އަބްދުﷲ ޖާބިރު. އޭނާގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ވެސް ކުރަމުން. -- ފައިލް ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
21 ޖޫން 2017 - 14:53
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ސަރުކާރުން ކެންސަލްކޮށްފި އެވެ.
ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޖާބިރުގެ ޕާސްޕޯޓު ކެންސަލް ކުރިކަން އެނގިވަޑައިގަތީ އޭނާ އިޓަލީގައި ހުންނެވުމަށް ފަހު، ރޭގެ ވަގުތެއްގައި އިނގިރޭސި ވިލާތަށް ވަޑައިގަންނަވަން އުޅުއްވުމުންނެވެ.
"ޖާބިރު އެންމެ ފަހުން ބައްދަލުވި މީހުންގެ ފަރާތުން އެނގުނު ގޮތުގައި އިޓަލީގައި ހުންނެވުމަށް ފަހު އިނގިރޭސި ވިލާތަށް ވަޑައިގަންނަވަން އުޅުމުން ބޯޑަރު ކައިރިން އަންގާފައި ވަނީ ޕާސްޕޯޓު ކެންސަލް ކޮށްފައިވާކަން،" ދިޔާނާ ވިދާޅުވި އެވެ.
ޖާބިރާއެކު ދިޔާނާ އިނގިރޭސިވިލާތަށް ވަޑައެއް ނުގަންނަވަ އެވެ.
ޖާބިރު މިވަގުތު ހުންނެވީ އިނގިރޭސި ވިލާތުގެ ގެޓްވިކް އެއާޕޯޓުގަ އެވެ. ނަމަވެސް މިކަމާ ގުޅިގެން އިމިގްރޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ޖާބިރުގެ ޕާސްޕޯޓު ކެންސަލް ކުރަން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރަނީ ޖާބިރުގެ ކޮން މައްސަލައެއް ކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފަހަކަށް އައިސް ޖާބިރު ގެންދަވަނީ ރައީސް އަބްދުﷲ ޔާމީނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.
ޖާބިރު ހޯދަމުން އަންނައިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ކުރާ ކަންކަމަށް އޭނާ ޚަރަދު ކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެކަމަކު އެ ވާހަކަތައް ޖާބިރު ދޮގުކުރައްވަ އެވެ.
ޔޮޓް ޓުއާޒްގެ ދަށުގައި ކުރިން އޮތް އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ އެކައުންޓްތައް މީރާ އިން ފްރީޒްކޮށްފައިވާއިރު، ޖާބިރު އަތުން 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީރާ އިން ވަނީ ދައުވާކޮށްފަ އެވެ.
ޖާބިރުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ މިނިސްޓަރު އަދި އެމްޑީޕީ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމާއި އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް އަދި ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކުރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އިމިގްރޭޝަނުން އާންމު ގޮތެއްގައި ޕާސްޕޯޓް ކެންސަލް ކުރަނީ ރާއްޖޭގެ ޝަރުއީ އިދާރާތަކަށާއި ތަހުގީގީ އިދާރާތަކުން ބަލާ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގިނަ ހުރަސްތަކެއް ދިމާވަމުންދާ ކަމަށް ބުނެ އެވެ.
ޕާސްޕޯޓު ކެންސަލް ކުރި މީހުން، ރާއްޖެ އައުމަށް ބޭނުންވެގެން ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެ އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓްތައް ހަދައިދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯކޭޑް
22 June 2017
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކޮށްފިއެވެ. ދެން ކޮބާތޭ މައްސަލަ އަކީ. އެއްވެސް މައްސަލަ އެއް ނެތެއް ނޫންތޭ. ސަރުކާރަށް ފެނުނީމާ ކެންސަލް ކުރާނެއެވެ. ދެން ތިބި ބަޔެއްގެ ވެސް ކެންސަލް ކުރަން ސަރުކާރަށް ފެނިއްޖެނަމަ ކެންސަލް ކުުރާނެެއެވެ.
އޮފިދް
22 June 2017
ޕާސްޕޯޓާ ފަޅުޜައްތަކާ ތަންތަނަކީ ޕޮލިހުންގެ ތަރިކަ މުދާތަ؟
ލޮލް
22 June 2017
އާން!
ވެލިމޫނު
22 June 2017
އަބްލާހި ޖާބިރު، ހެންވޭރު ތިމާވެށި.
ސަލީމް
22 June 2017
40 އަހަރު
އޮޑިހަނު
22 June 2017
އަޅުގަނޑު ހަނު
ލޮލް
22 June 2017
ދެން މަށާ ވާހަކަ ނުދައްކާތި!
އިބޫ
22 June 2017
ޖާބިރު ކިޔަކސް އެބޭފުޅާ ބިރެއްނުގަންނާނެ، ކޮންމެސް ގޮތެއް ހޯދައިގެން ބޯ ދަމައިގަންނާނެ...
ްޤުއްޓޭ
22 June 2017
ޖާބިރަކީ މިހާތަނަށް ރާއްޖޭގެ ރައްޔިތުން ދުށް އެންމެ ކުޅަދާނަ މުއްސަދި ފައިސާ ވެރިޔާ. ތިހެން ކެންސަލް ކުރާ ޕާސްޕޯޓަކުން އެ ސޮރުގެ ހިތައް ނާރާނެ ސަހަރޯއޭވެސް. ތި ކަހަލަ ކިތަންމެ ޕާސްޕޯޓެއް އެ ސޮރު ހޯދާނެ.
ފެންނާނެއޭ
22 June 2017
އެނގިދާނެތާ. މައްޗަށް މަސް ދުވަސް ވާއިރު ރޮއި ހޭރިގަންނަ ތަން ފެނިގެން ދާނީދޯ.
މެންޓަލިސްޓް
21 June 2017
ޕޮލިސްއަށް ވަރަށް ސަލާމް ،،، ބޭރުގައި ހުރިމީޙެއްގެ ޕާސްޕޯޓްކެންސަލްކުރީމައި ތިޔަބަލަންއުޅޭ މައްސަލަބެލޭތޯ ؟؟ ކޮބައިތޯ ކުރީން އިންޓަރޕޯލްރެޑްނޯޓިސްނެރުނުމީޙުން ،،، އެމީޙުން ރާޢްޖެގެނެވިއްޖެތޯ ؟ އެމީހުންގެ ޕާސްޕޯޓްކެންސަލްކުރިއަސް އެމީޙުން މާލެގެނެވޭތޯ ؟ ޕާސްޕޯޓްކެންސަލްކޮއްފައެއްނޫންތޯ އޮތީ އަންނިގެވެސް ،،، ނަމަވެސް އޭނާވެސް ދާނެގައުމަކަސް ގޮސްގޮސް ދޫންޏެއްހެން އުދުހިފައެއްނޫންތޯ އެއުޅެނީ ،،، ވީމާ ޕާސްޕޯޓްކެންސަލް ކުރުމަކުން ތިޔަބަލަން އުޅޭމައްަސަލައެއްވެސް ނުބެލޭނެ ،،، އެކަކުވެސް ރާއްޖެއެއްވެސް ނުގެނެވޭނެ ،،، ،ހަގީގަތުގައި ދަތްނެތް ސަރުކާރަކުން ކުރެވޭނެ މާކަބޮޑުކަމެށްނޯންނާނެ ،، ވަރަށްވެދުން
ބޮޑު މޮހު ރ ހަސަނުބެ
21 June 2017
ޖާބިރު އަރިހުގައި އުޅޭ ވަރަށް ގިނަ އިން ވާހަކަ ވިދާޅުވާ ބޭފުޅެއް؟ އެބޭ ފުޅާ ވެސް ލަފާދީ ފައި އޮތީ ވާހަކައެކީ ޔާމިނު ޕާސްޕޯޓް ކެންސަލް ނުކުރާނެ ކަމަށް
އުމަރު
21 June 2017
އިމިގްރޭޝަނުގެ ޤާނޫނަށް އެއްވެސް އިތުބާރެއްނެއް، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށްވެސް އެއްވެސް އިތުބާރެއްނެއް، ދިވެހި ފަރުދެއްގެ ޕާސްޕޯޓް ކެންސަލް ނުކުރެވޭނެ އޭނާ ރާއްޖެއަށް ނައައިކަމުގައިވިޔަސް، އެއީ ކޮންމެ ދިވެއްސަކަށް އައިޑީކާޑަކާއި ޕާސްޕޯޓެއް ހަދައިދީފައި އޮތުމަކީ ދިވެހި ސަރުކާރަށް ވާޖިބްކަމެއް ލާޒިމްކަމެއް އަދި އެއްވެސް ޤާނޫނަކުން ދިވެއްސެއްގެ ޕާސްޕޯޓް މުއްދަތު ހަމަނުވަނީސް ކެންސަލް ނުކުރެވޭނެ އަދި އޭނާ ދަތުރުކުރުމުގެ ތެރޭގައި އުޅެނިކޮށް އަމުދުން އެކަންކޮށްގެންނުވާނެ އޭގެ ސަބަބުން އޭނާއަށް އެއްވެސް ކުށަކާއި ނުލައި ކޯޓުގެ ހުކުމަކާއި ނުލައި އެދެވެނީ ޤާނޫނު އަސާސީއާއި ހިލާފަތް އަދަބް، އަދި އޭނާގެ އާއިލާއަށައި ތުއްތު ކުދިންނަށް މިކަމުގެ ގެއްލުންފޯރާނެކަން ކަށަވަރު، އެހެންކަމުން އޭނާ ބޭރު ޤައުމެއްގައި ވިޔަފާރީގެ ދަތުރެއްގައި އުޅުއްވަނިކޮށް މިފަދަ ދަށުދަރަޖައިގެ ކަމެއް ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ނުވަތަ ސަރުކާރުން ކުރުމަކީ ވަރަށް ފިނޑި އަމަލެއް އަދި ދިވެއްސެއްގެ ހައިސިއްޔަތުން ލަތުވެތިވެ ވަރަށް ހަރުކަށި އިބާރާތުން މިއަދުގެ ސަރުކާރު އަޅުގަނޑު ކުއްވެރިކުރަން
ޢަބްދުﷲނާފިޒު
21 June 2017
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖާބިރު ގެންދަވަނީ ރައީސް އަބްދުﷲ ޔާމީނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެހެންވީމަ އޭނާގެ ޕާސްޕޯރޓް ކެންސަލްކުރަން އެންގެވީއެވެ.
އަލީ
21 June 2017
ޕާސްފޯޓާ ހަދާ އަޅައިގެނެގެންއުޅޭ ސަރުކާރެކޭދޯމީ..!