ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
10 ޖުލައި 2017 - 14:51
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް އެންމެ ފަހުން ޕީޕީއެމުން ވަކިވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ވެސް ހިމެނޭ މުސްތަފާ އެ ޕާޓީން އަމިއްލަ އަށް މި ވަކިވީ، ސަރުކާރަށާއި ޕީޕީއެމަށް ފާޑު ވިދާޅުވާތާ އެތައް ދުވަހެއް ވީ ފަހުންނެވެ.
ސަރުކާރަށާއި ޕީޕީއެމަށް އޭނާ ފާޑުވިދާޅުވަމުން އައި ނަމަވެސް މިހާތަނަށް މުސްތަފާ އަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެކަމަކު އޭނާ ވަނީ ޕީޕީއެމްގެ ޕާލެމެންޓްރީ ގުރޫޕުގެ ވައިބާ އިން ކުރިއްސުރެ ބޭރުކޮށްފަ އެވެ.
ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ސަރުކާރު އަދި ޕީޕީއެމްގެ ލީޑަޝިޕާ މެދު އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި މިދިޔަ ހަފުތާއެއްގެ ތެރޭގައި، އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ނުވަ މެމްބަރަކު ވަނީ ޕީޕީއެމުން ވަކިވެފަ އެވެ. އެއީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމާ
10 July 2017
އެހެން ޕާޓީތަކުގެ ސްލޮޓުތަކުގައި މިނިސްޓަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ މީހުންވެސް އެމީހަކު އައްޔަންކުރި ޕާޓީން ވަކިވުމުން މިނިސްޓަރުކަން ގެއްލޭގޮތަށް އޮތުމަކީވެސް ރަނގަޅުކަމެއް.
ޑާޑާޑާޑާޑާ
10 July 2017
ހުރިހާ ސުކުރެއް ހައްގުވަނީ މާތްﷲ އަށެވެ. އަދި ކައުންސިލް އިންތިޚާބުގައި ވޯޓުދެއްވި ލޮބުވެތި ދިވެހި ރައްޔިތުންނަށެވެ.
ކޭޑު
10 July 2017
ފައިދާއެއްނެތް ގެއްލުންހުރި އެއްޗެއް ގަންނާނީ ކާކު؟
ރަދީފް އެންޑް ރަފައިދާ
10 July 2017
"ފަހުނޭވަޔާޖެހެންދެން" ހުރި މުސްތޮފާބެއަށް މިވީ ކިހިނެއް. ފެންނެތް ސަހަރާއަކަށް މޮޔައެއް ނޫނިއްޔާ ފުންމައެއް ނިލާނެދެއްތޯ؟ މުސްތޮފާބެވެސް އެންމެފަހުން ފޮށިތަންމަތިން ހިފައިގެން "ބެޗީ".......... މަސީހު އިސްތިއުފާ. ކެބިނެޓު އިސްތިއުފާ. ވަލީއުލްއަމްރު އިސްތިއުފާ.
މުހަދު
10 July 2017
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޝާހު އާއި ފުވައްމުލަކު މެދެ ދާއިރާގެ މެމްބަރު އަލިބެ އަސް ވަކިވެންނެން ކަމަހަ އުއްމީދު ކެރަން. -ވަރަހަ ގާތް މީހެއް
ނަޑެއްލާ
10 July 2017
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މަމެން ބުރަ މަސައްކަތުން ހޯދާ ފައިސާ ފޮތި މަމެން މަމެންގެ ސަރުކާރަށް ދެއްކުމަށް ފަހު އެ ފައިސާ ފޮތި އަނެއްކާވެސް ސަރުކާރުން ބޭކާރު އެއްޗެއްގެ ގޮތުގައި އެއްލާ ތިލައްވަނީ އެނދު މަތިވެފައިވާ ބަލިމީހަކު 2 އިރު 2 ދަޅައަށް ބޭހެއް ބޯގޮތައް ބައި އިލެކްޝަން ބައި އިލެކްޝަން ބާއްވާނެ ގޮތަށެވެ. މި ހުންނަނީ މިއަދު މަމެންގެ ސަރުކާރުން ވިސްނާލުން ރަގަލު ކަމެއްގެ ގޮތުގައި މަމެން ދަންނަވާލީމެވެ. މި ކަމަކުން އެވެރިންނަށް އެނބަހީ އެ މެމްބަރުން ތަކަކަށް ކުރާނެ އަސަރެއް ނޯންނާނެއެވެ. މިހުރިހާ ކަމަކުންވެސް ބާރު ބޮޑުވެގެން ދާނީ މަމެންގެ ޖީބަށެވެ.
ވަހީދު
10 July 2017
ޢަޅެ ޕީޕީއެމް ފޫދިޔައީތަ. ހަމަ ހިނިއަންނަނީ
މުގާބޭ
10 July 2017
ޕީޕީއެމް ހަމައެކަނި ފޫދިޔައީކީނޫން. އަދިކިއެއްތަ ފޫވެއްޓުނީ، ފޫޖެހީ އަދި ފޫޅުވީ(މާނައީ، މުބާރާތުން ބަލިވީ)
ކްލޯސްޑް
10 July 2017
ކެނޑޭނެ ވަރަކަށް އެމްޕީން ކެނޑެންވީއެވެ. މިއަދު ގެ ވާރޑިކްޓް ގައި އޮންނާނީ މިއަހަރުގެ މަޖްލީހުގައި މިހާރު ހިނގަމުންދާ ދައުރު ފެށުނު އިރު މަޖްލީހުގެ އެމްޕީން ތަމްސީލު ކުރާ ޕާރޓީ ބަދަލު ނުކުރެވޭނެ ކަމަށް. ބަދަލު ކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ. މިހާރު ވަކި ވަމުން ދާ އެމްޕީންނަށް ދެވޭނެ 10 ދުވަހުގެ ފުރުސަތު އެ ވާރޑިކްޓްގެ ދަށުން. އެފުރުސަތުގެ ދަށުން އެމެން ޕާރޓީ އަށް އަނބުރާ ނުވަދެއްޖެނަމަ އެމީހެއް ގެ ގޮނޑި ގެއްލުނީ އެވެ. މީގައި ނޯންނާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް. މިމަގުން މިކަން ހިނގަން ޖެހޭނެއެވެ. އެނިމުނީ އެވެ. ޗެޕްޓަރ ކްލޯސްޑް..
ކޮލޮމްބޯ
10 July 2017
ގޮޑި ގެއްލުނަސް ނުގެއްލުނަސް ވަކިވި އެއްވެސް މެންބަރަކު އަބުރާ ޕީޕީއެމަކަށް ނުދާނެވެ. ބައި އިލެކްޝަނެއް ބާއްވައިފިއްޔާ ކުރިޔަށް ވުރެން ގިނަ ވޯޓަކުން ހަމަ އެމެންބަރަކު އަލުން ހޮވޭނެއެވެ. މެންބަރުން ހަދަމުން އެދަނީ އެ މެންބަރުންގެ ދާއިރާއިން ބޭނުންވާ ގޮތެވެ. ތިޔަ އުޅެނީ ރައްޔިތުންނާއި ހަގުރާމަ ކުރާށެވެ.
ދިވެހި ދަރިއެއް
10 July 2017
ހެހޭ މިޔޮތީފެންނަން އަޑިނުބައިވެފަތިބި މީހުން ވަކިސަހަލުވާނެތަ ކުލަބަދަލުކޮށްގެންވެސް މައިތިރި ވޭތޯބަލާ އުއްމީދަކީ މިފަހަރު އިޚްލާސްތެރި ތެދުވެރިން ވަކިކުރަން އެނގުން އަމިއްލަފައިދާ ޔަށް ސޮއިކުރި އެންމެން ހަމަ ދިޔުން އެދެނީ
ޢިނގޭ މީހާ
10 July 2017
ހަމަ ހިނީ އަންނާނީ ... ހަހަހަހަހހަހާާ