ޚަބަރު / ސުޕްރީމް ކޯޓް

ސަރުކާރުގެ މައްސަލަތައް އަވަހަށް ނިންމާ ގޮތަށް އަޅުގަނޑުގެ މައްސަލަ ވެސް ނިންމައިދީ: ލަތީފް

ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަތީފް ވާހަކަ ދައްކަވަނީ. ލަތީފަކީ މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި އެއް މެމްބަރު. - ފޮޓޯ: މިހާރު

ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް އެ ކޯޓުން ނިންމައިދޭ އަވަސް މިނުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އެ މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގައި ވެސް ގޮތެއް ނިންމަވައި ދެއްވުމަށް ލަތީފް އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

ޕީޕީއެމް ދޫކޮށް އިދިކޮޅާ ގުޅުމުން، 12 މެމްބަރެއް މަޖިލީހުން ވަކިވެފައިވާ ކަމަށް، ސުޕްރީމް ކޯޓުގެ އަމުރަކަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައާ ގުޅިގެން އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ އަލުން ފަށައިފަ އެވެ.

އެގޮތުން، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މައްސަލައިގައި ބޭއްވި އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. ބާކީ ދެން އޮތީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްސަލަ އެވެ. މިއަދު ކުރިއަށް ދިޔައީ، ލަތީފްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގެ ފަހު އަޑުއެހުމެވެ.

"އެހެންވެ، އަޅުގަނޑު އެދެނީ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު، އިއްޒަތްތެރި ފަނޑިޔާރުންނަށް އަޅުގަނޑު ހުށަހެޅި މައްސަލަ ވީހާވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް،" --ލަތީފް

ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް އެއްވުމެއްގެ ތެރެއިން ހައްޔަރުކޮށްގެން ގެންދަނީ..---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް ހުކުމެއް ނުކުރާތީ ދާއިރާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު މަޖިލީހުގައި ދިއްދޫ ދާއިރާގެ އަޑު ކެނޑިފައިވާ ކަން ވެސް ލަތީފް ފާހަގަކުރެއްވި އެވެ.

ލަތީފް ވިދާޅުވި ގޮތުގައި ދައުލަތުން ނުވަތަ ސަރުކާރުން ހުށަހަޅާ ކޮންމެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅީމަ، ވީހާ ވެސް އަވަހަށް ނިމިގެންދާ ތަން ފެނިފައިވާ ކަމަށެވެ. އެކަމަކު، މެމްބަރުންގެ މައްސަލަތައް ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަތީފްގެ މި ވާހަކަތައް މި ގޮތަށް އައި ނަމަވެސް، ސުޕްރީމް ކޯޓުގެ ބެންޗުން ލަތީފްގެ ވާހަކަތައް ނުހުއްޓުވަ އެވެ.

މީގެ ކުރިން، ބޭއްވި އަޑުއެހުންތަކުގައި އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާ އިރު، ސުޕްރީމް ކޯޓަށް ބައެއް ބޭފުޅުން ފާޑު ވިދާޅުވާ ނަމަ، ފަނޑިޔާރުން އެކަން ހުއްޓުވާފައި އެބަހުއްޓެވެ. އަދި ބައެއް ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ނިންމުންތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައިވެ އެވެ.

އެހެންވެ، ދައުލަތުން ހުށަހަޅާ މައްސަލަތައް ވީހާ ވެސް އަވަހަކަށް ސުޕްރީމް ކޯޓުން ނިންމާ އުސޫލުން އޭނާގެ މައްސަލަ ވެސް ވީ އެންމެ އަވަހަކަށް ނިންމަވައި ދެއްވުމަށް ލަތީފް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

"އެހެންވެ، އަޅުގަނޑު އެދެނީ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު، އިއްޒަތްތެރި ފަނޑިޔާރުންނަށް އަޅުގަނޑު ހުށަހެޅުއްވި މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވި ގޮތުގައި އޭނާ ހުށަހެޅުއްވި މައްސަލައިގައި ހުކުމެއް ނައުމުގެ ސަބަބުން އޭނާ އަށް ހިތާމަ އާއި ގެއްލުމާއި ދެރަ ވަނީ ލިބިފަ އެވެ. އަދި ދާއިރާގެ 5000 ރައްޔިތުންގެ ހައްގު ގެއްލި، އެ ދާއިރާގައި ސަރުކާރުން ހިންގި ޕްރޮޖެކްޓުތައް އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ލަތީފަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއި ކާމިޔާބު ލިބިގެންދާނީ އޭނާއާ އެއްކޮޅަށް މި މައްސަލަ ސުޕްރީމް ކޯޓުން ނިމިގެން ދިއުމުން ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް ލަތީފް ވަނީ ކޯޓުގެ ފަނޑިޔާރުންނަށް އާދޭސް ދަންނަވައިފަ އެވެ.

ލަތީފްގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލުންނާއި އެޓާނީ ޖެނެރަލްގެ ވަކީލުންގެ ފަރާތުން އިތުރު ވާހަކައެއް ދައްކަވަން ނެތުމުން، އުއްތަމަ ފަނޑިޔާރު ވަނީ ލަތީފްގެ މައްސަލައިގައި އަޑުއެހުންތައް ނިންމާލިކަން އިއުލާން ކުރައްވައި، އެ މައްސަލައިގައި ވަރަށް އަވަހަށް ހުކުމް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ހުކުމް ކުރާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.

ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތަކެއް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ އޭރުގެ ފުލް ބެންޗުން މީގެ ކުރިން ބާއްވާފައިވެ އެވެ. އަދި އެ މައްސަލަ ބަލައި ނިންމިކަން ވެސް އޭރު ކޯޓުން އިއުލާންކުރި އެވެ. ނަމަވެސް އެ މައްސަލަތައް ހުކުމަކާ ހަމައަށް ނުގޮސް، ދިގުލައިގެން ވަނީ ގޮސްފަ އެވެ.

ނަމަވެސް ފެބްރުއަރީ 1 ގައި، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމާއި ސިޔާސީ ބައެއް ކުށްވެރިން ދޫކުރަން އަންގައި ނެރުނު އަމުރާ ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރި ޖިނާއީ އެއް ދައުވާ ސާބިތުވެ، މަގާމުން ވަކިވުމާ ގުޅިގެން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފަ އެވެ.

އެހެންވެ، މިއީ އެ މެމްބަރުންނާ މެދު ހުކުމެއް ކޮށްފައި ނުވާތީ އާއި ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އިޖުރާއަތުތައް ފުރިހަމަކުރުމުގެ ގޮތުން ބާއްވާ އަޑުއެހުންތަކެކެވެ.

6 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 5%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުތުރުބެ

02 October 2018

ޢިންސާފަކީ ވަކިބަޔަކަށް ލިބިގެންވާ ހައްގެއްތަލ!!

The name is already taken The name is available. Register?

ފެނުޕަރީ

02 October 2018

އެއްފަހަރު ސޮއިކޮށްފަ ދެން ނުކުރާކަމަށް ހަދާނީ ހަމަ އެއްބައެއް.. އެއީ އެއްދުވަހު އިންތިޙާބު ރަނގަޅޭ ބުނެ އަނެއްދުވަހު އިންތިޙާބު ކަމުނުދާކަމަށް ބުނެ ފިތުނަ އުފައްދާ ބައިގަނޑުގެ ޢައުވާނުން.. މިބައިމީހުން ކުރާމަސައްކަތް ދުވަހަކުވެސް ނުނިމޭނެ.. މަ މިބުނަނީ މިބައިމީހުނަށް އެކަށޭނަ އަދަބު ނުދީފިނަމަ ޖަޒީރާއެއްކިޔާނެކަމެއްނެތް ކަނޑުއަޑީގެ ރާއްޖެއޭބުންޏަސް މަގޭ ވޯޓެއް ދެނެއް ނުލިބޭނެ..

The name is already taken The name is available. Register?

ކިއްލިބާޝާ

02 October 2018

ލަތީފޫ! ދެން އިތުރަށް އެތަނަށް ވަންނަން ހަދާނެކަމެއް ނެތް އިތުރަށް ހަޑިހާވަން.

The name is already taken The name is available. Register?

ހާސަރު

02 October 2018

ސްޕްރީމް ކޯޓުން ގޮނޑިތަކުގެ މައްސަލަ އިންސާފުވެރިކޮށް ނިންމާ މަޖްލިސް ފެށިދާނެތިން ރޭގަ ޔާމީން އެލެވި ހަޅޭއްލެވީ އަހަންނަށް ހީވަނީ އެއީ ސްޕްރީމް ކޯޓަށް އަދިވެސް އޮތީ ތިމަންނާގެ ބާރޭ ހީކުރުވަން ގަތް ގަނޑެއް، އެކަމަކު ހަގީގަތަކީ އެއްގޮތަކަށް ހިސާބުޖެހިއަސް ޔާމީން މޮޅުވާ ނަތީޖާއެއް ނާދޭ ތަފާތު މާބޮޑު.

The name is already taken The name is available. Register?

ލޯޔަރު

02 October 2018

23 ގެ ފަހުން އެކަކުގެ ގޮނޑި ވެސް ނުގެއްލޭނެ ކަމުގެ ޔަގީންކަން އަރުވަން

The name is already taken The name is available. Register?

އަހުމަދް

02 October 2018

އިންޝާ ﷲ، ގޮނޑި ނުހައްޤުން ގެއްލުވާލި ސަރުކާރު ބަލިކޮށް، ރައްޔިތުންނަށާ، ތިޔަ ބޭފުޅުންނަށް އިންސާފް ލިބޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454