ފްލައިމީގެ ބޯޓެއް ގަން އެއާޕޯޓްގައި: އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ފަށަން އަންނަނީ ތައްޔާރުވަމުން.
19 ޖޫން 2017 - 11:42
ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް އައްޑު އާއި ފުވައްމުލަކަށް ފެށުން ލަސްވަނީ އެ އެއާލައިނަށް އަދިވެސް ތައްޔާރީތައް ނުވެވޭތީ ކަމަށް މިއަދު ބުނެފި އެވެ.
މި މަހުގެ 15 ގައި އައްޑޫ، ފުވައްމުލަކުގެ ދަތުރުތައް ފެށޭތޯ ބަލަމުން އަންނަ ކަމަށް ވިލާ އެއާ އިން ކުރިން އޮތީ ބުނެފަ އެވެ. ނަމަވެސް އެ އެއާލައިނުން މިއަދު ބުނީ ތައްޔާރީތައް ވެވުނުހާ އަވަހަކަށް، ދަތުރުތައް ފަށާނެ ދުވަސް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.
ފްލައިމީގެ ޑިސްޓްރިބިއުޝަން މެނޭޖަރު އާދަމް ފައިނާން ވަހީދު ވިދާޅުވީ މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަށް ދަތުރުތައް ފެށޭތޯ އެވެ.
"އެހެންވީމާ ހުރިހާ ކަމެއް ހަމަޖެހުނުހާ އަވަހަކަށް ރަސްމީކޮށް އަޅުގަނޑުމެން ދަތުރުތައް ރޭވިފައިވާ ގޮތް އިއުލާން ކުރާނަން. މި ވަގުތު ސީދާ [ދަތުރުތައް ފަށާނެ] ޑޭޓެއް ދަންނަވަން ދަތި،" އޭނާ ވިދާޅުވި އެވެ.
"އެކަހަލަ އެއްވެސް އިންޑިކޭޝަނެއް އައިސްފައެއް ނެތް. އެހެންވީމަ މަސައްކަތް ހަމަ ކުރިއަށް އެބަދޭ ހުއްޓުމެއް ނެތި،"
ފްލައިމީގެ ދަތުރުތައް އައްޑު އާއި ފުވައްމުލަކަށް ކުރުމުގެ ހުއްދަ ސަރުކާރުން ނުދިން ކަމަށް ބުނެ މިހާރު ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ފައިނާން ވިދާޅުވީ އެފަދަ އެއްވެސް އިޝާރާތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ދީފައި ނެތް ކަމަށެވެ.
"އެކަހަލަ އެއްވެސް އިންޑިކޭޝަނެއް އައިސްފައެއް ނެތް. އެހެންވީމަ [ދަތުރުތައް ފެށުމުގެ] މަސައްކަތް ހަމަ ކުރިއަށް އެބަދޭ ހުއްޓުމެއް ނެތި،" އޭނާ ވިދާޅުވި އެވެ.
ގާސިމް އިބްރާހީމްގެ ވިލާ އެއާއިން އޮޕަރޭޓް ކުރާ ފްލައިމީގެ ދަތުރުތައް ކުރިން ވެސް އައްޑު އާއި ފުވައްމުލަކަށް ބޭއްވި އެވެ. އެކަމަކު 2013 ގައި ފެށި ދަތުރުތައް ވަނީ 2015 ގައި ހުއްޓާލައިފަ އެވެ.
ފްލައިމީން ދަތުރުތައް ފެށުމުން، ޚިދުމަތުގެ އަގަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އޭރު އައިކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑި ފެރޭތަ
19 June 2017
ޢަފުން މިތީބީ ފުރަންނަ ތަންމަތި ބެދެގެން. ޢަވަސަ ކެރައު
ހުސޭނުބެ
19 June 2017
ތިހުންދަވެސް ލިބޭނީ ނުވަތަ ތިކަން ކުރެވޭ ވަރު ވާނީ އީދު ބަންދަށް މޯލްޑިވިއަންއިން ހުރިހާ ޓިކެޓެއް ބޮޑު އަގުގަ ވިއްކާ ނިންމާލެވުނީމާހެން ހީވަނީ!! ކޮންމެވެސް އުކުޅެއް ތިކަމުގައި އުޅޭނެ!! ތީތި ފަށައިފިއްޔާ ރައްޔިތުންނަށް ލުޔެއްވެދާނެ އެއްނު!! އެހެންވީމަ މޭކަރާ ބަޔަކު ލަސްކުރަން އުޅޭނެ!! ނުވަތަ ތިކަން ވިޔަ ނުދޭން އުޅޭނެ!!
އޮތޯރިޓީ
19 June 2017
ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ދޭންޖެހޭ ހުއްދަ އަވަހަށް ދިނުމަށް ގޮވާލަން. އަފުން މިތީބީ މޯލްޑިވިއަން އެން ޖާގަ ނިލިބީގެން މިއޮއްފަދަ އީދެއި ރަށަހަ ގިއެންނެން ގޮތަށް ނޭތީ.
ފޮޅުވަތް
19 June 2017
ކޮން ބައެއްގެ ފަރާތުންތޯ ތައްޔާރީތައް ލަސްވަނީ؟
ބޮޑު ދޮގު
19 June 2017
ހަބަރު ލިބިފަ ވަނީ ސަރުކާެރުން ހުއްދަނުދީގެން އުޅެނީހެން. އައިލެންޑް އޭވިއޭޝަންއަށް އީދު ޗުއްޓީގައި ރައްޔިތުން އަތުން ބޮޑު އަގު ނަގަން ފުރުސަތު ދިނުމަށްފަހު އަދި އީދުގެ ބާރު ކެނޑުނީމަ ހުއްދަދިނުމާމެދު ވިސްނާނީވެސް. ދެން ވިލާއިން އެކަން ހާމަ ނުކުރިޔަސް މިކަން އަޅުގަނޑުމެންނަށް އިނގޭ.
ަސސސ
19 June 2017
ޢީދު ޗުއްޓީ އަށް ފަށާބަލް