ޗޮއި ޔަންގް ޖައެ: މިހާރު ސޯޝަލް މީޑިއާގައި ވަރަށް މަގްބޫލު މޫނެއް
24 މެއި 2017 - 06:12
ޕާކިސްތާނުގެ މަގެއް މަތީގައި ސައި ވިއްކަން އުޅުނު އަރްޝަދު ޚާން ކިޔާ ޒުވާނެއްގެ ފޮޓޯއިން އިންޓަނެޓުގައި ތޫފާނެއް އުފެއްދިތާ މާ ގިނަ ދުވަހެއް އަދި ނުވެ އެވެ. އޭނާގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެ އެތައް ހާސް ބަޔަކު އޭގެ ޖާދޫގައި ޖެހުމުގެ ސަބަބުން ލިބުނު މަޝްހޫރު ކަމެއްގެ ސަބަބުން މިހާރު އޭނާ އަކީ އާއްމު ބަހުން ނަމަ ޗައިވާލާ (ސައިވިއްކާ މީހާ) އެއް ނޫނެވެ. މޮޑެލްކުރުމާއި މިއުޒިކް ވީޑިއޯތައް ކުޅުމުގެ ފުރުސަތު ލިބި އަރްޝަދުގެ ދިރިއުޅުން ވަނީ މުޅިން ބަދަލުވެފަ އެވެ.
އޭގެ ފަހުން ނޭޕާލްގައި ތަރުކާރީ ވިއްކަން އުޅުނު އަންހެން ކުއްޖެއްގެ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ހަމަ މިގޮތަށް ދައުރުވެ އެ ކުއްޖާއަށް ވެސް ބޮޑު މަޝްހޫރު ކަމެއް ލިބުނެވެ.
excuse me this is the new korean president's bodyguard pic.twitter.com/aIJVhZjo28
— elena yip (@elena_yip) May 12, 2017
އެލެނާ ޔިޕްގެ ޓުވީޓް
މިހާރު އަނެއްކާ އެހެން ފިރިހެނަކަށް ދުނިޔޭގެ ގިނަ ބައެއްގެ ލޯ އަމާޒުވެއްޖެ އެވެ. އޭނާގެ ޖާދުލެއް ފަދަ ދެ ލޮލާއި ކޯތާފަތް ވަރަށް ރީތިކަމަށް ގިނަ މީހުން އެއްބަސްވެ އެވެ. މިއީ ސައުތު ކޮރެއާގެ ރައީސްގެ ބޮޑީގާޑަކަށް އުޅޭ ޒުވާނެކެވެ. އިންޓަނެޓް ބޭނުންކުރާ ގިނަ ބަޔަކަށް އެންމެ ކަމުދާ އެންމެ ރީތި ފިރިހެނާ އަކީ މި ވަގުތު ޗޮއި ޔަންގް ޖައެ އެވެ.
އަރްޝަދަށް ދިމާވި ގޮތަށް ޖައެ ވެސް ކެމެރާއާ ދިމާލަށް ބަލައިލި ވަގުތު ނަގާފައިވާ މި ފޮޓޯގެ ފުރިހަމަކަމުން ގިނަ ބަޔަކު ތިބީ ހައިރާންވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާތުން
25 May 2017
ރެފްރީ ޑޯނާހެން ހީވަނީ
ަސދ
24 May 2017
ޖޭމް އައްލޯ ވަަަރު ރީތި މީހެއް އޭޝިޔާގައި ނުހުންނާނެ
މަގ
24 May 2017
މަގޭ ހިތަށްއަރާ މަގޭލޮލާއި މިހިރަ ބަލާލުމެއް މިމީހުނަށްފެނިއްޖެނަމަ ހާދަ ވަރެއް އަރުވާލާނެއޭ. މިވީގޮތުން ދެން އުޅޭނީ ނިކަން ވިސްނައިގެން.
ރީތި މީހާ
24 May 2017
މީގެންވެސް އެނގޭ އެއްޗަކީ ދުނިޔޭގައި ރީޓި ފިރިހެނުންނަކީ ވަރަށް މަދު ބައެއްކަން. ރީތި އަންހެނުން ގިނަވެގެން ގޮސް މިހާރު އެއީ އާދައިގެ ކަމެއް. ނަމަވެސް ރީތި ފިރިހެނަކު މި ފެންނަނީ ވަރަށް މަދުން.
ދޮންދީނި
24 May 2017
ރީއްޗެއް ނޫން....
ނޫނުއަލިފް
24 May 2017
ސައުތު ކޮރެޔާގެ ފަސްޓް ލޭޑީއަށް ރީތި ވީމާ އެ ނިމުނީ!
ޜީތި
25 May 2017
ހަމަ ރަނގަޅަށް ތިބުނީ އެއްވެސް ރީއްޗެއް ނޫން