އަބްދުﷲ ޖާބިރު
22 ޖޫން 2017 - 12:14
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ސަރުކާރުން ކެންސަލްކޮށްފައި ވަނިކޮށް އިނގިރޭސި ވިލާތަށް ވަނުމުގެ ހުއްދަ އެ ގައުމުން ދީފި އެވެ.
ޖާބިރުގެ ޕާސްޕޯޓު ކެންސަލް ކުރިކަން އެނގުނީ އޭނާ އިޓަލީގައި ހުންނެވުމަށް ފަހު، މިދިޔަ އަންގާރަ ދުވަހު އިނގިރޭސި ވިލާތަށް ވަޑައިގެން އެއާޕޯޓް ކައުންޓަރަށް ޕާސްޕޯޓް ދެއްވުމުންނެވެ.
ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު "މިހާރު" އަށް ވިދާޅުވީ ޖާބިރަށް ލަންޑަނަށް ވެންނެވޭ ގޮތްވީ 15 ގަޑިއިރެއް ހާއިރު ގެޓްވިކް އެއާޕޯޓުގައި ހުންނެވި ފަހުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާސްޕޯޓު ކެންސަލް ކުރަން ޖެހޭ ސަބަބެއް ނެތެވެ. އެގޮތަށް ސަރުކާރުން ކަންތައް ކުރީ ޖާބިރަށް ފިއްތުންތައް ކުރިމަތި ކުރަން ކަމަށް ވެސް ވިދާޅުވި އެވެ.
"ޔޫކޭ އަށް ވަނުމުގެ ހުއްދައަށް ރަސްމީކޮށް އެދުނީމަ ހުއްދަ ވަނީ ދީފައި،" ދިޔާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ޖާބިރުގެ މައްޗަށް ކުރަނީ އިދިކޮޅު ފަރާތްތަކަށް އެހީތެރިވާކަމުގެ ތުހުމަތެވެ. އެކަމަކު ތުހުމަތުކުރެވޭ ކަމެއް އޮވެއްޖެ ނަމަ، ޖާބިރަށް އެކަން އަންގަން ޖެހޭނެ ކަމަށާއި މިހާތަނަށް އައިއިރު، އެފަދަ ކަމެއް އަންގާފައި ނެތް ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތަކަށް މަދަދުވެރިވާތީ ޖާބިރުގެ ކުށަކީ. އެއީތާ އެންމެންގެ ކުށަކީ މިހާރު. ކުށްތަކަށް ތުހުމަތު ކުރެވޭނެނަމަ، އުސޫލުތަކެއް ހުންނާނެ. އެކަމަކު އެގޮތަށް އަމަލެއް ނުކުރޭ،" ދިޔާނާ ވިދާޅުވި އެވެ.
ދިޔާނާ ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމަނިކުފާނު ކަންކަން ކުރައްވަނީ އޭރަކު ހިތަށްއެރުއްވި ގޮތަކަށެވެ. ދުރާލާ ލިޔެފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ރައީސް ޔާމީން މަސައްކަތް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރަށް އެނގޭނެ ވަރަށް ރަނގަޅަށް ޖާބިރު ދިރިއުޅުއްވަނީ ސްރީ ލަންކާގައި ކަން. ބައެއް މެމްބަރުންނަށް އެނގޭނެ އުޅުއްވާ ގެ ވެސް. ކޮލަމްބޯގައި އުޅުއްވާތާ ތިން އަހަރު ވަނީ މިހާރު،" ދިޔާނާ ވިދާޅުވި އެވެ.
ފުލުހުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ޖާބިރު ހޯދަމުން އަންނައިރު، އެއީ ކޮން މައްސަލައެއް ކަން ފުލުހުން ހާމައެއް ނުކުރެ އެވެ.
ފަހަކަށް އައިސް ޖާބިރު ގެންދަވަނީ ރައީސް ޔާމީނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަށް އޭނާ ޚަރަދު ކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެކަމަކު އެ ވާހަކަތައް ޖާބިރު ދޮގުކުރައްވަ އެވެ.
ޔޮޓް ޓުއާޒްގެ ދަށުގައި ކުރިން އޮތް އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ އެކައުންޓްތައް މީރާ އިން ފްރީޒްކޮށްފައިވާއިރު، ޖާބިރު އަތުން 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީރާ އިން ވަނީ ދައުވާ ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
322
24 June 2017
ހޫ ކެއާސް؟
އަލިމަނިކު
23 June 2017
45 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އޮވެ އެނުދައްކާ ފިލައިގެން ކޮލަމްބޯއާއި ސްރިލަނކާ ގައި އުޅެމުން މިބުނަނީ މީހުންއޮޅުވާލަން ތިމަންނާ އިދިކޮޅު ފަރާތްތަކަށް ޚަރަދު ކުރާތީޔޯ ޕާސްޕޯޓް ކެންސަލް ކުރީ. ތިޔަހެން ވާހަކަދައްކަވާއިރު އަހަރުމެން ކަންމަތީ ކަޑަ ހިނަގާއިރު މީރާއަށް ދައްކަން އޮންނަ 500 ރުފިޔާ ނުދައްކައިގެން ކޯޓަށް ހާޒިރުކޮށް ޕާސްޕޯޓު އެބަ ހިފަހައްޓާ. އެވެސް އަހަރެން އިދިކޮޅު ފަރާތްތަކަށް ޚަރަދު ކުރާތީ ދޯ؟ ދައުލަތަށް އެއްމެ ބައިރުފިޔާއެއް ދައްކަން އޮވެ ނުދައްކާ ނަމަ އެއްމެންގެގެވެސް ޕާސްޕޯޓް ހިފަހައްޓާ އަޅަން ހުންނަ ފިޔަވަޅު އަޅާނެ. ޖާބިރަށް އެއުޅެނީ އޮޅިގެން.
އަލިބެގެ އައްޔު
24 June 2017
ޕާސްޕޯޓް ހިފެހެއްޓީ ފައިސާގެ މައްސަލައެއްގަ ނޫން. ސިޔާސީ މައްސަލައެއްގައި. މިހާރުވެސް ޖާބިރު ދަރުބާރު ޖަމާއަތަށް ބައިއަތު ހިފައިފިނަމަ ތިބުނާ ފައިސާގެ ވާހަކަ މުޅިން ބަދަލުވާނެ. އެފައިސާ އަކީ މީރާއިން ޖާބިރަށް ދައްކަންޖެހޭ ފައިސާއެއް ކަމަށްވެދާނެ. ބަލަ އަލިމަނިކާ. ބޯތިޔަހުރީ ފުނައިއަޅަން އެކަނިތަ.
އަލިފުތު
23 June 2017
ކޮންމެ ގޮތެއްވިޔަސް މިސަރުކާރަކީ ކުރާ ތާއީދަކުން ކިޔާ ސަނާއަކުން އެމީހަކު ސަރުކާރަށް ދައްކަންޖެހޭ ދަރަންޏެއް މާފުކޮށްދޭނެ އަދި ކުށުގެ ވެށިން ސަލާމަތްކޮށްދޭނެ ސަރުކާރެއްނޫން. ވާހައަކުން ރައްޔިތުންނަށް އޮޅުވާލެވޭ ވަރަށްވުރެ މާހަރުދަނާ ސަރުކާރެއް.. އަދި ފާރުބުޑުގައި އިދެ ހަޅޭލެވުމުން ވެއްޓޭކަހަލަ ސަރުކާރަކަށް ނުވާތީ ބޭނުންގޮތެއް ނެހެދި އެކަމުގެ ކަންބޮޑުވުންތައް ވެސް އޮތީ؟
ްޤުއްޓޭ
23 June 2017
މި ސަރުކާރުގެ ކަންތައްތައް މި ވަރުންދަންޏާ ދިވެހިރާއްޖޭގައި ދިރިއުލޭ ހުރިހާ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރު ކުރުމަށްޓަކައި ގެންގުލެން ޖެހޭނީ ކޮންމެވެސް ބޭރު ޤައުމެއްގެ ޕާސްޕޯޓެއް. މި ޤައުމުގާ ދިވެހިންގެ ގޮތުގައި ތިއްބަވާނީ ސައުދީގެ ރައްޔިތުން ނާއި މި ސަރުކާރުގެ ވަޒީރުން ނާއި އަދި އެމްޕީ ތައް.
މަޑަ
24 June 2017
ގުއްޓޭ އަހަރެމެންނަށް ރަނގަޅު، ޔަހޫދީންނާއި ބުޑިސްޓުންނާއި ފާރީސީންނާއި ނަޞާރައިންނަށް ވަރެ ގިނައިން، މިގައުމުގެ މަގުތަކުގައި ހިނގާބިނގާ އުޅެން، އަހަރެމެން ބޭނުންވަނީ އަހަރެމެންގެ މުސްލިމު އަޙުންނާއި އުޚުތުން އެއީ ސައުދީގެ މުސްލިމަކަސްބިޔަސް،.......... އަހަރެމެންގެ ފަރުވާލެއްނެތް!
ބޮޑު މޮހަ ރ ހަސަނުބެ
23 June 2017
އޮނަރަބަލް ޖާބިރަށް މަރުޙަބާ!
ވިލިނގިލީ މުހައްމަދު
23 June 2017
ގަބުޅި ބޯކިބާއަށް ބުނެލަން އޮތީ މީކީ ދައުލަތަށް ދައްކަންޖެހޭ ފައިސާ އެއް އޮވެގެނެއް ނޫނޭ މިއުޅެނީކީއެއް. މީ ސިޔާސީ ކަމެއް. ހުރިހާ ރަށްޔިތުންނަށްވެސް އިނގޭކަމެއްމީ. ޥ ސަލާމް
ގަބުޅި ބޯކިބާ
22 June 2017
ވިލިގިލި މުހައްމަދައް ބުނެލަންއޮތީ ދައުލަތައް ދައްކަންޖެހޭ ފައިސާއަކީ ރައްޔިތުންނަށް ދޭންޖެހޭ ރައްޔިތުންގެ ހަށްގުކަން ދެނެހުރިންތަ
ކާށި
23 June 2017
ރައްޔިތުނަައް ލިބުނީ ކޮންައިރަކު؟
ސަމަންދުރު
22 June 2017
މަހުޖަނު ޖާބިރޭ! މުއައްޒިފުންނަށް މުސާރައެއްނުދެވޭ. ދައުލަތަށް ދައްކަންޖެހޭ ޓެކްހެއް ނުދެއްކޭ. އަދިވެސް ކިޔަންވީ މަހުޖަނެކޭ! ދެން ދަރަނިވެރިންނޭ ކިޔަނީ ކޮންބަޔަކަށްތަ؟
ކޮލަމާފުށި ރަށްތިތުން
22 June 2017
ޖާބިރުމެން ޔޫކޭ އެއްނޫން ސައުދީން ހިފެހެއްޓިޔަސް ސަލާމަތްވާނެ އެއީ ޖާބިރުމެން އަތުގަ ފައިސާ އެބަހުއްޓޭމިއަދު. ދެން ފެންނާނީ ޔޫކޭ ޕާސްޕޯޓްގައި ރާއްޖެއައިސްއުޅޭތަން.
މިކަލެސްއަހަނެމިތޮއު އަހަންނެގެ ޖާބިރުބެ އާއެކު.
22 June 2017
ޖާބިރު އާ ކުޅެން ހާދާފިއްޔާ ތިޔަ ކުޅެވެނީ މުޅި ހުވަދު އަތޮޅުގެ ރަށްޔިތުންނާކަން ހަދުމަކޮށްދެން، ޖާބިރަކީ މުޅި ދެކޮނުގެ ރަށްޔިތުންގެ ލޯބި ލިބިފައިވާ ދީލަތި ވިޔަފާރިވެރިއެކަން ހަދުމަކޮށްދެން.