ދިވެހި ހައްޖުވެރިންގެ ބަޔަކު ޖަމްރާތައް ކައިރީގައި-- ފޮޓޯ/ ހައްޖު ކޯޕަރޭޝަން
19 މެއި 2017 - 18:20
މި އަހަރު ހައްޖަށް މީހުން ގެންދަން ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިއްޔެ ހުށަހަޅައިފި އެވެ.
މި އަހަރު ހައްޖަށް މީހުން ގެންދަން 16 ކުންފުންޏަކުން ކުރިމަތިލާފައިވާއިރު ކޯޓާ ދިނީ ހަ ކުންފުންޏަކަށެވެ. ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅީ ހުށަހެޅި ޕްރޮޕޯސަލްތަކަށް ރިޔާއަތްކޮށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހެޅީ ޕޮއިންޓް ދިނުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށްފަ އެވެ.
ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންކަން ހުރި ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އަދި އެ ތުހުމަތުތަކަށް ބާރު ލިބޭ ގޮތަށް އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅަކު ދައްކަވާފައިވާ ވާހަކައެއްގެ އޯޑިއޯއެއް ވެސް ވަނީ ލީކުވެފަ އެވެ.
"މިހާރަ"ށް ވެސް ލިބިފައިވާ އެ އޯޑިއޯގައި އޭނާ ވިދާޅުވެފައިވަނީ ހައްޖާއި އުމުރާއަށް މީހުން ގެންދާނެ ހަތަރު ގްރޫޕެއް މިހާރު ވެސް ހަދައިދީފައިވާނެ ކަމަށާއި އިތުރު ގްރޫޕެއް ހެދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. މިއީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭ މިނިސްޓްރީއެއްގެ ވެރިޔަކު، ވަޒީފާގެ ނުފޫޒު ބޭނުންކުރެއްވުން ކަމަށް، މިހާރު ވެސް ހިންގަމުން އަންނަ ބައެއް ގްރޫޕްތަކުން ދެކެ އެވެ.
އޯޑިއޯގައި އޭނާ ވިދާޅުވާ ގޮތުގައި އެހެން ހުރިހާ ގުރޫޕުތަކެއްގެ ހުއްދަ ބާތިލް ކޮށްލާނެ އެވެ. އެއަށް ފަހު ދެން ކުރިމަތިލެވޭނީ ފަސް ލައްކަ ރުފިޔާގެ ބިޑު ގެރެންޓީއެއް ބަހައްޓާފައި ޕްރޮޕޯސަލް ގަނެގެން ކަމަށް ވެސް ވިދާޅުވެ އެވެ.
"މަ ބޭނުން ގޮތެއް ހަދާލާނީ،" އޯޑިއޯގައި އޭނާ ވިދާޅުވެ އެވެ.
މި އޯޑިއޯއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ހައްޖަށް މީހުން ގެންދަން މި އަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް، ޒައީ ހައްޖު ގުރޫޕް، ދަރުމަ ލިލް ހައްޖި، އަލް ހަރަމައިން އަދި ކިސްވާ ގުރޫޕަށެވެ. ހައްޖަށް މީހުން ގެންދަން ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން 50 ޕަސެންޓް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އަނެއް ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންނަކަށް ދިނީ 100 ޖާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްައަވިހި
20 May 2017
ދެން ކޮންކަމަކަށް ކޮރަޕްޝަން ނުވަންނާނީ. ބޯހަލާކު
ހާޖީ
20 May 2017
ކުރީގެ ރައީސް މުހައްމަދު ވަޙީދުގެ ގަރާރަކުން ހައްޖު ކޯޕަރޭޝަން އުފައްދާ ރައްޔިތުންނަށް ހައްޖުގެ އަޅުކަން ފަސޭހައިން ވެވޭނެގޮތް ހަމަޖައްސާ އަދި ރައްޔިތުން އެކަން ބަލައިގަނެ އެތަނަށް ރައްޔިތުންގެ %100 އިތުބާރު ލިބިފަ އޮއްވާ އަމިއްލަ އެދުމުން ފޯވެފައިތިބި ބަޔަކު ފައިސާގެ ދަހިވެތިކަމުގައި ރައްޔިތުންނަށް ޖައްސާ މުސީބާތަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން.
މޮޑަމް
20 May 2017
މިއަށްވުރެން ބޮޑަށް އިސްލާމްދީން ހިމާޔަތް ކުރާނެ ބަޔެއް ދުވަހަކުވެސް ފެންނާނެ ހެނެއް ހިއެއްނުވެއެވެ. އަތުޖެހުނީމާ ދިރުވާލާކަށް ހައްޖު ކޯޓާއެއް، ކަދުރެއް ބަލާލުމެއްނެތެވެ.
ހީހީ ހަލާކު
20 May 2017
ހައްޖު ކޯޓާއަކީ 1000. ކޮބާ ރަސްގެފާނުގެ ޚާއްސަ އިނާޔަތުގެ ދަށުން އިތުރަށް ދޭ 1000 ކޯޓާ؟ މިއަހަރު ރަސްގެފާނުގެ ޚާއްސަ އިނާޔަތް ނެތީތަ؟
ހިޔަލީ
20 May 2017
މައްސަލައެއް ނޫނެވެ. ބޭނުންވާ މީހާގެ ދެ ކުންފުންޏަށް ހުއްދަ ލިބުނެވެ. އެހެން މީހުން ޖެހޭނީ ހަޅޭއްލަވަލަވަ ތިބެންތާއެވެ.
ޓާރާ
20 May 2017
ކައިވެނި ކޮށްދޭ މައުޛޫނެއްގެ ބަސް އެހެން ހުރުމާއެކު މައުޛޫނު ކަމުން ވަކިކުރަންޖެހޭ
ހައްޖުވަގު
20 May 2017
މީ އަޅެ ހާދަ ނުލަފާ ބަޔެކެވެ. ކަލޭމެން ފައިސާކޮޅަކަށް ދީން ވެސް ވިއްކާނެކަން ޔަގީނެވެ. އެހެރީ ބޮޑެތި ޝެއިޚުންނޭ ކިޔާ މީހުންގެ ބަސްމޮށުން ހުރިގޮތެވެ. އެހެން މީހުނަށް ދަރުސުދޭން އަދިވެސް ތަންތަނަށް އަރައްޗެވެ. މިގައުމުގެ ވެރިމީހާއަށް ހަމަ ނޭގެނީ ހެއްޔެވެ؟
ޢަބްދުﷲ ޙިލްމީ
20 May 2017
ތި ބިޑް ބާޠިލްކޮށް އަލުން ބިޑަށް ހުޅުވާލަން ފެނޭ. ޢަދި ބިޑްތައް އިވެލުއޭޓްކުރުން އިސްލާމިކް މިނިސްޓްރީ ނޫން ތަނަކުން ކުރަން ފެނޭ. ޢިސްލާމިކް މިނިސްޓްރީގައި ކޮރަޕްޝަން ބޮޑު!
ވެނުމަސް
20 May 2017
އަދިވެސް އެހެންމީހުނާ ދިމާލަށް ލާދީނީއޭ ގޮވާނެ. ކޮބާތަ އެއްކަލަ 23 ޑިސެންބަރު އިއްތިހާދު ހަދައިގެން އުޅުނު ޝޭހުން؟
ރޯނުއެދުރު
20 May 2017
މިތާގައި އަބަދު އެޕާރޓްމަންޓެއް ނުލިބިގެން އުޅޭ ކޯރޑިނޭޓަރު ކޮބައިހެއްޔެވެ؟ ވޯޓްލީފަހުން ހާދަ ހަބަރެއް ނުވެއެވެ. މަހަށް، ސަޔަށް ދިޔައީ ހެެއްޔެވެ؟ ގަދަ ބަސްބުނެފަ، މީ މަމެން ސަރުކާރޭ ކިޔަކިޔާ ހުއްޓާ، ކަނޑާފަ ރަށަށް ފޮނުވާލީ ހެއްޔެވެ؟