އިދިކޮޅު ފަރާތްތަކުން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު
04 ޖުލައި 2017 - 12:34
ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަފުޅަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވި ނަމަވެސް، އެ ގޮތަށް އަމަލު ކުރެވެން އަދި ނެތް ކަމަށް ބުނެ އޭސީސީން މައުމޫނަށް ޖަވާބު ދީފި އެވެ.
ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި މިއަދު މެންދުރު ފަހު އެ ކޮމިޝަނަށް ވަޑައިގަންނަވާނެ ކަމަށް މައުމޫން ވަނީ މިދިޔަ އާދިއްތަ ދުވަހު ސިޓީއަކުން އޭސީސީ އަށް އަންގަވާފަ އެވެ.
އެކަމަކު ޖަވާބުގައި އެ ކޮމިޝަނުން މިއަދު އެ މަނިކުފާނަށް ފޮނުވި ސިޓީއެއްގައި ބުނިގޮތުގައި އޭސީސީގެ ތަހުގީގު ކުރުމުގެ އުސޫލާއި އާއްމު ގަވައިދުގައިވާ ގޮތުގެ މަތިން، ކުރީގެ ރައީސުންގެ ބަޔާން ނަގަން ޖެހޭނީ އެ ބޭފުޅެއް ކޮމިޝަނަށް ހާޒިރު ކުރެއްވުމުގެ ބަދަލުގައި، މަސައްކަތް ކުރައްވާ އޮފީހަކަށް ނުވަތަ ދިރިއުޅުއްވާ ތަނަަކަށް ގޮސްގެންނެވެ.
އެހެންވެ، މައުމޫންގެ މި އެދިވަޑައިގަތުމަކީ އެ ކޮމިޝަނުގެ އުސޫލާ ތައާރަޒުވާ ކަމެއް ކަމަށެވެ. އެކަމަކު ބުނެފައި ވަނީ، އެކަމާ ބެހޭ ގޮތުން ކޮމިޝަނުގެ މެމްބަރުން މަޝްވަރާ ކުރުމަށް ފަހު އަދި ޖަވާބެއް ދޭނެ ކަމަށް ވެސް އޭސީސީގެ ސިޓީގައި ބުނެފައި ވެ އެވެ.
މައުމޫން ކުރިން ވިދާޅުވި ގޮތުގައި އޭސީސީ އަށް އަމިއްލަފުޅަށް ހާޒިރުވެވަޑައިގަންނަވަނީ އެ ކޮމިޝަނުގެ ތަހުގީގު ޓީމަށް އެ މަނިކުފާނުގެ އަރިހަށް ވަޑައިގަތުމަށް ވުރެ އެ ގޮތް މާ ރަނގަޅު ވާނެތީ އެވެ. އަދި ވަކީލެއްގެ ގޮތުގައި އަރިހުގައި، މައުމޫން ހަމީދު ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.
މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވި ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެމަނިކުފާނުގެ އަރިހުން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށްޓަކައި މައުމޫންގެ އަރިހަށް އޭސީސީގެ ޓީމެއް ދިއުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި މައުމޫނަށް ފަސޭހަފުޅު ވަގުތެއް ދެއްވުމަށް ވެސް އޭސީސީން އެދުނެވެ. އެކަމަކު މައުމޫން އެންމެ ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އަމިއްލަފުޅަށް އެ ކޮމިޝަނަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަހެރުވައް
04 July 2017
އޭސީސީން މައުމޫނު ދިރިއުޅުއްވާ ގެއަށް ދާން ތިއުޅެނީ ތީމުގޭ ބަޖެޓުން ގެއްލުނު ލާރިތައް އެގެއިން ނެރެންތަ؟ ނޫނީ އެކަމާ ގުޅޭގޮތުން މައުމޫނާ ސުވާލުކުރަންތަ؟ އޭސީސީގެ ގަވާއިދުގަ ސުވާލުކުރެވެންޖެހޭ މީހާ އޭސީސީއަށް ހާޒިރުވުން މަނާކަމަށް އޮތީތަ؟
އަލީ
04 July 2017
ބަލަ އޭސީސީއިން އަންގައިގެން މީހަކު ހާޒިރު ކުރުމާއި އެމީހާ އަމިއްލައަށް އެދިގެން ހާޒިރުވުމާއި މިއީ ވަރަށް ތަފާތު ދެކަމެއް! ތިޔަވިދާޅުވަނީ އޭސީސީއަށް މައުމޫނު ވަދެވަޑައިގަތުމަކީ ގާނޫނޫގޮތުން ހުއްދަނޫން ކަމެކޭތޯ؟
ކަކުނި
04 July 2017
ތެދެއް ފަހުން އަންގާލަނަން މަޖުލިސް މެޗް ގެ ޕްރެކްޓިސް ދާގޮތަކުން އެގޭނީ ނޫނީ މެޗަށްފަހު
އަލީ
04 July 2017
ގަވާއިދުގަ ކުރީގެ ރައީސުންނަށް ދީފަ އޮތް ބެނެފިޓްއެއް އެއީ. ދޫކޮށްލެވިދާނެ. ކޮމިޝަންގެ މެމްބަރުން ތަންކޮޅެއް އިލްމީ ގޮތަކަށް ވިސްނާ ބަޔަކަށް ވާންޖެހޭނެ.
ހާދިމު
04 July 2017
އަނިޔާވެރިކަން ވަނީ މައުމޫނު ބޭރު ކުރި ހިސާބުން ނިމިފައެވެ. އެއީ އެންޑީޕީން ކޮށްދިން ކަމެކެވެ. މިއަދު ޤައުމު މިވަނީ މުޅިން އަމާންވެފައި އަދި ނުބައި މީހުން ޖަލަށް ލެވިފައެވެ. ދެން އެމީހން އަދިވެސް ގޭންގެ ހިނގަން އުޅެނީއެވެ..
ޏ އައިކު
04 July 2017
އަދި ކިރިޔާ އަނިޔާވެރިކަން ފެށިގެން މިދަނީ. ރައީސް މައުމޫނުގެ ރަން 30 އަހަރުގަ ނުހިންގާވަރުގެ ގަތުލު އާއްމު މިހާރު އެއްއަހަރުން ހިންގާލާ. ފޭރުން، ވައްކަން ކުރުން މީހުން ގަތުލުކުރުން، ރޭޕްކުރުން މިހާރު އޯކޭ. ރސ މައުމޫނުގެ ރަން 30 އަހަރުގަ މަގުމަތި ހާދަ އަމާނޭ.
"މިހާރު"ގެ ފަހުރުވެރި ކިޔުންތެރިޔާ/ހދ.ކުޅުދުއްފުށި/ހާލުފޮޅި
04 July 2017
އޭސީސީ ކައިރިއަށް މައުމޫނު ދިޔާމަ ކޮބާތަ މައްސަލައަކީ.
ޝާހީ
04 July 2017
ކުރީގެ ރައީސުންނަށް އޮތް އިމްތިޔާޒެއް އެއީ. އެއިމްތިޔާޒު އަމިއްލަފުޅަށް ދޫކޮށްލެއްވިދާނެ.
ކުޅުދުއްފުށި އެއާޕޯޓު ޓަވަރުން ވިދާޅުވަނީ
04 July 2017
ގަވައިދު ބަދަލު ކޮއްލާ 42 ސޮޔާއެކު ވައްދަންވެސް ގަވައިދު ބަދަލުކޮއްލީނޫން ބަރަހަނާވާތީ ބިރުގަތީތަ
ހިހީ ހަލާކު
04 July 2017
ލުތުފީ ކިހިނެއްތޯ ތިހައްދަވަނީ؟ ތީމުގޭ އޮޑިޓް ރިޕޯޓާ ގުޅެގޮތުން މައުމޫނާތޯ ސުވާލުކުރައްވަން ޖެހެނީ؟ މައުމޫނު ތީމުގޭގަ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން. ތީމުގޭ ބަޖެޓް ކޮންޓްރޯލަރ ގެ ހައިސިއްޔަތަކުން ނޫނެއް ނޫންތޯ؟ މައުމޫނާ ސުވާލުކުރައްވާ ނަމަ ދައުލަތުގެ މުޅި ބަޖެޓާ ބެހޭގޮތުން ނޫންތޯ ސުވާލުކުރައްވަން ވާނީ؟
ޏ އައިކު
04 July 2017
ރައީސް މައުމޫނު ވެސް ގަވާއިދަށް ހުރުމަތްތެރި ވާންޖެހޭ. ހާއްސަކޮށް މިނިވަން މުއައްސަސާތައް. ނޫނީ ވަޒީފާ ގެެއަށް.