ކުނޫޒު ބޭރުގައި ފުލުހުން މަޑުކޮށްލައިގެން: އެތަން ފުލުހުން މިއަދު ވަނީ ދޫކޮށްލާފައި --ފޮޓޯ/މިހާރު
28 ޖުލައި 2017 - 20:06
ޖުމްހޫރީ ޕާޓީގެ އޮފީސް އަދި އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ މައި ހަރުގެ ދެ ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.
އިދިކޮޅު ޕާޓީތައް ގުޅިގެން ސަރުކާރު ވައްޓާލަން ސައްލާކޮށް އަދި ސަރުކާރު ހިންގުމަށް ދަތި ކުރާކަމުގެ ތުހުމަތުގައި އެކަމާ ގުޅުން ހުރި ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުނޫޒް ފާސްކުރުމަށް ފަހު އެރޭ ވަނީ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ފުލުހުން ލިޔުން ދީފަ އެވެ.
އެކަމަކު އޭގެފަހުން ވެސް ފުލުހުން ދިޔައީ އެތަން އަދި ފާސްކޮށް ނުނިމޭ ކަމަށް ބުނެ އެތަން ބަލަހައްޓަމުންނެވެ. ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ ކޯޓު އަމުރުގައި އެތަން ފާސްކުރަން 72 ގަޑިއިރުގެ މުއްދަތެއް ދީފައި އޮތުމެވެ. އެހެންވެ އެތަނަށް އެއްވެސް މީހަކު ވަނުމުގެ ފުރުސަތެއް ވެސް ފުލުހުން ނުދެ އެވެ.
ކުނޫޒް ފާސްކުރަން ދެ ވަނަ ފަހަރަށް ފުލުހުން ވަންނަން އުޅުމުން ޖުމްހޫރީ ޕާޓީން ވަނީ އެތަން ހުޅުވައިދޭން އިންކާރުކޮށްފަ އެވެ. އެއީ ތަނެއް ފާސްކުރަން ދޭ އަމުރެއްގައި، އެތަނަކަށް އެއްފަހަރަށް ވުރެ ގިނައިން ވަންނަން ބޭނުންވާ ނަމަ އެކަން ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނާތީ އެވެ.
ކޯޓުގެ އަމުރާ އެއްގޮތަށް ކުނޫޒް ފާސްކުރުމަށް އެއްބާރުލުން ނުދީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ވަނީ ރެ އާއި މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ސިޔާސީ އިދިކޮޅު ހަރަކާތް ވަރުގަދަކޮށް، އެ ފަރާތްތަކުގެ ހަރަކާތްތައް ފަހަކަށް އައިސް ހިންގާ އަދި އެތައް ބަޔަކު ޖަމާވާ އެއް ތަނަކަށް ވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުނޫޒް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
Mishy
30 July 2017
އިޒްރޭލް ފުލުހުން ގުދުސްގައި ޖެހި މެޓަލް ޑިޓެކްޓަރ ތައް ނަގައިފި...ދިވެހި ފުލުހުންގެ އަނިޔާވެރިކަން ފެނިފައި އަހަރެން ހިތަށްއެރި ދިވެހި ލޭ ހިނގާ މީހުންނަށް އެވަރަށް އަނިޔާކޮށްލާއިރު ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރާބާއޭ....އަނިޔާވެރި ވެރިޔާގެ އޯޑަރ މާމުހިންމު ވިއްޔާ ދޯ!
އުދުހޭ
29 July 2017
އެއްޗެއް ނުފެނުނިއްޔާ އަދި ރަގަޅަށް ބަލާފާސް ނުވަނީ. ތިޔަތަން ކޮނަންނަންވީނުން ދުނިޔޭގެ އަނެއްފަރާތުން ފޫއަޅާވަރަށް؟ އެރުން ކޮންމެވެސް އެއްޗެއް ފެނިދާނެ. ފަހަރެއްގާ ތެޔޮ ނުވަތަ ކަދުރު ނުވަތަ ރަން ފަރުބަދައެއްވެސް ފެނިދާނެ.
އީދުކަޅުބެ
29 July 2017
މިވަރުގެ ފުލުހުންގެ ވާޖިބެއް އޮވެގެންއުޅޭ ޤައުމެއް ނުދެކެމެވެ. މިމީހުން ހިންގާ ޣައިރުޤާނޫނީ ކޮންމެ ޢަމަލަކީވެސް ފުލުހުންގެ ވާޖިބެވެ.
ތިމަން
29 July 2017
ބަލަ ބަލަގާނޫނީ ރައްކާތެރިކަން ހަމައެކަނި ދޭންޖެހެނީ ފުލުހުންނަށްނޫނޭ ހަމައެގޮތަށް ރައްކާތެރިކަން ދޭންޖެހޭ ދިވެހިރައްޔިތުންނަށްވެސް އެމީހުންނަކީ އުޑުންއާބައެއްނޫނޭ އެންމެންވެސް ފަނާވެދާނީ އެއްތަނަކަށް
ބަލާ މީހެއް
29 July 2017
އިދިކޮޅު ޕާޓީތައް ގުޅިގެން ސަރުކާރު ވައްޓާލަން ސައްލާކޮށް އަދި ސަރުކާރު ހިންގުމަށް ދަތި ކުރާކަމުގެ ތުހުމަތުގައި އެކަމާ ގުޅުން ހުރި ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުނޫޒް ފާސްކުރުމަށް ފަހު އެރޭ ވަނީ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ފުލުހުން ލިޔުން ދީފަ އެވެ. މީއަޅެ ދެން ކޮންކަމެއްތަ؟ އެއްވެސް ހެއްކެއްނުފެނި މަޢުލޫމަތެއްވެސް ނުލިބިވިނިކޮށް ފުލުހުންވަގެ މޮގޮތަށް ތަންތަން ހިފަހައްޓާ ބަލާ ފަސްކުރުމަކީ މިނިވަންކަމަށް އަރައްގެނެ މުދާ ހިފެހެއްޓުންކަމުގައިނުވަނެ އެއްގޮތެއްއޮންނާނެބާއެވެ. އަދި މިއީ ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީން ފުލުހުންނަށް ލިބިދީފައިވާ ބާރެއްބާވައެވެ. ގައިމުވެސް ދިވެހި ޤައުމުގެ ސިޔާދަތަށް ގެއްލުން ލިބޭގޮތަށް ޤާނޫނުތަށް ހައްދައިގެން އެޤާނޫނުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށް ދައުލަތުގެ މުދާތަށް ވިއްކާ ހެދުމަކީ މާނުަރައްކާތެރި ކަމެއް . މިކަހަލަ މީހުންގެ ތަންތަން ބަންދުކޮށް ހިފާހައްޔަރުކުރުން ފުލުހުންނަށް މާއައިލާކަން ބޮޑުވާނެ..
ނިހާނު
29 July 2017
ފުލުހުންގެ ތެރޭގަ ތައުލީމީ މީހުން މަދުކަމުން ކޯޓް އަމުރުގަ ލިޔެފަވާ އެއްޗެއް ފަހުމެއްނުވޭ ގިނަފަހަރަކު.......ގައިމު މި މުއައްސަސާގަ ވެސް ގާނޫނީ ލަފާދޭނެ މީހުން ކަޑައަޅާފަ ތިބޭނެތާދޯ.....ފުލުހުންގެ ބިހޭވިޔާ ހުންނަނީ ގާނޫނުގާ ބުނާއެއްޗަކާ ގިނަފަހަރު ހިލާފުވެ ނުބައްދަލު ބާރު އާންމު ރައްޔިތުން އިދިކޮޅައް ބޭނުންކުރެވިފާ..
އިސްމާއިލް
29 July 2017
ނާ ތެދެއް؟ ބަލަ ކަލޭމެން ގެެދޮރު އަޅަން ރަގަޅު ބިންކޮޅެއްނު ތިޔައީ.... ކީއްވެތަ ތިތަނުން އެއްކަލަ ޒާތުގެ އެއްޗެއް ނުފެނުނީ؟ ފިސާރި ކެރިގެން ތިކަން ކޮއްބަލަ..! ކުޑަކުޑަ ބުލެޓެއް ފެނިއްޖެޔޭ ކިޔާފަ، ބިން ކަޓުވާލާ.. ދެން އިމާރާތެއް އަޅާފަ ހަދަން ވިގޮތް އެގޭނެ!!!
ހެނބަދޫ އައު އިންޖީނުގެއިން
29 July 2017
އެއްވެސް އެއްޗެއް ފެނުނުތަ ދެން.
ނޫނޭ
28 July 2017
ނޫނޭ ތިތާ ބަނޑަހަގެ ޖަހައިގެންތިބޭ، ލައްކަ އެއްޗެތި ފެންނާނެ، ރަންފޮށްޓެއްވެސް ފެނިދާނެ، ކޯޓަށް ދަންނަވާގެން އަދި ދެތިން މަސް އިތުރުކުރަންފެނޭ
ޥީމް
28 July 2017
ކޮބާކިތައްތެޔޮވަޅުކުނޫޒުންފެނުންތޯ