ވިޔަފާރި / ދާލު އެއާޕޯޓް

ކުޑަހުވަދޫ އެއާޕޯޓަށް ފުރަތަމަ މަތިންދާބޯޓު ޖައްސައިފި

ކުޑަހުވަދޫއަށް ޖެއްސި ފުރަތަމަ ޓެސްޓް ފްލައިޓުން ވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު ޒަމީރު ރިއޮލޯގެ އިސްވެރިންނާ ސަލާމްކުރައްވަނީ. ފޮޓޯ: ޓޫރިޒަމް

‎ދ. ކުޑަހުވަދޫގައި ރިއޯލޯ އިންވެސްޓްމަންޓްސްއިން ހެދި އެއާޕޯޓަށް ފުރަތަމަ މަތިންދާބޯޓު މިއަދު ހެނދުނު ޖައްސައިފި އެވެ.

"ދާލު އެއާޕޯޓް"ގެ ނަމުގައި އަލަށް ހެދި އެއާޕޯޓަށް ދިޔަ ފުރަތަމަ ޓެސްޓް ފްލައިޓްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކްޓިވް ހުސެއިން ޖަލީލާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވެސް ވަޑައިގެންނެވި އެވެ.

ކުޑަހުވަދޫއަށް ޖެއްސި ފުރަތަމަ ޓެސްޓް ފްލައިޓުން ވަޑައިގެންނެވި މަޖިލިސް މެމްބަރު އަހުމަދު ނިހާން ކުޑަހުވަދޫގެ ބައެއް މީހުންނާއި ސަލާމް ކުރައްވަނީ. ފޮޓޯ: ޓްވިޓާ

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މޯލްޑިވިއަންގެ މަތިންދާބޯޓު ދާލު އެއާޕޯޓަށް ޖެއްސީ މިއަދު ހެނދުނު 9:27ގަ އެވެ.

އެ އެއާޕޯޓް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އެއާޕޯޓަށް ކުރިޔަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ ޝެޑިއުލްގެ ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ފުރަތަމަ ފަށައިގަންނައިރު ދުވާލަކު އެއް ދަތުރުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ޓެސްޓް ފްލައިޓުން ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ކުޑަހުވަދޫގެ ރައްޔިތުންނާއި އެއާޕޯޓުގެ މުވައްޒަފުން ޓާމިނަލް ކައިރީގައި މަޑުކޮށްލައިގެން. ފޮޓޯ: ޓޫރިޒަމް

‎"ދާލު އެއާޕޯޓް"ގެ ނަމުގައި މި އެއާޕޯޓް ހިންގާ ދާލު އެއާޕޯޓް ހޯލްޑިންސް އިން 62.81 ހެކްޓަރުގެ ބިން ހިއްކައިގެން 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ހެދި އެއާޕޯޓުގައި 42 ބޯޓަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ. އޭގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގައި އާއްމުކޮށް ބޭނުންކުރާ ޑޭޝް-8 އަދި އޭޓީއާރު-72 މަރުކާގެ ބޯޓުތައް ހިމެނޭއިރު، މިއީ އަމިއްލަ މީހުންގެ ޖެޓުތައް ވެސް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު ވެސް މެ އެވެ.

‎އަމިއްލަ ހަރަދުގައި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ރިއޯލޯ އިންވެސްޓްމަންޓްސްއާ ސަރުކާރުން ހަވާލުކުރީ 2013 ގަ އެވެ. އަދި އެއާޕޯޓް ހިންގާނީ ރިއޯލޯ ހިއްސާވާ ދާލު އެއާޕޯޓް ހޮލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.‎

ކުޑަހުވަދޫއަށް ޖެއްސި ފުރަތަމަ ޓެސްޓް ފްލައިޓުން ވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު ޒަމީރު ކުޑަހުވަދޫގެ ބައެއް މީހުންނާއި ސަލާމް ކުރައްވަނީ. ފޮޓޯ: ޓްވިޓާ

ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް އެބަ އޮތެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓާއި އދ. މާމިގިލީ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ އިތުރުން، ހަތް ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ފުވައްމުލައް، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ އަދި ތ. ތިމަަރަފުށީގައި އޮންނަ އެއާޕޯޓެވެ.

104 ކޮމެންޓް, 124 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 4%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސާބޭ

24 June 2017

ބާގާވާތެއްނޫނޭ، ބަޣާވާތޭ. بغاواة. ނަޝީދަށް މިގޮތަށް ދަސްކޮށް ދީބަލަ. އަލިފުބާ ނުޖަހާތިބި މަދު ދިވެހިންގެ ތެރެއިން އެކަކު. ދިވެހި ވެރިކަމަށް ކުފޫ ހަމައެއްނުވޭ. މިކަން ޚުދް ނަޝީދަށްވެސް އެނގޭ. އެހެން ވެގެންނޭ އޭނަ އަމިއްލަޔަށް އިސްތިޢުފާ ދިނީ، ދެއްތޯ މައުމޫން، ޤާސިމް، ފާރިޝް

The name is already taken The name is available. Register?

ބަންގާޅި ހުސޭނު

03 June 2017

އެމް.އެޗް370 އެދުވަހު ނުޖެއްސުނީ އެއާރޕޯޓް ނާޅާ އޮތީމަ! މިވީ ގޮތުން ދެން ޖައްސާނެ ގެއްލެންދާ ފްލައިޓްވެސް

The name is already taken The name is available. Register?

މެންޓަލް ކޭސް

03 June 2017

އަހަންނަކީ ވަކި ކޮޅަކަށް ޖެހޭ މީހަކަށް ނުވާތީ ބްރިޖް މަތިން އިރާދަކުރެއްވިއްޔާ ފުރަތަމަ ދަތުރު ކުރާ ދުވަހު ހަޅޭއްލަވާނަން ކޮބާހޭ އިންޖިނޭރަކީ، ނަޝީދު ޔޫކޭއިން ކިޔަވާ ވިދާޅުވިޔަސް ސިކުނޑި ވަރަށްވެސް ހަމަ ޅަ

The name is already taken The name is available. Register?

މެންޓަލިސްޓް

01 June 2017

ތިޔައީ ރައީސްނަޝީދުގެ ސަރުކާރުން ފެއްޓިޕްރޮޖެކްޓްއެއް ،،،، ރިއައްލޯ މީހުންނާޢި އެކަންހަވާލުވީ ،،، ދެން ތިޔަތަނަށް 10 ބޯޓްއެއްފަހަރާ ޖެއްސިޔަސް ރައްަޔަތުން ވޯޓްދޭނީ ސަރުކާރާއި ދިމާއިދިކޮޅަށް ،،،، އެކަން އެއޮތީ ކައުންސިލް އިންތިޙާބުންވެސް ފެންނާން ،،،، ކުރިއަށްއޮތީވެސް އެހެން ،،،، މިހާރު މެންބަރު ހުންނެވީ ދެފަރާތަށް ކިރިލަކިރިލަ ،،،،، ވަރަށްވެދުން

The name is already taken The name is available. Register?

ވަދު ފޮށި

02 June 2017

ނަޝީދަކީ ހުރިހާ ކަމެއް ފައްޓަވާ ބޭފުޅެއް ތާއެވެ؟ ނިންމަވާ ބޭފުޅެއް ނޫނެވެ.

The name is already taken The name is available. Register?

މެންޓަލް ކޭސް

03 June 2017

ނިންމީސް ބަގާވާތް ނުކުރިނަމަ

The name is already taken The name is available. Register?

ނޫނޭ

03 June 2017

ތިޔާހެން ނުވާނެ.! އަހަންނާމެން ތިވޯޓަށް މިތައޔާރުމިވަނީ ނިމިދިޔަ ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް ބަލާފައި އަހަންނާމެނަށް އެއްވެސް ތާއިދެއް ނެއްކަން އެނގި ތިބެމެ. ވުމާއިއެކު އަހަންނާމެން ބާރުގެ ބޭނުން ކުރާނަން އޭގެ އެންމެ މަތީދަރަޖައްށް. މިކަމުގައި އެއްވެސް ޝައްކެއްނެތް. ނަތީޖާ އަކީ އަނެއްކާ ވެސް ވެރިކަމުގެ އިއްޒަތް އަހަންނާ،މެން އަތުލުން. އޭގެ ފަހުން ކުޅިވަރު ދްއްކާލާނީ. އަދި މިތިބީ ހަމަ ބަލަން.

The name is already taken The name is available. Register?

ހަސަން

03 June 2017

މި ގައުމުގަ ބަގާވާތެއް 21 ވަނަ ގަރުނުގަ ކުރިކަމެއް ނުދެނަހުރިން

The name is already taken The name is available. Register?

އަހުމަދުލް

01 June 2017

ސާބަހޭ ދިވެހިންގެ ރައީސް ރައީސް ނަޝީދަށް، މަނިކުފާނު އިންދެވި އޮށުން މިއަދުގަސްފަޅައި ފޯދި މޭވާއަޅަން ފަށައިފި، ޝުކުރިއްޔާ ރައީސް ނަޝީދު. ރައީސް ނަޝީދު އިންދި އޮށުން ގަސްފެޅުމުން ގަސްހައްދާ މޭވާއަޅާހިސާބަށް ގަހަށް ފެންސީ ހެދިކަމަށްޓަކައި ރައީސް ޔާމީންއަށްވެސް ޝުކުރިއްޔާ.

The name is already taken The name is available. Register?

މީމަށޭ

02 June 2017

ހުކުރު މިސްކިޔް ވެސް ބިނާކުރީ ނަޝީދޭ

The name is already taken The name is available. Register?

ފޭކް

02 June 2017

ދެން ބުނޭ ބްރީޖް އަކީވެސް މަމެން ރައީސް މީހާ އަޅަން ޤަސްދު ކޮށްފައި ވާ ތަނެކޭ...

The name is already taken The name is available. Register?

ޕައްލަންބެ

01 June 2017

ޚަބަރު ނުކިޔާ ކޮމެންޓް ކުރި މީހުން މި ތަންކޮޅު ކިޔާލާK އަމިއްލަ ހަރަދުގައި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ރިއޯލޯ އިންވެސްޓްމަންޓްސްއާ ސަރުކާރުން ހަވާލުކުރީ 2013 ގަ އެވެ. އަދި އެއާޕޯޓް ހިންގާނީ ރިއޯލޯ ހިއްސާވާ ދާލު އެއާޕޯޓް ހޮލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.‎

The name is already taken The name is available. Register?

ޕޕމ

02 June 2017

ތީ ޔާމީންގެ ތަނެއް

The name is already taken The name is available. Register?

ޭކުޑަހުވަދޫ ޗިންގަލީ

01 June 2017

އަހަރެމެންނަށް ވަރިހަމަ ކޮންމެ ރައީސަކު ކޮށްދިނަސް، އަހަރެމެންނަށް ތަރައްޤީއާއި ލުއިފަސޭހަ ކޮށްދެނިކޮށް. މިކަމުންވެސް ކުޑަހުވަދޫއަށާއި މުޅިއަތޮޅަށް ވަރަށް ފަސޭހަވެގެންދާނެ. ބާރަގަޑީއިރުގެ ކަނޑުގަދަ ދަތުރުތައް ބައިގަޑީއިރަށް ކުރުވީ. ކޮންމެ މީހަކުކޮށްދިންކަމެއްވިޔަސް އެބަޔަކަށް ކުޑަހުވަދޫ އެންމެހާރަށްޔިތުންގެ ފަރާތުން ޝުކުރިއްޔާ!!!

The name is already taken The name is available. Register?

ޕޕމ

02 June 2017

ޔާމީން އަށް ސުކުރު ކުރަން ވީ

The name is already taken The name is available. Register?

1234

01 June 2017

ކުޑަހުވަދޫ މަތިން އެދުވަހު އެފެނީ އެމްއެޗް 370 ނުފެނުނުކަމަށްޓަކާ ތިޔަ ލިބުނީ އެއަރޕޯޓެއް

The name is already taken The name is available. Register?

ސަންތި

01 June 2017

kއަގު ވަރއް ބޮދުވާނެ މޯލްޑިވިއަން ފްލައިޓގ

The name is already taken The name is available. Register?

ފާތުމަ

01 June 2017

ޝުކުރިއްޔާ ރައީސް ނަޝީދު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454