ޕްރިމިއާ ޗެމްބާސްގައި އިސްކޮށް މަސައްކަތް ކުރައްވާ މައުމޫން ހަމީދު.
13 ޖުލައި 2017 - 14:14
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މަގާމަށް އިންތިހާބުވި އިރު ހުރި ޕާޓީން، އެއްވެސް ގޮތަކުން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ މާނަ ކޮށްދިނުމަށް އެދދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަނުމަށް ޕްރިމިއާ ޗެމްބާސް އިން މިއަދު ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލައިގެ ތެރެ އަށް ވަނުމަށް ހުށަހެޅި ޕްރިމިއާ ޗެމްބާސް އަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޝާހީން ހަމީދުގެ ލޯ ފާމެވެ.
އެ ލޯފާމުން އިއްޔެ ވަނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ މަގާމު ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް، ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ މައްސަލަ އަށް ވަނުމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވަނީ ކުރިން ހުށަހަޅުއްވައިފަ އެވެ.
އެ ދެ ބޭފުޅުން އެގޮތަށް ހުށަހެޅުއްވުމުގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހޯމަ ދުވަހު ބާއްވައިފަ އެވެ. ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް ކުރުން ކަމެއް ނުވަތަ އިތުރު އަޑުއެހުމެއް ކަމެއް ފަނޑިޔާރުންގެ ބެންޗުން އިއުލާނެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގްރޭ
14 July 2017
ބައްސާމުގެ މަގާމު ކުޑަތަ؟ ކިހިނެއް ތެޅިލީ ހުޝާމަދުޖުރަމުން އެމަގާމު ހޯދަދޭންވެގެން؟ އަދި ކޮބާ ދެންތިބި ބޭޅުން؟
ައަދީލް ޖަލީލް
13 July 2017
ބޮޑެތި މަޤާމުތައް ލިބިފައިހުރީ ކޮން ބަޔަކަށް ކަމާއި އެމަޤާމުތައް ގެއްލިދާނެތީ އެގޮތްމިގޮތަށް ތެޅެނީ ކޮން ބަޔެއްކަން ފެނޭނު؟
މާނު
13 July 2017
ހާދަ ބޮޑެތި މަގާމުތައް ބޭނުންފުޅުވާ ބޭފުޅުންނޭ މިއުޅުއްވަނީ. ގައުމެއް ހަލާކުވެދަނީ މިފަދަ މީހުންގެ އަނގަޔާހެދި. މާނުމެން އެބަޖެހޭ ގައުމާމެދު ވިސްނަން. ހާދަބޮޑު ގުރުބާނެއް ވެފައޭ ދިވެހިރައްޔިތުން ތިބީ. ތިޔަބޭފުޅުންނަށްޓަކާ.
އަޙްމަދު
13 July 2017
ވަރަށް ރަނގަޅު ނިންމުނެއް. ހަދާނެހައި ގޮތެއް ހަދަންދެން، ކުރާނެެހައި ކަމެެއް ކުރަންދެން އެންމެނެއް ބަލަހައްޓައިގެނެއް ނުތިބޭނެ. ޤާއުމަށް ވަފާތެރިން ކަންކަމުގައި ބަސްބުނެވޭ ތަންތަނަށްގޮސް، ހެޔޮބަސް ބުނަންޖެހޭނެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އޮނޮރަބްލް ޙަމީދުގެ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތްޕުޅަށް.
ބަކުރު އެންޑް ޒުބޭރް
13 July 2017
ހުރިހާއެންމެން ދުސްތޫރީ ނިޒާމުތެރެއަށް ވަންނާތީ މަވެސް ވަރަށް ވެއްޖެ ތިނަށް ބޯދިއްކޮށްލާހިތް............ ތިނިޒާމުގެތެރެއަށް ވަންނަންޏާ ކިހިނެކޯ ހަދަންޖެހޭނީ؟؟
ދދދދ
13 July 2017
400000 ދިވެހިން ރައްޔިތުންވެސް ތިޔަތެރެއަށް ވަންނާށެ.