މިދިޔަ އަހަރުގެ ފިތުރު އީދު ނަމާދަށް ފަހު ރައީސް ޔާމީން ކުޑަކުއްޖަކާ އީދު ސަލާމް ކުރައްވައި ދުވަހުގެ ތަހުނިޔާ ވިދާޅުވަނީ.---މިހާރު ފައިލް ފޮޓޯ
21 ޖޫން 2017 - 16:53
ކުރިއަށް އޮތް ފިތުރު އީދު ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ދަރުބާރުގޭގައި ބާއްވާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.
އީދު ސަލާމް ކުރެއްވުން ކުރިއަށް ގެންދަވަން ނިންމަވާފައި ވަނީ އީދު ދުވަހުގެ ހެނދުނު 9-10 އަށެވެ.
ރައީސް އޮފީހުން ބުނީ އީދު ސަލާމް ކުރެއްވުމުގައި ބައިވެރިވުމަށް ދިވެހި އެންމެހައި ރައްޔިތުންނާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ބޭރުގެ އިއްޒަތްތެރިންނާއި މަންދޫބުންނަށް ރައީސް ޔާމީންގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށެވެ. އަދި އީދު ސަލާމް ކުރެއްވުމުގައި އާއިލާތަކާ އެކު ވީހާ ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރި ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"...ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ޢީދު ސަލާން ކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތްޕުޅުން އެދިވަޑައިގަންނަވަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސައިންބޭ އަށްޑޫ
25 June 2017
ކަލޯގަޔާ ގަދަ. ތިޔާއުޅުއްވަނީ ބޮޑު ލަދަކާ ބެދެން. ގޭގަ ބާއްވާ 5މިނަޓަށް ހެދިނަމަ މީހުުުުން ބައިވަަރަށް ތިބިކަން ދައްކާލެވުނީސް. މެއި ނެެެެެެެެެެެެހީ ޖާރަހާހޫން ތޫ ޕަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައްކާ ގުންޑޭހޯ.
ލައްކަ ވާހަކަ
22 June 2017
އަހަރެންގެ ރަށުގެ ޕޕމ ގެ އެންމެ އިސް އެއް އެކްޓިވިސްޓުގެ ދަރި ކިޔަވަިގެން އައިސް ސަރުކާރުގެ ވަޒީފާއަކަށް ނުދާން އެހުންނަނީ ސަރުކާރުގެ އިވެންޓުތަކާއި ޖަލްސާތަކަށް ދާން މަޖުބޫރުކުރާތީވެ.
ކުޅުދުއްފުށި އެއާޕޯޓު ޓަވަރުން ވިދާޅުވަނީ
22 June 2017
ނުދާނަން ވޯޓުދެވުނީތީ ހިތާމަކުރަން
GAN Island
22 June 2017
ރައްޔިތުންގެ ދުވަސް ވަރަށް ކާރިވެއްޖެ. ތިޔަތަނަށް ގޮސް ފައިގަ ބޮސްދެނީ ކޮންބައެއްކަން އަހަރުމެންނަށް ވަރަސް ރީއްޗަށް ފެންނާނެ. . . . . ބައިވެރިންނާއި އެކުވެރިން ފެނިފައިނުވަކީ ރައްޔިތުންނަށް ބާރުލިބޭ ދުވަހަކު ފިޔަވަޅު އަޅާން މުހިންމު ކަމެއް.
ހެހޭ
22 June 2017
މިތަނަށް ގިނައިން ދާނީ ޑަބަލްސައިޑެޑް ޓޭޕް. ހާލަތު ނިޔާކުރާގޮތުން އެހެންގޮތެއް ނެތް މަޖްބޫރުމީސްމީހުން. ހެޔޮހިތުން 100 މީހުންވެސް ދާނެހެން ހީއެއްނުވޭ.
ޙަތތ
22 June 2017
ނުދާނަމެވެ
ރަށުމީހާ
22 June 2017
ސިޓީއުރަ ހޯދަން ދާ މިހެން އެކަނި މިތަންތަންށް ގޮސް އުޅެނީ
ކޮމެންޓު
21 June 2017
އަބަދުވެސް ހަމަ މިޖެހެނީ ތުއްދޮންބެ ކޮޕީކުރައްވަން ދެއްތޯއެވެ؟ ކޮންމެ ކަމެއްގައިވެސް އެބޭބެ މިހުންނަނީ މާކުރީގައެވެ.
ފާތުމަ
21 June 2017
ސަލާމްކުރަން ދާނީ ވަޒީފާގެ ބިރަށް ދާމީހުން އެކަނި
މަނިކުފާނު
21 June 2017
ރައީސްގެ ދެކަބަލުން ދިރިއުޅުން ދަރުބާރުގެއަށް ބަދަލުކުރައްވާ، ރައީސް އޮފީހާއި މުޅިއާގެ ރައްޔިތުންނާއި ހަވާލުކޮށްދެއްވާ.