލަ ވިޔަފާރިއެއް ސަރުކާރުން މިކުރަނީ؟ ބަލަ ތިޔައީ 1800 ރުފިޔާގެ ވާހަކައެއްނޫން 18 މިލިއަން ރުފިޔާގެ ވާހަކައެއްނޫން ތިޔަ ބުނަނީ މާލެއަތޮޅުގައި އޮތް ފަޅުތަކަށް ވިލާއިން 18 މިލިއަން ޑޮލަރު ދޭށޭތޯ؟ ކޮބައިތޯ އެނބޫދޫ ފަޅުން ކުލިލިބެން ފަށައިފިތޯ؟ ދެން ހުރި ފަޅުތަކުން ކުލި ލިބެން ފަށައިފިތޯ؟
ޕޮކަންޑި މޭން
03 May 2017
ވަކިވަރަކަށްވުރެ ބޮޑަށް މީހަކު ދައުލަތަށް ދަރާ ވިކުމަކީ ވެރިކަން ވައްޓާލަން ނިކުންނަން ޖެހޭ ސަބަބެއްނޫން.
ޖައިސަމް
03 May 2017
މިކަމުންވެސް ފެންނަނީ ވިޔަފާރި ހިންގާ މީހުންނާ ސިޔާސީ ފަރާްތްތަކާ ގުޅިފަ އޮންނަގޮތް. ޔާމިނަށް ގާސިމް ފާޑު ނުކިޔާހާ ހިނދަކު ހަމަ އޯކޭ. ޕީޕީ ޕާރޓީއަށް ފައިސާ ދޭހާ ހިނދަކު އޯކޭ.
ޒަރީރު
03 May 2017
މީރާތެރޭގަ އެއްވެސް މިނިވަންކަމެއްނެތް. ޢިންޓެގްރިޓީގެ ތަންފުކެއްވެސްނެތް. ޔަޒީދު ބޭނުންވާ ގޮތަކަށް ކަންތައްވަނީ. އެހެންތާވާނީ. އޭނަގެ ނިންމުންތަކާމެދު ސުވާލުއުފައްދާނޭ މީހަކު ނެތް. އެންމެ ކުޑަމިނުން ބޯޑުގެ ޗެއަރމަންއަކީވެސް ހަމަ ޔަޒީދު. ދެން އޮތީ މުއައްޒަފުންގެ ވާހަކަ. އެއީ ފިޔަކޮށާފަ ތިބި ދޫނިތަކެއް. އެއްޗެކޭ ބުނެފިއްޔާ ޒާތީގޮތުން ޖައްސާލާ. ޔަޒީދު އެންޑް މެނޭޖްމަންޓް އިސްތިއުފާ!!
އަމީ
03 May 2017
ސަތޭކައިގެ ވާހަކަ އެއް.
ޢައިމަން
03 May 2017
ޓެކްސް ނުދައްކައިގެން ކޯޓަށް މައްސަލަ ހުށަހެޅީމާ މީރާ އާއި ޔަޒީދު އާ ޖައްސާލާކަން އަދި ނުވޭދޯ. ޙާދަ ވަރަކަށް ޖޭވާ މީހެއްހެން ހީވޭ.
ތަކުރު
03 May 2017
އެކި މީހުންގެ ނަމުގަ ކޮމެންޓު ކުރުމަކުން ތިޔަ ކުރަން އުޅޭ ކަމެއް ނުވާނެ. މީރާސިޔާސީ ކުރަން ތިވަރުން ތިއުޅެނީ ކީއްވެ؟ބޭނުންހާ ކަމެއް ބޭނުންހާގޮތަކަށް ނުވާތީ ދޯ!
ޗިއްޕެ
02 May 2017
މީރާއަކީ، ޕީޕީއެމްގެ ގޮތްޕެއް މިހާރު..މީފުކެއް ބޮޑުވަރު
އަލީ
03 May 2017
ޗިއްޕެ ކޮން އަނގައެއް ތަޅަން. މީރާއަކީ މިނިވަން މުވައްސަސާއެއް!
ާަފިކުރު
03 May 2017
ސިޔާސީ މީހަކު ޓެކްސް ނުދައްކައިގެން މީރާއިން ފިޔަވަޅު އަޅައިފިއްޔާ މީރާ ސިޔާސީ ވެފައި. ނޫނިއްޔާ މީރާ ވަރެއް ނެތް. މިހާރުވެސް މީރާއިންވެސް ސަރުކާރާ ދެކޮޅަށް ބަޔާން ނެރެ އިދިކޮޅު ފަރާތްތައް ބޭނުންވާ ގޮތަށް އުޅެން ފަށާއިރަށް މީރާ ވަރެއް ނޮއޮންނާނެ ކަން ޔަގީން. މީރާވަރެއް ހަމަނެތް.
ޢަބްދުﷲނާފިޒު
02 May 2017
މީގެ ދެއަހަރެއްވަރުކުރިން 100 މިލިއަން ޑޮލަރު ހޯދަންވެސް ވިލާގެ މައްޗަށް ދައުވާކުރި، ފިސާރި ފޯރި ނެގި، އެއްމެ ޑޮލަރެއްވެސް ނުދައްކާ އެކަން ދިޔައީ ސައިބޯނި ބޮއްކަށް ވެގެން، މިސަރުކާރަކީ ލާރިއާ ހެދި ބޫތުކައިފަ އޮތް ސަރުކާރެއްކަން އިނގެނީ ރައްޔިތުންގެ ތިޖޫރި ދަވާލި ހިސާބުން ދެއްތޮ.
ނޭގޭމީހާ
03 May 2017
ކަލޭމެންނަކަށް ނޭނގޭ ވާހަކަ ނުދައްކަން ވީނު؟ ނޭނގޭތަ އެފަހަރު ވިލާއިން ކޯޓަށް ގޮސްގެން ކޯޓް އަމުރާ އެއްގޮތަށް އަޅާފަހުރި ފިޔަވަޅުތައް ވަގުތީގޮތުން ހުއްޓުމަކަށް ގެނުވާފައިވާކަން. މިހާރު އަނެއްކާވެސް ހައިކޯޓުން ހުކުމް ކުރުމުން މީރާއިން ކުރިޔަށް ގެންދަނީ. ހެޔޯނުވާނެ ރަނގަޅަށް މައުލޫމާތު ހޯދއިގެން ކޮމެންޓް ކޮށްބަލަ.
ސޯބިރު
03 May 2017
އޭ ނާފިޒު ތިރީގައިވާ ވާހަކަ ކިޔާބަ"! "މީރާއިން ވިލާގެ ބައެއް ރަށް ރަށުން ދައުލަތައް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރުމާ ގުޅިގެން މީގެ 2 އަހަރު ކުރިން ވެސް ވިޔަވަޅު އެޅި. އެކަމަކު އެމައްސަލައާ ގުޅިގެން ސިވިލްކޯޓުން އެ ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިންމުމުން އެ ފިޔަވަޅުތައް ހުއްޓުމަކަށް ގެނެސްފައިވޭ. ނަމަވެސް ހައިކޯޓުން އެހުކުމް ދާދި ފަހުން ބާތިލުކޮށްފައިވޭ. އެހެންވީމަ ކުރިން އަޅައިފައިވާ ފިޔަވަޅުތައް ހިނގަން ފެށީ. އަދި މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ މައްސަލައެއް ނުހިނގާ. އެހެންވީމަ އެފިޔަވަޅުތައް ހުއްޓުމަކަށް ގެންނަން ޖެހޭވަރުގެ ޤާނޫނީ ބުރަދަނެއް އަދި ޒިންމާއެއް މީރާގެމައްޗަށް ނެތް"