ބިދޭސީންތަކެއް މަސައްކަތުގައި: ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކަށް ޖަމާ ނުކޮށްގެން ކުރާ ޖޫރިމަނާ އަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރު --ފޮޓޯ/މިހާރު
15 ޖުލައި 2017 - 13:57
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާ ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރުން ފަސްކޮށް، މިހާތަނަށް ކޮށްފައިވާ އެފަދަ ޖޫރިމަނާތައް މައާފްވާ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ވަޒީފާއާބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ބިދޭސީން މުސާރަ އާއި އިނާޔަތްތައް އެ މީހުންނަށް ދޭންޖެހޭނީ އެ މީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް ޖަމާކޮށް ދީގެންނެވެ. އެކަން އެގޮތަށް ނުކުރާ ނަމަ ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.
އެކައުންޓަށް ފައިސާ ޖަމާ ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފަށަން ކުރިން ހަމަޖައްސާފައި އޮތީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ވިޔަސް އެކަމާ ބެހޭގޮތުން ހަދާފައިވާ ގަވާއިދަށް އިސްލާހު ގެނެސް، މިހާރު ވަނީ ޖޫރިމަނާ ކުރަން ފެށުން އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހަށް ފަސްކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން އެ ގަވާއިދަށް މިދިޔަ ބުރާސްފަތި ދުވަހު ގެނައި އެ އިސްލާހު ބުނާގޮތުން މިހާތަނަށް ކޮށްފައިވާ އެފަދަ ޖޫރިމަނާތައް ބާތިލްވާނެ ކަމަށާއި މިހާތަނަށް ސަރުކާރަށް ދައްކާފައިވާ އެފަދަ ޖޫރިމަނާތައް 30 ދުވަސް ތެރޭގައި އެ ފަރާތަކަށް އަނބުރާ ދޭންވާނެ އެވެ.
ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުން ގާނޫނާ އެއްގޮތަށް، ބޭންކް އެކައުންޓަށް ޖަމާ ނުކޮށް، ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ދޭ ނަމަ، ވަޒީފާދޭ ފަރާތްތައް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ. އެގޮތަށް އެ ބަދަލު ގެނައީ ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނެގުމަށް މަގު ފަހި ކުރުމުގެ ގޮތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރު
15 July 2017
ގަވައިދުހަދައި އަމަލުކުރަން ފަށަންވާނީ އެކަމެއް ކުރެވޭނެކަމަށް ވާނަމަ. ޜާއްޖޭގަ ހުރިހާ ކަމެއްވެސް އެހެން. ދެން ވީ ޖޫރިމަނާ ކުރި ފައިސާކޮޅު ނަގަން ދުވަން.
ވާލުސޮރު
15 July 2017
ނުވާވަރު ކަންކަން ކުރަން ނޫޅުނިއްޔާ މާ ތާހިރުވާނެ. ބިދޭސީން ގެ ގިނަބަޔަކު ތިބީ "ވަރުގަދަ ހިމާޔަތެއްގަ" އެމީހުންނަކާ ނުކުޅެވޭނެ. ދެންތިބި ބިދޭސީންނަކީ "ބޮޑުން"ގެ މީހުން. ދިވެހިން "ނިވަލުގަތިބޭ" މާރުކޭޓް ގޮޅިތަކުންފެށިގެން ބިދޭސީން އަތްނުބާނާ އެއްވެސް ވިޔަފާރިއެއްނެތް. އެކަން ހުއްޓުވަން ކެރޭ "ބާރެއް"ނެތް.
ބަދަލު
15 July 2017
ކަލޯ މައިތިރި. ބޭރުމީހުން ވަޒީފާގައި ގިނައިން ތިބޭނަމަ އެއީ އިކޮނޮމިސްޓް ދެކޭގިތުންނަމަ ތަރައްގީ.