މަޖިލީހުގެ ހަތަރު މެމްބަރުން. (ކ-ވ) އަބްދުއްލަތީފް، ސައުދު، ވަހީދު އަދި އަމީތު. -
20 ޖުލައި 2017 - 15:13
ޕީޕީއެމުން ވަކިކުރުމާ އެކު މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ ގޮނޑި ހުސްނުވާކަމުގެ އަމުރަކާއި އިލެކްޝަންސްގެ ނިންމުން ބާތިލްކުރުމުގެ އަމުރަކަށް އެ ހަތަރު މެމްބަރުން މިއަދު ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން ނިންމީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދުގެ ގޮނޑި ހުސްވެފައިވާ ކަމަށެވެ. އަދި އެ ދާއިރާތަކުގެ ބައިއިލެކްޝަން ބާއްވަން ހަމަޖައްސައި އެކަން އިއްޔެ ވަނީ އިއުލާން ވެސް ކޮށްފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަައްޑެ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަމަލްކޮށްފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި އަދި އޭގެ ފަހުން ނެރުނު އަމުރާ ވެސް ހިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވާ ގޮތުން، ވަކި ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވެފައިވާ މެމްބަރަކު ޕާޓީން ވަކިކުރުން، ވަކިވުން އަދި އެހެން ޕާޓީއަކާ ގުޅުމުން މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށް ހުކުމް ކުރި ދުވަހުގެ ކުރިން ހިނގާފައިވާ ކަމަކަށް އެ ހުކުމެއް ނުހިނގާނެ އެވެ. އަދި ރާއްޖޭގައި އަމަލްކުރަމުން އަންނަ އެއްވެސް ގާނޫނަކާއި ގަވާއިދަކަށް ތަބާނުވާކަށް ވެސް ހުކުމުގައި ކަނޑައަޅާފައެއް ނުވާނެ އެވެ.
މި އަމުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ސުޕްރީމް ކޯޓުން ޖުލައި 13 ގައި ހުކުމް ކުރުމުގެ ކުރިން ޕީޕީއެމުން ވަކިވެފައިވާ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ. އަދި އޭގެ ކުރިން އެ ޕާޓީން ވަކިކޮށްފައިވާ ނުވަތަ ވަކިވެފައިވާ މެމްބަރެއްގެ ގޮނޑި ވެސް ނުގެއްލޭނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެ އެވެ.
އެކަމަކު ސަރުކާރު ހިންގާ ޕީޕީއެމްގެ އަމަލްތައް ހުރީ އެ ގޮތަކަށް ނޫނެވެ. ކުރިން ޕާޓީން ވަކިކޮށްފައިވާ މެމްބަރުންނަށް ވެސް އެންގީ އެ މެމްބަރުން ޕާޓީން ވަކިނުވާ ކަމަށެވެ. އެއީ ސުޕްރީމް ކޯޓުން އަތުވެދާނެ ހުކުމެއްގައި، އެ މެމްބަރުން ތާށިކޮށް ގަނޑެއް ގަންނަން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ. އެންމެ ފަހުން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް އިން އެންގީ، އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ޕީޕީއެމްގެ އެ ރޭވުމުގެ ދަށުންނެވެ.
"އިލެކްޝަންސް ކޮމިޝަނުން [އެވަނީ] ލިބިފައިނުވާ ބާރެއް ބޭނުންކުރައްވައިގެން ބައިއިލެކްޝަން އިއުލާންކުރައްވާފައި. [އަޅުގަނޑުމެން ސުޕްރީމް ކޯޓުގައި] އެދުނީ އެ ނިންމުން ބާތިލްކޮށްދޭށާއި އެ ގޮނޑިތައް ދަމަހައްޓައިދީ، ގޮނޑިތައް ހުސްނުވާކަމުގެ އަމުރަކަށް،" ވައްޑެ ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބައިއިލެކްޝަންގެ ކަންކަން ކުރިއަށް ގެންދާ ނަމަ އޭނާ އާއި އޭނާއަށް ވޯޓުލީ އެތައް ހާސް ރައްޔިތުންގެ ހައްގު ގެއްލިދާނެތީ ސުޕްރީމް ކޯޓުގައި އެދިވަޑައިގަތީ ވީހާވެސް އަވަހަކަށް މައްސަލަ ނިންމައި ފައިސިލާކޮށްދިނުމަށް ކަމަށެވެ.
މިއީ "އިލެކްޝަންސް ކޮމިޝަނުން ބަލަން ޖެހޭ ވަރަށް ނުބަައި ގަވާއިދާއި ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް. މިއީ ރައްޔިތުން ދެކެން ބޭނުންވާ ކަންކަމެއް ނޫން،" އަމީތު ވިދާޅުވި އެވެ.
އިލެކްޝަންސް އިން އެގޮތަށް ނިންމާފައި އެވަނީ، ސައުދު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓަކީ ނެތް ތަނެއް ކަމަށް ބަލައިގެންނެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމަށް ވަންޏާ އެކަން ކަނޑައަޅަނީ ސުޕްރީމް ކޯޓުން ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ހިތުހުރި ގޮތަކަށް ކޮށްފައި އޮތް ކަމެއް،" ސައުދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއްތު
21 July 2017
މި4 މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ އެއްވެސް ސަބަބެއްނެތެވެ. މިހެން މިދެންނެވީ މާކުރިން ޕީޕީއެމް ގެ ދަފުތަރުން އުނިކުރުމަށް އިލެކްޝަން ކޮމިޝަންއަށް މި މެންބަރުން ސިޓީފޮނުއްވާފައިވާތީއެވެ. ސުލޭ އެމީހުން ޕީޕީއެމް އިން ވަކިނުކޮއްހިފެހެއްޓުމުން އޭނާއެވަނީ ގާނޫނީ ހަމަ ތަކުގެ މަތިން ކުއްވެރިވެފައެވެ. މިހެން މިދެންނެވީ ގާނޫނު ބުނާގޮތުންނަމަ މަގާމުގެ ނުފޫޒުން ބަޔަކަށް މަންފާއެއްހޯދާ ދިނުމަށް މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން ކުއްވެރިވެގެންދާކަމަކަށް ވެފައި އެކަން ސުލޭ ކޮއްފައިވާތީއެވެ. މިއަދުު އިލެކްޝަން ކޮމިޝަން ގެ ރައީސްގެ މަގާމުގައި ހުރެގެން ރައީސް ޔާމިން އަށް މަންފާ ހޯދާދިނުމަށް ނުވަތަ މަސީހައް މަންފާހޯދާދިނުމަށް މަގާމުގެ ބާރާއި ނުފޫޒުން މެންބަރުން ވަކިކޮއްދިނުމަށް އެދިފައި ވަނިކޮއް ވަކިނުކޮއް ހުރުމަކީ ސުލޭ ކުއްވެރިވާ ކަންތަކެވެ. އެއައްކިޔަނީ މަގާމުގެ ބާރާއި ނުފޫޒުފޯރުވުން...އެހެންވީމާ ސުލޭ އާއިވެސް ގާނޫނު ހަމަކުރާނެ ދުވަސް ވަރަށް އަވަހަށް އަންނާނެއެވެ...ތައުބާވުމަށް ގޮވާލަން!!
މޮޔަ
20 July 2017
ޕީޕީ ގިނަ ގޮޑިތަކުން މެމްބަރުން އަވަހަށް ވަކިކުރޭ. އޭރުން ދެން ހޮވޭނީ އިދިކޮޅު މެމްބަރުން. އަދި އެމެމްރުންނަށް ދެން ރީޝްވަތު ދީގެން ނުގެންދެވޭނެ. އަދި ވޯޓް ގަނެގެން ބިލްތަށް ވެސް ފާހެއް ނުކުރެވޭނެ. ތިޔަކުރާ ކަންކަމުން ހުރިހާމޮޅެއް އިދިކޮޅަށް.
މެގަޕޮލިސް
20 July 2017
އެއްގޮތަކުން ނޭރުނީމާ އަނެއްގޮތަކުން ދަތިކަމެއް ކުރިމަތިކުރެވޭތޯ ބަލަނީއެވެ.
ނުލިބޭނެ
20 July 2017
ޖެއްސުމުގެ ގޮތުން ސަރުކާރުން ތިޔަ ގެއްލުވާލާ ގޮނޑިތައް އަނބުރާ ޕީޕީއެމަކަށް ނުލިބޭނެ. އެއީ ޔަގީންކަމެއް.
ހަބީބު
20 July 2017
ހިތްހަމަޖެހިއްޖެ ގުޑް މީލައްކަ ވާހަކަ
ހުކުމާއި ބެހޭ 2017
20 July 2017
ސްޕްރީމް ކޯޓުން 4 ގޮނޑި ހުސްނުވާކަމަށް އަމުރު ކޮށްފިނަމަ ރައީސް ދެއްކި ވާހަކަ ވާނީ އިތުރު ފުޅަކަށް!އެހެންވެއްޖެނަމަ ރައީސްގެ މަގާމާއިމެދު ސުވާލު އުފައްދާނެ ޖާގު ލިބިގެންދާނެ
ޕްރިންސެސް
20 July 2017
ދެންވެސް ހޮވޭނީ ތި މެމްބަރުން...ދެޓްސް މައި ދުޢާ
ކޮރި ބޯށި
20 July 2017
މިއަދު ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ސަރުކާރަށް ދޫދީފިނަމަ ސަރުކާރުން ސުޕްރީމް ކޯޓްގެ ބާރު ކަނޑުވާލުމަކީ ގާއިކަމެއް.
Salaam
20 July 2017
ތި ކޯޓުން ބަލައިގަތަސް ސާބަސް ހުކުމް ކޯޓުން ކުރީވެސް ތި ގޮޑިތައް ގެއްލުވާލުމުގެ ބޭނުމުގަ ދެން އޮތީ އެހެންގޮތެއް ހަތަރުައިލީ ގޮޑިއެއް ޖެހުން.
ޒައިން
20 July 2017
ޕާޓީން ވަކި ވީމަ ގޮޑި ގެއްލެން ޖެހޭނެ. މަޖުލީހުގެ ތެރެގަ ރިޝްވަތު ދިނުމާއި ހިފުން ހުއްޓަން ކުރަން ރަގަޅު ކަމެއް