ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާއި އެސްއޯ ފުލުހުންނާ ދެމެދު މިއަދު ހަމަނުޖެހުން ހިނގަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
24 ޖުލައި 2017 - 20:25
ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ކަރާމާތްތެރިކަމާއި މިނިވަންކަމަށް އިހުތިރާމް ކުރަން އިންޓަ ޕާލިމަންޓް ޔޫނިއަން (އައިޕީޔޫ) އިން މިއަދު ގޮވާލައިފި އެވެ.
އައިޕީޔޫ އިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ކަންތައް ގޯސްވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ތަމްސީލު ކުރާ ޖަމިއްޔާ އިން މިހެން ބުނެފައިވަނީ، މަޖިލީހުގެ ތެރެ އަށް ސިފައިން ވަދެ، އެ ތަނުގައި ތިބި މެމްބަރުން ގަދަކަމުން ނެރުމާ ގުޅިގެންނެވެ.
މަޖިލިހުގެ އިދާރާ އަށް އިދިކޮޅު މެމްބަރުން މިއަދު ވަދެވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުން އޭނާ އަށް އާންމުންގެ ބަޔަކު އެހީތެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނިކޮށް، މަޖިލީހުގެ އިދާރާގެ ހުރިހާ ގޭޓެއް ސިފައިން މިއަދު ހެނދުނު ތަޅުލި އެވެ. އަދި މ. ކުނޫޒުގައި އިދިކޮޅު މެންބަރުން ބައްދަލުކުރެއްވުމަށް ފަހު ހިންގަވާފައި މަޖިލީހަށް ވަޑައިގަންނަވަން އުޅުއްވުމުން އެކަމަށް ފުލުހުން ހުރަސް އެޅުމުން ވެސް އެ މެމްބަރުން ވަނީ މަޖިލީހުގެ ތެރެ އަށް ވަދެފަ އެވެ.
ނަމަވެސް އޭގެ ފަހުން ސިފައިންނާއި ފުލުހުން މަޖިލީހުގެ ތެރެ އަށް ވަދެ ބާރުގެ ބޭނުންކޮށް މެމްބަރުން ނެރުމުގެ ތެރޭގައި ބައެއް މެމްބަރުންނަށް އަނިޔާ ލިބުނެވެ. ޕެޕަ ސްޕްރޭގެ އަސަރު ކޮށްގެން ބައެއް މެމްބަރުންނަށް އޭޑީކޭގައި ފަރުވާ ވެސް ދިނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ އެޖެންޑާކޮށް ޖަލްސާ ބާއްވަން އޮތީ މިއަދު އެވެ. ނަމަވެސް އެ މައްސަލައިގައި ސޮއި ކުރެއްވި ހަތަރު މެމްބަަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، އެފަދަ މައްސަލައެއް ހުށަހެޅުމަށް ބޭނުންވާ 42 މެމްބަރުން ހަމަނުވާ ކަމަށް، މަޖިލިހުން ނިންމައި އެ މައްސަލަ ބޭރުކޮށްލައި މިއަދުގެ ޖަލްސާ ކެންސަލް ކުރީ އެވެ.
IPU is concerned about the worsening political situation in Maldives & calls for respect of Majlis's integrity. pic.twitter.com/gtFWJTFuz0
— IPUparliament (@IPUparliament) July 24, 2017
ކަންބޮޑުވުން ފާޅުކޮށް އައިޕީޔޫ އިން ކުރި ޓްވީޓް
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި 45 މެމްބަރުން ކުރިން ސޮއިކޮށް، ފޮނުވި މައްސަލައެއް އެ ގޮތަކަށް ކެންސަލެއް ނުކުރެވޭނެ އެވެ. އަދި މަޖިލީހުގެ ގޮނޑިއެއް ގެއްލުނުކަން ކަށަވަރު ކޮށްދޭންޖެހޭނީ ސުޕްރީމް ކޯޓުން ކަމަށާއި އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެހެން އެއްވެސް ފަރާތަކަށް މެމްބަރުން ނުހުއްޓުވޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ އެމްޑީޕީ އޮފީސް ހިމެނޭ ސަރަހައްދުގައި މުޒާހަރާ ކޮށްފަ އެވެ. މިއަދުގެ ހަރަކާތްތަކުގެ ތެރެއިން ގޮނޑި ގެއްލުނުކަމަށް އިއުލާނު ކޮށްފައިވާ މެމްބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްވަދު ވަހީދު (ލޯޔަރު ވައްޑެ) ހައްޔަރުކޮށް ބަޔާން ނެގުމަށް ފަހު މިރޭ ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދ
25 July 2017
ވެރިންގެ ދައުރާއި ރައްޔިތުންގެ ދައުރު އޮޅި ފާލުން ނެއްޓުނީމާ ލައްކަ ކަންކަން ދިމާވާނެ!
ގެދާނޯމޮސް
25 July 2017
މަންމަބިލްޑިންގް ސަރުކާރަށް ސާބަހެވެ.
ޓެކްސް ޕޭޔަރ
25 July 2017
މިއަދު ދިވެހި ރައްޔިތުން ދެން ކުރާންވީ އެންމެ މުހިންމު ކަމަކީ 2018 އާއި ހަމައަށް ސްޕެންޑިންގ ޕަވަރ ގަސްތުގައި ދަށް ކުރަންވީ! އަގު ބޮޑު ތަކެތި ނުގަނެ ކެއުން ބުއިން ބޯހިޔާކުރުން ފުދޭ ވަރަށް ޚަރަދު ކުރަންވީ. ޓެކްސް ލިބޭލެ މަދުވީމާ ތެޔޮ އަރާނެ ބަޔަކު ތިބޭނެ! ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ނަގާ މީހުންނަށް ޚަރަދު ކުރާނެ ފައިސާ ނުލިބުނީމާ ވާނެގޮތް ފެންނާނެ!
ޜ
25 July 2017
ކަލޯ މަޖިލިސް ރައީސަކީ އިބޫތަ؟ އިދި ކޮޅު ފުޑި އިތުރަށް ދެން ޓުވިޓް ކޮއްލަ ކޮއްލަ ތިބޭ.
މުގާބޭ
25 July 2017
އިހުތިރާމެއް ކަރާމާތެއް ތިންނަތަނެއްނަމަތާ އެއިހުތިރާމަކާ ގަދަރެއްވެސް ދެވޭނީ.
ގޮއްޔެ
24 July 2017
މީ މިހާރު ހަމައެެއް ލަމައެއް އޮތް ޤައުމެއްނނޫން. އެއްމެ ފަރުދެއްގެ މަސްލަޙަތަށްޓަކައި މުޅި ޤައުމު މިދަނީ ފުނޑު ފުނޑު ކުރަމުން.
ނަމޫނާ
24 July 2017
އިންޓަ ޕާލިމަންޓް ޔޫނިއަން (އައިޕީޔޫ) އިން ދެން އެންމެ އަވަހަށް އޮންން މަޖިލިސް ޖަލްސާ އަކުން ވަކިވުމަށް އެދި ހުށަހެޅުމަށް އެދި ރިޔާޒު ރަޝީދު އަރިހުން އެދެން
މުޅު
24 July 2017
މާދަން އައިސް ބުނަންވީ، އޭ ކަލެއަކަށް ނުވަދެވޭނޭ ކަލޭގެ ގެއަކަށް އެކަމަކު ކަލޭގެ ޚާދިމު މީހާއަށް ވަދެވިދާނޭ. ކޮންކަހަލަ ލޮޖިކެއް. މަޖިލިހުގެ މެމްބަރުންނަކަށް ނުވަދެވެޔޯ އެކަމަކު މުވައްޒަފުންނަށް ވަދެވެޔޯ މެމްބަރުންގެ މެންޑޭޓު ފުރިހަމަކުރުމަށް ފެސިލިޓޭޓު ކޮށްދިނުމުގެ ގޮތުން އިދާރީ މުވައްޒަފުން ތިބެނީ. ހަހަހަ
ސަމްސުއްދީނު
24 July 2017
ބައެއްބޭޅުންނަށް ޔުނިފޯމެއް ލެވި ޤާނޫނަކުން ބާރެއްލިބުނީމަ ތިމާއަށް ތިމާފެނި އަޞްލު އޮޅެނީ. ފައިސާކޮޅެއް ލިބުނީމަ ވަރިހަމަ ކޮންމެފަދަ ކަމެއްވިޔަސް ކުރާކަށް ޖެހިލުމެއްނުވޭ. ތިމާ ދުނިޔޭގަ ކުޅަ ކަންކަމަށް ސުވާ އަންނަދުވަހު އެފަރާތަށް އޮޅުވައެއްނުލެވޭނެ. ހަމަޖެހޭނީ ޖަވާބުދޭން. ޙައްގު ޖަޒާވެސްލިބޭނެ. މާޝާﷲ
ދަރަޖަ
24 July 2017
ކަރާމާތަކީ ކޮބައިކަން ނުދަންނަ ބަޔަކަށް އިހްތިރާމް ކުރާކަށް ނޭގޭނެ. ގަދަބާރުން ވެރިކަން ދިފާއުކުރެވޭނެ ދުވަސް މާޒީވެ ހިގައްޖެ.