މާލޭގައި މާރާމާރީ ހިންގި ތަނެއް ފުލުހުން ބަލަހައްޓަނީ: ފަހަކަށް އައިސް މާރާމާރީތައް ވަނީ ގިނަވެފައި
30 ޖުލައި 2017 - 10:10
ޒަހަމުތަކަކާއެކު ރޭ ދަންވަރު މާވެޔޮ މަގަށް ވެއްޓިފައި އޮއްވާ ފެނުނީ، އޭނާގެ އަތުން ފޯނެއް ފޭރިގަތުމަށް ފަހު އަނިޔާ ކޮށްފައި އޮތް މީހެއް ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
މަގުމަތީގައި އޮތް އެ ފިރިހެން މީހާ ފެނުނުތާ މާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ އޭނާ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އަދި އޭނާގެ ހާލު ގޯސް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މީހާއާ މާރާމާރީ ހިންގީ، މައްޗަންގޮޅި ސަހަރާ ކައިރީ ހުރި ގެއަކުން ވައްކަން ކުރަން އުޅޭ ކަމަށް ބުނެ ކަމަށެވެ. އަދި ބަޔަކު އޭނާ ފަހަތުން ދުއްވައިގަތުމުން، އަތުގައި ހުރި އެއްޗެހި މަގުމައްޗަށް ދޫކޮށްލައި ފިލަން އުޅުނު ކަމަށާއި އެކަމަކު މީހުން އޭނާ ހިފަހައްޓައި މާރާމާރީ ހިންގީ ކަމަށް ފުލުހުން ބުންޏެވެ.
"މާރާމާރީ ހިންގި މީހުން އޭނާގެ ފޯނު ފޭރިގެންފައިވާ ކަން ތަހުގީގަށް ވަނީ އެނގިފައި،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން މިހާރު ވަނީ އެ މީހާ އޭނާގެ އާއިލާއާ ހަވާލުކޮށްފަ އެވެ.
މާލޭގައި ފަހަކަށް އައިސް މާރާމާރީ އާއި ފޭރުން ވަނީ އިތުރުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާ ދީ ޒަޚަމްކޮށްލި ޒުވާނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް އިއްޔެ މަރުވެފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު ވެސް މާލޭގައި ދެ މާރާމާރީއެއް ހިންގި އެވެ. އަދި މިދިޔަ ހަފުތާގައި ވެސް ދެ މާރާމާރީ ހިންގި އިރު އެލްސިއޯން ބޭކަރީ ކައިރީގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއާވިޔަތު
07 September 2018
މަގުމައްޗަށް ދޫކޮށްލީ އަތުގައި ހުރި ކޮން އެއްޗެއްސެއްތޯ؟؟ ވަގަށް ނެގި ތަކެތި ތޯ؟
ަސައްކޮ
06 September 2018
ފުލުހުންނަކީ މަގުތައް އަމާންކަން ގެނައުމުގެ މަސައްކަތްތައް ކުރުމުގައިި ދެމިތިބެން ޖެހޭބައެއް، މާ ސިޔާސީ ވެގެން އުޅެންނޫޅެބަލަ!!
އަލީ
30 July 2017
މާލެ ދޫކޮށް ރާއްޖެތެރޭ ރަށްރަށު މީހުން އަމިއްލަ ރަށް ތަރައްގީ ކުރަން ދާންވީ. ތިތަނަކީ މިހާރު ދިރިއުޅެން ކަމުދާވަރު ތަނެއް ނޫން. ފުރާނައާއި މުދަލުގެ އެއްވެސް ސަލާމަތެއް ނެތް. ކޮންމެ ވަގުތަކުވެސް ޒުވާނެއްގެ ޝިކާރަޔަކަށް ވުމުގެ ފުރުސަތު އޮތްތަނެއް. ދުވާލު އެންމެންގެ ކުރިމަތީގަ ހަމަލާ ދިނަސް އިންސާފެއްވެސް ލިބޭނެ ކަމުގެ އެއްވެސް ގެރެންޓީއެއްވެސް ނެތް.
GAN Island
30 July 2017
ސިފައިންނާއި ފުލުހުން ރައްޔިތުންގެ ކިބައިން ސަރުކާރު ސަލާމަތް ކުރަން އުޅޭ އިރު ތިޔަ ރަށް ގަނޑުގެ ހާލަތު Rwanda އަށް ވުރެން ގޯސްވެއްޖެ.
ބަލާ މީހެއް
30 July 2017
މިހާރު ހިނގާ ސިޔާސީ އޮއިވަރުގެ މިސްރާބު ބަދަލުކުރުމަށް ހިންގޭ ޙަރަކާތްގަނޑަކަށް މިހިނގާ މާރަމާރިތަކާ ފޭރުންތައް ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު
މަރީ
30 July 2017
ފުލުހުން ދުވަނީ ވަގު ހިފާކަށް ނޫން، އެމީހުން އެއުޅެނީ އިދިކޮޅުފަރާތްތަކުގެ ހުރިހާ ސިޔާސީ މީހުން ހައްުޔަރުކުރެވޭތޯ. ބޭކާރު ބައިގަނޑެއް ތީ. ބުނާ އެއްވެސް އެއްޗެއްގެ އިތުބާރެއްވެސް ނެތް.
އިހުމާލް
30 July 2017
އޮވަރާއި ރާގު ބަދަލް ކުރުމުގެ ތެރެއިން ހިނގާކަމެއް،
މަވެސް
30 July 2017
ފުލުހުންގެ އިންޓެލިޖެންސު ހާދަމޮޅޭދޯ
1234
30 July 2017
ރަޔަޓު ގިޔަރުގައި މެމްބަރުން ފަހަތުން ނުދުވެ މާލޭގ މަގުތަކުގައި އުޅޭ ވަގުން ފަހަތުން ފުލުހުން ދުވާނީ ކޮން ދުވަހަކުންބާ؟
ސަބިމާ
30 July 2017
ރައްޔެތުން އަަތުން އިންތިހާ އަށް ޓެކްސް ނަގާ އެ ފައިސާ އިން ސޯސަލް ސެކުރިޓީ ހޯދާ ދިނުން ވަރަށް މުހިންމު. އެއީ ވަރަށް ބޭސިކް ކަމެއް.