ހިތަދޫ ހޮސްޕިޓަލް: އެކްސިޑެންޓްވި ދެ ޒުވާނަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުން.
22 ޖޫން 2017 - 23:03
އައްޑޫ ހިތަދޫގައި މިއަދު އިރު އޮއްސުނު އިރު ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު، އެ ދެ މީހުން އިތުރު ފަރުވާ އަށް މާލެ ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
ހިތދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 22 އަހަރާއި 18 އަހަރުގެ ޒުވާނަކަށެވެ.
އެޗްއާރްއެޗްގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ ދެ މީހުންގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވާ އިރު، އޭގެ ތެރެއިން އެކެއްގެ ހާލު ތަންކޮޅެއް ސީރިއަސް ކަމަށެވެ.
"ދެ ކުދިންގެ ހެޑް އިންޖަރީތައް ހުރީ. އައިސީޔޫގައި ފަރުވާ ދެމުން މި އަންނަނީ." އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް އަވަހަކަށް ފަރުވާ އަށް އެ ދެ މީހުން މާލެ ފުރުވައިލެވޭތޯ އެވެ.
"މޯލްޑިވިއަނުން ޖާގައެއް ލިބުނުހާ އަވަހަކަށް ފުރުވާލާނެ،" އޭނާ ވިދާޅުވި އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ސައިކަލާއި ޕިކަޕް އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެ ސައިކަލް ޕިކަޕްގައި ޖެހިގެންނެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު މަރަދޫފޭދޫގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި ޒުވާނަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައި ސްޕީޑް
23 June 2017
އަނެއްހެން އާކަމެއް ނޫން ދޯ ބްރޯ؟؟ ތި ދެމީހުންވެސް ސައިކަލް ބާރަށް ދުއްވީކީ ސީދާ އެކްސިޑެންޓެއް ކުރާކަށް ނޫނެންނު ދޯ؟! އަނެއްކާ އެއްވެސް މީހަކު ތިދެމީހުން ކައިރީ ނުބުނެއެންނު ބާރަށް ނުދުއްވާށެކޭވެސް.
ބަކުރު އެންޑް ޒުބޭރް
23 June 2017
ބޯހަލާކު.........