ބެހިގެން ދަނިކޮށް "މާރިޔާ-3" ހޯދައި، އެއަށް ސިފައިން އަރަނީ --ފޮޓޯ/އެމްއެންޑީއެފް
21 މެއި 2017 - 10:56
ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަނިކޮށް ބެހުނު ކޮޅުވެއްޓި، އޭގައި ތިބި ހަ މީހުންނާ އެކު، މިހާރު މާލެ އަންނަން މިސްރާބު ޖަހައިފި ކަމަށާއި އެ ދަތުރުކުރަނީ އިންޑިއާ މަނަވަރު ކައިރީގައި އޮވެގެން ކަމަށް، އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ސްރީ ލަންކާ ކުންފުންޏެއް ކަމަށްވާ ސެނޯކްގެ "މާރިޔާ-3" ބެހުނީ އޭގެ ރޭމްޕް ހަލާކުވެގެން އެ މައްޗަށް ނެގޭނެ ގޮތެއް ނެތި ދިމާވި މައްސަލަތަކުގަ އެވެ. އިންޑިއާގެ އަސްކަރީ މަތިންދާބޯޓަކަށް ކޮޅުވެއްޓި ފެނުނު އިރު އޭތި އޮތީ ލ. އިސްދޫ އިރުއުތުރުން 120 މޭލު ދުރުގަ އެވެ.
ރޭޕް ހަލާކުވުން ފިޔަވައި ކޮޅުވެއްޓިއަށް އިތުރު ގެއްލުމެއް ނުލިބެ އެވެ. އޭގެ އިންޖީނު ވެސް ރަނގަޅެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކޮޅުވެއްޓި އަށް ދަތުރުކުރެވެނީ ވަރަށް މަޑުން ކަމަށް ވާތީ މާލެ އަށް އާދެވޭނެ އިރެއް އަދި ނޭނގޭ ކަމަށެވެ.
އިންޑިއާ އާއި ދިވެހި ސިފައިން، ކޮޅުވެއްޓީގެ ކައްޕި އާދަމް ނައީމް (ކ) އާ ވާހަކަ ދައްކަނީ --
ކޮޅުވެއްޓީގައި ތިބި ދިވެހި ދެމަފިރިންނަކީ ކައްޕި އާދަމް ނައީމާއި އޭނާގެ އަންހެނުން ޒުލޭހާ އުސްމާނެވެ. ދެން ތިބީ އޭގައި މަސައްކަތްކުރާ ބިދޭސީ ހަތަރު މީހެކެވެ.
"ކޮޅުވެއްޓި އޮތް ހިސާބަށް އަދި ފޯނު ރޭންޖެއް ވެސް ނުލިބޭ. މޫސުމް ވަރަށް ގޯސް. އެހެންވެ، އެ އުޅަނދުތަކަށް މާލެ އާދެވޭނެ އިރެއް ނޭނގެ،" އާޒިމް ވިދާޅުވި އެވެ.
ކޮޅުވެއްޓި އަށް އެހީތެރިކަން ފޯރުކޮށްދީ، އެ އުޅަނދާ އެކު ދަތުރުކުރަމުން އަންނަނީ އިންޑިއާގެ މަނަވަރު "ކިރްޗް" އެވެ.
ލ. އަތޮޅަށް ދަތުރުކުރަނިކޮށް ކޮޅުވެއްޓި "މާރިޔާ-3" ބެހުނު ހާދިސާ --މިހާރު ގްރެފިކްސް: އަހުމަދު ސައްފާހު/މިހާރު
"މާރިޔާ-3" ގެއްލުނީ ތުލުސްދޫ ބަނދަރު ހަދަން ބޭނުންވާ ސާމާނުތަކެއް ހުސްކުރުމަށް ފަހު މިދިއަ އަންގާރަދުވަހުގެ ހަވީރު ލ. ގަމަށް ދަތުރުކުރަނިކޮށެވެ. އެކަމަކު އެ ދަތުރުގައި ކައްޕީގެ އަންހެނުން ޒުލޭހާ، ތ. ވިލިފުއްޓަށް ބާލަން ފުރަތަމަ މިސްރާބު ޖެހީ ތ. އަތޮޅަށް ކަމަށްވެ އެވެ.
ކޮޅުވެއްޓީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ސެނޯކުން އެންގީ ގެއްލުނުތާ ދެ ދުވަސް ކައިރިވާން އުޅެނިކޮށް މިދިއަ ބުރާސްފަތިދުވަހު ހަވީރު އެވެ.
ކޮޅުވެއްޓި ހޯދަން އެމްއެންޑީއެފް އާއި އިންޑިއާ އަދި ސްރީ ލަންކާ ސިފައިން ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާލެއް
23 May 2017
އިންޖީނު މައްސަލައެއް ނެތި، ރޭމްޕް ވެއްޓިގެން އުންމީދު ކަނޑައިލަިގެން ނުވާނުން، ކޮންމެ ގޮތެއް ހަދައިގެންވެސް ރޭމްޕް ނެގިއްޖެއްޔާ އިހު އޮތް ކޮންޑިށަނަށް އައީ ... އެހީވާން ދާމީހުންގެ ޕްރިއޮރިޓީ ތަކެއްވެސް އޮވޭ ދޯ، އެހެންނަމވެސް އުޅަނދުވެސް ސަލާމަތް ކުރެވޭ ކަމަތްވާނަމަ އެކަން ކުރަން ވާނުން ...
މުހަންމަދު
21 May 2017
އިންޑިއާ ނޭވީންނަށް ސުކުރިއްޔާ
ޖައިސަމް
21 May 2017
އަލްހަމްދުލިއްލާހި :)
ޚާލިދު
21 May 2017
ދިވެހި ސަރުކާރުންނާއި ދެވެހި ސިފައިން ރައްޔިތުންނަށްޓަކައި ވާގުރުބާނީ ނުފެނޭތަ، އެކަމަކު އިދިކޮޅު މީހުން މިހުރިހައި ކަމެއް ސިފަކުރަނީ ދިމާ އިދިކޮޅަށް، ހިތާމަ ހުރި
އަލީ
22 May 2017
ހޯދީ އިންޑިޔާ މީހުން. ކީއްވެތަ ޗައިނާއަށް ނުގުޅީ؟
ހަސަން
21 May 2017
އަޅުގަނޑުމެންނަކީ އަމިއްލަފަިމައްޗަށް ތެދުވެފައިވާ ފުދުންތެރި ގައުމެއް. އެހެން ގައުމުތަކުގެ އެހީތެރިކަމެއް ބޭނުމެއްނުވާނެ. އިންޑިއާ މީހުންކައިރީ ބުނޭ ދިވެހިންގެ ދާހިލީ ކަންތަކާނުބެހި މަޑުން ތިބޭށޭ. ދިވެހިންގެ މިނިވަންކަމަށް ބުރޫއަރާފަދަ ކަންތައްތައްތެރެއަށް ނުވަންނާށޭ.
ކައުންސެލަރު
21 May 2017
މިހެން ބުންޏަސް ކަންދިމާވީގޮތެއް އެނގޭނީ އޭގައި ތިބިބަޔަކަށް. ރޭމްޕް ހަލާކު ވުމުން އޭރު ކީއްވެބާ ކައްޕި މަޑުމަޑުން ހިފަހައްޓާނުލީ. އޭރުން (ޖީޕީއެސް އިންކަމަށް ވަންޏާ) އެންމެ ދަށްވެގެންވެސް ހުރި ޕޮއިންޓްގައި ހިފަހައްޓާލެވޭނެތާ ގައިމުވެސް. ކައްޕީގެ ބަހަކަށް އިންތިޒާރު ކުރަމާ..
ހާސޫރަ
21 May 2017
މާދަންނަ މީހެއްކަމައް ހެދި ކޮމެންޓު ނުކުރޭ. ވެއްތުނު ދަގަނޑު ފިލާ އާއި ދެކޮޅަށް އެކޮޅު ވެއްޓީގެ އިންޖީނުން ކުޑައަދަރެއްވެސް ނުކުރާނެ ކަނޑުގެ އޮޔާއި އެއްގޮތަކައް ކޮޅުވެއްޓި ދާނެ..!
ޟީޙަޜޫ
21 May 2017
މިހާރު ދުއްވާފަ އަނނަނީވެސ އޮޔާ؛ރާޅާ އިދިކޮޅަށް ،އެހްންވިއިރު،މިހާރަށްވުރެ ރާއްޖެއާއި ކައިރިން މި ގޮތަށް ނުދުވެ އޮޔާ ދިއުމުގައި އިތުރު މައްސަލައެއް އުޅޭކަމުގެ އަލާމާތެއް
އެނޮނީމާ
21 May 2017
މިހާރު އެބަޖެހޭ ދަތުރަށް ފުރުމުގެ ކުރިން ވަކިތާކަށް އަންގަންޖެހޭގޮތް ހަދަން. "މޯލްޑިވްސް މެރިޓައިމް ޓްރެފިކް ކޮންޓްރޯލް ސެންޓަރ" ނަމުގަ ނަމަވެސް ސެންޓަރެއްހަދާ ރާއްޖޭގެ ކޮނަމެ ތަނަކުންވެސް ކަނޑުން ދަތުރަކަށް ފުރުމުގެ ކުރިން އެތަނަށް ގުޅާ ފަ ފުރަން ޖެހޭގޮތް ހަދަން. އަދި މި ސެންޓަރާ ރާއްޖޭގަ ކަނޑު ދަތުރުކުރާ ހުރިހާ އުލަންދަކާ ގުޅޭނެ އާލާތެއްވެސް ކޮންމެ އުޅަނދެއްގަ މަޖުބޫރުން ނަމަވެސް ހަރުކުރަން. އަދި ސިސްޓަމެއް ހަދާ ކޮންމެ އުލަނދަކަށް ކޯޑެއްދީ މޮނީޓަރ ކުރެވެން. އެއްގަމުދަތުރާ ހިލާފަށް ކަނޑު ދަތުރަކީ މިހާރު ހިތަށް އެރިމީހަކު ހިތަށް އެރިގޮތަކަށް ކުރެވިގެން ވާނެކަމެއްނޫން.
އަލީ
21 May 2017
މި ފަދަ ކުދި ކުދި ކަންތަކުގައި އެހެން ގައުމެއްގެ އެހީއާއި ނުލާ ދިވެހި އަސްކަރިއްޔާ އަށް ހަރަކާތްތެރިވެވޭ ފަދަ ގާބިލްކަމެއް ލިބޭނީ ކޮން ދުވަހަކުން ބާ؟
ދިވެހިންގެކޮޅުވެއްޓި ދިވެހިންނައް
21 May 2017
އެމިހުން ގެނެސް ރާޖެޔައްލާފަ އިންޑިޔާގޯހޯމް
ހަަގ
21 May 2017
ނޫސްވެރިން އަވަހަށް ތައްޔާރުވޭ މޮޅެތިވެގެންވާ ރިޕޯޓްތައް ނެރެން.