ސޯބެ: ކައުންސިލްގެ ތިނަ ވަނަ ދައުރުގައި ވެސް މޭޔަރަކަށް ހޮވުނީ ސޯބެ.
03 ޖޫން 2017 - 23:40
އައްޑޫ ސިޓީ ކައުންސިލްގެ، ފާއިތުވި ދެ ދައުރުގައި ވެސް މޭޔަރުކަން ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ) ތިން ވަނަ ފަހަރަށް މޭޔަރުގެ މަގާމަށް ހޮވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލް ހުވާކުރުމަށް މިރޭ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތަށް ފަހު ވަނީ މޭޔަރާއި ޑެޕިއުޓީ މޭޔަރު ވެސް ހޮވައިފަ އެވެ.
މި ފަހަރު ޑެޕިއުޓީ މޭޔަރަކަށް ހޮވިވަޑައިގަތީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފެވެ.
މުޅިން އަލަށް އައްޑޫ ސިޓީ ކައުންސިލަށް މި ފަހަރު ހަތް މެމްބަރުން އިންތިހާބުކޮށްފައިވާ އިރު، ފާއިތުވި ދެ ދައުރުގައި ކައުންސިލަރުކަން ކުރެއްވި އިތުރު ދެ ބޭފުޅަކު ވެސް މަގާމަށް ހޮވިވަޑައިގެންފައިވެ އެވެ.
އެއީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ޔަސްރިފާއި ފޭދޫ ކައުންސިލަރު އަލީ ފަހުމީ އަހުމަދެވެ. ފަހުމީ 2014 ވަނަ އަހަރު ކައުންސިލަށް ހޮވިވަޑައިގަތީ ބައި-އިލެކްޝަނަކުންނެވެ. އެއީ އިންތިހާބުގައި ފޭދު އަށް ހޮވިވަޑައިތް އަބްދުﷲ އަސްވާން (އަތޯ) ހާޓްއެޓޭކެއް ޖެހި ކުއްލި ގޮތަކަށް ޖުލައި 8، 2014 ގައި އަވަހާރަވުމާ ގުޅިގެންނެވެ.
ކައުންސިލްގެ ތިން ވަނަ ވަނަ ދައުރަށް މި ފަހަރު އަލަށް ހުވާ ކުރެއްވި ބޭފުޅުންނަކީ ހުޅުދޫ ކައުންސިލަރު އިބްރާހީމް ޝުކުރީ އާއި މީދޫ ކައުންސިލަރު ހުސައިން ހިޔާޒާއި މަރަދޫ ކައުންސިލަރު އިބްރާހީމް ފައިސަލްގެ އިތުރުން ހިތަދޫ މެދު ދާއިރާ ކައުންސިލަރު ޖަމްޝީދާ މުހައްމަދެވެ.
ޖަމްޝީދާއަކީ އައްޑޫ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި ފުރަތަމަ އަންހެން މެންބަރެވެ.
އައްޑޫ ސިޓީ ކައުންސިލް މެމްބަރުންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި ފާއިތުވި ދެ ދައުރުގައި ވެސް އައްޑޫ ކައުންސިލްގައި އޮތީ އެމްޑީޕީގެ މެޖޯރިޓީ އެވެ.
ނަމަވެސް ދައުރު ހަމަވި ކައުންސިލްގައި ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރަކު ހުންނެވި އެވެ. އެއީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވައި 2014 ގައި ޕީީޕީއެމަށް ސޮއި ކުރެއްވި ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު (އައްދު) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާދިރާ
05 June 2017
ޗީޑި...އަނެއްކާވެސް އެއްކަލަ ސޯބެ ތަ! ހަމަ ކުޅަދާނަ، އައްޑޫ ގެ ކުރިއެރުމަށް ހުރަސް އެޅޭ ފަދަ ކަންކަމުގާ އިސްވެ ހުންނަވާ ވެރިއެއްކަމަށް ބައެއް އާންމުން ޤަބޫލުކުރާ ވެރިއެއް ތި ސޯބެ އަކީ!
ސިދުގީ
04 June 2017
ސޯބެގެ ޗަސްބެއްނެއްކަން އިނގިއްޖެ ރާއްޖެ ޓީވީން ދެއްކި އައްޑޫއްއް ގެއްލުންވި ހާދިސާއައް އެހީ ވަމުންދިޔަ މީހުންގެ ހިއްވަރު އެލުވާލަންވެގެން ދެއްކިވާހަކަ ތަކުން.
ސާކިސްތާނު
04 June 2017
ސޯބެ މޭޔަރަށް މަރުހަބާ. އެކަމަކު ތި ފުރުސަތު އެހެންބޭފުޅަކަށް ދީފައި ނާއިބަކަށް ބަދަލުވިނަމަ މާފުރިހަމަވީސް.
ބޯގޯސް
04 June 2017
އައްޑުގެ ހީރޯ
ނައްޓު
04 June 2017
ގައުމުބައިބައިކޮށް ގައުމީމަސްލަތު ހަލާކުކުރަންގޮވާ ގައުމުގެ އިސްތިގްލާލަށް ބުރޫއަރާފަދަ ޝިޢާރުތައް ގޮވާ އެފަދަޝުއޫރު ފާޅުކުރާ އެފަދަ ފިކުރުގެ މީހުންނަށް އެއްވެސް ސިޔާސީ މަގާމަކަށް ކުރިމަތިނުލެވޭގޮތް ހަދަންއެބަޖެހޭ. ގައުމީ އެއްބައެއްވައްތަކަމަށްޓަކައި ކުރަންޖެހޭކަމެއްމީ.
ސސ
04 June 2017
އަޑޫ ބޮޑު ކަތީބަށް މަރުހަބާ!
އާރް.އޭ.އެފް ހުސެއިން
04 June 2017
ޑެޕިޔުޓީ މޭޔަރުކަށް ހުޅުދޫ ނުވަތަ މީދޫ ބޭފުޅަކު އައްޔަން ކުރެއްވިނަމަ ވަރަށް ފުރިހަމަވީސް. މިހާރު ތިއޮތީ ހިތަދޫ މީހުންގެ ބަހުންނަމަ " ގޭކާވަޅި " ހަދާފަ.
މޭޔަރ
04 June 2017
މޭޔަރ ކަމަކީ ކޮންމެ ކޮންމެ ބޭފުޅަކަށް ވާނެ ކަމެއް ނޫން. ކަމަށް ގާބިލު މީހުން މަގާމުތަކަށް ހޮަވަން ޖެހެނީ. ވަޖި ރަށެއްގެ މީހެއް ނޫން.
ހުސެއިން
04 June 2017
ނާ !! ހަމަހިލާ ތިޔަހެނެއް ނުވާނެ . ކައުންސިލަރުންނަކީ އެއްވެސް ޝަރުތެއް ހުންނަންޖެހޭ ބައެއްވެސް ނޫނިއްޔާ..
އިޚްސާލް
04 June 2017
30 އަހަރު ވެރިކަމުގައި މައުމޫނު ހުރެގެން ހަޅޭއްލެވި މީހުންވެސް ވެރިކަން ލިބުނީމަ އެކަމުން ދުރުވާހިތެއް ނުވެއެވެ. ނަންވާނީ މައުމޫނެވެ.
އަޙްމަދު
04 June 2017
އިޙްސާލް ތިވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް. ސޯބެ އަދި ޔަސްރިފް ލަދުގަންނަންޖެހޭ މީސްމީހުނާ ދިމާލަށް ހެއްދެވިނެހެއްދެވި އަށް ގޮވާ މިހާރު އެތިބެނި ކައުންސިލް ގޮނޑިގައި ބަނޑު އަޅާއިގެން.
ބެއްޔާއްކަލޯ
04 June 2017
ހިތަދޫ އަށް މޭޔަރ ކަމާއި ޑެޕިއުޓީ މޭޔާރ ކަން ނެގުން ރަނގަޅެއް ނޫނެވެ. ޑެޕިއުޓީ މޭޔާރ އަކަށް ފޭދޫ ކައުންސިލާރ ފަހުމީ ރަނގަޅެވެ. އެހެނީ ހުޅުމީދޫ ޝާހިދު، މަރަދޫ ޓޮމް ކުރިން އެމަޤާމު ފުރާފައި ވާތީއެވެ. ދެން މޭޔަރ ކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެއީ ރައީސް މައުމޫން ހެން މޭޔާރ ސޯބެތާއެވެ.
މޭކްއިޓް
04 June 2017
އައްޑު ސިޓީ އަކީ އެއީ އަސްލަށް ބަލާ ނަމަ ޕާރކެޕިޓާ އިންކަމް ވެސް އެންމެ ދަށް ސިޓީ އެވެ. ގާފު ދާލު ތިނަދޫ ތަންތަނާއި އަދި ކުޅުދުއްފުއްޓާއި އަޅުވާ ނުވެސް ކިޔޭ ވަރަށް ވުރެން ޕާރކެޕިޓާ އިންކަމް އައްޑޫ ގައި ދަށެވެ. މިހެން މިވާން ޖެހެނީ އައްޑޫގައި ވިޔަފާރި އާއި އިގްތިސާދީ މަސައްކަތަށް އެޅިފައިވާ ބޮޑެތި ހުރަސް ތަކުންނާއި އަދި އައްޑޫ ގެ ޖިއޮގްރަފިކް ލޮކޭޝަން އެވެ. ކަން މިހެން ހުރުމުން މިކަން ކަން އެބަޖެހޭ ހައްލު ކުރަން އައްޑޫ މޭޔަރު މެން. ފުރަތަމަ ކަމަކީ ބިން ހިއްކެން އޮތް ރަށް ރަށުގެ ބިން ހިއްކުމަށް ފަހު ކުޑަ އަގުގައި ކޮމާރޝަލް އަދި އިންޑަސްޓްރިއަލް އަދި ޓޫރިޒަމް ރިލޭޓެޑް މަސައްކަތް ތައް ކޮށް ދިނުމަށް ޓަކައި ދޫކޮށްލަންވީ އެވެ. އައްޑޫގައި ކީއްވެގެންތޭ ބައިނަލް އަގްވާމީ ފެންވަރުގެ ޑޮކްޔާރޑެއް ނެހެދެންވީ. އެއްވެސް ސަބަބެއް ނެތެވެ. ބިން އެބައޮތް ހިއްކައިގެން ނަމަވެސް އެކަން ކުރެވެން. މިފަދަ އިގްތިސާދީ ބަދަލު ތައް ގެނެވޭނެ މޭޔަރަކު ހުރެގެން ސަރުކާރާއި ގުޅިގެން ހެލްޕް މީ ހެލްޕް ޔޫ ތިއަރީގެ ދަށުން މިކަން ކޮށްފިނަމަ މިކަން ވާނެއެވެ. ދެން އައްޑޫ ވިލިގިލި އާއި ހެރެތެރެ އިން އައްޑޫ މީހުންނަށް ވަޒީފާ ނުދީ ލަންކާ އަދި އިންޑިއާ މީހުންނަށް ބޮޑެތި މުސާރައިގެ ވަޒީފާ ތައް ދޭތީވެ އެކަން އެހެން ވަނީ އެއީ ކޮން މައްސަލަ ތަކާއި ހެދިތޯ ބަލާ އެކަން ދިރާސާ ކޮށް އެކަން ކަން ހައްލު ކުރުން އެއީ ނޫންތޭ އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ރައްޔިތުންނަށް ކޮށްދެވޭނެ ކަންކަމަކީ. މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް..