އެސްޓީއޯ އިން ހުޅުމާލޭގައި ހަދާ 250 އެނދުގެ ހޮޓާ: އެތަން ބަޔަކާ ގުޅިގެން ހިންގަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނޭ.
31 މެއި 2017 - 07:41
ހުޅުމާލޭގައި އެސްޓީއޯ އިން ހަދާ ހޮޓާ ވިއްކާލާ ގޮތަށް ކުރިން ހަމަޖެއްސި ނަމަވެސް މިހާރު ނިންމާފައި ވަނީ އަނެއްކާވެސް އެ ހޮޓާ ބަޔަކާ ގުޅިގެން ހިންގަން ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
ދަރުބާރުގޭގައި ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ހުޅުމާލޭގައި ހަދާ 250 އެނދުގެ ހޮޓާ ވިއްކާލަން ނިންމުމުން އެތައް ބަޔަކު ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. ނަމަވެސް މިހާރު އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ ޖޮއިންޓްވެންޗާ އުސޫލުން ބަޔަކާ ގުޅިގެން އެ ތަން ހިންގަން ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކާ ގުޅިގެން ޝަހީރު އޭރު ވިދާޅުވީ ހޮޓާ ވިއްކާލުމުގެ ހުރިހާ ކަމެއް ނިންމުމުގެ މަރުހަލާގައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 60 ޕަސެންޓް ނިމިފައިވާ ހޮޓާ ވިއްކާލުމުގެ ކަންތައް ނިންމައި ވަރަށް އަވަހަށް އާއްމު ހިއްސާދާރުންނަށް އެކަން އަންގަވާނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
އެސްޓީއޯއިން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ޗެއާމަން ހުސެއިން ސާލިމް (ވ) އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު (މ)ގައި.---ފޮޓޯ: ނިޝާން އަލީ /މިހާރު
"އެ އިންވެސްޓްމަންޓް ވިއްކާލަން އަޅުގަނޑުމެން ވަރަށް ގިނަ ފަރާތްތަކާ ވާހަކަ ދެއްކިން. އެގޮތުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ ވާހަކަ ދެއްކެވި އެ ފަރާތްތަކުގެ އެޑްވައިސްއާ އެކު އަޅުގަނޑުމެން މިހާރު ނިންމާފައި ވަނީ ޖޭވީ މޮޑެލްއަކަށް ދާން،" ޝަހީރު ރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮޓަލުގެ ކަންތައްތައް ކުރިޔަށް ގެންދަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހޮޓާ ހުޅުވޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯ އިން ކުރިން ނިންމާފައި އޮތީ 2014 ވަނަ އަހަރުގެ ފަހުކޮޅު އެ ހޮޓަލުގެ މަސައްކަތް ނިންމުމަށް ފަހު، އެމެރިކާގެ މަޝްހޫރު ކާލްސަން ގްރޫޕާ ހަވާލުކޮށްގެން އެ ކުންފުނީގެ "ރެޑިސަން ބްލޫ" ބްރޭންޑްގެ ފަސް ތަރީގެ ހޮޓަލެއް ހިންގާ ގޮތަށެވެ.
ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ވަނީ ނުނިމި އެވެ.
ހޮޓަލުގެ މަސައްކަތް ނިންމަން ތައި އެގްޒިމް ބޭންކުން 30 މިލިއަން ޑޮލަރުގެ ލޯނެއް އެސްޓީއޯ އިން ނެގިއިރު، އެތަނުގެ ކޮންކްރީޓް މަސައްކަތް މުޅިން ނުނިމެ އެވެ. އަދި 2014 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތް މަޑު ޖެހުނުއިރު، ސްޓްރަކްޗަރަލް މަސައްކަތް ނިމި އިމާރާތް ނިންމުމުގެ މަސައްކަތް އޮތީ ފަށައިފަ އެވެ. އެތަނުގެ މަސައްކަތް މިހާރު ކޮންމެވެސް ވަރަކަށް ކުރިޔަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮޅި
31 May 2017
އެސްޓީ އޯ އިން ތިހޮޓާ ހަދަން ނެގި ލޯނު ގެ އިންޓަރެސްޓް ރޮކެޓް ދަނީ މައްޗަށް. ކާކު މިވަރުވެ ތަނަކަށް ބޯކޮއްޕާނީ.... ހުސް ހޮޅިވާހަކަ. ކުރިންބުނީ ތިމަންނަމެނަށް ރިސޯޓު ހޮޓާ ނިހިންގޭނެޔޭ.... މިައދު އަނެއްކާ އަނެެއްވާހަކަ. ބަލަމާ އަންނަ އަހަރު ބުނާނެ އެއްޗެއް.
އަލީ ސަލީމް
31 May 2017
ނިންމުން ރަނގަޅު. އެސްޓީއޯ ވަންނަން ޖެހޭ އެބަ ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް. އެސްޓީއޯ ފުރަތަމަ ރެޒޯޓް ކުރިއަށް އޮތް 5 އަހަރު ތެރޭގައި. ކީއްވެ ނުވާންވީ. ދެން އާންމު ހިއްސާ އިތުރުކުރަންވީ.
އަސްނާ
31 May 2017
ޢެމް ޓީ ޑީ ސީ ގެ މަތީން ހަނދާންވަނީ!
ލުބޫ
31 May 2017
ވަރަށް ރަނގަޅު ނިންމުމެށް..މީގެ ސަބަބުން އެސްޓީއޯއަށް މުދާގެނައުމުގަދިމާވާ ޑޮލަރުގެ ތާށިކަމައް ކޮމެސް ވަރެއްގެ ހަލެއް ލިބޭނެ...
ފާތުން
31 May 2017
އެސްޓީއޯގެ ތި ނިންމުމަކީ ވަރަށްރަގަޅު ނިންމުމެއް.
ޖަންބުރޯލް
31 May 2017
އެސްޓީއޯގެ އެމްޑީ ޝަހީރަކީ ރައްޔިތުންގެ ލާބައާ މަންފާއައް މަސަތްކަތްކުރައްވާބޭފުޅެ، ކީޕްއިޓްއަޕް ބުރޯ.
އަހަމަދޭ
31 May 2017
ވަރަށް ރަނގަޅު ނިންމުމެށް..އެސްޓީއޯ އިޒްދަބެސްޓް..
ފެޒޫ (ޒާ)
31 May 2017
މިކަން ކުރަން ވި ތާ ކިތަންމެ ދުވަހެއް. އުފާވެރި ޙަބަރެއް.
ހަަސަން
31 May 2017
ތީ ވާ ހޮޓަލެއް! މިހާރު ތި ހޮޓަލެއްގެ ކަންތަކެއް ކުރާތާ 10 ވަރަކަށް އަހަރު ވަނީ، އެއީ އެސްޓީއޯ ބޭނުންވާ ޑޮލަރު ހޯދަންށޭ ކިޔައިގެން ވަކި ބަޔަކު ނާޖާއިޒު ފައިދާ ނެގުމަށް ގަންނަ ގަނޑެއް ކަމަށް މިހާރު ބެލެވޭނެ ފުރުސަތު ވަރަށް ބޮޑު! މީ ސަރުކާރު ކުންފުނި ތަކުން ވިޔަފާރި ކުރަން ނުކުތީމަ ވާހާ ގޮތްގޮތް! ކިހާ ބޮޑު ބޭކާރު ވަގުތަކަކާ ހޭދަތަކެއްތޯ ބޭކާރު ވެގެން މި ދަނީ! އަދިވެސް ހަދާއެއް ނަހަދާ އެއް ނޭނގޭ!
ހުސެން
31 May 2017
އިނގޭ ކަށް ނުޖެހޭ. އެނގިގެން ވާނީ ކޮން ކަމެއް. އެއީކީ ހަސަން ގެ ވަގުތުތަކަކާ ހަސަން ގެ ޖީބުން ހަރަދުވާ އެއްޗެއް ނޫނެންނު.
ނައްޓު
31 May 2017
ކޮބާ ނެގި 30 މިލިޔަން ޑޮލަރު؟؟؟؟؟؟؟ 30 މިލިޔަން ޑޮލަރަކީ ތިވަރުގެ ދެހޮޓާ ހަދާ ނިންމޭހާ ފައިސާ.