ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު: އޭނާ ހޯދުމަށް ފުލުހުން މިރޭ އިއުލާން ކުރި ނަމަވެސް ފިއްލަވައިގެން ނޫޅުއްވާ ކަމަށް ވިދާޅުވި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
28 ޖުލައި 2017 - 02:33
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހޯދުމަށް ފުލުހުން އާންމުކޮށް މިރޭ އިއުލާން ކުރި ނަމަވެސް އޭނާ ހުންނެވީ ފިއްލަވައިގެން ނޫން ކަމަށް ސައުދު ވިދާޅުވެއްޖެ އެވެ.
ސައުދުގެ ފޮޓޯ އާންމުކޮށް އޭނާ ހޯދުމަށް ފުލުހުން އިއުލާން ކުރިތާ ގަޑިއެއްހާއިރު ފަހުން ކުރެއްވި ޓްވީޓެއްގައި ސައުދު ވިދާޅުވީ، ފުލުހުންގެ ޒިންމާދާރުކަން ވަރަށް ކުޑަ ކަމަށެވެ.
"އަޅުގަނޑު ގެއްލުވާލަން އުޅުނަސް އިރާދަކުރެއްވިއްޔާ ނުގެއްލުވޭނެ. އަޅުގަނޑު ނުފިލާނަން. އަމުރު ރަނގަޅުތޯ؟،" ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރެއްގެ ދަށުން ސައުދު މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށް ފަހު، އެ އަމުރު ސައްހަ ނޫން ކަން އެނގިގެން އެ ރޭ ދޫކޮށްލި މައްސަލަ އަށް އިޝާރާތް ކުރައްވަައި އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ހަރަކާތުގެ މައި މަރުކަޒު އަދި ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ސައުދު ހުންނަވަނިކޮށް، ހައްޔަރުކުރުމަށް ފަހު އެ ރޭ ދޫކޮށްލީ، ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ނެރުއްވި އަމުރުގެ ވަކި ހިސާބެއްގައި މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ނަން ލިޔުއްވާފައި އޮތުމުން އެ އަމުރު ސައްހަ ނުވުމުން ކަމަށް އެނގިފައިވެ އެވެ. އަމީތު ވަނީ މިދިޔަ ހޯމަ ދުވަހު ނެރުނު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ސައުދު މި ހޯދަނީ ބެލެވޭ ގޮތުގައި އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވެސް ހައްޔަރުކޮށްފައިވާ މައްސަލައިގެ ތުހުމަތަށެވެ.
ސައުދު ހައްޔަރުކުރުމަށް ކުރިން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރަނީ ރައްޔިތުންގެ މަޖިލިހުގެ ސަރަހައްދު މިދިޔަ ހޯމަ ދުވަހު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު ފުލުހުންގެ ސަފުތައް ރޫޅާލައި މަޖިލިހުގެ އިދާރާ އަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ސައުދަކީ ރައްޔިތުންގެ މަޖިލިހަށް ހޯމަ ދުވަހު ވަދެވަޑައިގެންނެވި އިދިކޮޅު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ދުވަހު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބޭފުޅުންތަކެއް ހިމެނޭ ކަމަށް ބުނެ އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދޭން މަޖިލިހުގެ އިދާރާ އިން އެދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވަހީދާއި އަމީތާއި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ބާތިލްކޮށްދިނުމަށް އެ ބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ މިހާރު ވަނީ އެ ކޯޓުން ބަލައިގެންފަ އެވެ. ވަހީދާއި އަމީތާއި ސައުދުގެ އިތުރުން ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް މިހާރު ވަނީ ބަލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
28 July 2017
މަޖިލީހުގެ މެމްބަރުންކަން ނުވަތަ ނޫންކަން ކަނޑަ އެޅުމުގ ބާރު ރައްޔިތުންގެ މަޖިލހަށާ އިލެކްސަންސް ކޮމިސަނަށް ލިބި ދީފާވަނީ ގާނޫނުއަސާސީގެ ކޮންމާއްދާ އަކުންބާ ނުވަތަ ގާނޫނުގެ ކޮންމާއްދާ އަކުންބާ ؟ މިއިން އެއްވެސް މެމްބަރަކު ވަކިވިކަމެއް މަޖިލީހަކުންވެސް އިލެކްސަނަކުންވެސް އެ މެމްބަރަކަށްއަންގާފައެބައޮތްބާ؟
ދަގަނޑު ދަހަނާ
28 July 2017
ހެހެހެ. މަޖިލީހުގެ މެމްބަރެއްނޫން ކަމަށް ކަނޑައަޅަނީ މަޖިލީހުންތޯ؟ ނޫނީ ގާނޫނުން ރައްޔިތުންނަށް ލިބިދޭ ބާރަކުން ވޯޓުން ހޮވީމާ ގަބޫލުނުކުރަނީތޯ؟ މަޖިލީހުގެ މެމްބަރެއް ނޫންކަމަށް ކަނޑައަޅަނީ އަމިއްލައަށްތޯ؟
ދެރަކަމެއް
28 July 2017
ފުލުހުން ނަށް ދަންނަވަން އޮތީ ތިބޭފުޅުންގެ ރަސްމީ ވާޖިބު އަދާކުރުން ހުއްޓާ ލައްވާފައި ރައްޔުތުންގެ މަންދޫބުން ނާއި ތިފެންވަރަށް ޖައްސާ ކަށް ނުވާނެއެވެ.އެ ބޭފޫޅުން ނަކީ މުޖްރިމުނެއް ނޫނެވެ.އެއީ ސިޔާސީ މަސައްކަތެއް ކުރާ ސިޔާސީ ބައެކެވެ.ޤައުމު ބެލެންސް ވާނީ އެބޭފުޅުން ކުރާ މަސައްކަތުން ނެވެ.އެ ބޭފުޅުން ނަކީ ތިޔަ ލޮބުވެތި ފުލުހުންގެ ވެސް މަންދޫބުން ނެވެ.ޤައުމަށް ނުވަތަ ރައްޔިތު މީހާ އަށް އެބޭފުޅުން ގެއްލުމެއް ނުދޭނެއެވެ.ވުމާއެކު ކޯޓް ތަކާއި ފުލުހުން މެމްބަރުން ނާއި ޖައްސާލައިގެން ތި އުޅުއްވަނީ ކީއްވެގެން ތޯއެވެ؟މަޖްލީސް މެމްބަރުންގެ މެދުގައި އެހިގަނީ ސިޔާސީ ކަމެކެވެ.
ނަޝީދު
28 July 2017
ޤާނޫނުތަކާއި ގަވާޢިދުތައް ހަދަނީ އެއަށް ހުރިހާ އެއްމެން ޢަމަލުކުރަން. ޢެއާ ޚިލާފުވީމަ އެއީ ކޮންމެ މީހަކަށްވިޔަސް އެކަމާ ޖަވާބުދާރީ ވާން ޖެހޭނެ. އެފަދައިން ޢަމަލު ކުރުމުން ގެއްލުންވަނީ މުޅި މުޖުތަމަޢަށް. އަމިއްލަ މންފާއެއް ހާސިލު ކުރުމަށް ގިނަ ބައެއްގެ ހައްގު ގެއްލުވައެއް ނުލެވޭނެ.
މެންޓަލިސްޓް
28 July 2017
އާތިޔައީ ގަޓްހުރުމަކީ ،،،، ފިލާނެކަމެށްނެތް ،،،، ހައްގުމަގުގައި ދެމިހުރޭ ފަހުންލިބޭމޭވާގެ ރަހަމާމީރުވާނެ ،،، އަދި ންފްސް ތޯހިރުވެ ހެޕިނަސް ފީލްވާން ފަށާނެ ،،، ވަރަށްވެދުން
ހަކޫ
28 July 2017
ކަލޭ ހަމަ ފިލައިގެން ތި އޮންނަނީ ތަނަކަށް ވަދެ،!
ޢަބްދުﷲނާފިޒް
28 July 2017
ދިވެހި ފުލުހުން ހާދަ ޤާބިލޭ އުތަ، އިންޓެލިޖެންސަށްވެސް ސައުދު އޮތްތަން ނޭގުނު، ހަމަ ސާބަސް