ސަން އައިލެންޑް ރިސޯޓުގައި ޗުއްޓީއަށް ގޮސްތިބި ދެ ޓޫރިސްޓަކަށް ހިދުމަތް ދެނީ: މިއަހަރުގެ މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 މެއި 2017 - 10:30
ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު މަދުވެ، މިދިޔަ މާޗް މަހު ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު 2.1 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިއީ މި އަހަރުގެ ތެރޭގައި ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ފުރަތަމަ މަހެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓް ކަމަށްވާ ޗައިނާއިން މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 18،203 އަށް މަދުވެފަ އެވެ. މިއީ ގާތްގަނޑަކަށް 16 ޕަަސެންޓްގެ ދަށްވުމެކެވެ.
އެ މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހު ރާއްޖެ އައިސްފައި ވަނީ 112،665 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 115،131 ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ޔޫރަޕްގެ އެންމެ ބޮޑު މާކެޓްތައް ކަމަށްވާ އިނގިރޭސިވިލާތާއި ޖަރުމަނުން ރާއްޖެ އައި ޓޫރިސްޓުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން އިނގިރޭސިވިލާތުން އައި އަދަދު 9.3 ޕަސެންޓް އަދި ޖަރުމަނުން އައި އަދަދު 23 ޕަސެންޓް ވަނީ ދަށްވެފަ އެވެ.
މާޗް މަހު އިނގިރޭސިވިލާތުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 11،095 އަށް މަދުވިއިރު ޖަރުމަނުން އައި އަދަދު ވަނީ 10،216 އަށް ދަށްވެފަ އެވެ. އެކަމަކު އިޓަލީން އައި މީހުންގެ އަދަދު ވަނީ ނުވަ އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ ހިމެނޭ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން އައި އަދަދު ވަނީ 40،302 އަށް ދަށްވެފަ އެވެ. މިއީ 2.5 ޕަސެންޓްގެ ދަށްވުމެކެވެ. އަދި މެދުއިރުމަތިން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 8.3 ޕަސެންޓް ދަށްވެފަ އެވެ. މާޗް މަހު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 15.4 ޕަސެންޓަށް އިތުރުވެފަ އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިންމަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 4.3 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިފަ އެވެ. އެކަމަކު ރާއްޖޭގެ ޓޫރިސްޓު އެނދުގެ އޮކިއުޕަންސީ ވަނީ 70.9 ޕަސެންޓުން 60.7 ޕަސެންޓަށް ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިމީހާ
04 May 2017
ދަވޭ އަށް ބުނެލާނީ ބޭރުން އަންނަ ފަތުރުވެރިން ބޭނުންވަނީ ހަމަހިމޭން މާހައުލެއްގަ ޗުއްޓީ ހޭދަކޮށްލަންށޭ.. ފަތުރުވެރިން ދަށައްދާއިރަށް ރިސޯޓްތަކުން މުވައްޒަފުން ވަކިކޮށް ހަދާ އަދި ސާވިސްޗާޖް ވެސް ކުޑަކުރޭ އެކަމަކު ފުލް އޮކިއުޕެންސީ އޮންނައިރު ސާވިސްޗާޖް ބޮޑެއްނުވޭ ހުރިހާ ފައިދާއެއް ރިސޯޓް އޯނަރުންނަށާއި އެބައިމީހުން ހިމާޔަތްކުރާ ސަރުކާރުގެ ވެރިންނަށް.
ޢަލީ
04 May 2017
މަދުވަނީ ވެރިމީހާގެ ދެއަތް މާބޮޑައްދިގުވާމަ އޭނާގެ ދެއަތްނުފޯރާ މިނިވަން މުވައްސަސާއެއް ކޯޓެއް ފުލުހުންގެ އިދާރާއެއް ބަޑިގުދަނެއް ސިޔާސީލީޑަރެއް ވިޔަފާރިވެރިޔެއް ނޫސްވެރިޔެއްކޮބާ ދުނިޔެ އޮތީނިދާފަކާނުން މިހެންވީމަ ވާގަތްމީ ވަކިން ހާއްސަކޮއް ފަތުރުވެރިކަމުގަ ވަޒީފާއަދާކުރާ މުވައްޒަފުންނާ ދޭތެރޭ ސަރުކާރުން އަޅޫލުމެއް ނުގެންގުޅޭ ނަމަކައް ކަމެއްކޮއްލިކަން މީޑިޔައައް ދައްކާލަނީ ދުނިޔޭގެ ބޮޑެތިމަހުޖަނުންނާ ރާއްޖޭގެ ދެތިންމަހުޖަނުން ވަނީ މިދާއިރާ ބަނޑުދޮށުލާފަ ވީމާ ފަތުރުވެރިކަމުގެ ދާއިރާގަ ތިބިމީހުންނައް ހެވާލާބަޔައް އުޅޭބަޔަކު އެއްވެސް ސަތުކާރަކު މިވީތާކައް ވުޖޫދު ވެފަކާނުވޭ
ދަވޭ
04 May 2017
މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެ ޕަސެންޓް ދަށަށް ހިނގައްޖެ އެވެ. މިކަން މިހެން ވާން މިޖެހުނީ އެއީ މާލެ ސަރަހައްދުގައި މާލެ ކައިރީގައި ހުރި ރިސޯރޓްސް ތައް މަދުވުމުންނެވެ. އަދި ގެސްޓް ހައުސް ތައް ވެސް މަދުވުމުންނެވެ. ކަން މިހެން ހުރުމުން މާލެ ތިލަފުށި ކުރިމަތިން އެއޮތް ބޮޑު ފަޅު ހިއްކާލަންވީ އެމްޓީސީސީ އަށް އަންނަ ކޮންނަ ބޯޓް އައުމުން ފުރަތަމަ ކަމަކަށް ވެސް. ދެން އެތަން ހަދާނީ ގެސްޓް ހައުސް އައިލެންޑް އަކަށް. އެގޮތުން 20 ހާސް އަކަފޫޓްގެ ބިން ގެސްޓް ހައުސް ހަދަން ބޭނުންވާ ކޮންމެ އިންވެސްޓަރަކަށް ދިނުމުން އެފަދަ ބިމެއްގައި 25 ބުރިއަށް ހޮޓެލް ޓަވަރު ހަދައިގެން އެޓަވަރުގައި ގެސްޓް ރޫމްސް ތައް ހުރި ނަމަ ޗައިނާ އިން ރާއްޖެ އަށް އަންނަ ގެސްޓުންގެ އަދަދު މަދު ނުވާނެއެވެ. ރާއްޖެތެރެ ލޮޖިސްޓިކް ޚަރަދު ބޮޑު ކަމުން ގެސްޓުން ނަށް ރާއްޖެ ތެރެއަށް ދާން އުނދަގޫވަނީ އެވެ. މާލެ ސަރަހައްދުގައި އެބަހުންނަން ޖެހޭ 5 މިލިއަން ގެސްޓް ހައުސް ރޫމްސް މިގޮތުން ހިއްކާލެވޭ ބިމުގައި. އެއިރުން ދެން މިކަން ފޫ ބެދޭނީ. މާލެ ސަރަހައްދަކީ އެއީ ރާއްޖޭގެ އިގްތިސާދުގެ ހިތެވެ. އެސަަރަަހައްދުގައި ކުރާ އިންވެސްޓްމެންޓް ފީސްބްލް ވާނެ ކަން އެއީ ކަށަވަރު ކަމެކެވެ.
ތަބަރޭ
04 May 2017
ކަލެޔައް ތިޔޮތީ މާބޮޑައް ޓުއަރިޒަމް އެގިފަ! ރާއްޖެ އަންނައްބޭނުއް ޓުއަރިސްޓުން ބޭނުމެއްނުވާނެ ތޮއްޖެހިފަ އޮތްސިޓީއެއްގަ ކޮތަރު ކޮށިން ރޫމުހިފައިގެން އާޓިސަލުކޮންހަދާފައޮތް ހުޅުމާލޭގަ ތިބޭކައް