ފުވައްމުލަކު: އެ ރަށުގައި މިރޭ ވަނީ އެކްސިޑެންޓެއް ހިނގާފައި.
17 ޖޫން 2017 - 00:12
ފުވައްމުލަކުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެެންޓެއްގައި ތިން މީހަކު ޒަހަމްވެ އެކަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10 ޖަހާކަން ހާއިރު މަގަކުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، އެ މަގުން އަނބުރައިލި އެހެން ސައިކަލެއްގައި ޖެހިގެން ތިން މީހަކު ޒަހަމްވި ކަމަށެވެ. އެންމެ ބޮޑަށް އަނިޔާވީ ބާރަށް ދުއްވާފައި ދިޔަ ސައިކަލުގެ ފަހަތުގައި އިން މީހާއަށް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާއަށް އައިސީޔޫއިން ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުުން ބުންޏެވެ.
ނަމަވެސް ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު ވިދާޅުވީ އެކްސިޑެންޓުގައި ޒަހަމްވެގެން ފަރުވާ ދެމުން ދަނީ ދެ މީހަކަށް ކަމަށެވެ. އެ ދެ މީހުންގެ ވެސް ޓެސްޓުތައް ހަދަމުން އަންނަ ކަމަށާއި ހާލާ ގުޅޭގޮތުން އަދި އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރުޒާދު ވިދާޅުވީ ފަރުވާ ދެމުން އަންނަ ދެ ފިރިހެނުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެތަނުން އެކެއްގެ ބޮލަށް އަނިޔާތައް ލިބިފައިވާ ކަމަށާއި އޮބްޒަވޭޝަނަށް މިރޭ އައިސީޔޫގައި ބާއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
"..ފަހަރެއްގައި އިމަޖެންސީކޮށް ސީޓީ ސްކޭން ހަދަން މާލެ ފޮނުވާލަން ޖެހިދާނެ،" ފަރުޒާދު ވިދާޅުވި އެވެ.
އައްޑޫގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
17 June 2017
ވަަރަށް ހިތްގައިމް ފޮޓޯއެއް.
ޞަނާ
17 June 2017
ޢިމަޖެންސީގައި ސީޓީ ސްކޭން އެއް ހަދަން މާލެ ފޮނުވާލަން ޖެހިދާނެއޭ. މިސަރުކާރުގެ ލަދު ހަޔާތް ކޮބާ؟
މަންތިރި ބުޑަށް ސައި
17 June 2017
އެއްވެސް މީހަކަށް ގެއްލުމެއް ލިބުމަކަށް ނޭދެން. އެހެންނަމަވެސް ބުނެވެން އޮތީ ތިއީ ދެން އާންމުކަމެކޭ. ތިކަހަލަ ކައްތައްތަކަކީ ވިސްނަދީގެން ނަސޭހަތްދީގެން ހޭލުންތެރި ކުރުވައިގެން އިލްމު ހޯދަދީގެން ހައްލު އަންނާނެ ކަންތައްތަކެއް ނޫން. ފަރުވާކުޑަވުމުގެ ސަބަބުން އެކްސިޑެންޓްތައް ހިނގާ މީހުންގެ ފުރާނަ ދާއިރުވެސް އެކަމުން އެއްޗެއް އެނގި އިބްރަތެއް ހާސިލްވާނެ ނަމަ މިއަދު ތިކަންތައް ތިހެނެއް ނުވީސް. އެމީހެއްގެ ފުރާނައާމެދު ނުވިސްނި ވިސްނުމެއް އަނެކާއަށް ނުވިސްނޭނެ. ކޮންމެމީހަކުވެސް އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން މަގުމައްޗަށް ނިކުންނަނަމަ ތިފަދަ ހިތާމަވެރި ހާދިސާތަކެއް ނުހިނގާނެ.
މެނޭޖަރު
17 June 2017
މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ދަޢުލަތުގެ ކޮންމެ މުޢައްޞަސާއެއްގައި މީޑިޔާ އޮފިޝަލެއް ހުރުން ލާޒިމް ކުރެއެވެ. މިފަދަ ހާދިޘާތަކުގެ މަޢުލޫމާތު ހޮސްޕިޓަލުގެ މެނޭޖަރު ދިނުމުން ދޭހަވަނީ ހޮސްޕިޓަލުގެ ހުރިހާ ކަމެއް މެނޭޖު ކުރަނީ މެނޭޖަރު ހެންނެވެ. ތިޔަ ހޮސްޕިޓަލުގައި މީޑިޔާ އޮފިޝަލެއް ހަމަ ނެތީހެއްޔެވެ؟ ނޫނީ ބޮޑޭވާން ވެގެން މީޑިޔާ އޮފިޝަލަށް އަންގާ ވެސް ނުލައި، އިންޓަވިއު ދިނީ ހެއްޔެވެ؟ ނުވަތަ ސިކުނޑީގައި 21 ވަނަ ޤަރުނުގެ ތެތްކަމެއް ނެތީހެއްޔެވެ؟
ސަޅި
17 June 2017
ޚަބަރެއް ނޫން ތިޔަ ފޮޓޯ ވަރަށް ސަޅި އިނގޭ...
ދޫނޑިގަމް ސިޓީ އައްޔާ
17 June 2017
މި ރަށް ސިޓީ އަކަށް ބަދަލު ކުރި ފަހުން އެކްސިޑެެންޓް ހިގަނީ
ރަށުމީހާ
17 June 2017
އިހަކަށްދުވަހު ސިޓީއަކަށް ބަދަލުކުރީ، މިއީ ދެރަކަމަކީ، މިހެންވެ ސިޓީއަކަށް ބަދަލު ކުރީ ނަމެއްގައޭ ބުނަން ޖެހެނީ. ބަލިމީހާ އަށް ވެފައި އޮތް ގޮތެއް ބަލަންވެސް މާލޭ ހޮސްޕިޓަލަށް މާލޭ ޑޮކްޓަރު ކައިރިއަށް، ބޭސް ނަގަން ޖެހުނަސް މާލޭ ބޭސްފިހާރައަށް. 9000 އަށްވުރެން ގިނަ މީހުން ދިރިއުޅޭ "ސިޓީ" އެއްގެ ވާހަކަ މިދައްކަނީ.
Maldives
17 June 2017
ހުރިހާވެސް މައްސަލައަކީ ފުލުހުން އަޅައެއްނުލާ ކިތަންމެ ބާރައްދުވިޔަސް.. މާލެގަވެސް ބައެއްމީހުން ދުއްވަނީ ހިތަށް އެރިގޮތަކަށް ވަރަށްނުރައްކާތެރިކޮށް... ޒުވާނުންވީމަ ވަރިހަމަ ދޯ.؟!
ޢަބްދުﷲނާފިޒު
17 June 2017
ސީޓީ ސްކޭނެއް ހަދަން ވެއްޖެއްޔާ މާލެއަށް ދެއްތޮ، ލިޓިލް ސިންގަޕޫރަށް ވީމަ ރަނގަޅުވާނެ، ކީއްކުރާނީ!
ފުވައް ސިޓީ
17 June 2017
ފުވައްމުލައް ސިޓީއިންދޭ ބޭސް ސިޓީވެސް ފޮނުވާ މާލެ ސިޓީއަށް ބޭސް ނަގަން.
ޢައިޝާ
17 June 2017
ބަލަ އެ ސިޓީއަކަށް ވިޔަސް އަދިވެސް ހުންނަނީ އަތޮޅު ހޮސްޕިޓަލެކޭ.އެހެންވީމާ ސީޓީ ސްކޭނެއް ނެހެދޭނެތާ.
ހަސަން
17 June 2017
ދެރަވަޑާމަކީ ޚަބަރު ކިޔާއިރު އެއީ ކޮންބައެއްކަން ނޭނގޭކަން. ނަމެއް އެޑްރެހެއް ނޯންނަކަން.
އޭޑީ
17 June 2017
ދެރަވަޑާމަކީ މީ ކޮންރަށެއްގެ ބަހެއް؟