މެމްބަރު އިލްހާމް ޕީޕީއެމްގެ ހަފުލާއެއްގައި ވާހަކަ ދައްކަވަނީ: ސިޔާސީ ގޮތުން އޭނާ އެޅުއްވި ފިޔަވަޅާއެކު، ހަތަރު ކޮއްކޮއަކު މިހާރު ވަނީ ސަރުކާރުން ވަކިކޮށްފައި.---މިހާރު ފައިލް ފޮޓޯ
09 ޖުލައި 2017 - 17:34
ވެރިކަން ކުރާ ޕީޕީއެމުން މިއަދު ވަކިވި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ހަތަރު ކޮއްކޮ ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފި އެވެ.
އިލްހާމްގެ އާއިލާގެ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ މަގާމުތަކުން ވަކިކުރީ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާދިލާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އާދަމް ޒާލިފާއި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އިސްމާއިލް އިޒްހާން އަދި އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު ހުސައިން މައުރޫފެވެ.
އިލްހާމް ޖުމްހޫރީ ޕާޓީގައި ހުންނެވިއިރު ވެސް އެ މަގާމުތަކުގައި ތިއްބެވި މި ހަތަރު ބޭފުޅުން ސަރުކާރުން ވަކިކުރެއްވީ ސިޔާސީ ގޮތުން އިލްހާމް އެޅުއްވި ފިޔަވަޅާ ގުޅިގެން ކަމަށް އާއިލާ އިން ބުނެ އެވެ.
އިލްހާމް މިއަދު ޕީޕީއެމުން ވަކިވި އިރު، އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެ ޕާޓީން ސޮއި ކުރެއްވި 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
11 July 2017
ކަމަށް ލާއިޤު އެތަކެއް ދިވެހިދަރިން ތިއްބާ (ނުނިޔަތެއްގައި) ތިވަޒީފާތައް ދިނުންއެއީ އެންމެ ފުރަތަމަވެސް ގޯހެއް. ވަޒީފާ ޤަބޫލުކޮއް މުސާރަނެގުން އެއީވެސް މަބުނާނީ ގޯހެކޭ. ނުގޮތަކަށް ހޯދި ނުވަތަ ދިން ނުވަތަ ޤަބޫލުކުރި ވަޒީފާއިން ވަކިކުރުން ނުވަތަ ބޭރުކުރުން އެއީ އެއްގޮތަކަށްވެސް މައްސަލައެއްނޫން. ފަހަރެއްގައި މަހަކަށް ދިވެހިރައްޔިތުންގެ އަތުން އެއްލައްކަ ރުފިޔާގެ ޚަރަދެއް ސަލާމަތްކުރެވުނީ. ޝުކުރިއްޔާ.
ރިޒާ
11 July 2017
މިއީރަގަޅުނިންމެވުމެއްކަމަށް ޤަބޫލްކުރަންދަތި އެއީ ވަކިބޭފުޅަކަށްޓަކާ މަޤާމެއްދެއްވާކަން މީގެކުރިން އެގިފައިނުވޭ އަދި ވަކިބޭފުޅަކަށްޓަކާ މަޤާމެއްދެއްވޭނެތޯމިއީވެސްއުފެދޭސުވާލެއް ވަކިބޭފުޅަކު ކުރައްވާކަމަކުން އެހެންފަރާތަކަށް އެކަމުގެ އަދަބުލިބުމަކީވެސް ޤަބޫލްކުރަން ދަތިކަމެއް
އިހޫ
10 July 2017
މާ ލަސް ވެސް ވެއްޖެ ތި މީހުން ވަކި ކުރަން.. އިލްހާމައް ބުނެލަން އޮތީ ތި ކަލޭގެ ޕީޕީއެމް ގަ ހުރި އިރުގަވެސް ތިޔަކީ ބޯގުނާ މީހެއް ނޫނޭ..
ފާތުން
10 July 2017
ޢައިސް ފެނަށް ދޯ މިވެއްޓުނީ
ހޮޓް
10 July 2017
އަހާ ހޫނުފެނަށް ވެއްޓުނީ!!
ފާތުން
10 July 2017
ސަރުކާރު ހަމަޖެހިބަލަ. ކާކުގެ އެޑްވައިސްއަށްތަ ކަމެއްވާ ައިރަށް މުވައްޒަފުން ވަކިކުރުމުގެ ކުޅި މިކުޅެނީ. މިމހުންނަކީ ފައްކާ ގަމާރުންތަ؟ މީހަކު ނުބައި ކަމެއް ކުރުމުން ނުބައި ކަމަކުން ބަދަލު ދިނުމަކީ އިސްލާމީ ވަންތަ ގޮތެއްނޫން. އޭގެ ބަދަލުގައި، ޖެހޭނީ އެމީހުންގެ ދިފާއުގައިވެސް ސަރުކާރުން ތެދުވަން. އެއީ. އިހްސާންތެރިކަން އެހެންމީހުންނަށް އިހްސާސްވާނެ ހަމަ އެކަނި ގޮތަކީ.
ދޮންބުޅާ
10 July 2017
ކުރިން ވެސް ޖޭޕީ ދޫކުރެއްވީ ޤައުމުގެ ޙައްޤުގައި ކަމަށް އިލްހާމް ޓީވީގަ ވިދާޅުވި! މިފަހަރު ޕީޕީ ދޫކުރެއްވީ ޜައްޔިތުންގެ ޙައްޤުގައި ކަމަށް އެ ވިދާޅުވީ! އެހެން ވީމާ އެ ކޮއްކޮއިންގެ މަޤާމް ވެސް ވަކިވެގެން އެ ދިޔައީ ޤައުމާއި ރތައްޔިތުންގެ ޙައްޤުގައި ކަމަށް އެންމެންމެން ވެސް 100% ޔަޤީން ކުރައްވާ!
ވޯލް
10 July 2017
މިރާއްޖޭގައި މިގޮތަށް މަޤާމުތައް ދިނުން ވެއްޖެ ހުއްޓާލަން، އެއްވެސް ބޭނުމެއް ނެތް މަޤާމުތަށްވީމަތާ ހަމަ ހިތައްއެރީމަ ވަކިކޮށްފަ އަލުން އައްޔަންކޮށްފަ މިއުޅެނީ
އިލްމާހު
10 July 2017
އިލްހާމުގެ ކޮށްކޮމެނަށް ވީތީ ވަޒީފާގައި ތިބުންވެސް އެއީ މައްސަލައެއް!
ޤައުމީލޭ
10 July 2017
މުޅި އައުލާދި އެންމެންނަށް ވަޒީފާ ހޯދައިދީގެންދޯ ސަރުކާރުގަ މިއުޅުނީ ކިތައް ޕްރޮޖެކްޓް ކާއިފަ ހުންނާނެބާ... ދަނގެތި ދާއިރާގެ ޓިކެޓް ކަށަވަރު ކުރަން އަސްލު މި ދިޔައީ ޖޭޕީކޮޅަށް... ލޯކަލް ކައުންސިލް އިންތިހާބަކީ ބޭކާރު މުހިންމުކަން ކުޑަ އިންތިހާބެއްކަމަށް ސަރުކާރުން ޤަބޫލުކުރުމުގެ ހިތި މި ފެންނަނީ