ޝަލަބީގެ ދެވަނަ މަދަހަ ސީޑީ އުއްތަމަފަނޑިޔާރު ނެރެދެއްވަނީ.
22 ޖޫން 2017 - 09:46
މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި ލަވަ ކިޔުންތެރިޔާ ޝަލަބީ އިބްރާހީމް އޭނާގެ ދެވަނަ މަދަހަ ސީޑީ "ހިދާއީ ނޫރު 2" އިއްޔެ ނެރެފި އެވެ.
އިއްޔެ ހަވީރު ބޭއްވި ހަފުލާއެއްގައި އެ ސީޑީ ނެރެދެއްވީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދެވެ.
"ހިދާއީ ނޫރު 2" ގައި ޝަލަބީގެ އަޑުން ކިޔާފައިވާ ހަތް މަދަހަ އެވެ. މަދަހަތަކުގެ ރާގު ހަދާފައި ވަނީ ވެސް ޝަލަބީ އެވެ.
ސީޑީގައި ހިމެނޭ ހަތް މަދަހައިގެ ތެރެއިން އެންމެ މަދަހައެއް ފިޔަވައި ހުރިހާ މަދަހައެއްގެ ޅެންތައް ހަދާފައި ވަނީ އާދަމް ނަސީރު އިބްރާހީމެވެ. އަނެއް މަދަހަ ހަދާފައި ވަނީ ނަސްމާ އަބްދުލް މުހްސިނެވެ.
މި ހުރިހާ މަދަހަތަކެއް ރިކޯޑްކޮށްފައި ވަނީ ހައުސް އޮފް މިއުޒިކްގެ އެހީތެރިކަމާ އެކުގަ އެވެ. މިއިން އެއްވެސް މަދަހައެއްގައި މިއުޒިކަލް އިސްޓްރޫމަންޓެއް ބޭނުމެއް ނުކޮށް، ހިމަނާފައި ވަނީ ޝަލަބީގެ އަޑު އެކަންޏެވެ.
މި މަދަހަ ސީޑީ އާންމުންނަށް ހިލޭ ބަހާ އިރު، މި މަދަހަތައް ސައުންޑް ކުލައުޑުން ވެސް މިހާރު އަޑު އަހައި ލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ވިސާމު
10 August 2017
ވަރަށް ފުރިހަމަައެވެ އަދި ބާވިރު މަދަހަ ބޭނުންވޭއެވެ. ސަލަބީއަށް ހިވަރެއް
ޒުލޭ
22 June 2017
ސާބާހޭ ދަރިއާ ސަލަބީ، ތިއީ ގައުމަށް ބޭނުންވާ ކަހަލަ ދަރިން
އަލީ
22 June 2017
ތިސީޑީ ގަންނާނެ މީހުންވެސް ތިބޭނެ! އެކަމަކު މަނުގަންނާނައް!
މޫސަ
22 June 2017
މިސީޑީ ލިބެންހުރީ ކޮންތާކުތަ މަދަހަސީޑީގެ މަދަހަތައްވަރަށްރީއްޗެވެ.