ފުވައްމުލަކު ބަންޑާރަކިޅީގައި މިއަދު ރޯވެ އަނދަމުން ދަނީ: މިތަނުގައި ދޭތެރެ ދޭތެރެއިން ރޯވޭ. --ފޮޓޯ: އެމްއެންޑީއެފް
29 ޖޫން 2017 - 17:43
ފުވައްމުލަކު ބަންޑާރަ ކިޅީގެ ބޮޑު ސަރަހައްދެއްގައި މިއަދު އަލިފާން ރޯވެ އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ބޯކޮށް ގަސް ހެދިފައިވާ އެ ސަރަހައްދުގައި ރޯވި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 2:00 ގަ އެވެ. ފުވައްމުލަކުގައި ތިބި ފަޔަ އެންޑް ރެސްކިއު ޓީމުން މިހާރު އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވި ސަރައްދުގެ ގާތްގަނޑަކަށް 70 ޕަސެންޓް މިހާރު ވަނީ ނިއްވާލައިފަ އެވެ. މުޅިން ނުނިވި ލަސްވަނީ، ވައި ހުރި ގޮތުން ކަމަށް ވެސް އެތަނުން ބުންޏެވެ.
ބަންޑާރަ ކިޅީގައި ރޯވި ސަބަބެއް އަދި ނޭނގެ އެވެ. އެތަނުގައި ދޭތެރެ ދޭތެރެ އިން ރޯވެ އަނދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
Mohamed
30 June 2017
ރޯވީ ޗަސްބިމުގަ ހުރި ގަސްތަކުގަ. ކުޅީގައެއް ނޫން
މުގާބޭ
29 June 2017
އެތާ ގަސްތައް އެހާ ބޯކޮށް ހެދިފައި ނެތްނަމަ ނޭންދީހެއްނު.
އަލީ
29 June 2017
ދޫނި ފިނޮޅު ކޮޅެއްގައި މީހުން ނޫޅޭނަމަ މާރަގަޅު ވީސް!