މިދިޔަ އަހަރުގެ ފިތުރު އީދުދުވަހު ރައީސް ޔާމީން އީދު ސަލާމް ކުރައްވަނީ: މި އަހަރުގެ ފިތުރު އީދު އެމަނިކުފާނުގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މިއަދު ހެނދުނު 9-10 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދަވާނެ.---މިހާރު ފައިލް ފޮޓޯ
25 ޖޫން 2017 - 00:23
އީދު ދުވަހަކީ އަޅުގަނޑުމެންގެ ތެރެއިން އެހީތައް ބޭނުންވާ މީހުންގެ މަތިން ހަނދާންކޮށް، އެ މީހުންނަށް އެ މީހަކަށް ވެވުނު ވަރަކުން އެހީތެރިވާންވީ ދުވަސް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވީ، އީދު ދުވަހަކީ ޝުކުރު ކުރުމާއި އުފާ ފާޅުކުރުމުގެ ދުވަސް ކަމަށެވެ. އަދި ހިތްހެޔޮކުރުމުގެ ދުވަސް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަކު އަނެކަކާ ބައްދަލުކޮށް، ސަލާމް ކުރުމުގެ ދުވަހެވެ. ހަމަ އެފަދައިން ޢީދު ދުވަހަކީ، ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ ތެރެއިން އެހީތައް ބޭނުންވާ މީހުންގެ މަތީން ހަނދާންކޮށް، އެމީހުންނަށް އެމީހަކަށް ވެވުނުވަރަކުން އެހީތެރިވާންވީ ދުވަހެވެ. ޢާއިލީ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް ޒިޔާރަތްކޮށް ރައްޓެހިން ރަޙުމަތްތެރިންނާ ބައްދަލުކޮށް އިސްލާމީ އަޚުވަންތަކަން އާލާކޮށް، އެކަކު އަނެކަކަށް ހެޔޮއެދުމުގެ ޝުޢޫރުތައް ފައުޅުކޮށް އުޅޭންވީ ދުވަހެވެ،" ރައީސްގެ ހިތާބުގައި ވެ އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އީދު ދުވަސް ފަދަ މުނާސަބަތުތަކަކީ، އިސްލާމީ އަގީދާ ހަރުދަނާކޮށް، ގައުމުގައި ވަހުދަތުގެ ބިންގާ ހަރުދަނާކުރުމަށް އިތުރު އަޒުމުތައް ވެސް އާކުރުމަށް ވަރަށް ވެސް އެކަށީގެންވާ މުނާސަބަތެކެވެ.
ރައީސްގެ އީދުގެ ހިތާބުގައި ވަނީ ދިވެހި އެންމެހައި ރައްޔިތުންނަށް ދުވަހުގެ ތަހުނިއްޔާ ދަންނަވައިފަ އެވެ. އަދި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށާއި ބައިނަލްއަގުވާމީ އިސްލާމީ ޖަމާއަތްތަކާއި ޖަމިއްޔާތަކުގެ ވެރިންނާއި އެ ތަންތާނގެ ބައިވެރިންނަށް ވެސް އެމަނިކުފާނު އީދުގެ ތަހުނިއްޔާ ދެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޓަސް
25 June 2017
އެހީ ތެރި ވުމަކީ ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ހަމަ ހަމަ ކަމާ އެކު އެހީތެރިވުން ކޮބާތޯ ޓާޓާ ފުލެޓުތަށް.މިވެސް ރަައީސް ގެ އެހީ ބޭނުން ވެފާ ވާ ކަމެއް..
އެބެ
25 June 2017
އީދު ދުވަހަކީ ބަހާ އަމަލާ ދިމާ ކުރުވަން ވީ ދުވަސް
އަލްޖިބްރާ
25 June 2017
އެހެންވެގެން ދޮތަ ؟ 500ރުފިޔާ ބަހަނީ ؟
ކޮލަމާފުށި
25 June 2017
ހެހެ..އަސްލުވެސް...
ބިސްބެ
25 June 2017
އަޒުމު ކަޑައަޅަންވީ އަނިޔާވެރި ނުވުމަށާއި ހިޔާނާތް ތެި ނުވުމަށެވެ.
ހިނިއަންނަނީ
25 June 2017
ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނަމަވެސް ތިވާހަކަ ހިތާއި ރޫހުން ގަބޫލުކުރާ މީހުން މިރާއްޖޭގައި ވަރަށް މަދު. މިއީ ރަސްކަމުގެ ޒަމާނެއްނޫން ރަސްގެފާނު އެއްއަތުން ރާފުޅި ހިފައިގެން ހުރެ ކަލޭމެން ރާ ނުބޯށޭ ބުނީމަ ރައްޔިތުން އެކަން ގަބޫލުކުރަން. ކޮންމެހެން އީދު ދުވަހަކުނޫން އެހީތެރިވެ އަޅާލާން ޖެހެނީކީ. އިހަށް ދުވަހު މަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫނުގެ ބޮޑުދައިތަ ނިޔާވެގެން ރޮއެފަ އާދޭސްކުރީ. އެދުވަހުވި އެހީތެރިކަމާ އިހުސާންތެރިކަމަކީ ކޮބާ؟ މިހެންގޮސް ލައްކަ ވާހަކަ އެބަހުރި ދައްކަން. އީދު މުބާރިކު.
ޢާ
25 June 2017
ބަހާ އަމަލާ ދިމާނުވާ ބޭފުޅެއް ދޯމީ.
MDP މީހެއް
25 June 2017
އަދީބުގެ ބަލި ހާލަތަށް އެހީތެރި އަތެއް ފޯރުވައި ދިނުމަކީ ވެސް އީދު ދުވަހު ކުރެވިދާނެ ކަމެއް!!
ބެމްބޫ
25 June 2017
އަދީބަށް ބޭސްފަރުވާދީ. އޭނާޔަށްވެސް ދޭންޖެހޭނީ ރާއްޖޭގެ ރައްޔިޔުންނަށް ލިބެން ހުންނަ ފަރުވާ . އެފަރުވާ ރާއްޖޭގެ ހޮސްޕިޓަލްތަކުން ލިބޭނެ.
ފުނޯސް
25 June 2017
ކޮންމެހެން ކުރަންޖެހޭ ކަމެއް.
ޑޯން
25 June 2017
އެހީތެރިކަން އަމަލުން ދައްކާފަ ތިވާހަކަ ދައްކާ ބުރޯ...
ސޯލްޖާ
25 June 2017
މި ލިޔުން ކިޔުއްވި ބޭފުޅުންގެ % 100 ރުޅިވެރިކަމުންވެސް ދޭހަވޭ ދެއްތޯ ޤަޢުމެއްގެ ރައީސުލް ޖުމްހޫރިއްޔާއަށް އޮތް މަތިވެރި ތާޢީދު..... ލައްކަ ވާހަކަ... ޢީދު މުބާރިކް.
ޥަސަންތި
25 June 2017
ޢެހެންވިއްޔާ ހެޔޮނުވާނެ އަދީބައްއަވަހައް ބޭސްފަރުވާދީ، ހިތްހެޔޮކަންހުރިވަރެއްމިފަހަރު ހާމަވެގެންދާނެ
ޟުހާޓޯ
25 June 2017
ރާއްޖޭގާހުރި ހަމައެކަނި ބަލިމީހަކީ އަދީބުތަ.