އެމްއެމްސީން މިދިއަ އަހަރު ބޭއްވި ނޫސްވެރިންގެ އެވޯޑް ހަފުލާގެ ޝަރަފުވެރި މެހެމާން ކުރީގެ ނޫސްވެރިޔާ އަދި މިނިސްޓަރު ސީނާ އަހުމަދު ޒާހިރު (ކ) އާއި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ރީކޯމޫސާ މަނިކު ސަލާންކުރައްވަނީ: މި އަހަރު އެވޯޑް ދޭނެ ދުވަހެއް އަދި ނޭނގޭ -- ފޮޓޯ: ފަޒީނާ އަހުމަދު ފޭސްބުކް ޓައިމްލައިން
03 މެއި 2017 - 11:38
ނޫސްވެރިންނަށް އެވޯޑު ދޭން ފެށިތާ ތިން އަހަރުވީއިރު ބަރާބަރަށް ދެމުން އައި އެވޯޑަށް މޯލްޑިވްސް މީޑިއާ ކައުންސިލް ތައްޔާރު ނުވެ މިއަދު އެވޯޑު ދެވޭ ގޮތެއް ނުވި އެވެ.
ނޫސްވެރިންގެ އަގު ވަޒަންކޮށް ވަރަށް ކުލަގަދަ ހަފުލާއެއްގައި ދެމުން އައި އެވޯޑު މި އަހަރު ނުބޭއްވުނީ، މީޑިއާ ކައުންސިލްގެ ރައީސް އަބްދުލްމުއީދު ހަސަން ވިދާޅުވި ގޮތުގައި ގަވައިދު ގެޒެޓް ނުކުރެވިގެންނެވެ. މިއީ ނިމިގެން ދިޔަ މީޑިއާ ކައުންސިލްގެ ދެ ދައުރު ވެސް، ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހު ބަރާބަރަށް ދެމުން އައި އެވޯޑެކެވެ.
"މި ކައުންސިލްގެ މެމްބަރުންގެ ވިސްނުންފުޅު ހުރީ ގަވައިދަށް ބަދަލު ގެނެސްގެން އެވޯޑު ބާއްވަން. އެ ގަވައިދު މިހާރު ވާނީ އޭޖީގެ ލަފާފުޅަކަށް ފޮނުވާފައި. މިއަދު އެވޯޑު ބޭއްވޭ ވަރަށް އެ ގަވައިދު ގެޒެޓް ކުރެވޭ ވަރު އަޅުގަނޑުމެންނަށް ނުވީ،" ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ކޮންޓްރޯލް އޮންނަ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެކަމަކު އޭނާ އެހެން ވިދާޅުވި ނަމަވެސް، ވޭތުވެދިޔަ ތިން އަހަރު ވެސް، ކޮންމެ އަހަރަކު ވެސް އެވޯޑު ބާއްވާފައި ވަނީ ގަވައިދު ނުވަތަ އުސޫލު ބަދަލުކޮށް ގެޒެޓް ނުކޮށެވެ. އަނެއްކޮޅުން، މިކަހަލަ އިވެންޓްތަކުގެ އިދާރީ ގަވައިދުތަކާއި އުސޫލުތަކަކީ ގެޒެޓް ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށް ވެސް ގާނޫނީ އިސް ބޭފުޅުން ވިދާޅުވެ އެވެ. މީޑިއާ ކައުންސިލުން އޭޖީ އަށް ފޮނުވާފައި އޮތީ އުސޫލެކެވެ.
"ކުރީގެ ކައުންސިލްތަކުން އެކަން ކޮށްފައި ހުރި ގޮތެއް އަޅުގަނޑަށް ދަންނަވާކަށް ނޭނގެ. މި ކައުންސިލްގެ މެމްބަރުން ބޭނުންވީ މިފަހަރުގެ އެވޯޑަށް އިތުރު ކަންތައްތައް ހިމަނައިގެން އެ ގަވައިދު ގެޒެޓް ކޮށްގެން އެވޯޑު ބާއްވަން،" މުއީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެ ކަންކަން މިއަދަށް ނިންމާނުލެވުމަކީ އެވޯޑު މި އަހަރު ނުބޭއްވުމެއް ނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް އެވޯޑު ބާއްވަން."
އެކަމަކު މީޑިއާ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެވޯޑު ނުބޭއްވުނީ، އޭނާ އަށް އެނގިފައިވާ ގޮތުގައި، ގޮންޖެހުންތަކެއް ހުރެގެން ނޫން ކަމަށާއި އެކަމަކު އިހުލާސްތެރިކަން ނެތިގެން ކަމަށެވެ.
"ބައެއް މެމްބަރުން ބޭނުންވާނީ ތިކަން ވެސް ކުރަން. އެކަމަކު އެއީ މަދު މެމްބަރުންކޮޅެއް،" އޭނާ ވިދާޅުވި އެވެ.
މިއަދު ނޫސްވެރިކަމުގެ އެވޯޑް ނުދިނުމުގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާއެއް ކަހަލަ އެއްވެސް ކަމެއް ވެސް ނުބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދު އަހައްމަދޭ
03 May 2017
ޑިމޮކުރަސީގެ 4 ވަނަ ބާރުގެ ދެފައި ބިންދާލައިފި ،ހުސްޗަކަސް ވަޅުގަނޑަކައް ޗަކަސް ބިންދާލައިފި،
ޗިކުސް
03 May 2017
ތީ އަދި ކުޑަ އެއްޗެއްނުން ، ދައުލަތުގެ ރުފިޔާ ގަނޑައްވީ ކިހިނެތް؟
އަލީ
03 May 2017
ތި އެވޯޑު ނުދިނުމަކީ މީޑިއާ ކައުންސިލް އިން ފަހަތައް އެޅި ފިޔަވަޅެއް. އަޅުގަނޑުމެން ތި އެވޯޑް ދޭންފެށީ މީޑިއާކައުންސިލްގެ ރައީސް އެއްވެސް ނެތި. އެކަމަކު އިހުލާސްތެރިކަމާއި އެކު މަސައްކަތް ކޮއްގެން. އަޅުގަނޑު މިހެން މިދެންނެވީ އޭރު އެތަނާ ހަވާލުވެ ހުރެ މިމަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން.
ިޮތަކުރުފާނު
04 May 2017
އިޚުލާޞްތެރިކަމާއެކު ހަމައިގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރިނަމަ ކުރާނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް. އެއާ ޚިލާފަށް ކަންކަން ކޮށްފައި އެއީ އިޚުލާޞްތެރިކަމާއެކު ހަމައިގައި ކުރިކަމެކޭ ބުނެވޭނެތަ! އަމަލުކުރައްވާފައި ތިޔަ އޮތީ ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ގާނޫނުތަކާއި ގަވާއިދުތަކާއި އާންމު އުސޫލުތަކުގެ ބޭރުން.
ޝަހީމު
03 May 2017
މޯލްޑިވްސް މިޑިއާ ކައުންސިލަކީ ހަމައެކަނި ނޫސްވެރިންގެ މަސައްކަތުގެ އަގުވަޒަންކުރާ ތަނެއްކަމަށްވާތީ ހިތާމަކުރަން. ބުރަ، ނުރައްކާތެރި، މިންނެތް މަސައްކަތްކުރާ އެތައް ބަޔަކު އެބަތިބި. ވަކިން ޚާއްސަކޮށް މީޑިއާގައި އުފެއްދުންތެރި މަސައްކަތްކުރާ ޕްރޮޑިއުސަރުންނާ ކުޅަދާނަ ހުށަހެޅުންތެރިންގެ އަގު ވަޒަން ކުރުމަށް މީޑިއާ ކައުންސިލުން ވަނީ ފަރުވާކުޑަކޮށްފަ. ދިވެހި ކަލަންޑަރުގައި ނޫސްވެރިންނަށް ނަންނަމުގައި ދުވަސްތައް ފާހަގަކޮށްދޭއިރު މީޑިއާގައި އުފެއްދުންތެރި މަސައްކަތްކުރާ އުފެއްދުންތެރި ސިކުނޑިތަކުގެ އަގު ވަޒަންކުރުމަށް މީޑިއާ ކައުންސިލަށް ގޮވާލަން. ހައްޤު ނުލިބިގެން އުޅެނީވެސް ނޫސްވެރިން.
އިބޫ
03 May 2017
މީޑިޔާ ކައުންސިލް އޭ އެތަނަށް ކިޔަން އަޅުގަނދު ލަދު ގަނޭ.
އަހުމަދު
03 May 2017
އެެހެންނޫންތޯ ވާނީ އެހެންކަމަކާއި މިހާރު ތިބުނާ ބޭފުޅުން އުޅުއްވަނީ
ތަކުރު
03 May 2017
އާންމު ޚިދުމަތުގެ އިނާމާއި، ރެހެންދި އެވޯޑް ފަދަ އެވޯޑްތައް ދީފައިވަނީ ގަވާއިދުތައް ގެޒެޓްކޮށްގެން. ނޫސްވެރިކަމުގެ އިނާމު ދެފުށް ނުފެންނަ ގޮތަށް ގެޒެޓް ނުކޮށް ދިނުމަކީ ދެފުށް ފެންނާނެ ގޮތެއް ނޫން. ދެފުށް ފެންނަ ގޮތަށް ކަންކަން ކުރަން އެންމެ ގިނައިން ލިޔަނީވެސް ނޫސްވެރިން. ދެފުށް ނުފެންނަ ގޮތަށް ކަންކަން ކުރަން ނޫސްވެރިން ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް.
ޞޫފީ
04 May 2017
ހުރިހާ ފުށެއް ފެންނަ ގޮތަށް ވެސް ދޭން ވީ ނުން. ފަތިފުށް ވިޔަސް ފެންނަ ގޮތަށް ދޭން ވާންޖެހޭ ތައްޔާރީ ތައް ނުވެ ހުރި ވާހަކަ ނޫސްވެރިން އެ ކިޔަނީ
މުހައްމަދު
04 May 2017
ތަން ތައްޔާރު ނުވީ ކީއްވެބާ؟! މިހާ ތަނަށް ތިޔަ ތަނުގައި ހިންގަން ތިބީ ފުންނާބު އުސް ތަޖުރިބާކާރު ނޫސްވެރިންނޭ ކިޔާ އިއްޒަތްތެރި މަތިވެރި ބޭފުޅުން. އެބޭފުޅުން އެބޭފުޅުންގެ ޙައްޤުގައި އެބޭފުޅުންގެ ޢާއިލާގެ ބޭފުޅުންގެ ޙައްޤުގައި ތަން ތައްޔާރުކުރައްވާފައި ވަޑައިގެންނެވި ނަމަ މިއަދު ތައްޔާރުނުވެ އޮތް ވާހަކަ ދައްކާނެ ތަނެއް ނޯންނާނެ. އެ ފުރުޞަތު އެކަަކަށްވެސް ނުލިބޭނެ. އަދި އިނާމުވެސް ބަރާބަރަށް ލިބެމުންދާނެ. ނޫސްވެރިކަމުގެ ތަޖުރިބާކާރު ޢިއްޒަތްތެރި ބޭފުޅުން އިނާމު ލިބިވަޑައިނުގަންނަވާތީ މިއަދު މިވާހަކަ ފަށްފަށްކޮށްފައި ދެއްކުމުގެ ބޭނުމެއް އެބައޮތްބާ!؟ ޒިންމާ ފުރިހަމައަށް އަދާކުރެއްވިނަމަ މިއަދު މިގޮތަށް މިކަން ނުދާނެ ނޫންތޯ.
ގޮހޮޑާ
03 May 2017
އަތްނުބާނާ ދިމާއެއް ނެތް
މުހައްމަދު
03 May 2017
މިހާތަނަށް ތިޔަ މީޑިއާ ކައުންސިލުގައި ތިބީ ރާއްޖޭގައި ތިބި ފުންނާބު ތަޖުރިބާކާރު ނޫސްވެރިން. އެކަމަކު މިއަދާ ހަމައަށް ޤާނޫނީ އެއްވެސް ޑޮކިއުމެންޓެއް އިނާމުދޭކަށް ގެޒެޓްކޮށްފައެއް ނެތް. ޤާނޫނީ އިމުން ބޭރުން ކުރާ ގަވާއިދު ހަދައިގެން ކަންކަން ކުރާކަށް ޤާނޫނުއަސާސީގެ 61 ވަނަ މާއްދާއަކުން ޖާގަ ލިބިފައެއް ނެތް.