ރާއްޓޭ: އޭނާ މިހާރު ވަނީ ހަބޭސް ބޮޑުބެރު ބޭންޑާ ގުޅިފައި.
12 ޖޫން 2017 - 07:59
މަޝްހޫރު ބޮޑުބެރު ލަވަ ކިޔުންތެރިޔާ އަބްދުލް ރާސިގް އަލީ (ރާއްޓޭ) ބޮޑުބެރުގައި އެންމެ ވަރުގަދަ ބޭންޑް ހަބޭސްއާ ގުޅިއްޖެ އެވެ.
ހަބޭސްގެ ވެރިޔާ އަލީ ޝިފާއު ބުނީ ރާއްޓޭ އެ ބޭންޑާ ގުޅުމަކީ ހަބޭސް ބޮޑުބެރު ބޭންޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ޓީމަށް ރާއްޓޭ އިތުރުވުމުން ކުރިއަށް އޮތް ތަނުގައި ބޮޑުބެރުގެ ހިތްގައިމު ލަވަތަކެއް އިވިގެން ދާނެ ކަމެއް ކަމަށް ބުންޏެވެ.
ރ. މީދޫ ބޮޑުބެރު ގްރޫޕް "ފަރުމާ" އިން ވިދާލި ރާއްޓޭ ވަނީ ޓީވީއެމުން ގެނެސް ދިން ބޮޑުބެރު ޗެލެންޖްގައި 2012 އާއި 2014 ގައި ބެސްޓް ވޯކަލިސްޓް މަގާމު ހޯދައިފަ އެވެ. އަދި 2013 ވަނަ އަހަރު އެ މުބާރާތުން އެންމެ ތަފާތު ހުނަރުވެރިގެ މަގާމު ވެސް އޭނާ ވަނީ ހޯދައިފަ އެވެ.
ރާއްޓޭ ބުނީ ހަބޭސް ބޮޑުބެރު ބޭންޑާ ގުޅުނީ ސިފައިންގެ ވަޒީފާ އަށް ވަނުމާ ގުޅިގެން މިހާރު މާލޭގައި ދިރިއުޅެން ޖެހިފައިވާތީ ރަށު ބޭންޑާ އެކު އުޅެވެން ނެތުމުން ކަމަށެވެ.
"ވޮއިސް އޮފް އެމްއެންޑީއެފް 2017" ގެ ޓްރޮފީއާ ރާއްޓޭ ހަވާލުވަނީ.
"ބޮޑުބެރުގެ ދާއިރާން މާލޭގައި ހުރެގެން ކުރިއަށް ދާން ބަލާ އިރު އެންމެ ރަނގަޅު ޗޮއިސްއަކަށް މިހާރު އޮތީ ހަބޭސް ކަމަށްވާތީ އެ ބޭންޑާ ޖޮއިން ކުރީ. މި ފުރުސަތު ދިނީތީ އައްޔައަށާއި މުޅި ހަބޭސް ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" ސިފައިންގެ އަށް ވަންތާ އަހަރެއްހާ ދުވަސްވެފައިވާ ލަވަ ކިޔުންތެރިޔާ ބުންޏެވެ. "މާލޭގައި އުޅުނަސް ރަށު ބޭންޑުން އެހީއަކަށް އެދޭ ހާލަތްތަކުގައި ރިއްޓެގެ ފަރާތުން ދެވެން އޮތް އެހީއެއް އަބަދު ވެސް ދޭނަން."
ވަރަށް ހިތްގައިމު އަދި އެހާމެ މަގުބޫލު ބޮޑުބެރު ލަވަތަކެއް އެހުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ރާއްޓޭ ބުނީ "ޓާގެޓަކީ ހަބޭސްގައި ހުރެގެން ވެސް ރީތި އަމިއްލަ ރާގުތަކެއް އެހުންތެރިންނާ ހަމައަށް ގެނެސް ދިނުން" ކަމަށެވެ.
"މިއީ އަޅުގަނޑުގެ ބޮޑުބެރު ކެރިއާ އަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކެނީ،" އޭނާ ބުންޏެވެ.
ރާއްޓޭ ހަބޭސް ބޮޑުބެރު ބޭންޑާ ގުޅުނުއިރު، ފާހަގަކޮށްލެވޭ ކަމަކީ ހަބޭސް އަކީ މިއުޒިކް ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ހުނަރުވެރި ފަންނާނުންނަށް ވަރަށް ބޮޑަށް މަގު ހުޅުވައިދޭ ބޭންޑެއް ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޭއްޓެ
13 June 2017
ޕްފްޓް! ވަރައްވެސް މުހިންމު! މި ސޮރު އެރި އެހަނދާނަ ވެސް. އެކަމަކު އެއްވެސް ތަރުހީބެެއް ނުލިބުން. ކަމަކު ނުދޭ އެއްވެސް ވަރަކަ
ސަމީރު
12 June 2017
100 މިލިޔަން ގެ ޑީލް އެއް ޔަގީން
ޝަހުލާ
12 June 2017
ސާބަހޭ ރާއްޓޭ. ހަބޭސް އާއެކު ކުރިޔަށްދާން ނިންމުން ތީ ވަރަށް އުފާވެރި ހަބަރެއް.
ހަސްނާ
12 June 2017
މަގޭ އެންމެ ފެވަރިޓް ވޯކަލިސްޓް އެދިޔައީ މަގޭ އެންމެ ފެވަރިޓް ބޭންޑަށް. ސާބަހޭ
ބޮޑު ބެރު
12 June 2017
ގުޑް ޓްރާންސްފާރ. ވަޓްސް ނެކްސްޓް. ލޮލް