27 ޖޫން 2017 - 16:35
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި އެންމެ މަގުބޫލުކަން ކުޑަ ވަޒީރު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ޝައިނީއަކީ ޕީޕީއެމް ޕީޖީގެ ތެރޭގައި އަބަދުވެސް އެންމެ މަގުބޫލުކަން ކުޑަ ވަޒީރެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީން، ޝައިނީ އަށް ކުރައްވާ ތާއީދު ބޮޑު ކަމުން މެމްބަރުންނަށް އެއްޗެއް ވިދާޅުވާން ނުކެރެނީ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
ސަރުކާރުގެ މަސްވެރިކަމާ ގުޅުން ހުރި ބައެއް ސިޔާސަތުތައް ކާމިޔާބުވެފައި ނުވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް މިއަދު ވަނީ ޝައިނީގެ އިސްތިއުފާ އަށް ވެސް ގޮވާލައްވައިފަ އެވެ. އަދި އެ ވާހަކަތަކާ ގުޅިގެން އަމީތު ވަނީ ތޯރިގަށް ސާބަސް ވިދާޅުވެފަ އެވެ.
ޕީޕީއެމުން ވަކިކޮށްފައިވާ އަމީތު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޝައިނީއަކީ މަޖިލިހުގެ މެމްބަރުންނާ ވަރަށް ބޮޑަށް ގުޅުން ކުޑަ ވަޒީރެކެވެ. އަދި ޕޮލިސީ ލެވެލްގައި ރަނގަޅު ކުރަން ޖެހޭ ކަމަށް މެމްބަރުން ފާހަގަ ކުރައްވާ ކަންކަން ރަނގަޅު ނުކޮށް ޝައިނީ ހުންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ އެންމެ ބޮޑަށް ފެއިލްވެފައި އޮތް ދާއިރާއަކީ މަސްވެރިކަމުގެ ސިނާއަތް ކަމަށްވާއިރު، ސަރުކާރުން ވައުދުވެފައި ހުރި ގިނަ ކަންކަން ތަންފީޒުކޮށްފައި ނުވާ ކަމަށެވެ. އަދި ޝައިނީއާ ދެކޮޅަށް ތޯރިގް ނިކުންނެވުމުން އުފާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މެމްބަރުން ދެ ލޯ މަރާލައިގެން ތިބޭނަމަ، ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތެއް ނުކުރެވޭނެ، ހުރިހާ މެމްބަރުން ކަމަރު ބަނދެގެން ނިކުމެގެން ގޮންޖެހުންތައް ނައްތާލެވޭނީ،" އަމީތު ވިދާޅުވި އެވެ.
"ޕީޕީއެމް ޕީޖީގައި ވެސް އެބަތިބި ޝައިނީ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ މެމްބަރުން. އަޅުގަނޑު ޕީޖީގައި މަސައްކަތް ކުރެއްވިއިރު ވެސް އެކަން އެނގޭ."
ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ޝައިނީ ވަޒީރު ކަމުން އިސްތިއުފާ ދެއްވުން ކަމަށް ތޯރިގް ވަނީ ވިދާޅުވެފަ އެވެ. މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ދަތިތައް ހައްލު ނުވެ ދިއުމުގެ ޒިންމާ ޝައިނީ ނަންގަވަން ޖެހޭ ހަ ސަބަބެއް އޭނާ ހާމަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފް
29 June 2017
ތިމީހުންގެ ތެރޭގަ ތާއީދު ބޮޑު އެކަކުވެސް އެބަހުރިތަ.؟؟ 500% ލިބުނު މީހާއަށް ވީގޮތް އެވެސް ރައްޔަތުން ދަންނަ ބޮޑު ސިއްރެއް. ވ.ވެދުން
ޖަމަލު
29 June 2017
އަމީތު ތީ ދެން ސިޔާސީ ވާން އުޅެ ނުވެވިފަ ހުރި މީހެއްނު. މި ސަރުކާރުގެ ބާރުގަ ލާރި ހަރަދުކޮއްގެން ހޮވާފަ ތިހުރީ. ޕްލަސް ތީ އަމިއްލަ ދާއިރާގެ ރައްޔިތުންނާ ކުރިމަތި ނުލެއްވުނު ހަމަ އެކަނި ސޮރު. އަދިވެސް ތާއީދޭ ކިޔައިން ވާހަކަ ދައްކަން އުޅޭ. ދެެން ލޮލް
ހުއްބުލްވަތަން
29 June 2017
އެހެން ދާއިރާއަކުންވެސް ހޮވޭނީ ގައިމު އާރުލާތީތާ، ޖަމަލެއްކަމަކު ޒާތީވުމަކީ ރަނގަޅުގޮތެއް ނޫން. އަމިތަކީ އިލްމީ ޒުވާނެއް ދައްކާ ވާހަކަ އެހެން މެންބަރުންނަށް ވުރެ ނިސްބަތުން ރަނގަޅު.
ސަލްމާ
28 June 2017
އަމީތު ދެން ނުލާހިކު ރަގަޅަށް ހުރި މީހަކު އެމް.ޑީ.ޕީން ގޯޅިއެޅުވީމަ ދެން ކިޔާނެ އެއްޗެއް ނެތިގެން ބޭކާރު ވާހަކަ ދައްކަނީ. ބުނަން ތިޔަ ބޮނޑިބުއީ އަމިއްލައަށް ދެން ލާހިކެއްނޫން އެން ޑީ ޕީ މަޅިން ސަލާމަތްވާޖަކަށް
ސޮޑުސއނ
28 June 2017
ޝައިނީ އިސްރިޔުފާ
ހަބީބު
28 June 2017
ރައްޔިތުންްގެ ތާއީދޭވެސްނެތް 2އަހަރުން އެއާޕޯޓެއްވެސް ނިންމާނުލެވުނު ސަރުކާރެއް ހަމަގައިމުވެސް ކުޅުދުއްފުށިން ަރާންވާނެ މިސަރުކާރައް ދޭނެވޯޓެއް ދެންމީގެފަހުން
ގޮހޮޑާ
28 June 2017
2019 ގަ އަމިއްލަ ރަށް ހިމެނޭ ދާއިރާއަށް ކުރިމަތިލާބަލަ. ރާކަނިމަސް ކެވޭތޯބަލަން.
ނޫނުއަލިފް
28 June 2017
އެކަމަކު ކޮންމެ ވޯޓަކަށް 400000 ރުފިޔާ ދޭންޖެހޭނޫންތޯ!
÷މ
28 June 2017
މީދެން ކާކު މިވާހަކަޑައްކަން
ޖަހަނީ
28 June 2017
އަމިތަކަށްވެސް ތާއީދެއްނެތް. ރައްޔިތުގެ ދަށްބަނޑުކޮޅުގައި ކޮޅުފައިން ޖަހާފަ ތިހިރީ އައިސް ވިކިގެން. މާ ރައްޔިތުންވެގެން އަމިއްލައަށް. ކޮންރައްޔިތެއްގެ ތާއީދެއް ކަލެއަށް އޮތީ
އެގާރަ
28 June 2017
މިވެރިން ވަރަށް ގުޅިގެން ކާނެ ވަރަކަށް ކައިފި. ކައިގެން ބަނޑު ފުރައިފި. ބޮޑު ވައެއްލާފަ ތިޔަ ވިދާޅުވަނީ ޝައިނީ ކަމަކު ނުދެޔޭ. އޭރު ރަގަޅު މިހާރު ގޯސް. އެހެންތާވަނީ ޢޭ.ޓީ.އެމް އެއް މިހާރަކެ ނެތް ވިއްޔާ ޖީބުތައް ފުރާކަށް. ދެން 2019 ގެ މަޖްލިސް އިންތިޚާބު ކާމިޔާބު ކުރާނަމޭ ހިތާ ދެއްތޯ ތިއުޅުްވަނީ. ނުވާނެ ތިކަމެއް.