ހޮނިހިރުދުވަހު ބޭއްވި އިންތިޚާބުގައި މާލޭގައި ބެހެއްޓި ވޯޓުފޮއްޓެއްގެ ވޯޓު ކަރުދާސް ގުނަނީ.---މިހާރު ފޮޓޯ
15 މެއި 2017 - 12:33
މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާން ކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ރަސްމީ ނަތީޖާ އިއުލާން ކުރުން އޮންނާނީ މިއަދު މެންދުރު 2:30ގަ އެވެ. އެކަން ކުރިއަށް ގެންދާނީ ބާ ޖަމާލުއްދީންގައި ހިންގާ އިންތިޚާބާ ބެހޭ މަރުކަޒުގައި ކަމަށް އިލެކްޝަންސް އިން ބުންޏެވެ.
ލޯކަލް އިންތިޚާބުގެ ވަގުތީ ނަތީޖާ ވަނީ މިދިޔަ ހޮނިހިރުދުވަހު އިއުލާންކޮށް ނިންމައިފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން ދާއިމީ ނަތީޖާ 14 ދުވަސް ތެރޭގައި އިއުލާންކުރަން ޖެހެ އެވެ.
ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން އިންތިހާބުކޮށްފައިވާއިރު، ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެ ހެ ހެ
15 May 2017
ބަދަލެއް ނުވިދޯ
Mishy
15 May 2017
ރިއަލީ....ކާންޓް ބިލީވް...
ޕޕމ
15 May 2017
ކޮބާ...އަދިމާއަވަސް
ރަށުމީހާ
15 May 2017
ގާނޫނުގަތާ 14 ދުވަސްތެރޭ ދަޢިމީ ނަތީޖާ އިއުލާން ކުރަން ބުނެފައޮތީ މަށައްއިނގޭ އެއްޗަކީ ފަހުގެ ތާރީޙުގަ ބޭއްވި ² އިންތުހާބުވެސް ބޭއްވީ ގާނޫނު ލާޒިމްކުރާ ތާރީޙު އައްވުރެ ފަހުންނޭ އެހެންވީމާ އަދި އިއުލާނުކޮށްލުން ލަސްވިޔަސް އޯކޭ ވާނޭ
ކޮރި ބޯށި
15 May 2017
ރޯދަ މަސްކުރިން އިލެކްސަން ލޯކައުންސިލް އާއި ބެހޭ ހުރިހާ ކަމެއް ނިމޭނެ ކަމަށް އުންމީދު ކުރަން.
ހެހެހެ
15 May 2017
އަދި ތަންކޮޅެއް އަވަސް!
ފުއާދު
15 May 2017
މީގެ ކުރީގެ އެއްވެސް ލޯކަލް ކައުންސިލް އިންތިހާބެއްގައި މިހާކުރިން ރަސްމީނަތީޖާ އިއުލާން ކޮށްފައެއް ނެތް.