ޕްލާސްޓިކް ކޮތަޅާ ދެކޮޅު ކެމްޕެއިން ފެށުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސީއެޗްއެސްއީގެ ދަރިވަރަކަށް މިނިސްޓަރު ތޯރިގް (ކ) ފެންއަޅާ ފުޅިއެއް ދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާުރު
05 ޖޫން 2017 - 22:47
މޫދަށް ޕްލާސްޓިކް ކޮތަޅު އެޅުން މަދުކުރުމަށާއި އެކަން ހުއްޓުވަން ގައުމީ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ފެށި މި ކެމްޕެއިން ފައްޓަވައިދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެެވެ. "ކަނޑަށް އަޅާ ޕްލާސްޓިކް ހުއްޓުން - އުކާލާ ޕްލާސްޓިކް މަދުކުރުން" ޝިއާރުގެ ދަށުން ކުރި އަށް ގެންދާ މި ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި މާލޭގެ ސްކޫލުތަކުގެ ދަރިވަރުން ވެސް ބައިވެރިވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ ކަމަށެވެ. އޭގެ ތެރެއިން ވެސް މޫދަށް ޕްލާސްޓިކް ކޮތަޅު އެޅުމަކީ ހައްލު ކުރަން އުނދަގޫވެފައިވާ ގޮންޖެހުން ބޮޑު ކަމެއް ކަމަށް ވިދާޅުވި އެވެ.
ޕްލާސްޓިކް ކޮތަޅާ ދެކޮޅު ކެމްޕެއިން ފެށުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްކޫލުތަކުގެ ދަރިވަރުންނަށް މިނިސްޓަރު ތޯރިގް އެކަމުގެ މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާުރު
އޭނާ ވިދާޅުވީ ތިމާވެށީގެ ސަބަބުން އިގުތިސޯދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށެވެ. މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާއަކީ ރާއްޖޭގެ އިގުތިސޯދުގެ މައި ނާރަށް ވާއިރު، ތިމާވެށި ރައްކާތެރި ނުކުރެވިއްޖެ ނަމަ އެ ދެ ދާއިރާ އަށް ވެސް އަސަރު ކުރާނެ ކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ބޭނުން ނުކުރެވޭ ކުދި ކޮތަޅު ވެސް ރާއްޖެ އަށް އެތެރެކުރަމުން އަންނަ ކަމަށާއި އަަހަރެއްގެ މައްޗަށް ރާއްޖެ އަށް އެތެރެކުރާ ޕްލާސްޓިކް ކޮތަޅުގެ އަދަދު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ކެމްޕެއިންގެ ތެރެއިން ޕްލާސްޓިކް ކޮތަޅު ރެޑިއުސްކުރަން ވެސް މަސައްކަތް ކުރެވިގެންދާނެ. ކޮންމެހެން ބޭނުން ޖެހިގެން ނޫނީ އެ ކޮތަޅުގެ ބޭނުން ނުކުރުމަށް މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޕްލާސްޓިކް ކޮތަޅާ ދެކޮޅު ކެމްޕެއިން ފެށުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދަރިވަރުންނަށް މިނިސްޓަރު ތޯރިގް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާުރު
މި ކެމްޕެއިންގެ ތެރޭގައި މޫދަށް ޕްލާސްޓިކް ކޮތަޅު އެޅުމާއި އޭގެ ސަބަބުން ލިބޭނެ ގެއްލުންތައް ސްކޫލުތަކުގައި ކިޔައިދޭނެ އެވެ. މީގެ އިތުރުން ފެން އުފައްދާ ކުންފުނިތަކާ ވެސް، ޕްލާސްޓިކް ފުޅި މަދުކުރުމާ ގުޅޭ ގޮތުން މުހިއްމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލު ދަރިވަރުންނަކީ ކުރިއަށް އޮތް ޖީލުތަކުގައި ކުރީ ސަފުގައި ތިބޭނެ ބަޔަކަށްވުމުން، އެކަންކަމުގެ މުހިއްމުކަން އަންގައިދޭން ޖެހޭ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ވަނީ ފެންއަޅާ ފުޅި ބަހައިފަ އެވެ. އަދި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ މި ބޮޑު ކެމްޕެއިނަށް ލޯގޯއެއް ފަރުމާކުރަން ގްރޭޑް 10އިން ދަށުގެ ދަރިވަރުންނަށް ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުބޭބޭ
06 June 2017
ޖަލްސާއެއް ބޭއްވިއަސް ދާނެ މީހަކު ހުރީކީނޫން، ދައްކާ ހުސް ވާހަކަތެއް އަހާނެ ބަޔަވެސް ހުރީކީނޫން، ދެން ސްކޫލު ކުދިވެރިން ގެންގޮސް ފެންފުޅިއެއް ދީފައި ބައިތިއްބީމަ ތިބޭޅެއްނު. ބޭނުންވަނީ 6 އެއްކަ ގަނޑު ފޮޓޮ ނަގާލަން ވިއްޔާ
ރަހިންބެ
06 June 2017
ކޮތަޅު އެތެރެކުރުން ނުހުއްޓާ މަދުކުރަނީ ކީއްތަވާނި އެ އެތެރެކުރުން ހުއްޓުވިއްޔާ ރީތި މުރަކަތަކާ ފަރުތަކުގަ އެއޮތި ކޮތަޅު އޮޅިފަ ގޮނޑުދޮށްތަކަށް ލައްގަނީވެސް އެ އެކަމަކު އަހަރެމެންނަކީ ގޮނޑޮށްތަކާ ފަރުތައް ޓޫރިސްޓުންނަށް ވިއްކައިގެން އުޅޭ ބައެއް މީގެ އިތުރުން އެންވެރިކަމާ މަސްމަހާ މެއްސާ ވެލާކަހަނަބަށްވެސް މީ ބޮޑު ނުރައްކަލެއް އަދި ބޮޑު ޒަހަރެއް މަސްވެރިންވެސް ކައިބޮއި އުޅެނީ ކަނޑުފަޅުން އެކަމަކު އިންޖީނުގެ ތެޔޮ ބަދަލްކޮށްފަ ތެޔޮގަނޑުވެސް އަޅާލާނީ މޫދަށް ދެން އެކަމަކު އެތަނަށް އަޑިޔަށް މިދަނީ އެންހޯދަން
މީހެއް
06 June 2017
މީހުން ތަހުޒީބު ވީމަ މަނާކުރާކަށް ނުޖެހޭނެ.
ތަރައްގުއި
05 June 2017
ތޯރިގު ހަރުން ނުކުމެ މި އުޅެނީއޯ. އަނެއްކަ ކޮން ކަމެއް ލައިގަތީބާ؟