އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އިދިކޮޅު އިއްތިހާދުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ: އާޒިމް މިނިވަންކުރަން ކުރެވެން އޮތް މަސައްކަތެއް ކުރާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި.
08 ޖޫން 2017 - 19:01
ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ ކޮއްކޮ އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ޝެޑޯ މިނިސްޓަރު އާދަމް އާޒިމް މިއަދު ހައްޔަރުކުރީ ބިރުދައްކަން ކަމަށާއި ރާއްޖެ ހަމަ މަގަށް އަޅުވަން ކުރާ މަސައްކަތުގައި އުފާވެރި ހަބަރުތަކެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރެއްވި އާޒިމް ހައްޔަރުކުރީ، ދިވެހި ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލު ކުރުމަށް ހިތްވަރުދީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދެއްކެވުމުގެ ތުހުމަތުގަ އެވެ. އޭނާގެ ބަންދުގެ މުއްދަތަށް ވަނީ ހަ ދުވަސް އިތުރުކޮށްފަ އެވެ.
އިދިކޮޅު އިއްތިހާދުން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އާޒިމް ހައްޔަރުކުރީ އޭނާގެ އެއްވެސް ކުށެއް އޮވެގެން ނޫން ކަމަށެވެ. ސަރުކާރުގެ ބޭނުމަކީ އިސްލާހީ މަސައްކަތުގައި އުޅޭ މީހުންނަށް ބިރުދައްކައި ފަހަތަށް ޖެއްސުން ކަމަށް ވިއަސް އެ މަގްސަދު ހާސިލް ނުވާނެ ކަމަށް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސްކޮށް އުޅޭ މީހުންގެ ތެރެއިން ފަހަރަކު މީހަކު ގޮޅިއަށް ލިއަސް، ރާއްޖެ އަށް ޑިމޮކްރަސީ އިޔާދަކުރަން ކުރާ މަސައްކަތް ހުއްޓައެއް ނުލާނެ އެވެ.
"އަޅުގަނޑުމެން އެންމެން މި ތިބީ އާޒިމްއާ އެކީގައި ވަރަށް ސާބިތުކަމާ އެކީގައި. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު މިހިރީ ސަރުކާރުން ދައްކާ ބިރަށް ފަހަތަށް ޖެހޭކަށެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.
ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި އާޒިމް ބަންދުކުރިއިރު، އަސްލަމް ވިދާޅުވި ގޮތުގައި، ޑިމޮކްރަސީގައި ކޮންމެ ގައުމެއްގައި ވެސް އިދިކޮޅު ފަރާތްތައް ތިބެން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުނުކުރުމަކީ ލަދުވެތި ކަމެކެވެ. އަދި ރާއްޖޭގައި ހިންގާ ކަންކަމާ މެދު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި އެތައް ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އާޒިމް ހައްޔަރުކުރުމަކީ ވެސް ލަދުވެތި އަަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮޕޮޒިޝަންގެ ބޭނުމަކީ ސަރުކާރު ބަދަލުކުރަން މަސައްކަތް ކުރުން. މި މަސައްކަތުގެ ތެރޭގައި ދައުލަތް ހަމަ މަގަށް އެޅޭނީ. އަޅުގަނޑުމެން ނެތިން ހުއްޓާލާކަށެއް ބޭއިންސާފުން ކަންކަން ހިނގަމުން ދާއިރު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އުފާވެރި ހަބަރުތަކެއް ލިބޭނެ. އަޅުގަނޑުމެން ކާމިޔާބު ހޯދާނަން،" އަސްލަމް ވިދާޅުވި އެވެ.
މި ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ހުދުމުހުތާރުކޮށް ހިންގާ ސަރުކާރުން މިހާރު ގުނަމުން ދަނީ އެންމެ ފަހު ވަގުތުތައް ކަމަށެވެ. އަނިޔާވެރި ކަމަށް ނިމުން އައިސް، ރައްޔިތުންގެ ހައްގުތައް އަލުން އިޔާދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަލީހް ވިދާޅުވި ގޮތުގައި މިހާރު އޮތީ ރައްޔިތުންގެ ތާއީދު ނެތް ސަރުކާރެއް ކަން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވަނީ ސާފުކޮށް ބުނެދީފަ އެވެ. މިވަރުން ވެސް ގޮތް ދޫނުކޮށް، ސަރުކާރާ އިދިކޮޅަށް އެއްޗެއް ބުނަމުންދާ ކޮންމެ މީހަކަށް ގޯނާކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އާޒިމް ހައްޔަރުކުރީ ނާއިންސާފުން ކަމަށް ވިދާޅުވެ ވަގުތުން މިނިވަންކުރަން މަލީހް ގޮވާލެއްވި އެވެ. އަދި އޭނާ މިނިވަންކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އިދިކޮޅު އިއްތިހާދުގެ ބޭފުޅުން ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ނެރުއްވި އަމުރުގައި ވަނީ، ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި، އިތުބާރު ގެއްލުވައިލުމަށް މަސައްކަތް ކޮށް، ދޮގު މައުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް އާޒިމް ވާހަކަ ދައްކަވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އާޒިމް ހައްޔަރު ކުރުމުގެ އަމުރު ނެރުނު ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާ އަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮހެލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުސް
09 June 2017
އާޒިމް ގެ ކުށެއްނެތް އުފާވެރި ޚަބަރު ތަކެއް ލިބޭނެ ކަމަށް ތަމެން ބުނާނަމަ ބުނެދޭންވީ އެއް ނޫންތޭ ތިޔާ ލިބެން އުޅޭ އުފާވެރި ޚަބަރެއް،. މަމެން ތަމެން ރަންރީނދުލޭ މެންނަށް ބުނެދީފާނަމޭ އުފާވެރި ޚަބަރެއް. އެ ޚަބަރަކީ އެއީ ރަންރީނދޫ ބޮޑޭ އަށް 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމުގެ ޔަގީން ކަން މަމެން ޕިންކީން ތަމެންނަށް ދެމޭ މަމެން މިކަމުގައި އެންމެ މިލިމީޓަރުގެ ޖާގަ އެއް ވެސް ދުލެއް ނުދޭނަމޭ އެއުފާވެރި ޚަބަރު މަމެން ތަމެންނަށް ދެމޭ އެއީ ޔަގީން ކަމެކޭ. މީ އޭ މިވަގުތު މަމެން ނަށް ތަމެންނަށް ދެވެން އޮތް އުފަވެރި ހެޕީ ނިއުސް އަކީ.
ޕޮގުބާ
09 June 2017
ރަގަޅު ވާހަކައެއް ޖަލުގޮޅިތަކުން އުފާވެރިކަމުގެ ޚަބަރުތަށް ލިބޭނެ
ގަޓު ރައީސް
09 June 2017
ޔާމިން ފެބުރުވަރީ 12 13 ގައި ސިފައިން ނާ ފުލުހުން ނައް މުހާތަބު ކޮއް ދެއްކި ވާހަކަ ތައް އަކުރުން އަކުރައް މި ސަރުކާރައް އަމާޒުކޮއް އިދިކޮޅު ޕޯޑިޔަމް ތަކުގައި ޢެވާހަކަތައް ދައްކަންވީ. ޔާމިނައް ވެސް ދައުވާކުރަންވީ ސަރުކާރު ވައްޓާލަން ހިއްވަރުދީ ވާހަކަ ދެއްކީތީ
ހޫދު އިސްމާއީލް
09 June 2017
ހޯހޯ. މަލީހު ޖަމާލަށް އޮތް ސަޕޯރޓް އިލެކަޝަންގެ ވެބްސައިޓުން ފެންނާނެ. ފޯއްމުލަކުން މަޖްލިސް ގޮޑިެއެއް ހޯދަން އުޅުނީމާ އާއިލާމީހުންގެ ވޯޓްވެސް ނުލިބެޔޯ.
ވާލުސޮރު
08 June 2017
ސިޔާސީގޮތުން ކުފޫ ހަމަނުވާ ބަޔަކު އެއްކޮޅާ އިދިކޮޅުގަވެސް އެބަތިއްބެވެ. ގައުމު ހަމަޔަކަށް އެޅުވޭނީ މިފަދަ އެންމެން ސިޔާސީ ދާއިރާއިން އެއްފަރާތްކުރެވިގެންނެވެ. އެއްވެސް ބަޔަކު ރައްޔިތުންނަށް ދަޅަ ދައްކައި ދޮގުހަދައި އޮޅުވާލާނަމަ ހަގީގަތް އިނގޭދުވަހަކުން އެބަޔަކުދެކެ ރައްޔިތުން ފޫހިވާނެއެވެ. އިދިކޮޅުފަރާތްތަކުން ވަކި އަދަދެއް ހަވެއްޖެކަމަށް ބުނެ އެތައް ފޮންޏެއް ކެޑިފަހުން މިވީހާތަނަށް އެކަމުގެ އުފާވެރިކަމެއް އަދިއެއް ނުފެނެއެވެ. ދެން އޮތީ ތިޔަބުމާ އުފާވެރި ޚަބަރެވެ. ރައްޔިތުން ތިބީ ފިސާރި ހޭލައެވެ. ހަމަ ބަޔަކު ބުނެލާހާ އެއްޗަކަށް ދެނެއް ރައްޔިތުންނެއް ނުހެއްލޭނެއެވެ. ތެދުވެރިކަން އިސްކުރިބަޔަކަށް ރައްޔިތުންގެ ރުހުން ލިބޭނެއެވެ. އެއްވެސް ބަޔަކު ހަގީގަތެއްނެތް ބުހުތާނު ދޮގު ހަދައިގެން ލިބޭނެ މާމޮޅުތަކެއްނެތެވެ.
މޫސަަ
08 June 2017
ރާއްޖޭގެ ރައްޔަތުން މިމީހުން ދައްކާ ވާހަކަ ނުއަޑު އެހުމަށް ގޮވާލަން. މިހާރު ރާއްޖޭގެ ސިޔާސީ ކަންތައް ތަކުގައި އުޅެނީ ކުފޫ ހަމަވާ ބަޔެއް ނޫން. މިގައުމު މިހާރު ބޭނުންވަނީ އާބަޔެއް
ޒާ
08 June 2017
ބަލަ އަސްލަމަކީ ފަނޑިޔާރެއްތަ ކުށްއޮތްކަން ނުވަތަ ނޫންކަން ކަނޑައަޅަން. ކެނެރީގޭ ނަޝީދުގެ ކުށެއް ނެތްކަމަށްވެސް ތިގޮތަށް ބުނި. އެކަމަކު މިހާރު ނަޝީދު ހުރީ ތެތްގޯނި ބޮލުގައި އަޅައިގެން ރާއްޖެއަށް ވައިވެސް ނޭޅޭ ހަމާގައި.
ބޮޑު ސޯޅަ
08 June 2017
މުޖްތަމައެއްގައި ހަމަޖެހުން ގެއްލުވާލާ މީހުންނަކީ އަދުލް އިންސާފު ނެތިކޮށްލާމީހުން. ރައްޔަތުންގެ ފައިސާ ފާޅުގަޔާއި ސިއްރުގައި ނަހަމަގޮތުގައި ބޭނުން ކުރާމީހުން. އެމީހުން ހޯދާ ހައްޔަރުކޮށްގެން ނޫނީ ޤައުމު ހަމަމަގަށް ނޭޅުވޭނެ.
ވެއްޓެނީ
08 June 2017
މީހެލޭ ސަރުކާރެއްތަ މީހަކު ކޮއްޕާލާއިރަށް ވެއްޓެނީ
މާމަ
08 June 2017
ކީއްވެތަ ނުކޮށްޕިގެން ތިއުޅެނީ
ބޯނެއް ބުރުމާ
08 June 2017
އާޒިމް ހައްޔަރުކުރުމަކީ އެމްޑީޕީ ކުދިންނަށް ވަރަށް އުފާވެރި ޚަބަރެއް،