މިއަދު ކުރި މުޒާހަރާގައި މީހަކު ދުރަށް ޖައްސަން ފުލުހުން މަސައްކަތް ކުރަނީ: މީހުން ގިނައިން އެއްވާ ތަންތަނަށް ނުދާން އިނގިރޭސިވިލާތުން އިލްތިމާސް ކުރޭ --ފޮޓޯ/މިހާރު
24 ޖުލައި 2017 - 23:34
ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އިނގިރޭސި ވިލާތުން އެ ގައުމުގެ ރައްޔިތުންނަށް މިއަދު ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހަށް ވަންނަން އުޅުމުން އެކަމަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅައި އަދި މަޖިލީހަށް ވަތް މެމްބަރުން ގަދަކަމުން އެ ތަނުން ނެރުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިނގިރޭސި ވިލާތުން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ވަނީ ރާއްޖެ އަންނައިރު އެކަށީގެންވާ ގޮތެއްގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށާއި މުޒާހަރާތަކާއި ރެލީތައް ހިނގާ ސަރަހައްދުތަކަށް ނުދިއުމަށެވެ.
މީގެކުރިން ހިނގި ބައެއް މުޒާހަރާތަކުގައި ހަމަނުޖެހުން ހިނގައި، ބައެއް މީހުން ހައްޔަރު ކޮށްފައިވާ ކަން އެ އެޑްވައިޒަރީގައި ފާހަގަ ކޮށްފައިވެ އެވެ.
މިއީ މިއަދު ހިނގި ކަންތައްތަކާ ގުޅިގެން ގައުމަކުން ޓްރެވަލް އެޑްވައިޒަރީއެއް ނެރުނު ފުރަތަމަ ފަހަރެވެ.
މިއަދު ހިނގި ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ބޭރުގެ ބައެއް ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލިމީ
25 July 2017
ރަސްކަމެއްތޯ ޖުމްހޫރިއްޔާއެއްތޯ ނޭގޭ ރައްތިޔަކު އުޅޭ ގައުމަކީ އިގިރޭސިވިލާތް
އަސްލަމް
25 July 2017
އަމިއްލަ ގައުމު ހަމައަކަށް ނޭޅިގެން އުޅޭ ބަޔަކަށް އެހެން މީހަކަށްދެވޭނެ ނަސޭހަތެއް ނޯންނާނެ. ކަލޭމެންގެ ރައްޔަތުންނަށް އެބައެނގޭ މިތަނުގެ ހާލަތު، އެމީހުންނަށް އެނގޭ ތިޔަ ބަޔާންތަކަކީ ނަސީދު ބުނެގެން ނެރޭ އެއްޗެއްކަން. ބަލަ އިގިރޭސި ރައްޔަތުން މިތަނަށް އަންނަނީ ސަރުކާރުން ފޮނުވާގެންތަ. ކަލޭމެން ތިހެން ލިއުނަސް އެމީހުން އަންނާނެ
ޟަމީރު
25 July 2017
އިގިރޭސްވިލާތަކީ ޓެރެރިސް ގައުމެއް. ޢެމީހުން ނަޔަކަސް ހެޔޮ.ކާކުބުނީ އަންނާށެ
އަތުން ދޫވި ގުމުރީ
25 July 2017
ހިފަހައްޓަން ކިތަންމެ ވަރުގަދަޔަށް އުޅުނުކަމުގައި ހިތްތަކުގައި ވާ ނުރުހުމެއް ރުހުމަކަށް ބަދަލެއް ނުގެނެވޭނެއެވެ. ރުހުމާއި ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫނެވެ. އަދި ފައިސާއަށް ގަނެވޭނެ އެއްޗެއް ވެސް ނުމެ ނޫންމެއެވެ. އެހެންނަމަހީ ބުރޯ މިއަދު އެ ހާލުގައެއް ނޫޅުނީހެވެ. އެއީ ދިރިހުރި މިސާލެކެވެ.
މަންޖެ
25 July 2017
އިނގިރޭސިންނަކީ މުޅި ދުނިޔެވެސް އައްދަށުލާން ބޭނުންވާ ބައެއް. ކޮންގައުމަކަށް އެމީހުން އަރައި ނުގަންނަނނީ. ސިންގަޕޫރު، ހޮންގކޮންގ، އިންޑިއާ، ސްރީ ލަންކާ، ދިވެހިރާއްޖެ...... ދެން މިދިވެހި ރާއްޖެ އަކަށް ތިޔަމީހުންނަކަށް އަތް ގަދައެއް ނުކުރެވޭނެ. ޓޫރިސްޓުން އައުމެއްވެސް ނުހުއްޓުވޭނެ.
މަންޖެ
25 July 2017
މިއުޅޭ އިންގިރޭސިންނަށް ރާއްޖޭ އޮންނަ ގޮތްވެސް ނޭންގެނީތަ؟؟ ރާއްޖެ އެއީ މާލެ އެކަނިތަ؟؟ ޓޫރިސްޓުން އެންމެ ގިނައިން އަންނީ މާލެއަށް ދޯ. މި އިނގިރޭސިން އަދިވެސް ރާއްޖެ ހާދަ ބޭނުމޭދޯ. 1960 ކުރީގެ ހަނދާންތައް ވަނީދޯ.
މީހާ
25 July 2017
އިނގިރޭސި ވަލާތަށް މީހުންގޮސް އެތިބެނީ މާރައްކާތެރި ތަނަކަށްވެގެންތަ؟؟
ޤައުމު
25 July 2017
މި ޤައުމުގަ ނިކަމެތި ރާއްޖެތެރޭ ރައްޔިތުންނަށް ހެޔޮއެދޭ ރަނގަޅުގޮތް ވާން އެދޭ ވެރިއެއް ނެތް ވ ވާހަަކަ...
ސދ
25 July 2017
ރައްޔިތުން ނުބެލެހެއްޓިގެން އުޅޭބަޔަކު ކިހިނެއް އިތުރު ބަޔަކަށް ހިދުމަތްދޭނީވެސް. ނޭގި ތިއްބާ ރިޒޯޓަށް ސިފައިން އަރާ ހައިޖާނު ހިންގަފާނެ. ވެރިމީހާ ސަލާމަތް ކުރަން ހުރިހާ ބަޜުތަކަށް އަރައި އުޅެނިކޮށް ބަޔަކަު ރިސޯޓް ހިންގާ ކުދި ކުދި ރަށް ރަށަށް އަރައި ފޭރިގެންވެސް ފާނެ.
އިއްބެ
25 July 2017
ފިތުނަ ފަސާދަ ޢާއްމު ވެއްޖެ! މިގައުމަށް ހެޔޮއެދޭ ކަމަށް ހެދިގެންއުޅޭ ޣައްދާރުން ބޭރުގެ މީޑިއާ ތަކުގައި ގައުމު ބަދުނާމު ކުރަނީ! ދައުރު ހަމަވާންދެން ކެތްނުކުރެވިގެން!
އަލީ
25 July 2017
ސަރުކާރުން ގާނޫން އަސާސީ ގެ ބާރު ކަޑުވާލީމާ ފިތުނަ ފަސާދަ ޢާއްމުވާނެ. މިގައުމަށް ހެޔޮއެދޭ މީހަކު ވިއްޔާ މިކަން ކިން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ. ހެދިގެންއުޅޭ ދިވެހިޣައްދާރުންގެ ހަޑިހުތުރު އަމަލުތައް ބޭރުގެ މީޑިއާ ތަކުގައި ޖަހަން ޖެހޭ. ޖަހަން ބޭނުން ނޫނީވިއްޔާ ގާނޫނީ އިމުގެ ތެރެއަށް ވަދޭ. ކޮންމެހެން އެހެންމީހުން ބަދުނާމު ކުރާނެ ކަމެއްނެތް. ތިއުޅެނީ ދައުރު ހަމަވާންދެންވެސް ނުތިބެވިދާނެތީ ބިރުން ކެތްނުކުރެވިގެން!
ބޭބެ
25 July 2017
ދެކުނިންތޯ ޤައުމު އެކި ސަހަރުއްދުތަކުގައި 'ސޭލް' އަޅުވަ އަކުކިޔަގެން ވިއްކަމުންދާ ތަން. ދައުރު ނިމޭއިރު ޤައުމެއް ނޯންނާނެ.
މަރީ
25 July 2017
އަޅެ ފަހެއް. ބޭރުގެ މީޑިއާތަކުން ރާއްޖޭގަ ހިނގާ މިލިޓަރީ ވެރިކަމުގެ ވާހަކައެއް ނުދައްކާނެ ދޯ އެފަދަ މިލިޓަރީއެއް ރާއްޖޭގެ ނެތްނަމަކަ! އަމިއްލެއަށް ބޯ ބޮޑިން ސަލާމަތް ނުވެގެން މިސަރުކާރު މިހާރު މިއުޅެނީ. ދެން ކެތްނުކުރެވިގެން އުޅޭ ވާހަކަ ދައްކާއިރު ބަލަ 7 ފެބްރުއަރީ 2012 ގަ ކެތްނުލެވި މީހުންގެ ކަންތައްތައްދޯ މިފެންނަނީ. އޭގަ ޔާމީންވެސް، ފުލުހުންނާ ސިފައިންވެސް ހިމެނޭ.
ދޮން އާމިރު
25 July 2017
އުހު...
ޣަައްދާރު
25 July 2017
މީގެ ކުރީން ކެތްކުރެވުނުތަ؟ ގައުމަށް ހެޔޮ އެދުމަކީ މާލިއްޔާ ބަނގުރޫޓުކުރުންތަ؟ ކޮރަޕްޝަން ޢާންމުކުރުންތަ؟ ކުށެއްނެތް އެތަކެއް ބައެއްގެ ޢުމުރު ތޭރިތަކުގެ ބިއްދޮށުން ނަގާލުންތަ؟ އަނގަޔާ އަތާދިމާނުވާވަރުކޮށް ވެންމަސް ވެނަށް ކާންދިނުންތަ؟ ބިރުވެރިކަމާ ނާމާންކަން ގައުމުގައި ފަތުރައި ކާފިއު ހިންގުންތަ؟ އެންމެ ދުވަހެއް ނޫން އެންމެ މިނިޓެއް ވެސް ދިނުމަކީ މާލިއްޔަތަށް އޮތް ނުރައްކަލެއް. ޢާންމުންނަށް ހުރި ބިރެއް. އީ ބެންކިން މެދުވެރިކޮށް މުޅިމާލިއްޔާ ބޭރުގެ ބޭންކަކަށް ކަހާލަން ސިކުންތުކޮޅޭއްވެސް ނުނަގާނެކަން ކަލެޔަށް އެކަނި ނޭނގެނީ.