ޚަބަރު / ރާއްޖެ-ޔޫރަޕް

ޔޫރަޕުން ވިސާ ހޯދުމުގައި ލުއި ގޮތެއް ހޯދަނީ

އީޔޫގެ ގައުމުތަކަށް އެކްސްޕޯޓް އިތުރު ކުރުމަށާއި ވިޔަފާރިވެރިންނަށް ހުރި ފަހި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި

ފޮރިން މިނިސްޓަރު އާސިމް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. އީޔޫ ގައުމުތަކަށް އެކްސްޕޯޓް އިތުރު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި..--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން ވިސާ ހޯދުމުގައި ލުއި ގޮތެއް ހޯދުމާ ގުޅޭ ގޮތުން އެ ގައުމުތަކުގެ މަންދޫބުންނާ އެކު ދިވެހި ސަރުކާރުން މަޝްވަރާ ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާސިމް ވިދާޅުވީ ބަނޑޮސް އައިލެންޑް ރިސޯޓުގައި އިއްޔެ ނިމުނު ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގްގައި މަޝްވަރާ ކުރި އެންމެ މުހިންމު ކަމަކީ އީޔޫގެ ގައުމުތަކަށް ދަތުރު ކުރުމަށް ފަސޭހަކަމާއެކު ވިސާ ލިބޭނެ ގޮތްތަކާ ގުޅޭ ގޮތުން ކަމަށެވެ.

އާސިމް ވިދާޅުވި ގޮތުގައި މިހާރަށް ވުރެ ލުއި ގޮތަކަށް ވިސާ ލިބޭނެ ގޮތެއް ހަމަޖެހިއްޖެ ނަމަ، އެއީ ރާއްޖެ އަށް ލިބޭނެ ކުރިއެރުމެކެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަރަށް ހުޅުވާލެވިފައި އޮތް މާހައުލެއްގައި މަޝްވަރާ ކުރެވުނު ކަމަށް އާސިމް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ޖަރުމަނު ވިސާއެއް ހޯދަން ދަތުރު ކުރަން މި ޖެހެނީ ކޮލަމްބޯ (ސްރީލަންކާ) އަށް. އެހެން މި ވަނީ އީޔޫގެ އެމްބަސީއެއް (ރާއްޖޭގައި) ނުހުންނާތީ. ނަމަވެސް ވަރަށް ގިނަ (ބޭރުގެ) ސަފީރުން (ވިދާޅުވި) ވިސާ ކަންތަކުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނަމޭ،" އާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން އީޔޫގެ ގައުމުތަކަށް އެކްސްޕޯޓް އިތުރު ކުރުމަށާއި ވިޔަފާރިވެރިންނަށް ހުރި ފަހި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އާސިމް ވިދާޅުވި ގޮތުގައި އެކަމުން ވެސް އެނގެނީ ރާއްޖޭގެ ތަރައްގީއަށާއި އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރަން ބޭނުންވާ ވަރެވެ.

ބަނޑޮސް ރިސޯޓުގައި އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުން. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާސިމް ވިދާޅުވީ ރާއްޖެ އާއި އީޔޫއާ ދެމެދު މަޝްވަރާތައް ނިމިގެން ދިޔައީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށާއި ދެ ފަރާތުން ވެސް އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ ގޮތުން މި ބައްދަލުވުމުގައި އެންވަޔަރްމަންޓް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީހުން ކަރުދާސްތަކެއް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ސަރުކާރަށް ލިބިފައި ހުރި ކާމިޔާބީތަކާއި ކުރި މަސައްކަތްތަކާއި ގާނޫނުތަކަށް އައިސްފައި ހުރި ބަދަލުތަކާއި ތަރައްގީގައި ކުރެވިފައި ހުރި މަސައްކަތްތައް ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ އިޖުތިމާއީ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި ތިމާވެއްޓާ ބެހޭ ދާއިރާއާ ގުޅޭ ގޮތުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް ރާއްޖެ އައިސް އުޅޭ އީޔޫގެ ވަފުދުގައި އިނގިރޭސި ވިލާތާއި ޕޮލެންޑާއި އަޔަލެންޑާއި ޖަރުމަނާއި އިޓަލީ އާއި ފްރާންސް އަދި ސްވިޑްންގެ ސަފީރުން ހިމެނެ އެވެ. ރާއްޖެ އާއި އީޔޫއާ ދެމެދު މަޝްވަރާ ބައްދަލުވުންތައް ފެށީ 2015 ގަ އެވެ. މި ބައްދަލުވުން އަންނަ އަހަރު ވެސް އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

24 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 19%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުއްތުބޭބެ

25 May 2017

ތިއީ ގުޅުން ބާއްވާވަރުގެ ގަޓްސިކުޑިއެއް ހުރިބައެއްނޫން ވަކިވެލާ ވަކިވެލާ

The name is already taken The name is available. Register?

ލައިލާ

25 May 2017

އީ.ޔޫ އިންވެސް ވަކިވަމާ؟ އޭރުން ވިސާބެނުމެއް ނުވާނެއެއްނު. ދާކަށްވެސް ނުޖެހޭނެއެއްނު އެގައުމުތަކަށް.

The name is already taken The name is available. Register?

ޔަގީން ވިލިމާލެ

25 May 2017

އީޔޫ އަކީ ދިވެހި ރާއްޖެ އިންނަ ޖިމިޔާއެއް ވެސް ނޫން ވިކިވާކައް ލޮލް

The name is already taken The name is available. Register?

ނޮންޔޫރަޕިއަން

24 May 2017

އިންޓަނޭޝަނަލް ރިލޭޝަންސް ނޭނގޭތީ ކަންނޭގެ، މަށަކަށް ނުވިސްނުނު އީ.ޔޫ.ގެ ރަށްޔިތުންނަށް ރާއްޖެއަށް ވިސާއަކާއި ނުލާ އާދެވޭ އިރު އަހަރުމެންނަށް އެމީހުންގެ ޤައުމުތަކަށް ނުދެވޭ ސަބަބެއް. ކޮބާ އެކިޔާ 'ވިސާ ރެސިޕުރޯސިޓީ' އެއް؟ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދަމަހައްޓަށް އެމީހުންނަށް ވިސާ އަންނަ އިރަށް ހިލޭ ދޭތީ އަދި މިތަން ކުޑަވީމަ ރަނގަޅަށް ވެއްޖެޔާ އެމީހުން ތިކަމެއް ނުކޮށްދޭނެ. ދެން ކީއްތަވާނީ އެމްބަސީއެއް ނުހުޅުވާތާގައި ކޮންމެވެސް އެއްޤައުމެއްގެ ކޮންސިއުލޭޓުގަނޑެއް ހުޅިވިއްޔާ... އޭރުންވެސް އެޤައުމަށް ވިސާ ލިބުމުން މުޅި ޝެންގެން އޭރިއާގައި ދަތުރުކުރެވޭނެ ވިއްޔާ.

The name is already taken The name is available. Register?

ޖޖ

24 May 2017

އަޅުގަޑުމެން ރައްޔިތުންނަށް ޔޫރަޕް ޤައުމުތަކަށްދާން ވިސާ ފަސޭހައިން އެބަލިބޭ ، އަނެއްކާ ތިބޭފުޅުން ގެ ލެވެލް ގެ ބޭފުޅުންނަށް ނުލިބެނީތޯ؟

The name is already taken The name is available. Register?

GAN Island

24 May 2017

ތިޔަރަށް ގަނޑަށް ގޮސް ޔޯރޮޕް ގެ ޤައުމުތަކަށް ވީސާ ލިބޭ ގޮތަށް ހަމަޖެހުމަށްވުރެން އަހަރުމެންނަށް ހުރިހާ ގޮތަކުން ވެސް ރަނގަޅީ Colombo އަށް ގޮސްގެން Germany VISA ފަދަ އެޑްވާންސް ވީސާ ނަގާން ޖެހޭ ޤައުމު ތަކުގެ ވީސާ އެތަނުން ލިބޭ ގޮތަށް ހަމަޖެހިފައި އޮތުން. . . . މިހާރު ހަމަޖެހިފައި އޮތް ގޮތުން މާލޭ މީހުންނަށް ވެސް މާބޮޑު ދަތިކަމެއްނެތި އެ ޤައުމު ތަކުގެ ވީސާހަމަޖެހޭ. މާލޭ މީހުންނަކީ އިރުއިރުކޮޅާ ފުރަފުރައިގެން ސިލޯނަށްދާމީހުން. . . އެއާއި ހިލާފަށް އައްޑޫ ސިޓީ މީހުން ނުވަތަ ދެކުނުގެ 3 އަތޮޅުގެ ރައްޔިތުންނަށް މިހާރު SriLankan Airlines ގެ އެހީތެރިކަމާއި އެމީހުންގެ ރަނގަޅު ކަމުން ތިޔަ ރަށްގަނޑަކަށް ނުގޮސް ސިލޯނަށް ދެވޭތީ ޖާރމަން ވީސާ މިހާރުވެސް އޮތްގޮތް ހަމަ ރަނގަޅު. . . . ތިޔަގޮތަށް ތިޔަ ވީސާ ބަދަލު ކޮށްފިނަމަ އަހަރުމެން އައްޑޫ ސިޓީ ކައުންސިލުން އިޤިރޭސި ސަފީރަށް ދަންނަވާނެ ''ދިވެހިންނަށް ވީސާ ދޫކުރުން އައްޑޫ ސިޓީ ގައި ހަމަޖެއްސުމަށް'' އަބަދަކު ތިޔަހެނެއް ބާރުވެރިކަން މުށުތެރޭގައި ބާއްވައިގެން ނޫޅެވޭނެ.

The name is already taken The name is available. Register?

بايو

24 May 2017

މިނިސްޓަރުގެ މޫނު ފުޅު ހާދަ ނުތަނަވަހޭ...

The name is already taken The name is available. Register?

ޑަމް

24 May 2017

އޭރުންތާ އީޔޫ އަށް ދާ މީހުން އެއަރޕޯޓުން ހިފަހައްޓަން ފަސޭހަވާނީ. މިހާރު ލަންކާއަށް ގޮސް ޓިކެޓު ނަގައިގެން އެދަނީ. ދެން އެހެނެއް ނުހެދޭނެތާ.

The name is already taken The name is available. Register?

ޒެޑް

24 May 2017

"އާސިމް ވިދާޅުވި ގޮތުގައި އެކަމުން ވެސް އެނގެނީ ރާއްޖޭގެ ތަރައްގީއަށާއި އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރަން ބޭނުންވާ ވަރެވެ." އާސިމޫ! ކޮން ބައޔަކަށް ދިން ޖަވާބެއްތަ މިއީ؟ އަދި މަ ޑިފެންސިވް ކޮށް ބުނީ މަ އާސިމަށް ތި ބުނެވުނީ ކީކޭ؟ އަޅޭފަހެ ތިޔަބުނި އެއްޗަކުން އަހަރެމެންނަށް އެބަ އެނގޭ ގުޅުން ބަދަހިކުރާ ހިތުން މިއުޅެނީ ކޮން ބައެއްކަން؟ "ގުޅުން ބަދަހިކުރަން" އެމީހުން އައި އިރުވެސް ހުރީ ވަރުވަރުގެ ފިޔަވަޅުތައް އަޅާފައި ދޯ؟ އެއިން ފިޔަވަޅެއް ނެއްތޭނީ ލައްކަ ވަރުން.

The name is already taken The name is available. Register?

މ

24 May 2017

އާސިމް ފާޅުކުރާނީ ހަމަ އެކަނި ބަޔެއް ވާހަކަ... ބުނަންކެރޭނީ "ބޭބެ" ބުނަ އެއްޗެއް

The name is already taken The name is available. Register?

ދީދީ

24 May 2017

ކީކުރަންތަ ޔޫރަފައް ދަނީ. ދެންތިބި ސިޔާސީމީހުން ޖަލައްލީމަ ތިޔަކަން ފަސޭހަވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454