ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު: ސިއްހީ ފަރުވާ އިން އެމަނިކުފާނު މަހްރޫމްކޮށްފައިވާ ކަމަށް ބުނާ މައްސަލަ އދ އަށް ހުށަހަޅުއްވަން ޑރ. ޝަހީދު ވަނީ ނިންމަވާފައި. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
13 ޖޫން 2017 - 11:49
ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ މައްސަލަތަކުގައި ރާއްޖެ އިން ފަރުވާ ނުލިބުމުން، އެ މަނިކުފާނު އދ.ގެ ޑޮކްޓަރަކަށް ދެއްކެވުމަށް ނަމްބަރެއް ނަންގަވާފައިވާ ކަމަށް، ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބުގެ ސިއްހީ މައްސަލަ ހުށަހަޅުއްވާނީ، މަތީ ފެންވަރެއްގެ ސިއްހީ ފަރުވާ އެންމެންނަށް ހަމަހަމަ އަށް ލިބިދިނުން ކަށަވަރު ކުރުމަށް އދ. އިން ކަނޑައަޅާފައިވާ ހާއްސަ ރެޕަޓުއާ ޑެނިއަސް ޕޫރަސް އަށް ކަމަށެވެ. އަދީބު ސިއްހީ ފަރުވާ އިން މަހްރޫމްކޮށްފައިވާ މައްސަލަ އޭނާ އަށް ހުށަހަޅުއްވަން ނަމްބަރެއް ނަންގަވާފައި ވަނީ މާދަމާ އަށް ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.
Adheeb ge massala Doctor ah dhekkumah 14/6/17 ah numbereh nagaifin. Dhakkanee Dr Danius Puras-- UN SR on Right to Health ah @HindhaIsmail
— Ahmed Shaheed (@ahmedshaheed) June 12, 2017
އަދީބުގެ މައްސަލަ އދ. އަށް ހުށަހެޅުއްވުމާ ގުޅޭގޮތުން ޑރ. ޝަހީދު ކުރެއްވި ޓުވީޓް.
އަދީބުގެ ސިއްހީ ހާލުކޮޅާ ގުޅޭ ލިޔެކިޔުންތައް އާއިލާ އާއި ވަކީލުން މިހާރު ވަނީ ޑރ. ޝަހީދާ ހަވާލުކޮށްފަ އެވެ.
އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. މިކަމަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ ބޭސްފަރުވާ އަށް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިދޭން ވެސް އާއިލާ އިން ވަނީ އެދިފަ އެވެ.
އެކަމަކު އެކަން ކުރުމުގެ ޒިންމާއާ ހަވާލުވެފައި އޮތީ ކޮން ބައެއް ކަން ނުބުނެ، އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް ޖަހަމުން އަންނަ ކަމަށް ވަކީލުން ވިދާޅުވެ އެވެ. ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާ ކުރެއްވުމާއި ރައީސް ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންޑެހެލް
06 December 2017
އޭނަ އެކަންޔެންނޫން ސަރުކާރުދަވާލީ..މައްސަލަޔަކީ އޭނައެކަނި އެޒިއްމާބޮލުގެ އަޅުވާތީ...އެހެންމީހުންނަވެސް ހައްޤުއަދަބުދޭންޖެހޭ ޝަރީއަތްވެސްކުރަންޖެހޭ ދެއްތޯ!!! ކޮބާތޯ ޑޮލަރުބޮޑިފަހަތުންދުވި މެމްބަރުން....އަދީބުގެ ސަބަބުން ރާއްޖޭގެ ބައެއްޒުވާނުން މުއްސަދިވެ ރިސޯޓުއޯނަރުންނަވެ..ބައެއްމީހުން ބިކަވެސްބެއްޖެ!!!އަަސްލުއމރޝޕރީ އަތެއްނުވޭ!!!
ހިޔާލު
14 June 2017
އަދީބުވެސް ރަނަށް ބަދަލުވީ ދޯ..... ސަާބަހޭ ސިޔާސީވެރިން
ބޫ
14 June 2017
މިއީ އިއްޔެ އޭނާގެ އެންމެ ފުއްޓަތްކަކަށް ޤައުމުގެ ހުރިހާ މުއައްސަސާއެއް އެލާޓަށް އަންނަ ބާރުގަދަ ފަރާތެވެ. އެންމެ ފޯނުކޯލަކުން ބިޔަ ބޮޑެތި މައްސަލަތައް ފެންފޮދެއް ބޯލާހާ ފަސޭހައިން ޙައްލުކުރަމުންދިޔަ ވަރުގަދަ ފަރާތެވެ. މިއަދުގެ ޙާލު ދެކެބަލާށެވެ! މިއީ މިއަދު ބާރުގައި ތިބިމީހުންނަށްހުރި ޢިބުރަތެއް ކަމަށް ބަލައި ތިމާ އިޞްލާޙުވުމަށް ހުރިހާ ޒިންމާދާރުންނަށް ގޮވާލަން.
ސަލޫމް
14 June 2017
ދިވެހިންނަކީ ހާދަ އޯގާތެރި ބައެކޭ ދޯ. މަޢާފުކުރުމާއި އިހްސާންތެރިކަމުގައި ލާމަސީލު ނަމޫނާ ބައެއް.
އިނޫ
14 June 2017
ކިހާދެރަކަމެއް ސަރުކާރު ދަވާލާފަ ޖަރީމާ އިންތިހާއައް ހިންގާފަ ޒުވާނުނައް ދިރިއުޅުމުގެ ނުބައި މެސެޖުތަކެއް ދިން މީހަކު އަދިވެސް ފިލުވަންތަވީ އޭނަގެ ގެދޮރާ ހުރިހާމުދަލެއް ފުރަތަމަ ސަރުކާރައް ނަގާފަ އެޔައްފަހު އަދި ތިކަހަލަ ކަމަކާ ވިސްނަންވެސްވީ
މުހައްމަދު
14 June 2017
ތިމާގެ އެއްބަފާ ބޭބެ އަށް ރަހުމު ނުކުރާ މީހަކު އެހެން މީހަކަށް ރަހުމު ކުރާނެތަ؟
ްޤުއްޓޭ
14 June 2017
އަދީބު އަދި ޤައުމަށް ނުވަތަ ބަޔަކަށް ހަރާންކޯރު ވިޔަސް އޭނަގެ ބަލި ހާލަތު ހުރިގޮތުން އިންސާނިޔަތަށްޓަކައިވެސް އެނބަ ޖެހޭ އެސޮރުގެ ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ހަމަޖައްސައިދެވެން.
ކަމަނަމަނަ
14 June 2017
މަލާމާތް ކުރީ ދޯއެވެ؟
ގުންޑާ
14 June 2017
ކޮންމެފަދަ ކުށެއްކޮށްފަވާ މީހަކަށްވިޔަސް، ބަލިބަޔަށް ފަރުވާ ކުރެވެންޖެހޭނެ. ކުށަށް އަދަބު ޤާނޫނުލް އުޤޫބާތުގައި އޮންނާނެ. މިނޫންގޮތަކަށް ޢަމަލުކުރާނަމަ އެއީ ނުހައްގު އަނިޔާ. ތިމާއަށް އެފަދަކަމެއް މެދުވެރިވީމަ ހިތަށްއަރާނެ ސަހަރޯއޭ.
ސީނު
13 June 2017
ދެން އިންނަ ޚަބަރުގެ ސުރުޚީއަކަށް ވާނީ " މިހާރު މިއުޅެނީ ނަންބަރާ ނުޖެހިގެން..." ނުވަތަ "އަދީބު އިންނެވީ ޑޮކްޓަރުކޮޓަރި ކުރިމަތީ، ޑޮކްޓަރު ވަޑައިގެންނެވީ ބްރޭކަށް".....ބާ؟