ރާއްޖެ ޓީވީގައި މަސައްކަތް ކުރާ ނޫސްވެރިންނާއި މުވައްޒަފުން: ލޯކަލް ކައުންސިލްގެ އިންތިހާބު ކަވަރުކުރުމުގެ ފުރުސަތު ނުދިން ކަމަށް އެ ސްޓޭޝަނުން ބުނޭ- ފޮޓޯ:/ މިހާރު
04 މެއި 2017 - 20:26
ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބު ކަވަރުކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ރާއްޖެ ޓީވީއަށް ނުދިން ކަމަށް އެ ސްޓޭޝަނުން މިއަދު ބުނެފި އެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަން ދޮގުކުރެ އެވެ.
އެ ކޮމިޝަންގެ މެމްބަރުގެ އަހުމަދު އަކްރަމް މިރޭ ވިދާޅުވީ އިލެކްޝަން ކަވަރުކުރުމަށް ފާސް ދޫނުކުރި ކަމަށް ބުނެ ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ރާއްޖެ ޓީވީއަށް 165 ފާސް ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ސްޓޭޝަނުން ހުށަހެޅި ބައެއް ފޯމް ރިޖެކްޓްވި ބައިވަރު ސަބަބު އެބަހުރި. ބައެއް ފޯމުތަކުގައި އައިޑީކާޑުގެ ނަމާއި ފޮޓޯއާ ދިމާނުވޭ. އެ ފޯމްތައް ރަނގަޅުކުރަން 48 ގަޑިއިރުގެ މުއްދަތެއް ދިން. ނަމަވެސް އެ މުއްދަތުގައި ހުށަނާޅާ ލަސްވެގެން މިތަނުން ގުޅިގެން. މިވަގުތު ހަމަޔާ ވެސް ވަރަށް މަސައްކަތްކޮށްދިނިން،" އަކްރަމް ވިދާޅުވި އެވެ.
އެކަމަކު ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ މިރޭ ވިދާޅުވީ އެ ސްޓޭޝަނަށް އިންތިހާބު ކަވަރުކުރަން ފާސް ނުދިން ކަމަށެވެ. އަދި އެ ކޮމިޝަނުން ބުނެފައި ވަނީ ފާސް ހޯދަން ހުށަހަޅާފައިނުވާ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެ ޓީވީން ބުނީ އިންތިހާބު ކަވަރުކުރަން އެ ސްޓޭޝަނަށް 32 ފާސް ހޯދަން ހުށަހެޅި ކަމަށެވެ. ނަމަވެސް އެ ހުރިހާ ފޯމްތަކެއް އަނބުރާ ފޮނުވާލީ ކަމަށް ވެސް އެ ސްޓޭޝަނުން ބުންޏެވެ.
"އަޅުގަނޑުމެން އެކަމާ ގުޅިގެން މިއަދު އެ ކޮމިޝަނާ ބައްދަލުކުރިން. އެ ބައްދަލުވުމުގައި އަޅުގަނޑުމެން ހުށަހެޅި ފޯމްތަކަށް ހުއްދަ ނުދިނީ ހައިބަތު ގެއްލޭ ގޮތަށް ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް ނުސީދާކޮށް ބުނީ،" ފިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ކަވަރުކުރަން ރާއްޖެ ޓީވީއަށް ފާސް ދޫނުކުރި ނަމަވެސް އިންތިހާބު އެންމެ ރަނގަޅަށް ކަވަރުކުރާ ޓީވީ ޗެނަލަށް ވާނެ ކަމަށެވެ. އަދި އިންތިހާބުގައި ވޯޓުލާ މަންޒަރު ވެސް ބެލުންތެރިންނަށް ދައްކާނެ ކަމަށް ވެސް ފިޔާޒް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރޭ
05 May 2017
މަގާމާ ވަޒީފާގެ ދަހިވެތިކަމަށް މަސައްކަތް ކުރާ މީހުންވީމަ ވާ ގޮތް...
ސަމީނާ
05 May 2017
100% ވޯޓުފޮށިތި ބަޑުދަށުތިލީ. ހާދަހާވާމިވެރިން ބިރުގަނެޔޭދޯ.
އަލީ
05 May 2017
ކިޔެކޭ ދެން ބުނާނުވެސް. އަފުރިމެން ބުނާނެ އެއްޗެއްނެތް މިހާރަކޮ. ޔަގީނުންވެސް އިނގޭކަމަކު ސައްޙަ ވޯޓަކުން މި ސަރުކާރު ނުހޮވޭނޭކަން.
ޢަބްދުﷲނާފިޒު
05 May 2017
ރާއްޖެ ޓީވީން ބުނީ އިންތިހާބު ކަވަރުކުރަން އެ ސްޓޭޝަނަށް 32 ފާސް ހޯދަން ހުށަހެޅި ކަމަށެވެ. އެކަމަކު އަހުމަދު އަކްރަމް މިރޭ ވިދާޅުވީ ރާއްޖެ ޓީވީއަށް 165 ފާސް ދޫކޮށްފައިވާ ކަމަށޭ، ކިހިނެއްތަ މިވަނީ، 32 ފާސް ހޯދަން ހުށަހެޅީމަ 165 ފާސް ދޫކުރީ ދެއްތޮ، ހާދަ ހެޔޮފުޅޭ. ހާދަ ބަލާޣާތްތެރިއޭ.
އިބޫ
04 May 2017
ﷲ އިަރަޑަފުޅުން މި ޙުދުމުހުތާރު ބަރު ތައް މައިތިރިވެ، ރައްޔިތުންނަށް އަދުލުވެރި އިންސާފު ވެރި ވެރި ކަމެއް ދާދި އަވަހަށް ލިބޭނެ
ރުމާލް 2
04 May 2017
މިއަދު ދައުލަތުގެ ބައެއް މިނިސްޓްރީތަކުގެ އިސްވެރިން ގެންދިޔައީ ރާއްޖެތެރޭގައިހުރި ދައުލަތުގެ އިދާރާތަކަށް ވަޑައިގެން ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓުލުމަށް އެއިދާރާތަކުގެ މުވައްޒަފުންނަށް މަޖްބޫރުކޮށް ބިރުދައްކާފައެވެ. މިކަންކަމުން އެގެނީ މި އިންތިޚާބުދެން މިނިވަންނުވާނެކަމެވެ. މީވަރަށްވެސް ބޮޑުކަމެކެވެ. ކުޑަކަމެއްނޫނެވެ. އެންމެފަހުން ދެންޖަހަންބުނާނީ ވޯޓުކަރުދާސްކޮޅުގައި ނަމާއި އެޑްރެސްކަން ނޭގެއެވެ. މިހާހިސާބަށް ގައުމެއްގެ ހާލަތު ދިޔައިމައެއީ އިންތިޚާބު ކަވަރުކުރުމުގެ ފުރުޞަތު ނުދިނުމަކީ މާކަންބޮޑުވާނވިކަމެއްނޫނެވެ. މިއީ މިސަރުކާރުގެ މިއަދުގެ ހާލަތެވެ.
ފާލު
04 May 2017
ތިވީ ހަމަ ރަނގަޅަށް، ދޮގާމަކަރު ހެދުން ނޫންކަމެއް ނުކުރާނެ
އަފިހުން ގޮއްޔެ
05 May 2017
އެހެންވެގެން ދެއްތޮ 32 ފާސް ހޯދަން ހުށަހެޅުމުން 165 ފާސް ދޫކުރިކަމަށް އެބުނީ، ކޮބާ ލަދު.
ޕޮލްޕޮޓް
04 May 2017
ބަގާވާތް ކުރީ ދިވެހިން އަޅުވެތި ކުރަން ކަމައް ހީވާނަމަ ބުނެވީ މަޗާ ސޮރީ އޭ.
ބުލޭ
04 May 2017
ވެއްޓެން ދާ އެއްޗެއް ނުހިފޭއްޓޭނެ..
ޔަގީން
04 May 2017
މިއީ 21 ވަނަ ގަރުނު ކަން ވެރިކަން ހިންގާ ބޮޑޭ އައް ހަދާން ކޮއްދެމެވެ.......ވޯޓު ފޮށިވެސް ވާހަކަ ދައްކާ ވަރު ކުރެވިދާނެ އެވެ...މިބުނީ ވަރައް ވާހަކަ