މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ބައެއް: ހައްޖަށް ގެންދިއުމުގެ ހުއްދަ އެދުނު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަނީ އޭސީސީގެ އެންގުމަކަށް --ފޮޓޯ/މިހާރު
31 މެއި 2017 - 13:06
ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅި 16 ކުންފުނީގެ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު އަމިއްލަ ފަސް ކުންފުންޏަކަށް ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނިކޮށް، ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އޭސީސީން އިއްޔެ އެންގީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޕްރޮޕޯޒަލް އިވެލުއޭޓް ކޮށްފައިވާތީ އެވެ. އޭސީސީން އެގޮތަށް އެންގީ ޕްރޮޕޯޒަލް ހުށަހެޅި ކުންފުނީގެ ތެރެއިން ޑިސްކޮލިފައިވި ކުންފުންޏަކުން އެ މައްސަލަ ހުށަހެޅުމުންނެވެ.
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ އެ މިނިސްޓްރީން އަމަލުކުރާނީ އޭސީސީގެ އެންގުމާ އެއްގޮތަށް ކަމަށާއި މިހާރު ކުރިއަށް ގެންދަނީ އޭސީސީން އަންގާފައިވާ ގޮތަށް އިވެލުއޭޝަން ކޮމެޓީ އަލުން އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ. އޭސީސީން އަންގާފައިވަނީ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ނުހިމެނޭ ގޮތަށް އިވެލުއޭޝަން ކޮމެޓީ އެކުލަވާލުމަށެވެ.
"އޭސީސީން އަންގާފައެއް ނެތް އަލުން ބިޑް ކުރާކަށެއް. އެ ބޭފުޅުން އެންގީ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން. އެ އެންގުމާ އެއްގޮތަށް އަލުން އިވެލުއޭޓް ކުރާނެ." އަހުސަން ވިދާޅުވި އެވެ.
އޭސީސީން ކުރި ތަހުގީގަށް ފަހު އެ ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ޕްރޮޕޯޒަލްތައް އިިވެލުއޭޓް ކޮށް، ޕޮއިންޓް ދީފައިވަނީ ޕްރީބިޑް މީޓިންގައި އިއުލާން ކޮށްފައިވާ މިންގަނޑާ ތަފާތުކޮށް ކަމަށެވެ. އެގޮތަށް ހެދުމުން ބައެއް ކުންފުނިތަކަށް ބައެއް މައުލޫމާތު ހުށަނޭޅިގެން މަދުން ޕޮއިންޓް ލިބިފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ ސައްޔާފު
31 May 2017
އޭސީސީއިން އަލުން ބިޑު އިވެލުއޭޓު ކުރަން އެންގިކަމުގައިވިޔަސް ކުރިން ވެސް މިކޮރޮޕްޝަން ހިންގިމީގެ ބެލުމުގެ ދަށުން މިކަން ކޮށްފިއްޔާ އަދިވެސް ނުކުންނާނާނީ ހަމަ އެނަތީޖާ ކަމަށް ބެލެވެނީ
ދޯ
31 May 2017
ވައްކަން ޔަގީން
ގުއި ސައްޕެ
31 May 2017
ހައްޖު ކޯޓާއިން ވެސް ވައްކަން ... ކީކޭތޯ ބުނާނީ ލިޓިލް ސިންގަޕޯ މިކަމާދޭތެރޭ..
ދދ
31 May 2017
ކިތަންމެ ވަރަކަށް އިވެލުއޭޓް ކުރިޔަސް ނިކުންނާނީ ހަމަ އިސްލާމިކް މިނިސްޓްރީން ބޭނުންވާ ނަތީޖާ! މިވަރަށް ވާހަކަ!