މިދިޔަ ރޯދަ މަހު މާރުކޭޓުގައި މީހަކު އެއްޗެހި ވިއްކަނީ
15 މެއި 2017 - 14:44
ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށްގެން، ޓީ ޖެޓީ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަށް ނިންމައިފި އެވެ.
އެގްރިކަލްޗަ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮންމެ އަހަރެއްގެ ރޯދަ މަހެއްގައި ގިނަ އަދަދެއްގެ ތަކެތި ދަނޑުވެރިން މާލެ ގެންނަ ކަމަށާއި އޭގެ ސަބަބުން ދަތުރުވެރިންގެ މާރުކޭޓަށް ވަރަށް ބާރުބޮޑުވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ތަކެތި ވިއްކަން ޖެހުމުން ދަނޑުވެރިންނާއި ދަތުރުވެރިންގެ އިތުރުން ވިޔަފާރިކުރާ މީހުންނަށް ވެސް ގިނަ ދަތިތަކާ ކުރިމަތި ލާން ޖެހޭ ކަމަށް ބުންޏެވެ.
މިކަން ހައްލު ކުރުމުގެ ގޮތުން އެ މިނިސްޓްރީން ނިންމާފައިވަނީ މާލޭ ހުޅަނގު ފަރާތު ބަނދަރު ނުވަތަ ޓީ ޖެޓީ ސަރަހައްދުގައި، ވަގުުތީ މާރުކޭޓެއް އަޅައި، އެއްޗެހި ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެގްރިކަލްޗާއިން ބުނިގޮތުގައި އެތަނުގައި ވިއްކާނީ ހަމައެކަނި ދިވެހި އުފެއްދުންތަކެވެ. ތަން ކުއްޔަށް ދެނީ ވެސް ހަމައެކަނި ދިވެހިންނަށް ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
މި މާރުކޭޓުގައި ތަކެތި ވިއްކުމުގެ ފުރުސަތު ހޯދަން ރަށު ކައުންސިލްތަކަށް ވެސް ރޯލެއް އަދާކުރެވެ އެވެ. އެގޮތުން މިދިއަ ރޯދަމަހު އެރަށަކުން ބޭރުކުރި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަންދާސީ މިންވަރެއް ހުށަހަޅަން ޖެހެ އެވެ.
ވަގުތީ މާރުކޭޓުން ޖާގަ ހޯދުމުގެ ފުރުސަތު ވަކިިވަކި ދަނޑުވެރިންނަށް ވެސް އޮތީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރަންވީ
15 May 2017
ޓީޖެޓީ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް އެޅުމަކީ އެއީ ހަމަ ރަނގަޅު ކަމެކެވެ. އެކަމަކު އަދި ތިޔާއީ ދާއިމީ ހައްލެއް ނޫނެވެ. ދާއިމީ ހައްލަކީ އެއީ މާލޭގެ ދެކުނުން އިންޑަސްޓްރިއަލް ވިލެޖް އިން ފެށިގެން އެނބޫދޫ ފަަޅާއިވީ ފަޅި އަށް ހިއްކާލަންވީ ތިލަ ކަނޑުއޮޅި. އެހިއްކާލެވޭނެ މާލޭގެ ތޮށިން ފެށިގެން ފަސް އަޅަމުން ހިއްކަން ފެށުމުން. ކަން މިހެން ހުރުމުން މިކަން ކުރަންވީ އަވަހަށް ޗައިނާގެ އެހީގައި 1 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ނަމަވެސް މާލޭން ފެށިގެން 2 ކިލޯމީޓަރު ދެކުނަށް ކަޅުތުއްކަލާ ކޮށިން ފެށިގެން ގޮސް ކުނި ކޮއްޓާއި ހަމައަށް. އެއިރަށް ހުންނާނީ ރަނގަޅަށެވެ.
އަބްދުއްލާ އަލީ
15 May 2017
ކިތައް ރޯދަމަހު ކިތައް މާރުކޭޓް ތިޔަތާގައަލައިފި ވީކަމެއް ނެތް ދެން ހބޭކާރު ހަރަދު ކުރުމުގެ ބޭނުމަކީ ކޮބާ ؟ ކުރިން ހަދާފަ ހުރި ތަންތަން ކޮބާ ؟