ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު: އޭނާ ހައްޔަރު ކުރަން އައިސީސީ އިން ވަނީ އަމުރު ނެރެފައި. --ފޮޓޯ:އޭއެފްޕީ
18 މެއި 2017 - 14:50
ރިޔާޒް (މެއި 18) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބާއްވާ ސަމިޓަށް، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ކުށުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ސޫދާންގެ ރައީސް އުމަރު އަލް ބަޝީރަށް ސައުދީ އަރަބިއާ އިން ދައުވަތު ދީފި އެވެ.
ސޫދާންގެ ފޮރިން މިނިސްޓަރު އިބްރާހިމް ގަންދޫރު ވިދާޅުވީ އުމަރު ބަޝީރު މާދަމާ ސައުދީ އަށް ވަޑައިގަންނަވާނެ ކަމަށެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ސޫދާނާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޖުލައި މަހު އުވާލާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސޫދާނާ ގުޅުން ރަނގަޅު ކުރަން އެމެރިކާ އިން ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޫދާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް 1997 ވަނަ އަހަރު އެޅީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާތީ އެވެ. ދަތި ކުރުމުގެ ފިޔަވަޅުތަކަށް ރައީސް ބަރަކް އޮބާމާ ވަނީ ޖެނުއަރީ މަހު ބައެއް ލުއިތައް ދެއްވައިފަ އެވެ.
އެމެރިކާ އަށް އެތެރެވުން މަނާކުރަން ޓަރްމްޕް ނިންމެވި ހަތް ގައުމުގެ މީހުންގެ ތެރޭގައި ސޫދާން ހިމެނެ އެވެ. ބަޝީރު ސައުދީ އަށް ވަޑައިގެންނެވި ނަމަވެސް އޭނާއާ ޓްރަމްޕް ބައްދަލު ކުރައްވާނެކަން އަދި ކަށަވަރެއް ނުވެ އެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން 2009 އަދި 2010 ވަނަ އަހަރު ވަނީ އުމަރު އަލް ބަޝީރު ހައްޔަރު ކުރަން އަމުރު ނެރެފަ އެވެ. އެއީ ދާފޫރުގައި އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާއެއް ހިންގާ 300،000 އަށް ވުރެ ގިނަ މީހުން މަރާފައިވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހ
19 May 2017
އަޅުގަޑުމެންގެ ގަޓްރައީސް އާއި އެކަހަލަ ބޭފުޅުން ބައްދަލުކުރަން ވަރައް ޖެހިލުންވާނެ. އެގޭނެ ވިއްޔާ ކޮންމެކަމެއްވެސް ކޮއްފާނެކަން. އެމްޕީގެމޭޖަރޓީއޮތީމަ... ،،،،،،،،
އަހުމަދު އަލީ
19 May 2017
ޓްރަމްޕް ސަމިޓުން ރައީސް ޔާމީންއަކަށް ދައުވަތެއްނުލިބުންދޯ، ދެރަ ޓްރަމްޕްވެސް ދައުވަތު ނިދިން. ހާސްކަންޑާލާ ރައީސް ޔާމީން އެކޮންފަރެންސައް ދާނެކަމެއްނެތް، އެއީ ސައުދީ އަޑީގައޮވެގެން އިސްލާމުންނަށް ފުރައްސާރަ ކުރަން ކުރުވާކަމަކަށްވާނީ. ކީތްކުރާނީ ސައުދީގެ ހާލަތުމީ މިއަދު. ރާއްޖެއިން ވަގުވަގަށް ޑީލްހދައިގެން ބިންގަންނަންވެސް އުޅުނެއްނުން.