ޖަޕާނުގައި ބާއްވާ އޭޑީބީގެ އަހަރީ ބައްދަލުވުމަށް ފުރާވަޑައިގަތުމުގެ ކުރިން ފިނޭންސް މިނިސްޓަރު މުނައްވަރު މިރޭ މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފިނޭންސް މިނިސްޓްރީ
02 މެއި 2017 - 23:57
ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.
ޖަޕާނުގައި ބާއްވާ އޭޑީބީގެ އަހަރީ ބައްދަލުވުމަށް ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވި ގޮތުގައި އޭނާގެ މި ދަތުރުގައި، އޭޑީބީއާ ގުޅިގެން ހިންގާ މަޝްރޫއުތައް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ދެއްވާނެ އެވެ.
އަދި ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ހިންގާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއަށް އޭޑީބީން މި އަހަރު ދެވޭނީ ކިހާވަރެއްގެ އެހީއެއްތޯ ބައްލަވައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
އޭނާ ކުރިން ވެސް ވަނީ ރާއްޖޭގެ ރަށްތައް ސާފުކޮށް، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމުތައް ގާއިމު ކުރުމަށްޓަކައި ބޮޑެތި ބޭންކުތަކުގެ އެހީއަށް އެދިވަޑައިގެންފަ އެވެ.
ނަމަވެސް އޭޑީބީ މެދުވެރިކޮށް ހޯއްދަވަން މަސައްކަތް ކުރައްވާނީ ކޮން ކަހަލަ އެހީތަކެއް ކަމެއް މިނިސްޓަރު މިރޭ ވިދާޅެއް ނުވެ އެވެ. މުނައްވަރު ވިދާޅުވީ ކުނީގެ މައްސަލަ ހައްލު ކުރުމަށް އޭޑީބީ އިން ވަރަށް ބޮޑު އެހީއެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ވަރަށް ބޮޑު ޕަސަންޓެއް އޭޑީބީން ދެއްވާނެ ކަމަށް. މަޝްވަރާތައް ނިމިގެން ދިޔައީމަ [ދެއްވާނެ އެހީތައް] އެނގިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު، ގްރޭޓާ މާލެ ރީޖަންގެ ނަމުގައި ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓް ވެސް ހިންގަން މަސައްކަތް ކުރަނީ އޭޑީބީގެ އެހީއާ އެކު ސަރުކާރުން ބޭނުންވާ ގޮތަށް މާސްޓާ ޕްލޭނެއް އެކުލަވައިލުމަށެވެ.
"އަޅުގަނޑުމެން ބައިލެކްޓްރަލް ބައްދަލުވުންތައް ވެސް ކުރިއަށް ގެންދާނަން،" އޭޑީބީގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަން ފާހަގަ ކުރައްވަމުން މުނައްވަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ އޭނާގެ މި ދަތުރުގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޖަޕާނަކީ އޭޑީބީގެ ވަރަށް މުހިންމު ބައިވެރިއެކެވެ. އެހެންވެ، ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ހިންގުމަށް ޖަޕާނާއެކު މަޝްވަރާ ކުރެވިގެން ދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޑީބީގެ 50 ވަނަ ބައްދަލުވުން ޖަޕާނުގައި ބާއްވާއިރު، އެ ބައްދަލުވުން މި ބާއްވަނީ ރާއްޖެ އާއި ޖަޕާނުގެ ގުޅުމަށް ވެސް 50 އަހަރު ފުރުން ފާހަގަކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދު އަހައްމަދޭ
03 May 2017
ސަރުކާރުން ކުރާ ކަންކަމުގެ ވާހަކަ ލިޔެފަހުންނަ ހުރިހާ އާޓިކަލް އަކަށް މިއަދުގެފަހުން އަހަރެން ކޮމެންޓެއް ނުކުރާނަން ،އެއީ އަހައްމަދު އަހައްމަދޭ ،ދެން ބޭނުންކުރާނީ ،ޝިއާރެއް ، އެ ޝިއާރަކީ # ޔާމީނު އަބްދުލް ގައްޔޫމް ދިވެހި ތަހުތުގަ ހުރިހާ ހިނދަކު ސަރުކާރުން ކުރާ އެއްވެސް ކަމަކަށް ދެނެއް އިތުބާރެއް ނުކުރާނަން"ސަރުކާރުގަ އިހްލާސްތެރި ނިޔަތެއްއޮއްކަމަކަށް ނުފެނޭ"
ބަޓޫކް
03 May 2017
ކަލޭމެނަށްް އެއްވެސް ބަޔަކު ނުދޭނެ އެހީއެއް ތިކަހަލް ހުދުމުހުތާރު ސަރުކާރަކަށް
ބަލާބަލަ
03 May 2017
ތިއެއް ނޭގޭ އިހަށް ދުވަހު ޗައިނާ ބޭންކް އިން އެދިނީ 1 ބިލިއަން ޑޮލަރު. ޖަރުމަނުގެ ޑޮއިޗޭ ބޭންކް އިން އެދެނީ ލޯން ދޯ.
ކޯނި
03 May 2017
ދުނިޔޭގެ ބޮޑެތި ބޭންކް ތަކުން ބޮޑެތި ލޯނުތައް ނަގައި ގައުމު ދަރުވާލައިފަ 30 މިލިއަނަށް ކުރެވޭ މަސައްކަތް 300 މިލިއަނަށްކޮށް ބާކީބައި ބޮޑުން ބަހާލަނީ
ޖޖ
03 May 2017
ބޭންކު ތަކުން ލޯނު ދެނީ ދަރަނި އަދާ ކުރާ މިންވަރަކަކުން އިންޕުރު ރަގަޅުކަމުގައި ވާނަމަ އިންކަމް ރަގަޅު ކަމުގައިވާނަމަ!
ޔަގީނޭ
03 May 2017
އޭޑީބީން ލޯން ނަގައިގެން މާލެ އާއި ވިލިގިލި އާއި ދެމެދު ބްރިޖް އަދި ވިލގިލި އާއި ގުޅިފަޅާއި ދެމެދު ބްރިޖް އަދި ގުޅި ފަޅާއި ތިލަފުއްޓާއި ދެމެދު ބްރިޖް އަދި މާލެ އާއި ތިަލފުއްޓާއި ދެމެދު ބްރިޖް އެޅުން އެއީ ވަރަށް ރަނގަޅު ޕްރޮޖެކްޓް އެކެވެ. މި ޕްރޮޖެކްޓް ހިންގުމަށް ޓަކައި ބޭނުންވާ ލޯން ނަގަންވީ އޭޑީބީން. މިފަދަ ލޯނެއް ނަގާއިރު ތިލަފުށި އިރުން އޮތް ބޮޑު ފަޅު ވެސް ހިއްކާލާނެ ފައިސާ އާއި އެކީ ލޯން ހޯދަންވީ އެވެ. އެއިރުން ބޮޑަށް ޕްރޮޖެކްޓް ފީސްބްލް ވާނީ. މާލެ ސަރަހައްދުގެ ތަރައްގީ އަށް ލޯން ނަގައިގެން ޚަރަދުކޮށްގެން ދުވަހަކު ވެސް ގެއްލުމެއް ނުވާނެއެވެ. އެއީ ކަށަވަރުގެ ޔަގީން ވާ ކަމެކެވެ.
އަލްކަމިސްޓް
03 May 2017
ހާދަހާވާ ލޯނެކޭދޯ? ނިކަން ތި ލޯނުތަކުގެ ތަފްސީލު ހާމަކޮށް އެ އަނބުރާ ދައްކަން ރާވާފަވާގޮތެއްވެސް ހާމަކޮށްލަބަލަ. އަޅުގަނޑުމެން އެންމެ އާދައިގެ މީހުންގެތެރޭގަވެސް އުޅޭ އަނބުރާ ދެއްކޭނެފަދަ ގޮތެއް ނެތަސް ލޯނު ނަގާ މީހުން. އެކަހަލަ މީހުންތަ މި ތަންތަނަށް ލާފަ މިތިބީ އަނެއްކާ?
ފީސްބްލް
03 May 2017
ދުނިޔޭގެ ގައުމު ތައް ކުރިއަރާފައިވަނީ ލޯން ނަގައިގެންނެވެ. މާލެ ސަރަހައްދުގައި ބިން އިތުރު ކުރުމަށް އަދި ބޯހިޔާ ވައްސަށް އަދި އިންޑަސްޓްރިއަލް ޕާރކް ހެދުމަށް އަދި މާލެ އާއި ވިލިގިލި އާއި ދެމެދު ބްރިޖް އެޅުމަށް އޭޑީބީން ލޯން ނަގަން ފަސް ޖެހޭނެ ކަމެއް ނެތެވެ. އެއީ ހަމަ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އެފްއައިއާރުއާރު އަދި އީއައިއާރުއާރު އުޅޭނީ %50 އަށް ވުރެން މަތީގައި މާލެ ސަރަހައްދުގައި މިދެންނެވުނު މަސައްކަތް ތައް ކުރަން ލޯން ނަގަން ހަދާ އެޕްރެއިސަލް ރިޕޯރޓްގެ ފައިނޭންޝަލް ޓޭބަލްސް ތަކުގައި.
ލުކްވެލް
03 May 2017
ކުރިއަށް އޮތް ތިން އަހަރަށް ހިންގާ މަޝްރޫއުތަކަށް އޭޑީބީގެ އެހީ ހޯދާއިރު އެބަޖެހޭ މާލެ ސަރަހައްދުން މިހާރު މާލެ އަމީނީމަގުގައި އޮތް ޓާރފް ދަނޑު ހުރި ބޮޑު ބިން ނަގާ އެމެން ޕްރެކްޓިސް ކުރަން ހުޅުމާލެ އަށް ބަދަލު ކޮށްލާ އެތަނުގައި 25 ބުރީގެ ކޮމާރޝަލް ޕާރކެއް އަޅާ އެތަނުގެ އެންމެ މަތީބުރީގައި ދަނޑު ހަދަން. އެއިރުން އެ ކޮމާރޝަލް ޕާރކްގެ ހުރިހާ ފްލޯރ ތަކުގައި އޮފީސް ތަކާއި ވޯރކްޝޮޕްސް ތައް ހަދައިގެން ކުއްޔަށް ދިނުމުން މާލޭގައި ގެއްލެމުން ދާ ލައިޓް އިންޑަސްޓްރިއަލް މަސައްކަތް ތަކަށް ކުރިއެރުން ލިބި އޭގެ ސަބަބުން އަމިއްލަ ގޭގޭގައި އޮފީސް ހަދައިގެން ކުއްޔަށް ދިރިއުޅެން ނުޖެހޭނެ އެއް ނޫން އަމިއްލަ ކުންފުނި ތަކަށް. މީވެސް މާލެ ސަރަަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނި ތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ދިސްވޭ
03 May 2017
އޭޑީބީގެ ލޯން އެހީ ހޯދާއިރު އެބަޖެހޭ މާލޭގައި ދުއްވާ ތަކެއްޗަށް ހައްލެއް ގެނައުމަށް ޓަކައި އެކަމަށް ޓަކައި ވެސް 1 ބިލިއަން ޑޮލަރުގެ ލޯން އެހީ އޭޑީބީ މެދުވެރިކޮށް ހޯދަން. އެގޮތުން މާލޭގެ ހުޅަގުން ވިލިގިލި އާއި ވީ ފަޅި އައިޖީއެމްއެޗް އިން ފެށިގެން ގޮސް ވެސްޓް ޕާރކް އާއި ހަމައަށް ހުޅަނގަށް ހިއްކާލަންވީ ގޮސް ވިލިގިލި އާއި ޖެހެން 100 މީޓަރު ކައިރިއަށް ދަންދެން. ދެން އެގޮތުން އެހިއްކާ ބިމުގައި މާލޭގެ ހުރިހާ ވެހިކަލްސް ތަކެއް ރޭގަނޑު ޕާރކް ކުރުމަށް ޓަކައި ޕާރކިންގް ބިލްޑިންގްސް ތަކެއް ހަދާ އެތަނުގައި ޕާރކިންގް ބިލްޑިންގްސް ތައް އިމާރާތް ކުރަންވީ އެވެ. އެިއރުން މާލޭގައި މިހާރު މިއޮތް މާރާމާރީ އާއި އަދި މީހުން މެރުމަށް ވެސް ހައްލު އައިސް ރޭގަނޑު 12 އިން ފެށިގެން އިރުއަރާ 6 އާއި ދެމެދު މާލޭގައި ދުއްވާނީ ހަމައެކަނި އެމްޓީސީސީގެ ޓެކްސީ ތަކާއި ވޭން ތަކާއި އަދި ޕިކަޕްސް ތައް ކަމުގައި ހެދިދާނެއެވެ. އެއިރުން މާލޭގައި ޓެކްސީ އާއި ބަސް ދަތުރާއި އަދި ޕިކަޕްސް ދުއްވާނީ ހަމައެކަނި އެމްޓީސީސީން ނެވެ. އަމިއްލަ ހުރިހާ ފަރާތް ތަކަށް ދީފައިވާ ހުއްދަ ޖެހޭނީ ބާތިލް ކުރަން އެވެ. އަދި ރޯޑް ވާރދިނަސް ވެސް ހައްދަން ހަމައެކަނި ހުއްދަ ދޭންވީ އެމްއެންޑީއެފް ވެހިކަލް ގަރާޖް އަށް އެކަނި އެވެ.
މޭންޑޭޓްރީ
03 May 2017
ތަރައްގީގެ އިތުރު މަޝްރޫއު ތަކަށް އޭޑީބީގެ ލޯން އެހީ ހޯދާއިރު 100 މިލިއަން ޑޮލަރު މާލެ ސަރަހައްދަށް ލޯންގެ ގޮތުގައި ހޯދުން އެއީ ކުޑަ އަދަދެކެވެ. އެންމެ ދަށްވެގެން ހޯދަން ޖެހޭނީ 1 ބިލިއަން ޑޮލަރެވެ. ސަބަބަކީ މާލެ ސަރަހައްދުގައި 1 ލައްކަ ހައުސިންގް ޔުނިޓްސް އިމާރާތް ކޮށް އަދި ގުޅި ފަޅު ހިއްކާ އަދި ތިލަފުށި ހިއްކާ އަދި މާލެ އާއި ގިރާވަރާއި ދެމެދު އޮތް ފަޅު ހިއްކާ އަދި މާލެ ވިލިގިިލި ހިއްކާ އަދި މާލެ ވިލިގިލީގައި 70 ހާސް ހައުސިންގް ޔުނިޓްސް ހިމެނޭ ފްލެޓްސް ތައް އިމާރާތް ކޮށް ހަދާ މިކަން ކަން ކުރެވޭނީ 1 ބިލިއަން ޑޮލަރުގެ ލޯން ހޯދައިގެންނެވެ. މިކަން ކުރެވޭނެ ފިނޭންސް މިނިސްޓްރީން އޭޑީބީ އާއި އެކު ބާއްވާ ބައްދަލުވުމުގައި އެމެންގެ ބޮލެއް ހުރިއްޔާ. ސަބަބަކީ މާލެ ސަރަހައްދަކީ އެއީ މަނީ ޕްރިންޓިންގް މެޝިން އަކަށް ވާއިރު އެސަރަހައްދުގައި އޭޑީބީ ފަދަ ބޭންކް އަކުން 1 ބިލިއަން ޑޮލަރުގެ ލޯން އެއް ދިނުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.
ދަވޭ
03 May 2017
ފިނޭންސް މިނިސްޓަރު ގެ އިިންޓަވިއު ގައި ގްރޭޓަރ މާލެ ރީޖަން އެއީ ކުށްބަހެކެވެ. ގްރޭޓަރ މާލެ ވީކަރ ރާއްޖެތެރެ އެއީ އެކަން އޮންނަ ގޮތެއް ނޫނެވެ. މަމެން ސަރުކާރުގައި މަމެން ބޭނުން ކުރާ ލަފްޒެއް ނޫން އެއީ ގްރޭޓަރ މާލެ ރީޖަން އަކީ. ތިޔާއީ އެމެން އެމްޑީޕީގެ ވެރިކަމުގައި އެމެން ބޭނުން ކުރި ބްރޯކެން އިންގްލިޝް އެވެ. ގްރޭޓަރ މާލެ ފުރަތަމަ އެއީ ބްރޯކެން އިންގްލިޝް އެވެ. މާލެ އޭރިއާ ނުވަތަ މާލެ ރީޖަން ކީދާނެއެވެ. ގްރޭޓަރ މާލެ އެހެން ކިޔައިގެން ނުވާނެއެވެ. ގްރޭޓަރ މާލޭ ވީކަރ ރާއްޖެތެރެ އެހެން ނުކިޔޭނެ ޕިންކީންގެ ވެރިކަމުގައި. މިވެރިކަމުގައި ސްޕެޝަލީ މިނިސްޓަރުން ކުރިއަރުވަން ޖެހޭނީ މިވެރިކަމުގައި ފޯރމް ކުރާ ނަންތައް އެކަނި އެވެ. ފިނޭންސް މިނިސްޓަރު އެކަނި މަމެންގެ މިނިސްޓަރުން ތަކުގެ ތެރޭން ކިޔަނީ ގްރޭޓަރ މާލެ އޭ. އެހެން ހުރިހާ މިނިސްޓަރުން ކިޔަނީ މާލެ ސަރަހައްދޭ މިހެން.