ވިޔަފާރި / ކާޑުގެ ބާވަތްތައް

ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކާ އަގު ހެޔޮކޮށްފި

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމުން އައްޑޫ ބަޔަކު މުޒާހަރާކުރަނީ: ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމުން ވަރަށް ގިނަ ބަޔަކު އެކަމާ ހިތްހަމަނުޖެހުނު.

ކާޑުގެ ބާވަތްތަކުގެ އަގު މާލެ އަށް ހެޔޮވި ނިސްބަތުން، ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އަގު އިކޮނޮމިކް މިނިސްޓްރީން ކުޑަކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ރާއްޖެ ތިން ޒޯނަކަށް ބަހާލައި، ކޮންމެ ޒޯނެއްގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އަގުތަކެއް ކަނޑައަޅައިފަ އެވެ. އެކަމަކު މީގެ ކުރިން އެ މިނިސްޓްރީން ކާޑުގެ ކޮންޓްރޯލް އަގު ކަނޑައަޅާފައި ވަނީ ކޮންމެ އަތޮޅަކަށް ވަކި ރޭޓެކެވެ.

އެ މިނިސްޓްރީން އަލަށް ހަމަޖެއްސި އުސޫލްގެ ދަށުން އެންމެ އުތުރު ހަތަރު އަތޮޅުގައި ހަނޑޫ ކިލޯއެއް ވިއްކޭނީ 7.78ރ. އަށެވެ. އަދި ހަކުރު ކިލޯއެއް 7.82ރ. އަށް ހަމަޖެއްސިއިރު ފުށް ކިލޯއެއް ވިއްކޭނެ އަގެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 6.28ރ. އަށެވެ. އޭގެ އިތުރުން ނ އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ޒޯން ދޭއްގައި ހަނޑޫ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 7.58ރ. އަށެވެ. ހަކުރު ކިލޯއެއް 7.62ރ. އަށް ހަމަޖެއްސިއިރު ފުށް ކިލޯއެއް ވިއްކެނީ 6.08ރ. އަށެވެ. ލ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތައް ހިމެނޭ ތިންވަނަ ޒޯނުގައި ހަނޑޫ ކިލޯއެއް ވިއްކަން ޖެހެނީ 7.97ރ. އަށެވެ. އަދި ހަކުރު ކިލޯއެއް 8.01ރ. އަށް ވިއްކާ ގޮތަށް ހަމަޖެއްސިއިރު ފުށް ކިލޯއެއްގެ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 6.47ރ. އަށެވެ.

އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގް ވިދާޅުވީ ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކާނެ ކޮންޓްރޯލް އަގު ހަމަޖައްސާފައި ވަނީ މާލޭގައި ކާޑުގެ ބާވަތްތައް ވިއްކޭ އަގަށް ބަދަލުގެ ނިސްބަތުން ކަމަށެވެ. މާލޭގައި ވިއްކާ އަގުގެ އިތުރުން ދެން ހިމަނާފައި ވަނީ މަޖޫރީ އަދި ނާލުގެ އަގު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ކާޑުގެ ބާވަތްތައް ވިއްކާނެ ކޮންޓްރޯލް އަގެއް ހަމަޖެއްސި އިރު ޒޯންތަކެއް ކަނޑައެޅީ ކީއްވެގެން ކަމެއް އެ މިނިސްޓްރީން ނުބުނެ އެވެ.

ކާޑުގެ ބާވަތްތައް ވިއްކުމަށް ކޮންމެ އަތޮޅަކަށް ވަކި ރޭޓެއްގެ ބަދަލުގައި ތިން ޒޯނަކަށް ބަހާލުމުން އެކި އަތޮޅުތަކަށް ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮވެފައި ވަނީ އެކި މިންވަރަށެވެ.

އެސްޓީއޯ އިން މިދިޔަ މަހު ‎ނިންމީ ހަނޑޫ، ހަކުރު ބަސްތާއަކުން 60 ރ. ކުޑަކުރުމަށެވެ. އެއީ އޭރު ވިއްކި އަގަށް ވުރެ 15 ޕަސެންޓް ހެޔޮވުމެކެވެ. އޭގެ އިތުރުން ފުށް ބަސްތާއަކުން 35ރ. ހެޔޮކުރަން ވެސް ނިންމާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 12 ޕަސެންޓެވެ.

‎ކާޑަށް ދެމުންގެންދިޔަ ސަބްސިޑީ ކަނޑާލުމަށް ފަހު، ހަނޑޫ ކިލޯއެއް މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިއްކަނީ 7.96ރ. އަށެވެ. އޭގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އެ ދުވަހުން ފެށިގެން ބޮޑުކޮށްފަ އެވެ. ފުށް ކިލޯއެއް އޭގެ ކުރިން ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.

ކާޑުގެ ބާވަތްތައް ވިއްކާ އަގު ބޮޑުކުރުމުން އެކަމާމެދު ހިތްހަމަނުޖެހިގެން ވަރަށް ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔާފައިވެ އެވެ. އަދި ބައެއް ރަށްރަށުގައި މުޒާހަރާ ވެސްކުރި އެވެ.

17 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 7%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖިލްބާބު ހަބީބު

18 May 2017

އަދިވެސް ކުރީގެ އަގަށްވުރެ ދެގުނަ ބޮޑުދޯ؟ 4 ގުނަ އަގު ބޮޑުކޮށްފައި 3 ގުނަޔަށް ބަދަލުކުރީމާ 4 ގުނަޔަށްވުރެ ކުޑަދޯ އެވީ. އެކަމަކު އަދި ބުނެވޭނީ ކުރީގެ އަގަށްވުރެ 3 ގުނަ އަގު ބޮޑުކަމަށްދޯ؟ މަޑުކޮށްލާ 2018 ފެށޭ ހިސާބުގައި އިގްތިޞާދު ރަނގަޅުވާނެ. އެއިރުން މުސާރަ ބޮޑުކޮށްފައި ކާޑުގެ އަގު ތިރިކުރާނެ. އޭގެ ފަހުން 2019 ގައި އިގްތިޞާދަށް އަޑިކަމެއް އަންނާނެ. އެއީ ވޯޓު ލުމަށް ކުރެވުނު ޚަރަދުގެ ބޮޑުކަމުންނާއި މުސާރަތަކަށް ގެނެވުނު ބަދަލުގެ ސަބަބުން. އެހެންކަމުން މުސާރަ ކުޑަކޮށް މުވައްޒަފުން މަދުކޮށްގެން ގެއްލުން ފޫބެއްދިދާނޭ ކަމަށް ބޭރުގެ މާހިރުން ވިދާޅުވެގެން ބަދަލު ގެންނާނީ.

The name is already taken The name is available. Register?

ހަނު ހުންނަ މީހާ

18 May 2017

4ރ އިން 8 ރ އަށް ބަދަލުވުމުން އަގު ހެޔޮވީ ގޮތެއް ނުވިސްނުނު

The name is already taken The name is available. Register?

އަލީހާން

18 May 2017

ކިތަންމެއަގުކުޑަކުރިޔަސް ރ.އިންނަމާދޫ އަކުން ތިޔައިންއެއްވެސް އެއްޗެއްގެ އަގެއްހެވެއްނުވާނު މިހާރުވެސް އެރަށުުގަނެތް ޖީއެސްޓީ ސަރުކާރަށްދައްކާ އެންމެފިހާރައެއްވެސް އެކަމަކު ހުރިހާފިހާރައކުންވެސް ޖީއެސްޓީ ހިމަނައިގެން ރަށްޔެތުންއަތުން އަގުނަގަނީ މިކޮމެން ލައިބަލަ

The name is already taken The name is available. Register?

ހިޔަޅު

18 May 2017

ކުރިން ހުރި އަގަށް ތިރިކުރޭ ނޫނީ ވިއްޔާ އެއަށް ތުރެއް ބޮޑަށް އަގު ދަށްކުރޭ ނޫނީ ވިއްޔާ ދެން ހެދި ގޯސް ގޯހެއްގެ ގޮތުގައި ބާވަން ވީނުން ދޯ ރައްޔިތުން ގުބޯ ހައްދަށް ނޫޅެ..

The name is already taken The name is available. Register?

އާހަމަ

18 May 2017

އެތައް ސަތޭކަ އަހަރު މިޤައުމު ހިނެވި ބޭބޭފުޅުން ދުވަހަކުވެސް މިހާ އަގުބޮޑުކޮށް ކާޑުގެ ބާވަތްތައް ނުވިއްކާ. މިއިން އެނގޭ އެއްޗަކީ ވެރިކަން ކުރަން ނޭންގޭ މިހަކު ވެރިއަކަށް އަތުވެއްޖޭ. 4 ރުފިޔާ އަށް ހުރިއެއްޗެއް 8 ރުފިޔާ އަށް ހަދާފަ 10 ލާރި 15 ލާރި ކުޑާކުރުމަކީ އަގުހެޔޮ ކުރުމެއް ނޫން. 2 ރުފިޔާއަށްދޭ ހެދިކާ 5 ރުފިޔާއަށްބޮޑުވެ، އެހެން ހުރިހާ މުދަލެއްގެ އަގުބޮޑުވީ ތިކަމާ ގުޅިގެން. ދެން ތި އަގު ކުރީގެ އަގަށް ބަދަލުކުރިއަސް އެހެން ހުރިހާއެއްޗެއްގެ އަގަށް ބަދަލެއް ނާންނާނެ. މިއީ ހަމަ ހިންގަން ނޭންގުމުގެ ނަތީޖާ. ރައްޔިތުން ބިކަވީ. ދެން އެފުރުޞަތު ދޭކަށްނެތިން.

The name is already taken The name is available. Register?

2016 އޮކްޓޯބަރ

18 May 2017

2016 އޮކްޓޯބަރ ގައި ހުރި އަގަށް އަދިވެސް ތިރިއެއް ނުވޭ އޭރު ހަނޑޫ ކިލޯއެއް 3.98 އަށް މިހާރު 7.97 އަށް އޭރު އެއަރޕޯރޓުން ފުރަނީ ހިލޭ މިހާރު 12 ޑޮލަރަށް ހެއުވީ އެއްޗެއް ނޭނގުނު

The name is already taken The name is available. Register?

ޙުއްބުލްވަޠަން

18 May 2017

ކޮމެންޓް ކުރާ ބޭކަލުންނަށް އެނގޭތަ ކާޑު އަގުބޮޑުކުރިއިރު ފުށް ކިލޯއެއް ފިހާރަތަކުން ގަންނަން ލިބެނީ 3/50 (ރުފިޔާ ބައި) ބަޔަށް ކަމަށް.. އެހެންވީމާ، ކޮބައިތޯ މިހާރު ކާޑު އަގުހެޔޮވެފަ..

The name is already taken The name is available. Register?

ކޮލޮމްބޯ

18 May 2017

ހާދައޭ ހެޔޮފުޅީ! ހާދައޭ ހެޔޮފުޅީ! ތިން ރުފިޔާއަށް ހުރި އެއްޗެއް އަށަކަށް ހައްދަވާފައި މިހާރު ބަދަލު އެކޮއްދެއްވީ ހަތަކަށޭ! ހާދަހާއޭ ހެޔޮފުޅީ!

The name is already taken The name is available. Register?

މޫސަ

18 May 2017

ޙިލޭ ބެހިއަސް ވޯޓް ހަރާން ކުރޭ ދެން.

The name is already taken The name is available. Register?

ތުއްތުބޭބެ

17 May 2017

100% އަގު ބޮދިކޮށްފަ %15 ޕަސެންޓް ކުދަކުރީ ކަރުގަމަޅި އަޅުވާ ނޭވާނުލެވުނީމާ މަތިހަށިނަގަިއގެން ގަދަކަމުން ނޭވާލެވުނީމާ އެއީ ނެވާލެވެނީކީނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454