މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ބައެއް: ހައްޖު ކޯޓާ ދޫކުރުމާ ގުޅޭ މައްސަލައެއް އޭސީސީން ދަނީ ބަލަމުން --ފޮޓޯ/މިހާރު
21 މެއި 2017 - 15:01
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނާތީ، މި އަހަރުގެ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑުޖައްސާލަން އޭސީސީން އިސްލާމިކް މިނިސްޓްރީ އަށް މިއަދު އަންގައިފި އެވެ.
ރާއްޖެ އަށް ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން 500 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ފަހު، ބާކީ 500 ކޯޓާގެ ދަށުން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމަށް މިނިސްޓްރީން ނިންމާފައިވަނީ، މި ފަހަރު ބީލަން ކާމިޔާބު ކުރި ފަސް ކުންފުންޏަކަށެވެ.
ބީލަން ކާމިޔާބު ކުރި ކުންފުނިތަކާ އެކު، ހައްޖަށް މީހުން ގެންދިއުމުގެ އެއްވެސް ކަމެއް މިވަގުތަށް ނުކުރުމަށް އޭސީސީން އެންގީ އަމިއްލަ ބަޔަކު އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ހައްޖު ކޯޓާއާ ގުޅޭ އިތުރު އެއްވެސް ކަމެއް ނުކުރަން އިސްލާމިކް މިނިސްޓްރީ އަށް އަންގާފައިވާ ކަން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ކަށަވަރުކޮށް ދެއްވި އެވެ.
"އެކަމާ ގުޅޭ މައްސަލައެއް ހުށަހެޅިފައިވާތީ މިއަދު ހެނދުނުން ފެށިގެން އަޅުގަނޑުމެން އެ މައްސަލަ ބަލަމުން މިދަނީ. އެ ޝަކުވާ ބަލަމުންދާތީ އެކަމާ ގުޅޭ އެއްވެސް ކަމެއް ނުކުރަން މިއަދު މެންދުރު އަންގާފައިވަނީ،" މުއައްވިޒު ވިދާޅުވި އެވެ.
އަމިއްލަ ބަޔަކު އޭސީސީ އަށް މައްސަލަ ހުށަހެޅީ ހައްޖު ކޯޓާ ހޯދަން ހުށަހެޅި ގްރޫޕްތަކުގެ ޕްރޮޕޯޒަލް އިސްލާމިކް މިނިސްޓްރީން އިވެލުއޭޓް ކުރުމަށް ފަހު ޕޮއިންޓް ދީފައިވަނީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް ބުނެ އެވެ.
އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ އިސްވެރިއަކު ދެއްކެވި ކަމަށް ވާހަކައެއްގެ އޯޑިއޯ އެއް ވެސް ވަނީ ލީކުވެފަ އެވެ. އެ އޯޑިއޯގައި އޭނާ ވިދާޅުވާ ގޮތުން ހައްޖާއި އުމުރާ އަށް މީހުން ގެންދަން ގްރޫޕްތަކެއް ހަދައިދީފައިވާނެ ކަމަށާއި އެހެން ހުރިހާ ގްރޫޕްތަކުގެ ހުއްދަ ބާތިލް ކޮށްލާނެ ކަމަށެވެ. އެއަށް ފަހު ދެން ކުރިމަތިލެވޭނީ ފަސް ލައްކަ ރުފިޔާގެ ގެރެންޓީއެއް ބެހެއްޓުމަށް ފަހު ބިޑް ޕްރޮޕޯޒަލެއް ގަނެގެން ކަމަށް އެ އޯޑިއޯގައި އޭނާ ވިދާޅުވެ އެވެ.
އެ އޯޑިއޯއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަނާ ހުވަފެން ދުށީމޭ
22 May 2017
އިސްލާމިކް މިނިސްޓްރީގެ މަޤްބޫލުކަން ރައްޔިތުންގެ މެދުގައި ކުޑަވަމުންދާ ދަނޑިވަޅެއްގައި، ރިހިރިހި އޮތް ފައިގެ މައްޗަށް އަނެއްކާވެސް ފޮއި ވެއްޓުނީތާ.
ވޮޗްޑޯގް
21 May 2017
ހައްޖު ކޯޕަރޭޝަން ފިޔަވާ އެއްވެސް ބަޔަކަށް ފުރުސަތުދޭނެ ކަމެއް ނެތް. މީ ވިޔަފާރިއެއް ނޫން ކުރާކަށް. ނަން ޕްރޮފިޓް އޯގަނައިޒޭޝަންތަކުން މިކަން ކުރަންވީ.
ބުޑުބެ
22 May 2017
ހައްޖު ކޯޕަރޭށަން އަށް ވަރަށް ބޮޑައް ފައިދާވޭ!
ޢަހުމަދު
21 May 2017
ޙުރިހާ ދިމާއެއްގަ ކޮރަޕްޝަންއެވެ.،ބަންގާޅު މީހުން ގެނައުންމަނާ އެކަމު ދުވާލަކު އެތައް ސަތޭކަ އެޕްރޫވަލް އެއް ދޫކުރާމައްސަލަ ބަލާބަލާށެވެ. މަނާ އެކަމު ފުރާ މީހުނަށްވުރެ އަންނަ މީހުން ގިނައެވެ. ބައެއްގެ ޖީބު ފުރޭނެއެވެ.
ރޮކެޓް ސައިންސް
21 May 2017
އޭސީސީއިން އަގގާލަ ދީބަލަ މިހާރު ނޫހަށް ފޯނުތަކުން ނުވަދެވެޭގޮތަށް އޮތް އޮތުން ހުއްޓުވާލަ ދިނުމަށް. ކިހާ ދެރަކަމެއްތަ މީދެން
ތުނިބެ
21 May 2017
ކީއްވެ ޒަމްޒަމް ކަހަލަ ގިނައިން މީހުން ދާ، ފެންވަރު ރަނގަޅު ގުރޫޕު ތަކަށް ހައްޖު ނުލިބެނީ؟
ދަތުރުދަތުރު
21 May 2017
ހައްޖާއި އުމްރާއަށް ގެންދާ ގްރޫޕް ތަކާއި އެކު އިސްލާމިކް މިނިސްޓްރީ ގެ އިސްވެރިން ބައެއް ގުރޫޕުތަކުގެ ވެރިންނާއި އެކު ޗައިނީޒް ގާރޑުން އިންދިމާވުން އަދި ހަމަ އެމިނިސްޓްރީގެ ވެރިން ބައެއް ކުންފުނިތަކުގެ ޗެއަރމަނުންނާއި އެކުނ ރާއްޖޭންބޭރަށް ދަތުރުކުރުން މީ އިއްތިފާގެއްބާ
ތަރައްގުއި
21 May 2017
އަދިވެސް ނުވޭދޯ އެ މިނިސްޓްރީގައި އުޅޭ އިސްޓޭޓާ މެދު ފިޔަވަޅެއް އަޅާކަށް. މެންބަލަކު ބުނިވިއްޔަ ތަރައްގީއެއް ނުވާނޭ ކަރަޕުޝަނާ ނުލަޔެއް.
ނޫޑުލްސް
21 May 2017
އިސްލާމިކް މިނިސްޓްރީ ވެސް ކޮރަ ޕްޓް. ދެން އެހެން ތަންތަން ވާނެ ވަރު ވިސްނާލާ. ދީނޭ ކިޔާގެން ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ
މީނާ
21 May 2017
މިހުރީ ކަންކަން ހުރި ހިސާބު.އިސްލާމިކް މިނިސްޓްރީތެރެ ކަރަޕްޓްވެފައި.. އޭނަ އެބުނަނީ ގްރޫޕެއް 1ވަނައިގައި އޮއްވާ ނުހޮވޭގޮތައް ދުއްވާލާފައޭ އޮންނާނީ..
ކުޑަދޫއަހްމަދު
21 May 2017
ވަރަށް ދެރަކަމެއް މިއީ! ހުރިހާ ދިމާއަކުން ކޮރަޕްޝަންއަށް ޝައްކުވުން. އެންމެފަހުން މަތިވެރި އަޅުކަންތަކުންނާއި، މީހުން ވަޅުލުމާއި، މިކަހަލަ ކަންކަމުންވެސް ކޮރަޕްޝަން! ވަރަށް ދެރަވޭ!