ރ. މަޑުއްވަރި: އެ ރަށު ކައުންސިލްގެ ނައިބު ރައީސްގެ ސައިކަލު އަންދާލި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައި
06 ޖޫން 2017 - 11:23
ގެއެއްގެ ކަރަންޓު ބިލްގައި ބޮޑު އަދަދެއް ޖަހައި، ގެއަކަށް ފޮނުވި މައްސަލައިގައި ރ. މަޑުއްވަރީ ފެނަކަ ބްރާންޗުގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފަ އެވެ.
މަޑުއްވަރީގައި މިހާރު ހަދަމުން އަންނަ ހިޔާވަހިގެ އަށް މިދިޔަ ހުކުރުދުވަހު ފޮނުވި ކަރަންޓު ބިލްގައިވާ ގޮތުން އެ ގޭގެ ކަރަންޓަށް 44،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ އަރައިފަ އެވެ. ފެނަކަ އިން ބުނިގޮތުގައި އާއްމުކޮށް އެ ގޭގެ ކަރަންޓު ބިލަށް އަރަނީ ހައެއްކަ ރުފިޔާ އެވެ.
ފެނަކައިގެ މުވައްޒަފު ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން
ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މި މައްސަލައިގައި، މަޑުއްވަރީގައި ހުންނަ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އީސާ ހުސެންފުޅު ވަޒީފާ އިން ވަކިކުރީ، އެނގިހުރެ އެ ކުންފުނި ބަދުނާމު ކުރުމަށް ކުރި ކަމަކަށް ވާތީ އެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ފަރުވާކުޑަކުރުމާއި އޭނާ ވަޒީފާގައި ބަހައްޓައިފިނަމަ ފެނަކައިގެ ނަން ކިލަނބުވެ، ގެއްލުންތައްތައް ލިބިދާނެ ކަމަށް ބަލާފައި އެޅި ފިޔަވަޅެއް ކަމަށް ފެނަކަ އިން ބުންޏެވެ.
މި ކަރަންޓުބިލްގެ ކޮޕީއެއް، "ފެނަކަ ބޮޑުބިލް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.
ފެނަކަ އިން ބުނީ އާއްމުކޮށް ހައެއްކަ ރުފިޔާ އަރާ ގެއެއްގެ ކަރަންޓު ބިލަށް މިހާބޮޑު އަދަދެއް އަރާފައިވަނީ ބިލްގެ ރީޑިން އެންޓާ ކުރުމާއި ޕްރޮސެސް ކުރުމުގައި ކުންފުނިން ކަނޑައަޅާފައިވާ މިންގަނޑާއި އުސޫލުން ބޭރުން ބިލް ތައްޔާރުކޮށްފައިވާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކަރި
07 June 2017
މިއީ ހޫނޫ ގަދަވީމަ ވާގޮތް ، މުއައްޒަފުގެ މައްސަލައެއްނޫޅޭ. ސްޓެލްކޯއިންވެސް ބުނަނީ މިހެނެެއްނު! އެކަމަކު ފިނިވީމަ ބިލް ކުޑައެްނުވޭ! ހެހެހެ. އަޅެފަހެ ހައިރާނެއނުވާނެތަ!
ނޫނު
06 June 2017
ހައެއްކަ ރުފިޔާއޭ ؟ ގެއެއްގެ ކަރަންޓްބިލަށް ހައެއްކަ ރުފިޔާ އަރާތަ؟
މަރީ
06 June 2017
ރީޑިންގ ނެގި މީހާ ގޯހީ ބިލް ތައްޔާރުކުރި މީހާ ގޯހެއްނުވި.... ދެރަ ކަމެއް އަސްލު ވެފައިވާގޮތް ބެލުމަށްފަހު ފިޔަވަޅުއެޅި ނަމަ ރަނގަޅުވީސް...
ރިނީ
06 June 2017
ދެންއެކަމަކު އިންސާނަކަށް ކުށެއް ހެދިދާނެދޯ
މޑއވރ
06 June 2017
ލިޔަންކިޔަން ނޭގޭމީހުން ލީމަވާގޮތް.
ތީރަށް
06 June 2017
ރަގަޅުނިންމެއް އެކަމަކު ފެނަކަޔަށް ފެނަކައިގެ ބައެއްމުއަށްޒަފުންގެ ސަބަބުން ވަރަށްބޮޑެތި ގެއްލުންވެފަ އެބަހުއްޓޭ މިހެންމިބުނީ ބައެއްރަށްރަށުގެ އިންޖީނުގޭގެ ޑިއުޓީއަދާކުރާ ބޭފުޅުން ޑިއުޓީގަޑީގަ އިންޖީނުގޭގަ ނުހުރުމުގެ ބަބަބުން އިންޖީނަށް ވަރަށް ބޮޑެތި ގެއްލުންތަށްވެފަ އެބަހުރެ ސުވާލަކީ އެފަދަކަންކަމުގަ އިހުމާލުވާފަރާތްތަކާމެދު ފިޔަވަޅުނާޅަނީބާއެ ނޫނީޔަ އެކަން އެގޮތަށް އޮންނަނީބާ!!!!
މަޑުއްވަރީ މީހެއް
06 June 2017
އީސަޅޭ އަކީ ޕީޕީއެމްގެ އިސްބޭފުޅެއް ކިހިނެއްބާމިވީ
ކެލާ
06 June 2017
ޢަހަރެމެން ގޭ ބިލު ވެސް އޮތީ 400 ރފ ބޮޑު ކޮށް ގުޅާގެން އެއްޗެހި ކީމަ ކުޑަކޮށްފި
އަލީނަސީރު
06 June 2017
"މުވައްޒަފުގެ އިންޑެކްސް ނަންބަރު" މިއައްވުރެ އެއްޕުލޯމަންޓް ނަންބަރު ކިއުންބާ ރަގަޅު ގޮތަކީ؟؟؟؟
ބޮޑުބިލް
06 June 2017
ތިކަހަލަ ކިތައްބިލް މިންގަނޑާ އުޞޫލުން ފޮނުވާފަ ހުންނާނެ މީހުން ބުނެއެއްނުން ކާއިރަށް މަސްމީރުވާނޭ - ކޭމާ ފަހުން ހޫނު ބޮޑުވާނޭ