ރިޕޯޓް / ކުއްލި މަރު

އިންޒާރު: ކުއްލި މަރުތައް ގިނަވަނީ!

އޭޑީކޭ ހޮސްޕިޓަލުގެ ހިތުގެ ބަލިތަކާ ބެހޭ ކްލިނިކްގައި ޑޮކްޓަރަކު މީހެއްގެ ޓެސްޓެއް ހަދަނީ: ކުރިން ސިއްހީ މައްސަލައެއް ހުރިކަން ނޭނގި ވެސް ކުއްލިއަކަށް ބޮޑެތި ބަލިތަކާއި ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހޭ މީހުންނާއި މަރުވާ މީހުން ދަނީ އިތުރުވަމުން. ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައްޔެއް ހުރިކަން ނޭނގި ނުވަތަ ދުރާލާ ސިއްހީ އިންޒާރެއް ނުލިބި ޒުވާން އުމުރުގައި މީހުން މަރުވާ ހާދިސާތައް ފަހަކަށް އައިސް ދަނީ ތަކުރާރުވަމުންނެވެ. ފުޓްބޯޅަ ކުޅެން ގޮސް ހުއްޓާ ކުއްލިއަކަށް މަރުވެގެން ދަނޑުމައްޗަށް ވެއްޓިދާނެ އެވެ. ހެނދުނު ނިދާ ނުހޭލައިގެން ބަލާ އިރު މަރުވެފައި އޮވެދާނެ އެވެ. މިފަދަ ހާދިސާތަކަކީ، ދިވެހިންގެ ތެރޭގައި ބަލިތައް އާއްމުވެފައިވާ މިންވަރާއި މިހާރުގެ ދިރިއުޅުމުގެ އާދަތަކަށް ބަލާ އިރު، އެންމެންނަށް ވެސް ނުރައްކަލުގެ އިންޒާރެކެވެ.

ރާއްޖޭގައި (އެކްސިޑެންޓްތަކާއި މީހުން މެރުން ނުހިމަނައި) ގުދުރަތީ ގޮތުން މީހުން މަރުވާ މައިގަނޑު ސަބަބަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅި އަށް އައިސްފައިވާ ނޭދެވޭ ބަދަލުތަކާއި ސިއްހީ ނުރަނގަޅު އާދަތަކާ ސީދާ ގުޅިފައިވާ މައްސަލަތަކެއްކަން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ.

"ޚާއްސަކޮށް ހާޓް އެޓޭކް އާއި ސްޓްރޯކް ޖެހޭ އުމުރު ދަނީ ހަގުވަމުން،" އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ޑރ. އައިޝަތު އަރޫނާ ވިދާޅުވި އެވެ.

"މިސާލަކަށް، މި އަހަރު އައިޖީއެމްއެޗުގައި އަޅުގަނޑާ ދިމާވި، އުމުރުން 33 އަހަރުގައި ފުލް ބްލޯން ސްޓްރޯކެއް ޖެހުނު ކޭސްއެއް އަދި އެހެން ޑޮކްޓަރަކަށް ދިމާވި އުމުރުން ފަންސަވީހަކަށް އަހަރުގައި ހާޓް އެޓޭކެއް ޖެހުނު ކޭސްއެއް."

ޑަބްލިޔުއެޗްއޯ އިން ލިބެން ހުރި ތަފާސްހިސާބުތަކަށް ބަލާ އިރު ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކުގެ 81 ޕަސެންޓަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. އަދި އެފަދަ މައިގަނޑު ހަތަރު ބަލީގައި، (ހިތާއި ލޭ ހޮޅިތަކުގެ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރާއި ހަކުރުބަލި) މާ އަވަހަށް (އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދު) މަރުވުމުގެ ފުރުސަތު 16 ޕަސެންޓަށް އަރަ އެވެ.

"ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުން މި ދަނީ. މީގައި މައިގަނޑު ތިން ސަބަބެއް އެބަ ހިމެނޭ. އެއީ ދުންފަތުގެ އިސްތިއުމާލުކުރުން، ހެލިފެލިވެ އުޅުން ކުޑަވުން އަދި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން މަދުވެފައި އެނަޖީ ޑްރިންކް ކަހަލަ ގެއްލުން ހުރި އެއްޗެހި ބޭނުންކުރުން އާއްމުވުން،" ޑރ. އަރޫނާ ފާހަގަކުރެއްވި އެވެ.

އައިޖީއެމްއެޗްގަައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ކެތުލެބުގައި ދެ މީހަކު އެޑްމިޓްކޮށްފައި: ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުމުގެ ނުރައްކާ ބޮޑު. ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރު ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީންކުރި ދިރާސާގައި އެއްކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ބެލެނިވެރިންގެ 43 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. ޑރ. އަރުނާ ފާހަގަކުރައްވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކުއްލިއަކަށް ހިތް ހުއްޓިގެން މަރުވުމުގެ ފުރުސަތު ބޮޑުވާ ކަމެއްކަން ދިރާސާތަކުން އެނގެ އެވެ. އަދި އޭގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ނުސީދާކޮށް ދުމުގެ އަސަރުކުރާ މީހުން ވެސް ހިމެނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ އަގު ފުރާނަ އިން އަދާކުރަން ޖެހިދާނެ ކަން އެންމެ ބޮޑަށް ގަބޫލުކުރައްވާ އެއް ބޭފުޅަކަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވާނެ އެވެ. އަބަދުވެސް ދުންފަތާ ދެކޮޅަށް ވަކާލާތުކުރައްވާ އައްފާލްގެ ހަތަރު ރައްޓެއްސަކު ޒުވާން އުމުރުގައި ދާދި ފަހުން މަރުވެފައި ވަނީ ކުއްލި ގޮތްގޮތަށެވެ. މަރުވުމާ ހަމައަށް ވެސް، އެއިން މީހެއްގެ ސިއްހީ މައްސަލައެއް ހުރި ކަމެއް އެނގިފައި ނުވާ އިރު، އެ އެންމެންނަކީ ވެސް ފުލުފުލުން ސިނގިރޭޓް ބޮމުން ގެންދިޔަ މީހުން ކަން އައްފާލް ފާހަގަކުރެއްވި އެވެ.

"މި ހަތަރު މީހުންގެ އުމުރު އުޅެނީ 39 އަހަރުން ފެށިގެން 52 އަހަރާ ދެމެދު. އެންމެން ވެސް ޒުވާން އުމުރުގައި ކުއްލިއަކަށް މަރުވެގެން އެ ދިޔައީ އާއިލާތަކެއް ދޫކޮށްފައި. އެ މީހުން ސިނގިރޭޓް ބުއި ގޮތް އަޅުގަނޑަށް ހުރީ ފެނިފައި،" ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރުކަން ވެސް ކުރައްވާ އަފްއާލް ވިދާާޅުވި އެވެ.

ސިއްހީ ދާއިރާގައި އުޅުއްވާތީ އާއި އަމިއްލަ ޝައުގުވެރިކަމުގެ ގޮތުން މިފަދަ ކަންކަން ބައްލަވައި ދިރާސާކުރެއްވުމަކީ އަފްއާލް އާދަކޮށް ކުރައްވާ ކަމެކެވެ. ހަމައެކަނި ދުންފަތުގެ މައްސަލައެއް ނޫނެވެ. ގިނައިން އެނަޖީ ޑްރިންކް ބޭނުންކުރުން ފަދަ ކަންކަން ވެސް އޭނާ ފާހަގަކުރައްވަ އެވެ.

އޭޑީކޭ އިން ބޭއްވި ކޮންފަރެންސެއްގައި އަފްއާލް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހުސެން ވަހީދު/ މިހާރު

"އުމުރުން އެންމެ 29 އަހަރުގައި ކިޑްނީ ފެއިލް ވެގެން މި ވަގުތު ރާއްޖެ އިން ބޭރުން ފަރުވާ ހޯދަމުން އަންނަ ޒުވާން ފިރިހެންކުއްޖަކު ވެސް އެބަ އުޅޭ. އޭނައަކީ އާދަވެގެން ކޮންމެ ދުވަހަކު ހެނދުނު މަދުވެގެން ދެ ދަޅު އެނަޖީ ޑްރިންކް ބޮމުން އައި މީހެއް،" އަފްއާލް ވިދާޅުވި އެވެ.

ތަރައްގީއާ އެކު ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ކެއިންބުއިމަށް އައި ބަދަލުތަކުގެ ގެއްލުން ވަރަށް ބޮޑެވެ. އެ ކަންކަމާ މެދު ވިސްނާ ނުލެވުނީމަ އެވެ. މިއީ ހެލިފެލިވެ އުޅެން ފަށަންވީ ވަގުތެވެ. ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއްސާ ދުރުވެ ފައިދާ ހުރި ކާނާ އަށް މަރުހަބާ ކިޔަންވީ ވަގުތެވެ. އެކަމަކު މި ކަމުގައި ހޭލުންތެރިކަމާއި އެހީތެރިކަން އާއްމުންނަށް ބޭނުންވެ އެވެ. އެ ޒިންމާ އޮތީ ސަރުކާރަށެވެ. ސިއްހީ ދާއިރާ އަށެވެ.

"މިފަދަ މީހުންނަށް އެހީވުމުގައި ސިއްހީ ނިޒާމު ފެއިލްވެފައިވާ ތަން ދެކޭކަށް އަޅުގަނޑަކަށް ކުޅަދާނައެއް ނޫން،" ކިޑްނީ ފެއިލްވި ޒުވާނާ އާއި ކުއްލިއަކަށް މަރުވެދިޔަ ރަހުމަތްތެރިންނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އަފްއާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރި. އެކަމަކު އަޅުގަނޑުމެން މި ކަންކަމަށް މި ދެނީ ބީރު ކަންފަތެއް، ކަނު ލޮލެއް."

37 ކޮމެންޓް, 128 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 91%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދު ﷲ

25 May 2018

އާދެ، ކުއްލި މަރަކީ ނަބިއްޔާ މުޙައްމަދުގެފާނު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ގޮތުގައި ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެތެރެއިން އަލާމާތެއް.. އެހެންކަމުން މީގެން ޢިބުރަތް ލިބިގަންނާށެވެ..

The name is already taken The name is available. Register?

ސަކީނާ

25 May 2018

ކުރީޒަމާނުގައި ދުންފަތުގެ އިސްތިއުމާލު ކުރާމީހުން ވަކި މަދެއްނޫން މިޒަމާނާއި ބަލާއިރު އެކަމަކު އޭރު ކެއުންބުއިމުގައި ބޭނުންކުރަނީ ކެމިކަލްތަކާއި ދުރު ކާނާތައް..މޭވާއާއިތަރުކާރީ ހައްދަނީ އަމިއްލަގޭގައި ކެމިކަލް ބޭނުންނުކޮށް އަނެއްކާ މަސްވެސް ބޭނުންކުރަނީ ތާޒާކަމާއިއެކު ފިނި ކުރުމެއްނެތި...ކުރީ ޒަމާނުގައި ކެއުމުގައި ފަލަމަޑީގެ ބާވައްތައްވެސް ވ ގިނައިން ބޭނުންކުރޭ..

The name is already taken The name is available. Register?

މަރީ

24 May 2018

މަސް މާރުކޭޓުން ވިއްކަން ބަހައްޓާފައި ހުންނަ ގިނަ މަހަކީ އައިސް ކޮށްފައި ހުންނަ މަސް. އެތަށް ފަހަރަކު ފިނިކަން ކަނޑުވައި ފްރީޒްކޮށް ވިއްކާކަން މިއީ އެންމެން ދަންނަ ހަގީގަތެއް. މިއީ އިންސާނުންނަން ހުރި ކިހާ ބޮޑު ނުރައްކަލެއްތޯ.... މިކަން ކީއްވެ ތޯ ކަމާއި ބެހޭ ފަރާތްތަކުން ނުބަލަނީ...

The name is already taken The name is available. Register?

ފަސީ

24 May 2018

"ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއްސާ ދުރުވެ ފައިދާ ހުރި ކާނާ އަށް މަރުހަބާ" ކޮންމެ ކަންމައްޗެއްގައި އަދިވެސް ބަރގަރ ވިއްކާ ކޮންމެވެސް ފްރެންޗައިސްއެއް ހުޅުވާ. އޭރަށް ހަށިގަނޑަށް ފައިދާ ހުރިކާނާ ކެވޭނެ. ވިޔަފާރިކުރާ މީހުންބަލަނީ މީހުން މަރުވިޔަސް އެމީހުންގެ ވިޔަފާރި ކުރިއެރުވޭތޯ. ސަރުކާރުން ބަލަނީ މުއްސަނދިން މުއްސަނދި ކުރެވޭތޯ. ދެން ރައްޔިތުމީހާ މަރުވިޔަސް އޯކޭ އެއްނު

The name is already taken The name is available. Register?

ޝިޔާމް

24 May 2018

އަޅުގަނޑުމެންގެ ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް ފަރީކުޅުއްވި ކާނާއަކީ އިންސާނާގެ ސިއްހަތައް އެންމެ ފައިދާހުރި ކާނާ. އެކާނާ އަކީ ކޮބައިކަން ހޯދާ ބަލާ އެއެއްޗެހި ބޭނުންކުރަންވީ. ހުރިހާކަމެއްގައިވާ ނަމޫނާއަކީ އެލޮބުވެތި ހަބީބު ސައްލަﷲ އަލައިހި ވަސައްލަމް.

The name is already taken The name is available. Register?

ސުވާސާ

24 May 2017

ކުއްލި މަރަކީ އިންސާއަށް ކުރިމަތިވާ އެންމެ ނިކަމެތި މަރު އެހެނީ ބަލިވެ އުލޭމީހާއަށް މަރު ހަނދަންކުރުމުގެ ފުރުޞަތުލިބި ތައުބާވުމުގެ މަތިންވެސް ހަނދާންވެ މަރާމެދު ވިސްނޭނެ ނަމަވެސް ގަދަވެ ސަލާމަތުން ހުންނަ ﷲގެ މަތިން ގިނަގިނައިން ހަނދުމަކޮށްއުޅޭ ނަމާދަށް ފަރުވާކުޑަ ކޮށްފައިވާމީހާއަށް މިއީ ވަރަށްވެސް ނުރައްކަތެރި މަރެއް. ޑޮކްޓަރުބުންޏަށް ކޮންމެ މީހަކުބުޏަސް، ގިޔާމަތުގެ އަލާމާތުގެ ތެރެއިން ކުއްލި މަރު ގިނަވަނެކަމަށް އޮވޭ އަދި އެފަދަ މަރުން ރައްކާތެރިކޮށްދެއްވާތޯ ﷲ އަށް ދުވާކުރަންޖޭކަން ރަސޫލާ (ސލވ) ގެ ސުންނަތުން އެނގޭ.

The name is already taken The name is available. Register?

ނިޒާމް

23 May 2017

ސްޓްރެސް، އަނބިމީހާ، އާމްދަނީގަ ބަރަކާތް ނެތުން...އެނަރޖީ ޑްރިންކްސް އަކާ އެއްވެސް ގުޅުމެއް ނެތް.

The name is already taken The name is available. Register?

ކޮމެންޓޭ

23 May 2017

އެތެރެކުރެވޭ އަދި ރާއްޖެގަ ހައްދާ ކާބޯތަކެތީގެ ފެންވަރު ބެލޭނެ ހަރުދަނާ ނިޒާމެއް ނެތް. ކިތަންމެ ކުޑަކެމެއްވިއަސް ޑަކްޓަރަށް ދައްކާ ބޭސްކެއުން ނުވަތ ޑަކްޓަރަށް ނުދައްކާ ބޭސްކެއުން. އާއްމު ޞިއްހަތުގެ ބައިން މިވަނީ ވަރަށް ފަހަތުގަ 80ގެ އަހަރުތަކުގަ އެރޮނގުން މާކުރީގަ އުޅުނީ. މިހާރު މިއުޅެނީ ބޮޑެތި ބަލަިތައްވީމަ ބޮޑެތި ޚަރަދު ކޮށްގެން ފަރުވާކުރަން. ޞިއްހީ ކީދުމަތް ވިޔަފާރިއަކަށް ބަދަލުވީމަ އާ ކަސްޓަމަރުން ލިބޭނެ ގޮތް ގޮތެއް ނުހުއްޓުވާނެތާ.

The name is already taken The name is available. Register?

ހީހީ ހަލާކު

23 May 2017

މަރަކީ ކޮންމެ މީހަކަށްވެސް އޮތްކަމެއް. އެކިމީހުން މަރުވާނީ އެކި ސަބަބުތައް މެދުވެރިވެގެން. އެކަމަކީ ﷲ ކަނޑައަޅުއްވާފައިވާ އިލާހީ ޤާނޫނުގެ ދަށުން ހިނގާކަމެއް. ސަބަބުތައް ހޯދައިގެން އެ ސަބަބުތަކުގައި ހިފައިގެން ތިއްބަސް މަރުއައިސް ޖެހުމުން ވަގުތުން އެކަންވާނެ. ކުއްލި މަރޭ ބުނީމަ ހީވަނީ މަރަކީ އެމީހަކަށް ދުރާލާ އެނގިގެން އެމީހަކު އެކަމަށް ތައްޔާރުވެ މަޑުމަޑުން މަރުވަމުން ދަނީހެން. އެކަމަކު މަރަކީ އެއްވެސް މީހަކަށް ނޭނގިހުރެ ވާއެއްޗެއްކަން ނޫންތަ؟

The name is already taken The name is available. Register?

މަގުފަހި

23 May 2017

ފައިދާ ހުރި ކާނާ ރާއްޖޭގައި ލިބެނީ މުސާރައާ ބަލާފަ ބޮޑު އަގުގަ. މިތަކެތީގެ ތާޒާކަންވެސް ކުޑަ މިހެންވެ އޭގެ ސިއްހީ ފައިދާ ކުޑަވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454