އުރީދޫން ރާއްޖޭގައި އެޅި ސަބްމެރިން ކޭބަލް ތިނަދޫގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ގުޅާލުމުގެ މަސައްކަތް މިދިޔަ އަހަރު ކުރަނީ.- ފޮޓޯ: އުރީދޫ
06 ޖޫން 2017 - 15:09
ސަބްމެރިން ކޭބަލަށް މައްސަލައެއް ދިމާވެ، އުރީދު އާއި އާރުއޯއެލްގެ އިންޓަނެޓަށް މައްސަލަތަކެއް ދިމާވެެއްޖެ އެވެ.
އުރީދޫގެ ޑައިރެކްޓަ ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ އެ ކުންފުނިން ދެމުން އަންނަ އިންޓަނެޓްގެ ހިދުމަތަށް ބުރޫއަރާފައި ވަނީ މިއަދު ހެނދުން ފެށިގެން ކަމަށެވެ. އެ މައްސަލަ ކުރިމަތިވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އަޅާފައިވާ ކޭބަލަށް ދިމާވި މައްސަލައާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަދި މުޅިން ޔަގީނެއް ނުވޭ އެއީ ސަބްމެރިންގެ ކޭބަލަށް ދިމާވި މައްސަލައެއް ކަމެއް ނުވަތަ ލޭންޑް ކޭބަލަށް ދިމާވި މައްސަލައެއް ކަމެއް. އެ މައްސަލަ ދިމާވެގެން އުޅޭ ގޮތް ބަލަމުން ދަނީ. އެ ކޭބަލަކަށް ދިމާވި މައްސަލައާ ގުޅިގެން، ލަންކާއާ ދެމެދު އަޅާފައިވާ ކޭބަލަށް ޓްރެފިކް ޑައިވާޓް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ލަންކާއާ ދެމެދު އަޅާފައިވާ ކޭބަލަށް ޓްރެފިކް ޑައިވާޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަތަރު ގަޑިއެއްހާއިރުގެ ތެރޭގައި ނިމޭނެ އެވެ.
"އެ ކޭބަލަށް މައްސަލަ ދިމާވި ނަމަވެސް އިންޓަނެޓްގެ ހިދުމަތް މެދުކެނޑިގެނެއް ނުދޭ. އެ މައްސަލަ ހައްލުވާނެ ޓްރެފިކް ލަންކާއާ ދެމެދު އަޅާފައިވާ ކޭބަލަށް ޑައިވާޓްކޮށް ނިމުމުން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަރަށް ގިނަ ފަހަރު ސަބްމެރިން ކޭބަލަކަށް މައްސަލަތައް ދިމާވާ ކަމަށެވެ. ނަމަވެސް ހިދުމަތް މެދުނުކެނޑި ލިބެނީ ކޮންމެ ވެސް އެއް ކޭބަލަކަށް ޑައިވާޓްކުރާތީ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އިންޑިއާގެ ޓްރިވެންޑްރަމާ ރާއްޖެއާ ދެމެދު އޮންނަ ސަބްމެރިން ކޭބަލް އުރީދޫގެ އިތުރުން އާރުއޯއެލް އިން ވެސް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިބަން
07 June 2017
ސިޔާސީގުޅުންކަނޑާލިގައުމެއްގެ ނެޓްވޯކެއްވެސް ބޭނުމެއްނުވޭ .. ސޮރީ ސަރުކާރު ... ޒުވާނުންޒުވާނުންގެގޮތުގާއަބަދަށް ..
ޖިމާ
07 June 2017
ދެން ކީއްވެތަ ދިރާގު އިންޓަނެޓުވެސް އެހަާ ސްލޯ އީ؟ މިހަބަރު އިން ފޮޓޯ ވެސް ލޯޑް ނުވި
އަޙްމަދު
07 June 2017
ކަސްޓަމަރުންނަށް އިންޓަރނެޓް މައްސަލަ ޖެހުނު ވާހަކަ ނުބުނެ ނޫހަށް ޚަބަރު ދިނުމަކީ ވަރަށް ހިތާމަ ހުރި ކަމެއް.އުރީދޫން ފޮނުވަން ބޭނުން ވީމާ އެސްއެމްއެސް ފޮނުވޭ.އުރީދޫއަކީ ބަހާ ޢަމަލާ ދިމާ ނުވާ ބައެއް..މައްސަލަ ޖެހުނު ދުވަސްތަކަށް ބިލްކޮށްގެން ނުވާނެ.މޮޑަމް އިތުރު ޑާޓާ ދޭން ޖެހޭނެ.އިންސާފަކީ އެއީ.
އަބުދު
07 June 2017
އެއްޗެއްނުބުނެނީދެވިގެން މިބުނަނީ އަދިވެސް 4ބައިގަޑިއިރުނުވަނީތޯ އޫރިދޫ...
ސާމީ
06 June 2017
އިންޓަނެޓް ނުލިބުމަކީ މިހާރު އަތްފައި ކަނޑާލުން ކަހަލަ ކަމެއް. އުރީދޫ އިންވާ އިންޓަރވިއު ވެސް ދީފިތާ. އާރްއޯއެލް އިން މިއަށް އެއްޗެއް ބުނަނީ ވެސް ގުޅީމަ. އޭގެ ފަހުން އެސްއެމްއެސް އެއްވެސް ފޮނުވި. މިކަން ޙައްލުވީމަ އަހަރެންވެސް އުރީދޫއަށް ބަދަލުކޮށްލަން އެބަވިސްނަން. އާރްއޯއެލް އިން ނުވެސް އެނގި ހުއްޓަ ޕޯސްޓްޕެއިޑަށް ބަދަލުކުރީޔޯ ކިޔާފަ އިތުރު އެއްމަހުގެ ޑިޕޮސިޓެއްވެސް ނެނގި. ކަސްޓަމަރުންނަށް ވީ ފައިދާ އެއްނެތް. ދެރަވޭ މިހެން ބުނަންވެސް
ސައްލުގެ ބޯއީ
06 June 2017
ކޮބާ އަވަހަށް ސައްލުކައިރީ ބުނޭ ނަޖުދުން ކޭބަލެއް އަޅާދޭށޭ ރާއްޖެއާ ހަމައަށް.
ޚަޑަ
06 June 2017
އޭނާ ވިދާޅުވީ ވަރަށް ގިނަ ފަހަރު ސަބްމެރިން ކޭބަލަކަށް މައްސަލަތައް ދިމާވާ ކަމަށެވެ
މައްސަލަ
06 June 2017
ރޯނެއް ދެމިއްޔާ ތިޔަށްވުރެ ރަނގަޅުވާނެއެއްނުން. ކޮށްމެެން އަަބަދު މައްސަލަ ޖެހޭ އެއްޗަކަށްވުރެ ރަނގާޅުވާނެ.
ޙިލަ ފަޔާ
06 June 2017
ގަތަރާ ގުޅުން ކަނޑާލުމުން ދިމާވި މައްސަލަ އެއް، ކުރިއަށް އޮތްތާ މައްސަލަތަށް ގިނަވެ، އެކީވެސް ކެނޑޭނެ!
ހަސަނު
06 June 2017
އާނ ރަނގަޅު. އިއްޔެ ގުޅުން ކެނޑީ. މިއަދު އިންޓަނެޓެއް ނުލިބޭ. ބުނާނެ ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ނެތޭ، އަދިވެސް ސައުދީ ބުނާހާ ގޮތެއް ހަދާތި.