އިއްސެ މަރާލާފައި އޮތް އައިސް ޕްލާންޓް ސަރަހައްދު ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވާއިރު އެތަނުގެ ބޭރުގައި އާންމުން ހަރަކާތްތެރިވަނީ --ފޮޓޯ/ކިޔުންތެރިއެއް
17 ޖޫން 2017 - 23:10
ހއ. އިހަވަންދޫ އައިސްޕްލާންޓު ހިންގާ އިމާރާތުގެ ތެރޭގައި މަރާލާފައި އޮއްވައި އިއްޔެ ފެނުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީން ގޮވައިގެން ރަށުގެ އެކި ސަރަހައްދުތައް ފުލުހުން ބަލަން ފަށައިފި އެވެ.
އައިސްޕްލާންޓްގައި މެކޭނިކެއްގެ ވަޒީފާގައި އުޅުނު އުމުރުން 54 އަހަރުގެ އިއްސެގެ މަރާ ގުޅިގެން އިއްޔެ ވަނީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން އިތުރު ހަތަރު ބިދޭސީއަކު ހައްޔަރުކުރި އެވެ.
އިހަވަންދޫ ކައުންސިލްގެ މެމްބަރަކު މިރޭ ވިދާޅުވި ގޮތުގައި ހައްޔަރުކޮށްފައި ތިބި ބިދޭސީން ގޮވައިގެން ފުލުހުން އަންނަނީ ރަށުގެ ބަނދަރު މައްޗާއި އެހެން ސަރަހައްދުތައް ބަލަމުންނެވެ. ލަފާކުރެވޭ ގޮތުގައި، އެއީ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށެވެ.
"ފަހަރަކު މީހަކު ގޮވައިގެން ގޮސް އެކި ތަންތަން ބަލައި ހަދަނީ،" ކައުންސިލަރު ވިދާޅުވި އެވެ.
މަރުގެ ބައެއް ތަހުގީގުތަކުގައި، ތުހުމަތު ކުރެވޭ މީހުން ގޮވައިގެން ގޮސް ފުލުހުން ސުވާލުކޮށް، ތަންތަން ބަލައި ހަދަ އެވެ.
ފުލުހުންނާއި ކައުންސިލުން ބުނިގޮތުގައި އިއްސެ މަރާލާފައި ވަނީ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. ހަށިގަނޑުގައި ހުރި ޒަހަމްތައް ގިނަކަމުން، އޭނާ ހިނަވަން ވެސް ވަރަށް ގިނަ ވަގުތު ނެގި ކަަމަށް ވެ އެވެ.
އައިސް ޕްލާންޓު ހިންގުމާ ވެސް ހަވާލުވެ ހުރި އިއްސެ ޒަހަމްތަކާ އެކު މަރާލާފައި އޮއްވައި ފެނުނީ ފުލުހުން ގޮސް ދޮރު ހަލާކުކޮށްލައިގެން ވަދެ އޭނާ ހޯދަމުން ދަނިކޮށެވެ. ޅ. ހިންނަވަރަށް އުފަން އިއްސެ ފެނުނީ އައިސް ޕްލާންޓް ތެރޭގައި ސިމެންތިން ހަދާފައި ހުރި ހަނި ބައެއްގެ ތެރެއިންނެވެ.
އޭނާ މަރާލި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އިހަވަންދޫން ވާހަކަ ދެއްކި ގިނަ މީހުން ބުނާގޮތުގައި ތުހުމަތުކުރެވޭ ބިދޭސީންނާއި އިއްސެއާ ދެމެދު އެއްވެސް މައްސަލައެއް އުޅޭ ކަމެއް އެނގިފައެއް ނުވެ އެވެ.
އެ ރަށުގެ ބައެއް މީހުން ލަފާ ކުރަނީ، އިއްސެ މަރާލުމުގެ ފަހަތުގައި ފައިސާއާ ގުޅޭ ކަމެއް އޮވެދާނެ ކަމަށެވެ. އެކަމަކު މި ވާހަކަތަކަށް ބާރު ލިބޭ ހެއްކެއް ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.
އިއްސެގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ބަންގްލަދޭޝް މީހާ މީގެ ތިން ދުވަސް ކުރިން ފިލި ކަމަށް ވެ އެވެ. އެ މީހާ ހޯދަން އިއްސެ އާއި އޭނާގެ ގާތް މީހުން މަސައްކަތް ކުރި ނަމަވެސް ނުފެނުމުން އެ މީހުން ނިންމައިގެން ތިބީ އޭނާ ފިލައިގެން ދިއްދު އަށް ދިޔައީ ކަމަށެވެ.
އެކަމަކުު ރޭ އެ މީހާ ޑިންގީއެއްގައި އިހަވަންދޫން ފުރައިގެން ހޯރަފުށްޓަށް ދިޔަކަން އެނގުމާ އެކު، އިއްސެގެ މަރުގެ ފަހަތުގައި އޭނާގެ އަތެއް ވާ ކަމަށް އިހަވަންދޫ މީހުންނަށް ޝައްކު ކުރެވުނީ އެވެ.
އިހަވަންދޫން ވާހަކަ ދެއްކި މީހަކު ބުނީ ފިލައިގެން ދިޔަ ބިދޭސީމީހާއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް އިއްސެ އޭނާގެ ރަހުމަތްތެރިއެއްގެ ގާތު ކުރިން ބުނެފައިވާ ކަމަށެވެ. ބިދޭސީމީހާ ފިލީ ބޮޑު މުސާރައެއް ހޯދަން އެހެން ތަނަކަށް ބަދަލުވުމުގެ ބޭނުމުގައި ކަމަށް އިއްސެ ގަބޫލުކުރި ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ
18 June 2017
ތަފާތަކީ ބިދޭންސީން ލައްވައި ބޮޑެތި މަސައްކަތްތައް ނަގައިގެން ކުރުވައި ދާދިއަވަހަށް ރަށްރަށުގެ ޒުވާނުން މުއްސަނދިންނަށް ވެގެން ދިއުން. އެހެންކަމަށްވާނަމަ ދުވަހަކުވެސް ގަވާއިދާ ޚިލާފަށް އުޅެމުންދާ ބަޔަކު ނުފެންނާނެ. އަދި އެކަން ބަލާބަޔަކަށް މިދެންނެވި ޒުވާނުންގެ ހިތްހަމަނުޖެހުމުގެ އަޑުތައް އުފުލާނެކަން.
ތައްކާނު
18 June 2017
އެދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ބުނާއިރު އެކަކު އަނެކަކު މަރާލުމުގައި ބައިވެރިވާކަމަށް ވަރަށް ބޮޑަށް އެބަތުހުމަތުކުރެވޭ... ކޮންމެވެސް ގޯހެއް އެދެމީހުންގެ މެދުގައި ހިގާފައި އޮވެދާނެ... ދެބީރައްޓެހިން އެއްތަނެއްގައި ނިދާއިރު އެހެންކަހަލަ ގާތްގުޅުމެއް ކޮންމެވެސް އެކަކު ހިންގަން އުޅުމުން ވީކަމަކަށްވެސް ވެދާނެނޫންތޯ... ރަގަޅަށް ތަހުގީގު ކުރުމަށް ދަންނަވަން... މިކަހަލަ ނޫނަސް ކިތަންމެ ކަމެއް އެމަރުގެ ފަހަތުގައި އޮވެދާނެކަމަށް ލަފާކުރެވޭ... އެހެން ހުރެލާފައި މީހަކު މަރައެއްނުލާނެތާ....
ފްރެންޑް
18 June 2017
އިއްސެގެ އިއްސެގެ އާއިލީ މަޢުލޫމާތެއް ނެތްތަ..މިބުނީ އަނބިދަރިން ތިބިނަމަ ހާދަ ބޮޑު ދެރައެކޭ
ހަ
18 June 2017
މިފްކޯގެ ލޭބަރުން ނައްވެސް ބަންގާޅީން، އަދި ނުވީތާކައް ރައްރަށުގަ މިފްކޯއިން ފެކްޓުރީ ހަދާފަ ނުކެރޭ ސެކިއުރިޓީ ގާޑެއްވެސް ބަހައްޓާކަ، ގައިމު މި ނުގަވައިދުން އުޅޭ ބަނަގާޅީންގެ ކިބައިން ކޮންމެވެސް ކަހަލަ ރައްކާތެރިކަމެއް އޭރުން ލިބުނީސްތާ. ވަޒީފާ ތަކައް ގެންނަ އަދި ނުގަވައިދުން އުޅޭ މިބަންގާޅީން ނައް މިގައުމުގަ ވިޔަފާރި ކުރުމުގެ ހުއްދަވެސް ދީފަތަ އޮންނަނީ. ޑިވެއްސަކު ގޮސް ލަންކާ އިންޑިޔާ ބަންގާޅުގަ ވިޔަފާރި ކޮއްލަބަލަ، އޭރުން އެތާ ޖަލުގަ އޮންނާނީ.
ކޮބާތޭ
18 June 2017
ރަށްރަށުގެ ކައުންސިލު ތަކުގައި 3 މީހުން 6 މީހުން ތިބޭ އިރު ވެސް އެމެންނަށް ނުބެލެއޭ އެމެންގެ ރަށުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެއްގޮތަކަށް ވެސް. ރާއްޖެތެރޭގެ ރަށްރަށުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިންތިހާ އަށް ގިނައީ ހަމަ ރާއްޖެތެރޭގައެވެ. ދެން އެމެން މަސައްކަތް ކުރަނީ އަލަށް ހަދަމުން ދާ ރިސޯރޓް ތަކުގައެވެ. ކަން މިހެން ހުރުމުން މިކަން ރަނގަޅު ކުރުމަށް ޓަކައި ސަރުކާރުން ކުރަނީ ކޮން ކަމެއް ތޯ އިމިގްރޭޝަން އިން ކުރަނީ ކޮން ކަމެއްތޯ އެއީ މަމެން ސާފު ކޮށްލަން ބޭނުންވާ ކަމެކެވެ. ބަންގާޅުން މީހުން ގެނައުން ހުއްޓާލާ ވަކި ބަޔަކަށް އެފުރސަތު ދޭ ގޮތަށް ކަންކަން ރޭވިފައި އޮތަސް އަދި މިކަމަށް ހައްލެއް ނާންނާނެއެވެ. މިހާރު އިމިގްރޭޝަން އިން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފުރުވާލާ އަދަދެއް ވެސް ނޭގެއެވެ. އަދި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށްގެން އެމެން ފުރުވަން އެއްވެސް މަސައްކަތެއް ކުރާ ތަނެއް ފެނިގެން ނުދެއެވެ. މިކަމުގައި އިމިގްރޭޝަން އިން ކުރަނީ ކޮން ކަމެއްތޯ އަދި ޕޮލިހުން ކުރަނީ ކޮން ކަމެއްތޯ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ތައް ހޯދާ އެމެން ހިފާ ހައްޔަރުކޮށް އެމެން ފޮނުވާލުމަށް ޓަކައި.
GAN Island
18 June 2017
ދިވެހި ދައުލަތުގެ ޤާނޫނު ތަކާއި ހިލާފަށް ރާއްޖޭޣެ އިމިޤްރޭޝަން ޤާނޫނު މުގުރާލާފައި ދިވެހި ރާއްޖޭގައި ތިބި ބިދޭސީން ހިފާ ހައްޔަރު ކުރުމުގައި ދިވެހި ފުލުހުން ނުކުޅެދުންތެރިވެފައިވަނީ ކީއްވެ ؟؟ . .. . . އިމިޤްރޭޝަން ޤާނޫނު ތަންފީޒު ކުރުމުގައި އެ މުއައްސަސާ ނުކުޅެދުންތެރި ވުމަކީ ނުވަތަ އެތަނުގައި ހިޔާނާތުގެ ފަސާދައަށް މަގުފަހިވާ ކަންތައްތަކެއް ހުރުމުގެ ސަބަބުން އިމިޤްރޭޝަން ޤާނޫނު ތަންފީޒު ކުރުމުގައި އިހްމާލު ތަކެއް ހުރުމަކީ ދިވެހި ފުލުހުންނާއި ޑިފެންސް ފޯހުން މިކަމުގެ ތެރެއަށް ނުވަންނާން ޖެހެ ސަބަބެއްނޫން. . . . ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ނުދަނީސް އަދި މިފަދަ ބިދޭސީންނާއި ދިވެހިން ކުރިމަތި ލުމަކަށް ނުދަނީސް ''މިއީ ޤައުމީ ސަލާމަތަށް ނުރައްކޭ ވެދާފަދަ ކަމެއް'' ކަން ޤަބޫލުކޮށް ދިވެހި ފުލުހުންނާއި ސިފައިން މިމައްސަލަ ހައްލު ކުރުމަށް ނިކުންނާން ޖެހޭ. . . . . އެގޮތުން ޤައުމީ ދިފާއީ ބާރުން އިމިޤްރޭޝަން ޤާނޫނަށް ބަދަލު ތަކެއް ގެނެސް ޔޯރަޕް އިއްތިހާދާއި އިޤިރޭސިވިލާތް އެމަރިކާ އާއި ޖަޕާން ރަޝިއާ ކެނަޑާ ގެ އިތުރުން ސާކް ގެ ޤައުމު ތަކުން އިންޑިޔާ އާއި ސްރީލަންކާ ގެ ފަތުރުވެރިން ފިޔަވާ އެހެން ޤައުމު ތަކުގެ މީހުންނަށް (ޙާއްސަކޮށް އިންޑިޔާ ނޭޕާލް ޕާކިސްތާން ޕިލިޕިންސް) މީހުންނަށް ރާއްޖެ އާދެވޭނީ އެޑްވާންސް ކޮށް ވީސާ ނަގައި 2 ކޮޅު ޓިކެޓް އަދި ހޮޓާ ބުކިންގ ހައްދައިގެން ކަމަށް ހަމަޖައްސާން ޖެހޭ. . . . ކަމުގެ އެންމެ ނުރައްކާތެރި ހާލަތަށް ދިއުމުން މައްސަލަ ހައްލު ކުރުމަކީ ''އަހަރުމެން ފަދަ ބަޔަކަށް ކުރެވޭނެ ކަމެއްނޫން'' ކަން ދަނެގެން މިވަގުތު މައްސަލަ ހައްލު ކުރާން ފަށަންވީ.
ލައްކަ ވާހަކަ
18 June 2017
އެންމެ ފުރަތަމަ ހައްޔަރު ކުރަންވީ ތިމީހުން ގެނައި ސުޕޮންސަރުން. އެމީހުން ގެނެސް ޕާސްޕޯޓު އަތުލާފަ އެމީހުން ގިނަ ކުރި ބަޔަކު.
އަޝްފާގް
18 June 2017
ބައްލަވާ ބޭފުޅާ މިކަން ހައްލުކުރަން މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި ފުލުހުންތޯ! ފުލުހުންނާ ސިފައިންނަށްވުރެ ބޮޑު މުސާރަ ދީފަ އިމިގްރޭޝަންގަ ސީދާ މިކަމަށް ހާއްސަ ޔުނިޓެއް އުފައްދާފަ އޮންނަކަން ދެނެހުރީމުތަ! އެމީހުން ވަޒީފާގެ ޒިންމާ އަދާކުރޭތޯ! ނުކުރޭ! އެހެންނަމަ މާ ކައިރިން ފެންނަން ހުރި ކަމެއް ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލަޔަކީ! އެތަންވެސް އެޔޮތީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނުން ފުރި ބާރުވެފަ.
ސިއްތިއިބުރާހިމު
18 June 2017
ރާއްޖޭގެ ރިސޯޓުތަކުގަ ސެކިޔުތިޓީންގެ ގޮތުގަ ތިބީހުސް ނޭޕާލު މީހުން ކޮބާތޯ ފުލުހުންގެ ޒިންމާ ސަރުކާރު ދިފާއުކުރަން ދެތިން އޯނަރުން ތިބީމަ ހަމަ މިކަންވެސް އެންމެރަނގަޅު
ޢަލީ
18 June 2017
ތިކަމަކީ އިމިގްރޭޝަނުން ބަލަހައްޓަ އަދި ބަލަހައްޓަން ޖެހޭ ކަންކަން
ސަނދުވާ
17 June 2017
ދިވެހިރާއްޖޭގައި ބަންގާޅީންގެ މައްސަލަ ބެލޭނެތޯ. ޤާނޫނާޚިލާފަށް މަހަކު 4 ލައްކަ ރުފިޔާލިބޭ ބިދހޭސީންގެ ވިޔަފާރިވެސް ފުލުހުންނަކަށް ނުހުއްޓުވޭ. ޓްރޭޑް ހުއްދަ، ފްޑް އެންޑް ޑްރަގް އޮތޯރިޓީ ހުއްދަނެތް، މީރާ ރަޖިސްޓަރީ ނެތް. މީހުން މަރަނީ، ދެޖިންސްގެ ކުޑަކުދިންނަށް ގޯނާކުރަނީ. ޥިސާއެއްނެތި އޯޕަންކޮށް އުޅެވޭ. މިއީ ދިވެހިން ހިތާމަކުރަނޖެހޭ ކަމެއް. ޢެކަމަކު ފުލުހުންނަކަށް ނުހުއްޓުވޭ. ޤައުމު ހިފާ ނިންމަނީ. ރައްޔިތުންވެސް ހެވިފައި.
ނަސިންޓޭ
18 June 2017
ވޯރާ ވިޔަފާރިވެރިން ދިވެހި ގައުމަށް އަތްގަދަކޮށް 100 އަހަރު ވަންދެން އުޅުނު. މި ބަންގާޅި މީހުން ވެސް ހުރިހާ ކަމަކަށް އަތްގަދަ ކުރަމުން ގޮސް އެންމެ ފަހުން ހުރިހާ ކުށްތަކަކަށް އަރައިގަންނަނީ މީހުން މަރަނީ، ޑްރަގްސް ކަންތައް އެހާ ބޮޑު. ކުޑަކުދިންނާ އަންހެނުން ރޭޕް ކުރަނީ. މިއީ ވިސްނަންވެއްޖެ ކަމެއް. މިޢީ ގައުމަށް ޖެހެމުން އަންނަ ބޮޑު ވަބާއެއް. ނުރައްކަލެއް. ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅު އަޅަންޖެހޭ
ހާލަތު
18 June 2017
ފުލުހުން ކިތަންމެ ވަރަކަށް އެމީހުން ގައުމަށް ފޮނުވާލަން މަސައްކަތްކުރިއަސް ދާ ފްލައިޓް ނޫން ޖެހިގެން އަންނަ ފްލައިޓުން އެތެރެ ވެވެންޏާ ހާއްލު ނުފެންނާނެ. ބޯޑަރު ބެލެހެއްޓުމުގެ ޒިންމާ ނަންގަވާ ވެރިންނަށް ލިބޭ "ހަދިޔާ" ގަބޫލު ކުރާހާ ހިނދަކު އެކަމެއް ނުވާނެ. ހަމަ މިއާއެކުވެސް ފުލުހުންގެ ތަހުގީގުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭކަން ގަބޫލު ކުރަން
ސޯލްޖާ
17 June 2017
ބަލަ... ދިވެހި ފުލުހުންނަކީ ތަންތަން ފުރޮޅާ ބަލަން ނިކަން ކުޅަދާނަ ބައެކޭ.... އެމީހުން ޑރ. އަފްރާޝީމްގެ މަރާ ގުޅިގެންވެސް ނުފޮރޮޅާ އެންމެ ގާ ކޮޅެއްވެސް ނެތެއް ނޫންތޯ... އިތުބާރު ގެއްލޭފަދަ ކަންތައްތައް ކުރާތީވެ މަލާމާތްވެސް ރައްދުވަނީ.... އިޙްލާސްތެރިވޭ...
ތިމަންނަ
18 June 2017
ތެޔޮކޮޅެއް ޖަހާލަ ބަލާ ، މިހާރު ހީވަނީ މާބޮޑަށް ދަބަރު ޖެހީހެން