12 ޖޫން 2017 - 15:58
އަންކާރާ (ޖޫން 12) - ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި ފަހުން 15 މަތިންދާ ބޯޓުގެ ކާބޯތަކެތި ތުރުކީން ދޯހާ އަށް ފޮނުވައިފި އެވެ.
ތުރުކީން ގަތަރަށް ފުރަތަމަ ފޮނުވި ޝިޕްމަންޓުގައި ހިމެނެނީ ކިރާއި ކިރުގެ ބާވަތްތަކެވެ. އޭގެ އިތުރުން ތަރުކާރީ އާއި މޭވާ އަދި އެއްގަމު މަހުގެ ބާވަތްތައް ވެސް ވަނީ ފޮނުވައިފަ އެވެ. ސައުދީ އަރަބިއާ، ބަހުރޭން އަދި ޔޫއޭއީ ފަދަ ގައުމުތަކުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލިތާ ފުރަތަމަ ފަސް ދުވަހު ވެސް ތުރުކީން ވަނީ ފަސް މިލިއަން ޓާކިޝް ލީރާގެ ތަކެތި ގަތަރަށް ފޮނުވައިފަ އެވެ. މުދާ އުފާލާފައި ވަނީ ޓާކިޝް އެއާލައިންސްގެ އޭ330 ގެ ކާގޯ މަތިންދާ ބޯޓު ފަހަރުގަ އެވެ. ކޮންމެ ބޯޓެއްގައި 65 ޓަނުގެ ކާނާ ގަތަރަށް ގެންދާ ކަމަށްވެ އެވެ.
ތުރުކީން ގަތަރަށް ފޮނުވި ފިނިކުރި ކުކުޅު ވެހިކަލަކުން ބާލަނީ.
ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ގަތަރު އެކަހެރި ނުކުރާނެ ކަމަށާއި އެ ގައުމަށް އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ސައުދީ އަރަބިއާ، ޔޫއޭއީ އަދި ބަހުރޭނުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ގަތަރު އެއާވޭސްގެ ބޯޓުތަކަށް ބަންދުކޮށްފަ އެވެ. އަދި ސައުދީ އަރަބިއާގެ އެއްގަމު ބޯޑަރު ވަނީ ގަތަރަށް ބަންދުކޮށްފަ އެވެ. ގަތަރަށް އިމްޕޯޓްކުރާ ކާނާގެ 40 ޕަސެންޓް އެތެރެ ކުރަނީ އެއްގަމު މަގުން ސައުދީންނެވެ.
ތުރުކީގެ އިތުރުން އީރާނުން ވެސް ވަނީ ގަތަރަށް ފަސް މަތިންދާ ބޯޓުގެ ކާބޯތަކެތި ފޮނުވައިފަ އެވެ. ކޮންމެ ބޯޓެއްގައި 90 ޓަނުގެ މުދާ ހިމެނެ އެވެ. މީގެ އިތުރުން އީރާނުން ވަނީ ކަނޑު މަގުން ގަތަރަށް ގެންދިއުމަށް ތިން ބޯޓަކަށް 350 ޓަނުގެ މުދާ ބަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔަހޫދީ
13 June 2017
ހޭލާށެވެ. ސައޫދިއާ ގަދަބާރުން މައްކާއާއި މަދީނާ އެމީހުންގެ ތަރިކައަކަށް ހަދައިގެން މުސްލިމުންގެ ޒައާމަތު ހޯދައިގެން އަދީންއަޑިން ކުރާ ނުބައިކަންތައް ގިނަގުނައެވެ. ދިވެހިންވެސް ދީނީގޮތުން ބައިބައިކުރީ ތިމީހުނެވެ. ޔަހޫދީންނަށް ލާބަހުރިހުރިހާ މަގުތަކެއް ކޮށަނީ ތި ޝާހީ އާއިލާއެވެ. ކޭމްޕްޑޭވިޑް މުއާހަދާ މިސުރުލައްވާ ކުރުވީވެސް ތި ޝާހީމީހުންނެވެ. ތި މީހުންނެވެއިސްލާމީ އުންމަތް ހަލާކުކުރަނީ ތިފިނޑި މީހުންނެވެ. ޓެރަރިސްޓުންޭ އެކިޔަނީ ފަލަސްޠީނު ގެ ހައްގުގައި ވާހަކަދައްކާ މީހުނަށެވެ. ފަލަސްޠީނު ގެ ރައްޔިތުން އަނިޔާވެރިގޮތުގައި ކަތިލަމުން މަރަމުން ފާޅުގައި ދުނިޔޭގެ އެންމެނާ ދެކޮޅުހަދަމުން ދާ އިޒްރޭލު ދެކޮޅުހަދާ އެންމެންނީ ޓެރަރިސްޓުންނެވެ.
ޮކޮށްބަލަ
13 June 2017
ތުރުކީން 15 މަތިންދާ ބޯޓުގެ ކާނާ ގަތަރަށް ފޮނުވިނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ. ގަތަރު ނޫޅެއޭ އަދި ކާބޯތަކެތި ނެތިގެން. ގަތަރަކީ އެއަށް ވުރެން ފުދޭ ގައުމެކެވެ. ތުރުކީ އިރާނުން ތިކުޅެނީ ގަތަރުގެ މައްސަލަ ހައްލު ކުރާ ރޯލެއް ނޫން ގަތަރުގެ މައްސަލަ ގޯސް ކުރާ އުސޫލެވެ. ގަތަރުގެ އަރިހުން ސައުދީ އެރެބިޔާ އެދެނީ އެމެން ޓެރެރިސްޓުންނަށް ދޭ ހިމާޔަތް މިހާރުން މިހާރަށް ހުއްޓާލަން. އޭގެ ތެރޭގައި ހަމާސް އަށް ދޭ އެހީތެރި ކަމާއި އަދި ހިޒްބުއްލާ އަށް ދޭ އެހީތެރި ކަމާއި އަދި މުސްލިމް ބްރަދަރ ހުޑް އަށް ދޭ އެހީތެރި ކަމާއި އަދި ލީބިޔާ ގައި ތިބި މަގޫ ދަނޑި ސަރުކާރު އަމިއްލަ އަށް ހަދައިގެން ލީބިޔާގައި މިހާރު އޮތް ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ދާ ޖަމާއަތް ތަކަށް ދޭ އެހީތެރިކަން ގަތަރުން ހުއްޓާލަން. އޭގެ ތެރޭގައި ފައިނޭންޝަލް އެސިސްޓެންސް އަދި އިންފްރާސްޓްރަކްޗަރ އެސިސްޓެންސް ހިމެނެއެވެ. ގަތަރުގައި ހުރި އެޖަމާއަތް ތަކުގެ ހެޑް އޮފީސް ތައް ވެސް ޖެހޭނީ ބަންދުކުރާށެވެ. މީންސް ހުރި ގޮތެއްގައި ޓެރެރިސްޓުން ދުނިޔެ އިން ނައްތާލެވޭނީ ސީދާ އަސްލު ކޯރ ޓެރެރިސްޓުންނަށް ފަންޑް ކުރާ ފަރާތް ތަކަށް އިގްތިސާދީ ގޮތުން ސިވިއަރ ސެންކްޝަންސް ތަކެއް އެޅިގެން ނެވެ. މިކަން ގަތަރުން ކުރުމުގައި ގަތަރުގެ ސަރުކާރަށް ހިތްވަރު ދީގެން ތުރުކީން ބަލަންވީ މިކަން ކުރެވޭތޯއެވެ. ކާއެއްޗިއްސެއް ނޫން ތުރުކީން ގަތަރަށް ފޮނުވަންވީ މީޑިއާ އިން ފަލަ ސުރުޚީ އެއް ހޯދަން.
ޢަހުަުމަދު މީމު
13 June 2017
ކަލޯ އަދި ތިއުޅެނީ ވާނުވާގަ ނޭގުމައްވުރެ ނުބައިކަމެއް ނޯންނާނެ
ދދ
12 June 2017
ކޮބައިތޯ ސޫރިޔާ ފަލަސްތީނު ޔަމަނުގެ ރައްޔިތުން އެތަކެއް ރައްޔިތުން ހާލުގައި!
އަލްއަޒްހަރު
13 June 2017
އެމީހުންނަށް އެހީވާ ޤަތަރު ޗެރިޓީތައް އެހެރީ ސައުދީން ޓެރަރިސްޓުންގެ ލިސްޓަށް އަރުވާފަ!!
ސައޫދީ
13 June 2017
މިޑްލް އީސްޓްގެ އެއްވެސް ގައުމަކުން ސީރިޔާގެ އެއްވެސް ރެފިއުޖީއެއް ގަބޫލު ނުކުރާނެކަމަށް މީގެ 2 އަހަރުކުރިން އިއުލާންކުރި އަދި އެއްވެސް ރެފިއުޖީއެއް އެގައުމުތަކަށްވައްދާފައެއްވެސް ނުވޭ، އެކަމަކު، ޓާރކީ އިން 2.5 މިލިޔަނަށްވުރެ ސީރިޔާ ރެފުޖީން ދިރިއުމަށްވަނީ އެގައުމަށް ވައްދާފަ، ޔޫކޭ އަކީ 2 ވަނަޔަށް އެންމެ ސީރިޔާ ރެފިއުޖީން ގިނަގައުމު، ގޫގުލްކޮށްލިޔަސް އެނގޭވަރު އެއްޗެއް
ބޮކުބާޑު
12 June 2017
ރިޒުގު ދެއްވަނީ ކީރިތިވަންތަ މާތް ﷲ ކަން މިރަސްގެފާނަށް ނޭގުނީތަ. ބަރާކަތް ތެރި ހުރަމަތްތެރިވެގެންވާ މަހެއްގަ މުސް އަޚުންނާ ގުޅުން ކަނޑާމިލީ ހަމަ ކަޑަކަމުން. މިފަދަ މީހެއްގެ އަތުގަ މިގައުމުގެ ރައީސް މިހިފަނީ. އެހެންތާ ވާނީ އެހެން މީހަކު ނެތްވިއްޔާ. 5 އަހަރު ހަމަވަނީ އެއްވެސް ޔޫރަޕުގެ ގައުމަކަށް ނުދެވި. ބައިނަލް އަގުވާމީ ބައްދަލު ވުމަކަށް ދައުވަތު ނުލިބި. އަދި ކިއެއްތަ، މިދައުރަކު އަވަށްޓެރި އިންޑިއާގެ ވެރިއަކު މިގައުމަކަށް އަދިއެއް ނާދެ. އަދިވެސް ކަޑާނެ ފޮނި.
f
12 June 2017
ރާއްޖެއިން މަތިން ބައިންޖެހިގަނެގެން ގަތަރުފަދަ މުސްލިމު ގައުމަކާ ގުޅުން ކަޑާލީތީ ހިތާމަކުރަން.
ނިންމާދީ
12 June 2017
ތުރުކީ އިން ގަތަރަށް ކާނާގެ އެހީ ފޮނުވުމުން އަދި އެއް މަގްސަދު ހާސިލް ނުވެއެވެ. ސަބަބަކީ އަދި އެއް ގަތަރުން ނޫޅޭ ބަނޑަށް ޖެހިގެން ދޯ. ފުރަތަމަ ކަމަކީ ތުރުކީ އިޓް ސެލްފް އެއީ ޓެރެރިސްޓުންގެ ޓާރގެޓަކަށް ވެފައިވާ ގައުމަކަށް ވާއިރު ޓެރެރިޒަމް ގެ އަމަލު ތައް އަރަބި ގައުމު ތަކުން ނައްތާލަން ކުރާ މަސައްކަތުގައި އެންމެން އެއްބާރު ލުން ދޭން ޖެހޭ ވަގުތުގައި ތުރުކީން ތިޔާ ކަންކަން ކުރަނީ އެއީ ސީދާ ޓެރެރިސްޓުންނަށް ހިތްވަރު ލިބިދޭ ގޮތަށޭ. ތުރުކީން ތިޔާ ފޮނުވާ ކާބޯތަކެތި ވެސް ގަތަރުގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ބަދަލުގައި ގަތަރުގެ އިންޓީރިއަރ މިނިސްޓްރީން ތިއެއްޗެހި ދޭނީ ހަމާސް ޖަމާއަތަށާއި އަދި ހިޒްބުއްލާ ޖަމާއަތަށް ކަމަށް މަމެންނަށް ވަރަށް ބޮޑަށް ޝައްކު ކުރެވެއޭ. ކަން މިހެން ހުުރުމުން ތުރުކީން ސައުދީން އެބުނާ ގޮތަށް ހަދައިގެން ގަތަރުން ޓެރެރިސްޓް ޖަމާއަތަށް ވާ އެހީތައް މީންސް ހުރި ގޮތެއްގައި ހުއްޓުވޭނެ ގޮތެއް އޮތް ތޯ ބަލަންވީ އެވެ. މަމެން ގަބޫލުކުރާ ގޮތުގައި ގަތަރުގެ ފޮރިންގް މިިނިސްޓަރު އަދި އިންޓީރިއަރ މިނިސްޓަރު ޖެހޭނެ މިހާރު އިސްތިއުފާ ދޭން. މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް. މިމަގުން މިކަން ހިނގަން ޖެހޭނެއެވެ. އެނިމުނީ އެވެ.
މުހައްމަދު
12 June 2017
އަޅެ ކޮންމެސް މީހަކު ބުނެބަލަ ހަމާސްއިން ކުރި ޓެރަރިޒަމްގެ އަމަލެއް.
ވަރައް ވާހަކަ.
12 June 2017
ނިންމާދީ! ވާނުވާ ނޭންގިގެން ނޫޅެބަލަ...
ހަމަހޭ
12 June 2017
ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރަކައް ވަރައް އަވަހައް ދައްކަންފެނޭ. ސިކުނޑީގެ ކޮންމެސްހިސާބަކުން ދުންއަރާފަހުރިކަމައް ލަފާކުރެވޭ.
މަމޮޅު ބެެއްޔާ
13 June 2017
ތިމާގެ ފެންވަރުގެ އަނގަތަޅުވާ
ދިސްވޭ
12 June 2017
ތުރުކީން 15 މަތިންދާ ބޯޓުގެ ކާނާ ގަތަރަށް ފޮނުވައިފިއެެވެ. އެއީ ރަނގަޅު ކަމެކެވެ. އެކަމަކު ތުރުކީ އަށް ކޮންމެ ދުވަހަކު ތިގޮތަށް ކާނާ ކިތައް އަހަރު ދުވަސް ވަންދެން ފޮނުވޭނެތޯ. ނުފޮނުވޭނެ ދޯ ހަފްތާ އެއް ހާ ދުވަހު ވެސް ހަފްތާ އެއް ވާއިރު ތުރުކީ އޮންނާނީ ބޭންކް ރަޕްޓް ވެފައި ދޯ. ކަން މިހެން ހުރުމުން ތުރުކީން ގަތަރަށް އެހީވުމަށް ވުރެން ރަނގަޅީ ތިގޮތަށް ގަތަރަށް އެހީ ނުވިއްޔާ އެވެ. ގަތަރުން ޓެެރެރިސްޓް ޖަމާއަތަށް ވަމުން ދާ އެހީތައް ހުއްޓާލާ ހަމާސް އޮފީހާއި ހިޒްބުއްލާ އޮފީހާއި އަދި މުސްލިމް ބްރަދަރހުޑް އޮފީސް ގަތަރުން ބަންދުކުރަން ތުރުކީ ވެސް ބާރު އަޅަންވީ. ކާނާ އެއް ނޫން ފޮނުވަންވީ ގަތަރަށް މީޑިއާ އިން ފަލަ ސުރުޚީ އެއް ހޯދުމަށް ޓަކައި.
ހާދަ މޮޅޭ
12 June 2017
... ގަތަރުން ކުރިން ސައުދީ އިން ގަންނަ ކާނާ މިހާރު ތުރުކީ އިން ގަންނަ ވާހަކަ އޭ އެބުނަނީ... ސައުދީ އަށް ދޯ މިހާރު އެ ލާރި ކޮޅުވެސް ގެއްލޭނީ... މަހަށް ދިޔަސް ތިޔަހެން ކޮމެންޓް ކޮށްލުމަށް އިނުމަށް ވުރެ މާ ލާރި ލިބޭނެ... މީ ލައްކަ ވާހަކަ...
ޝޭޚް
12 June 2017
އެއިން އެނގެނީ އެމެރިކާއާއި އެ ޓެރަރިސްޓް އޯގަނައިޒޭޝަނަށް ވަފާތެރިވާ ޤައުމުތަކާއި ގުޅުންކަނޑާލިޔަސް އަހަރުމެން ދިވެހިންކިޔާގޮތަށް ބަނޑަ ނުޖެހޭނެކަން. ރިޒުގު ދެއްވާނީ ﷲ އެމެރިކާއާއި ސައުދީ އެއްނޫން.
ވާންޗޯ
13 June 2017
ކީއްވެތަ ހުރިހާ މުސްލިމް ގައުމެއްގަ ތަޅާފޮޅަނީ... ވިސްނާ ފިކުރު ކުރޭ...