އޯލެވެލް އިމްތިހާނުގައި އެއްވަނަ ހޯދި ދަރިވަރަކަށް ނައިބު ރައީސް ޖިހާދު ޓްރޮފީ އާއި އިނާމް ހަވާލުކޮށް ދެއްވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
14 ޖުލައި 2017 - 13:38
މިދިޔަ އަހަރުގެ ސާނަވީ އިމްތިހާންގައި ދުނިޔޭގެ ފެންވަރުގައި އެކި މާއްދާތަކުން ގަދަ 10 ވަނައިގެ ތެރޭގައި ރާއްޖޭގެ 48 ދަރިވަރަކު ހިމެނިއްޖެ އެވެ.
ސާނަވީ އިމްތިހާންގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު 589 ދަރިވަރަކަށް އިނާމް ދީފައިވެ އެވެ.
އޯލެވެލްގެ ގަދަ 10 ގައި ހިމެނުނު ބައެއް ދަރިވަރުން. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ދެހާސްފަނަރަ ވަނަ އަހަރު އޯލެވެލްގެ ގަދަ 10 ގައި ހިމެނިފައި ވަނީ 502 ދަރިވަރުންނެވެ. އެ އަހަރު ދުނިޔޭގެ ފެންވަރުގައި އެކި މާއްދާތަކުން ގަދަ 10 ގައި ރާއްޖޭގެ 40 ދަރިވަރަކު ހިމެނުނެވެ.
މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އަށް މާއްދާ އިން އޭ ފާސް ހޯދައިގެން ރާއްޖޭގެ އެއްވަނަ 126 ދަރިވަރުންނަށް ލިބުނެވެ.
އިނާމް ދިނުމަށް ބޭއްވި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ހޯދި ކާމިޔާބީއަކީ ވޭތުވެ ދިޔަ 84 އަހަރުގެ ތެރޭގައި ހޯދި އެންމެ ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ގައުމީ ރިކޯޑެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އޯލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރަކަށް މިނިސްޓަރު އައިޝަތު ޝިހާމް ޓްރޮފީ ދެއްވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިނިސްޓަރު ވިދާޅުވީ، މިފަހަރު ހޯދި ކާމިޔާބީން ހާމަކޮށްދެނީ މުޅި ތައުލީމީ ދާއިރާއަށް އަންނަ ކުރިއެރުންތައް ކަމަށެވެ. އެގޮތުން އިނގިރޭސި، ހިސާބު އަދި އެކައުންޓިން އިން މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ދިވެހި ދަރިވަރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން އަހަރުގެ ތެރޭގައި ހަމައެކަނި ފަސް މާއްދާއިން ފާސްވި ނިސްބަތް 18 ޕަސެންޓް މަތި ކުރެވިފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގެ ދަށުން ތައުލީމް ފޯރުކޮށްދިނުމުގައި އިންގިލާބީ ބަދަލުތަކެއް އަންނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސާނަވީ އިމްތިހާންގައި ބައިވެރިވެ ވަނަތައް ހޯދި ބައެއް ދަރިވަރުން އިނާމާއި ޓްރޮފީ ހިފައިގެން ސްޓޭޖް މަތީގައި. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
ދެހާސް ސޯޅަ ވަނަ އަހަރުގެ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެއް ވަނަ ހޯދި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާލިމުލް ބުޙްތާން
07 August 2017
ދިވެހިން ބޭނުންވަނީ ސަނަދެއް. ދެން ރީތިހެދުމެއް ލައިގެން ގޮޑިއެއްގައި އިންނަން. އެހެން ނޫނީ މާބޮޑަށް ސްޓައިލްވެ ކޫލްވެލާފައި ރޭގަަނޑެއް ދުވާލެއް ވަކިނުވާ އުޅުމެއް. ޤައުމުގައި ހުރިހާ މަސައްކަތެއްކޮށް ހުރިހާ ފައިސާއެއް އަދި ފައިދާއެއް މި ނަގަނީ ބަންގްލާދޭޝް މީހުން. ލަންކާ މީހުންނާއި އިންޑިޔާމީހުން. ދެން ތިޔަ ސަނަދުތަކުން ޙާސިލުވާކަމަކީ ކޮބާ؟
ބަސިރު
15 July 2017
އެކުދިންނަށް 5000 ރުފިޔާގެ ވަޒީފާ އެއްވެސް ލިބޭނެތޯ އުއްމީދުކުރަން
ާައައްޔުބެ
14 July 2017
މުޅިދުނިޔެއޭ ނުކިޔާ. ތިޔަ އިމްތިހާންގައި ބައިވެރިވި މިތައް ގައުމުގެ ތެރެއިން އެއްވަނަ ދަރަޖަ ލިބުނު ކުދިންނޭކިޔާ. ތިވެސް ވިޔަފާރިއެކޭ މިހާރު.
ރުޅި
14 July 2017
ތައުލީމީ ދާއިރާއިން ނިމޭކުދިންނަށް ފަހި ފުރުޞަތު ހޯދާދޭން ބޭނުމިއްޔާ ބޭރުމީހުންނަށް ނުކުރެވޭނެ މަސައްކަތްކަނޑައަޅައި އެމީހުން މަދުކުރަންޖެހޭ. ފެހުމާ ބޯކޮށުމާ މޯބައިލް ފޯން ވޮޔަފާރިއާއި ލޯކަލް ޓއަރިޒަމާއި ކަންމަތީ ކުދި ވިޔަފާރިތަކާއި ދިވެހި މާކެޓްތަކުގައި ނުތިބެވޭނެގޮތްހަދަންޖެހޭ. މިހެންހަދާކުޑަދުވަސްކޮޅަކު ދަތިވިޔަސް ފަހުން ރަނގަޅުވާނެ. މިވިޔަފާރޮތަކަކީ ދިވެހިން ނަމުގައި ސީދާ އެމީހުންގެ އަމިއްލަ ވޮޔަފާރޮ.
އިބިރިހިންބެއްޔާ
14 July 2017
ވަނަ ހޯދި ހުރިހާ ދަރިވަރުންނަށް އައްސަރިބަހާއި ސާބަސް. Beyya salutes you all މިއަހަރަކީ ވޭތުވެ ދިޔަ 84 އަހަރުގެ ތެރޭގައި ދިވެހި ދަރިވަރުންނަށާއި ދިވެހި ބެލެނިވެރިންނަށް އޮޅުވާލުމުގައިވެސް ހަމައެއްވަނަ. ދެން އިގިރޭސިވިލާތުގައި ނެތްބާ މިއަށްވުރެ ލުއިކޮއް ފާސްވެވޭނެ އެހެން މުޤައްރަރެއް؟ މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރަށްވެސް ސަލާމް.
ފަހަތުން1
14 July 2017
އެއްވެސް ކުއްޖަކު ބާކީ ނުވާނެހެން ހުރިހާކުދިން ގަދަ 10ގަ ހިމަނަންވީ.
ޙަނީ 1234
14 July 2017
މިއަދުގެ ތައުލީމީ ވަޒީރަށް ސެލިއުޓްކުރަން ސާބަހޭ ތިކުރަށްވާ މަސައްކަތަށް
މާސްޓަރ
14 July 2017
ތިޔާން އެކުވެސް ލައިފްގައި ސަރވައިވް ވާނެހެނެއް ހިޔެއްނުވޭ!
ރަންނަމާރި
14 July 2017
ކިޔަވައިގެން އައިސް ކީންހޭކުަނީ!! ތިޔާން އެކަކަށްވެސް ކަމެއްކުރާކަން ނޭގޭނެ1 ރިއަލް ލައިފް ގައި އުޅެންވީގޮތެއް ވެސް ނޭގޭނެ. މިހާރު ތިދަސްވީ އަދިކިރިޔާ ފޮތުގައި އޮތް ގޮތް އަސްލު ލައިފް އާއި ޖެހި ހަނާވޭ...
ދރ
14 July 2017
ކީއެވެތަ އަދިވެސް ގަދަ 10 ކިޔަނީ. ގަދަ 48 ނޫނީ ޖުމްލަ އަދަދު ކީމަ ނިމުނީނު..ޖޯކެއްތަ މީވެސް މިހާރު.